ޚަބަރު / ޖުޑީޝަލް ސާވިސް ކޮމިޝަން

ޑްރަގްގެ ބޮޑެއް ދޫކޮށްލި ކްރިމިނަލް ކޯޓުގެ ގާޒީ ފާއިޒް ސަސްޕެންޑްކޮށްފި

ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު

23 އޮކްޓޯބަރ 2025 - 09:39

22 comments

ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުން އަންނަ ދެ މައްސަލައެއްގައި އޭނާ އިއްޔެ ސަސްޕެންޑްކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި، ފާއިޒް ސަސްޕެންޑްކުރީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅޭ ކަމަށް ފުލުހުން ތުހުމަތުކުރާ އަލީ އަންވަރު މުހައްމަދު ބަންދުން ދޫކޮށްލުމާއި މަރުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ހަލީމަތު ލަމްހާ ބަންދާ މެދު އަމަލުކުރި ގޮތާ މެދު ހުށަހަޅާފައިވާ މައްސަލަތަކަކާ ގުޅިގެންނެވެ. އޭނާ ސަސްޕެންޑްކުރީ ފަނޑިޔާރަކު ސަސްޕެންޑްކުރެވޭ އެންމެ ދިގު މުއްދަތު ކަމަށްވާ 60 ދުވަހުގެ މުއްދަތަށެވެ.

އީރާނު ބޯޓަކުން ރާއްޖެއަށް އެތެރެކުރި 70 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި މީގެ ކުރިން ހައްޔަރުކުރި އަލީ އަންވަރު މުހައްމަދު މަސްތުވާތަކެތީގެ އެހެން މައްސަލައެއްގައި މިދިޔަ ހަފްތާގައި ހައްޔަރުކޮށް ބަންދަށް ފަސް ދުވަސް ކްރިމިނަލް ކޯޓުން ދިނެވެ. އެކަމަކު އެ މުއްދަތު ހަމަވާތީ މިދިޔަ ހޮނިހިރު ދުވަހު ކޯޓަށް ހާޒިރުކުރުމުން އެއްވެސް ޝަރުތަކާނުލައި ދޫކޮށްލީ އެވެ.

އަލީ އަންވަރު ބަންދުން ދޫކޮށްލުމުން އެހެން އަމުރެއްގެ ދަށުން ހައްޔަރުކުރަން ފުލުހުން މަސައްކަތްކުރި ނަމަވެސް، އޭރު އޭނާ ވަނީ ސްރީ ލަންކާއަށް ފުރައިގެން ގޮސްފަ އެވެ. ފުލުހުން ވަނީ ލަންކާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކޮށް އަލީ އަންވަރު ލަންކާއިން ޑީޕޯޓްކުރުވައިފަ އެވެ. އަދި ރާއްޖެ ގެނައުމާ އެކު އަލުން ހައްޔަރުކުރީ އެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅޭ ކަމަށް ފުލުހުން ތުހުމަތުކުރާ އަލީ އަންވަރު: އޭނާ ވެސް ބަންދުން ދޫކޮށްލީ ގާޒީ ފާއިޒް.

އަލީ އަންވަރު ކުރިން ހައްޔަރުކުރީ ސްރީ ލަންކާ އާއި ރާއްޖޭގެ ކޯސްޓް ގާޑާއި ފުލުހުން ގުޅިގެން އޮކްޓޯބަރު، 2019 ގައި ހިންގި އޮޕަރޭޝަނެއްގަ އެވެ. އެ އޮޕަރޭޝަނުގައި ދެ އުޅަނދަކުން 70 ކިލޯގެ މަސްތުވާތަކެތި އަތުލާފައިވެ އެވެ. އެ އޮޕަރޭޝަނުގައި ހިފެހެއްޓީ އީރާނުގެ ބޯޓަކާއި "ހެދޭކުރި-7" ނަމަކަށް ކިޔާ ރާއްޖޭގެ މަސް ދޯންޏެކެވެ. އަލީ އަންވަރަކީ ވައްކަމުގެ ރެކޯޑް ވެސް އޮންނަ މީހެކެވެ.

ގާޒީ ފާއިޒް ވަނީ، އައިޖީއެމްއެޗްގައި މަސައްކަތްކުރި ނަރުހެއް ކަމަށްވާ މޭރީ ގްރޭސް 2021 ވަނަ އަހަރު މަރާލި މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ލަމްހާ މީގެ ކުރިން ވެސް ދެ ފަހަރަކު ބަންދުން ދޫކޮށްލައިފަ އެވެ. އެ ދެ ފަހަރު ވެސް ދައުލަތުން އެ ނިންމުން ހައި ކޯޓަށް ހުށަހެޅުމުން އެ ނިންމުންތައް ބާތިލްކޮށްފައިވެ އެވެ. އެންމެ ފަހުން މި މަހުގެ ކުރީކޮޅު ވެސް އޭނާ ވަނީ ބަންދުން ދޫކޮށްލައިފަ އެވެ. އެ ނިންމުން ވެސް ދައުލަތުން ހައި ކޯޓަށް ހުށަހެޅުމުން މި ފަހަރު ވެސް ވަނީ ބަންދާ މެދު އަލުން ގޮތެއް ނިންމަން އަމުރުކޮށްފަ އެވެ.

އެކަމަކު ގާޒީ ފާއިޒް ވަނީ ލަމްހާގެ ބަންދާ މެދު ގޮތެއް ނިންމޭނީ ލަމްހާގެ ފަރާތުން މުޖުތަމައުއަށް އޮތް ނުރައްކަލެއް ދެނެގަތުމަށް އެސެސްމަންޓެއް ހެދުމަށް ފަހުގައި ކަމަށާއި އެ އެސެސްމަންޓް ހަދަން ދައުލަތަށް އެންގުމުން އެކަން ކޮށްފައިނުވާ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން 2019 ގައި ހުކުމްކުރި ބެންޗުގައި ހިމެނިވަޑައިގަތް ފާއިޒް މީގެ ކުރިން، 2021 ވަނަ އަހަރު ވެސް ސަސްޕެންޑްކުރި އެވެ. އެފަހަރު ސަސްޕެންޑްކުރީ އެ މައްސަލައާ ބެހޭ ގޮތުން ފަނޑިޔާރުން މީހަކާ އެކު ދައްކާފައިވާ ކަމަށް ބުނާ އޯޑިއޯތަކެއް ލީކުވި މައްސަލައިގަ އެވެ. އެކަމަކު އޭރު ކުރި ތަހުގީގަށް ފަހު، އޯޑިއޯތައް ސައްހަ ނޫން ކަމަށް ނިންމުމުން ޖޭއެސްސީން ވަނީ ފާއިޒްގެ އިތުރުން ދެން އެ މައްސަލައިގައި ސަސްޕެންޑްކުރި ގާޒީ އަލީ އާދަމް އާއި ގާޒީ މުހައްމަދު ސަމީރުގެ ސަސްޕެންޝަން ވެސް އުވާލައިފަ އެވެ.

މީގެ އިތުރުން، މައްސަލައިގައި ހިމެނޭ ޚަސްމަކު ޝަރީއަތުގެ މަޖިލީހަށް ނުވައްދައި ހުކުމްކުރި މައްސަލައެއްގައި ވެސް ޖޭއެސްސީން ފާއިޒުއަށް ފިޔަވަޅު އެޅުމުގެ ގޮތުން ނަސޭހަތްތެރިވެފައިވެ އެވެ.

22 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 6%
icon angry icon angry 12%
icon wow icon wow 0%
icon inlove icon inlove 53%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބްޑޫޅް +

25 October 2025

އެ ބޮޑު މީނަޔަށް ސަޔެއް ދިނީ ދޯވ؟

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

23 October 2025

މަޤާމާއި ޒިންމާއަށް އިޙްލާސްތެރިވުމަށް ﷲ ގަންދީ ހުވާކޮށްގެން ހުރެ ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ ނަރުހަކު އެތަނުގައި ހުރި ފުރާނައަށް ގެއްލުންދެވިދާނެ ބޭސް ތަކެއް ވަގަށް ބޭރު ކުރުމަށް ފަހު އޭގެ ބޭނުން ކޮށްގެން އިންސާނަކު މަރާލުމަކީ އޭނާގެ ފަރާތުން މުޖުތަމައުއަށް ނުރައްކާ އޮތްކަން އަދި މުޖުތަމައުގެ ތެރެއަށް އެފަދަ މީހަކު ދޫކޮށްލުމުން "މުޅި މުޖުތަމައު އަށް ނުތަނަވަސްކަން ލިބޭނެކަން" ޤާޒީއަށް ނޭގުމަކީ ދެރަވަރު ކަމެއްކަމަށް ދެކެން.

The name is already taken The name is available. Register?

ކަޓް

23 October 2025

މި ކޮރަޕްޝަން ހިންގާ ހުރިހާ ގާޒީންތައް އުމުރަށް ޖަލަށްލުމަށް ގޮވާލަން. ބިރެއް ވެސް ނުގަނޭ ހުވާ ކޮށްގެން ހުންނަ އިރު.

The name is already taken The name is available. Register?

ކަތްދައްތަ

23 October 2025

ސުވާލަކީ ކަޓު ނުނަގާ މީހަކު އެބައުޅޭހޭ؟މިރާއްޖޭގެ ރައީސްކަމުގަ 5 އަހަރު ހުންނެވި ބޭފުޅެއްގެ ފަތުވާއަކީ ކަމިޝަން ނެގޭނެކަމަށް. ދައުލަތުގެ ފެންހިފޭ މަގާމެއްގަ ހުރި މީހަކު ވިއްޔާ އެމީހާގެ އަރަފޯދުންތެރިކަން ހުރި ގޮތަކަށް ނާޖާއިޒު ފައިދާ އެބަ ނަގާ. ކަޓޭ ވައްކަމޭ ރިޝްވަތޭ ޚިޔާނާތޭ ކަރަފްސަނޭ މަކަރާހިލާތޭ މިއިން ކޮންމެ ނަމެއް ކިޔަސް އެންމެންވެސް ކުރަނީ އެއްްކަމެއް. މިކަމުގައި މަޖިސްމެންބަރުންނާއި މިނިސްޓަރުންގެ އަބަ ނެތްކަމީ އެގޭ ބޮޑެތި ސިއްރުތައް.

The name is already taken The name is available. Register?

ދެރަކަމެއްނު

23 October 2025

ކަޓުނަގާ ގާޒީންނަށާއި ފަނޑިޔާރުންނަށް މަރުގެ އަދަބު ނޫނީ އުމުރު ދުވަހުގެ ޖަލުހުކުން ލުއި ނުކުރެވޭ ގޮތަށް ދީގެން މިކަން ހުއްޓުވޭނީ ސަބަބަކީ މުޅި މުޖުތަމަޢުގެ އަމަންއަމާންކަން ނެތިގެން މިދަނީ ރިޝްވަތު ނަގާ ގާޒީންނާއި ފަނޑިޔާރުންގެ ސަބަބުން ކަމަށް ވާތީ. މުޖުތަމަޢު މިވަނީ ފަސާދަވެ ނިމިފައި.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

23 October 2025

މިކަންކުރުމުގެ ބޭނުމަކީ ރާއްޖޭގެ ދުސްތޫރީޙަޔާތުގައި ދިވެހިންގެއިތުބާރު އެންމެބޮޑަށްލިބުނު ދައުލަތުގެ ސްޕުރިމްކޯޓް ބެންޗްގައިތިއްބެވި އެންމެރަނގަޅު 3 ފަނޑިޔާރުން ބޭރުކޮށްފައި، އެކަންކުރީ ރަނގަޅަކަށްކަމަށް ރައްޔިތުނަށްދައްކަން ކުރިކަމަކަށް ނުވަތަ ކޯޓްތަކާއި ސަރުކާރާއި މާބޮޑު ގާތްކަމެއްނެތްކަން ދައްކަން އެހެންނޫންނަމަ މިފަނޑިޔާރު ލައްވާ ކުރުވާންއުޅޭ އެހެންކަމެއްކުރުވަން މިއީ ސަރުކާރާއިރަށްޓެހި ފަނޑިޔާރެއްނޫންކަން ދައްކަން ކުރިކަމަކަށްވެސް ވެދާނެ.

The name is already taken The name is available. Register?

ކޮރަލް

23 October 2025

ލިޔެފަ އޮތް އެއްޗެއް ރަނގަޅަށް ކިޔާލާފަ ކޮމެންޓް ކޮށްލަ ބަލާށެވެ.

The name is already taken The name is available. Register?

ކަރޯ އައްބާސް

23 October 2025

މިއުޅެނީ ގާޒީއަކު ރިޝްވަތު ނަގައިގެން؟ އެހެންވެ ސަސްޕެންޑް ކުރަންޖެހުނީ.. ﷲ އަކްބަރު!! ﷲ އަކްބަރު!! ﷲ އަކްބަރު!! މިގޮތަށް ހުރިހާ ކޮރަޕްޓް ޤާޒީން ބޭރުކުރޭ!!

The name is already taken The name is available. Register?

ގުއްދޫސުލްކަރީމް

23 October 2025

ވަކިކުރަންޖެހޭ ގާޒީއެއް. ކަޓުނަގާކަމަށް އެންމެ ގިނައިން އަޑުއިވޭ އެއްގާޒީ މީ

The name is already taken The name is available. Register?

ތަމްހީދު ގާސިމް

23 October 2025

އާން... މި ގާޒީންތައް ލަފުގަ ހިފޭވަރުގެ ގަޓު ހުންނަން އެބަޖެހޭ. އެހެން ނުވާތީ މުޖުރިމުން މާ ގަދަވެފަ މި އުޅެނީ

The name is already taken The name is available. Register?

ބ6ޔ76ު7

23 October 2025

ތިޔަކަހަކަ ކިތައް މީހުން ތިބޭނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454