މާލެ ސަރަހައްދުގައި ހަވާ އަރުވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
26 އޮކްޓޯބަރ 2025 - 12:06
އިއްޔެ އައްޑޫގައި ނެގި ހިޔާލު ހޯދުމުގެ ވޯޓުގައި އައްޑޫ ސިޓީ ކައުންސިލުން ވަކިވާން، ހުޅުދޫ އާއި މީދޫން ނިންމުމުން އެކަމުގެ އުފަލުގައި އެ ދެ ރަށުގައި މިރޭ ހަވާ އަރުވަން ނިންމައިފި އެވެ.
އައްޑޫގެ އެހެން ރަށްތަކާ ދުރުގައި އެއްފަސްގަނޑަކަށް އޮންނަ ހުޅުދޫ އާއި މީދޫގެ އިތުރުން، އެހެން ރަށްތަކާ އެއްކޮށް އޮންނަ ފޭދޫ، އައްޑޫ ކައުންސިލުން ވަކިވެ ކޮންމެ ރަށެއްގައި ވަކިން ކައުންސިލް އުފައްދަން ފެނޭތޯ ބަލަން އިއްޔެ ނެގި ވޯޓުގައި ހުޅުދު އާއި މީދޫން ނިންމީ ސިޓީ ކައުންސިލުން ވަކިވާށެވެ. ފޭދޫން ނިންމީ ވަކި ނުވާށެވެ.
މީދޫ ދާއިރާގެ މެމްބަރު އަބްދުއްރަހްމާން "މިހާރު" އަށް ވިދާޅުވީ ހަވާ އަރުވަނީ އޭނާ އާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ހުޅުމީދޫ ރައްޔިތުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން މިރޭ ބާއްވަން ނިންމާފައިވާ ހާއްސަ އިވެންޓެއްގައި ކަމަށެވެ. ހަވާ އަރުވާނީ ދެ ރަށް ގުޅޭ ހިސާބުގަ އެވެ.
އޭނާ ވިދާޅުވީ ހަވާއެރުވުން އޮންނަނީ ހުޅުމީދޫގެ ބަނދަރު ސަރަހައްދުގައި މިރޭ 8:30 ގައި ބާއްވާ އެ އިވެންޓުގައި ކަމަށެވެ. އެމްއެންޑީއެފުން ބުނީ ހަވާ އަރުވާނީ ފަސް ވަރަކަށް މިނެޓަށް މިރޭ 9:00 ގައި ކަމަށެވެ.
އައްޑޫގެ ވަކިވަކި ރަށްތަށް ސިޓީއެއްގެ ގޮތުގައި ގުޅުވާލަން ބޭނުންވާތީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެ ރަށްތަކުގެ ރައްޔިތުން ދެކޭ ގޮތް ބަލަން އޮކްޓޫބަރު 9، 2010 ގައި ވޯޓެއް ނެގި އެވެ. އެ ވޯޓުގެ ނަތީޖާ ދެއްކި ގޮތުން އައްޑޫގައި ސިޓީ ކައުންސިލެއް އުފައްދަން ތާއީދުކުރީ ހިތަދު އާއި މަރަދު އާއި މަރަދޫފޭދު އާއި ހުޅުދޫގެ ރައްޔިތުންނެވެ. ސިޓީ ކައުންސިލެއް އުފެއްދުމާ ދެކޮޅަށް ވޯޓު ދިނީ އިއްޔެ ވެސް އެ ކަމާ ދެކޮޅަށް ވަކާލާތުކުރާ ތިން ރަށުގެ ތެރެއިން ފޭދު އާއި މީދޫގެ ރައްޔިތުންނެވެ.
އިއްޔެ މާލެ އާއި އައްޑޫގައި ނެގި ވޯޓުގައި، ހުޅުދޫން ވޯޓުލީ މީހުންގެ 67 ޕަސެންޓް ނިންމީ ވަކިން ރަށު ކައުންސިލެއް އުފައްދަން ފެންނަ ކަމަށެވެ. އަދި މީދޫގައި ވަކި ކައުންސިލެއް އުފައްދަން 83 ޕަަސެންޓް މީހުން ވޯޓުދިނެވެ. އެކަމަކު ފޭދޫގައި ވަކި ކައުންސިލެއް އުފައްދަން ނުފެންނަ ކަމަށް 73 ޕަސެންޓް މީހުން ވޯޓު ދިނެވެ.
އައްޑޫ ރިފަރެންޑަމްގެ ވަގުތީ ނަތީޖާ ދައްކާގޮތުން ވަކި ކައުންސިލް ހަދަން ފެންނަ ކަމަށް ފޭދޫން ވޯޓު ދިނީ 616 މީހުންނެވެ. ނުފެންނަ ކަމަށް ވޯޓު ދިނީ 1،784 މީހުންނެވެ. ހުޅުދޫން ވަކި ކައުންސިލް ހަދަން ފެންނަ ކަމަށް ވޯޓު ދިނީ 723 މީހުންނެވެ. ނުފެންނަ ކަމަށް ވޯޓު ދިނީ ހުޅުދޫގެ 329 މީހުންނެވެ. މީދޫން ވަކި ކައުންސިލް ހަދަން ފެންނަ ކަމަށް ވޯޓު ދިނީ 847 މީހުންނެވެ. ނުފެންނަ ކަމަށް ވޯޓު ދިނީ 144 މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހިތާނުވިކޮއްޔާ
26 October 2025
ވަކިވެ ވަރިވެގެން ހަވާ އަރުވާފަ ދެން ކީއްކުރަންތޯ ހިތަދޫ އާއި ހުޅުމީދޫ އާއި ދެމެދު ބުރިޖު އަޅަން ތިޔަ އުޅެނީ. އެއީ ކޮންބޭނުމެއްގައިތޯ؟ ބުރިޖު އަޅަންޔާ ގަން އެއަރޕޯރޓާ ހުޅުދޫ މީދޫ އާއި ދެމެދު ބުރިޖެއްއަޅާ. ކަނޑުއަޑިންވިޔަސް ހެޔޮ.
ނޯ ބްރިޖް
28 October 2025
ބްރިޖެއް ބޭނުންމެއް ނޫނޭ، ކީއްކުރާ ބްރިޖެއް، އެއިން ލިބޭ ފައިދާއަށްވިރެ ލިބޭނެ ގެއްލުން ބޮޑު. މީދޫގެ ގިނަ މީހުން ބްރިޖެއްބޭނުމއް ނޫން. މީދޫ މީހުން އެންމެ ގިނައިން ދަނީ ގަމަށް، ގަމަށް ބްރިޖުން ދަންޏާ ނަގާނެ 40 މިނިޓް. ސްޕީޑް ލޯންޗްގައި އެންމެ 12 މިނިޓުން ގަމަށް ދެވޭނެ. ހިތަދު އަށް 10 ކިލޯ ކަރާ ގެންދަން ބްރިޖެއް ބޭނުމެއް ނުވާނެ. އަދި ބައްލަވާ ތިމާވެއްޓަށް ލިބޭނެ ގެއްލުން. ބްރިޖް އަޅަންޖެހޭނީ މަންތާ ސްޕޮޓް ގެ މެދުން، އޭރުން ޓޫރިޒަމްވެސް ހަލާކުވީ.
މިހާލި
26 October 2025
ހަވާއަރުވާފަ ދެންވާގޮތެއް ބަލަމާ ބަޖެޓައް ބުރަނޫން ކަމެއް ނުވާނެ
ޑރ. ދޮންތުއްތު
26 October 2025
ތީ ހަވާއަރުވަންޖެހޭވަރުކަމެއްނޫން. މިދިޔަ ހުކުރުދުވަހު 4 މީހުން ކަޓުވާލާފާ ގައުމުގެ ވަލީ ވަނީ ގޯލެއްޖަހާފާ. މީ ހަވާއަރުވަންޖެހޭ ކަމަކީ.
ޢެޑްމުންޑޯ
26 October 2025
ދެރަކަމެއް ، މިއުޅެނީ އަޅުވެތިކަމުގައި އޮތް ރައްތަކަކަށް މިނިވަންކަން ލިބިގެންތަ ؟
ޢަރުތަ
26 October 2025
އަދިވެސް ތަސައްރަފް ނުފުދެނީ، ފަސްދޮޅަހުގެ އަހަރުތަކުގަ އެތިބެނީ..........
ރަމަ
26 October 2025
ދައުލަތުންތަ މިކަންކޮށްދެނީ ދައުލަތުން ކޮށްދޭނަމަ މީވަރަށް ދެރަވަރުކަމެއް މިކަމުންވެސް އެގިގެންދަނީ ދައުލަތުން ކުރަން ބޭނުންވި ވޯޓެއްކަން ނިމިގެން މިދިޔައީ އެކަންވެއްޖެ ދެން ބަލަމާހިގާ ކުރިޔަށްއޮތްތާ ކަންކަން ވަމުންދާގޮތާއި ސަރުކާރުން ކަންކަން ކުރަމުންދާގޮތެއް.
އިހްސާސް
26 October 2025
ހުޅުދޫ ބޭލަކު ބަހުސްގަ ބުނުއްވިގޮތަށް ހުޅުދޫއިން ކިއުކަންބާ އުފައްދާ ބާޒާރަށް ނެރި އަހަރުމެން ނަށް ކާން ލިބޭނެކަމަށް އުންމީދުކުރަން،
ޢަރުތަ
26 October 2025
ދުރުނޫން މުސްތަޤްބަލެއްގަ ލިޓްލް ޑުބާއި ފެނިގެން ދާނެ، އެކނަބުލޭގެ ބުނި ގޮތަށް.
ވަކިވި މީހާ
26 October 2025
ހުރި ހިތާމަ އެއްގެ ބޮޑުކަމާއެވެ.ދެންމިމީހުން ބޮޑުމީހާ ބުނިގޮތަށް ހަދައިގެންތިބެބަލަ އަދިފެންނާނެ އެކުނުވެވިގެން އުޅޭތަން. ފުރަންވީމަ ފޯއްމުލަކަށް ދެންދޭ. އެއާޕޯޓެއް އަޅައެއްނުދޭނެ. ހޮސްޕިޓަލެއް އަޅައެއް ނުދޭނެ ދެން ތިބޭ މަލިކު މީހުނަށްވެގެން.
މޮޔަ ގޮލާ
26 October 2025
ބަލަ ރޯނުއެދުރު އެމީހުން ވަކިވީ އަތޮޅަކުން ނޫން. ކައުންސިލް އާ އިދާރީ ކަންކަމުން
ޖައްސާޖައްސާ
26 October 2025
ހުޅުދޫ ފަޅު ހިއްކާ ބިންތައް ވިއްކަިއގެން ހުޅުދޫ ހަދަން ޖެހޭނީ ލިޓިލް ލަކްސެމްބާރގް އަށް ދެން މީދޫ ހަދަން ޖެހޭނީ ލިޓިލް ޝަންގްހާއީ އަށް އަދި ހުޅުދޫ މީދޫގައި ޖެހޭނެއޭ އެއަރޕޯރޓެއް ވެސް އަޅަން އެއިރުން ހުންނާނީ ރަނގަޅަށޭ އިންޓަރނޭޝަނަލް ސީ ޕޯރޓެއް ވެސް އޮންނަން ޖެހޭނެއޭ އަވަހަށް މީދޫ ބޭރުގައި ތެލާއި ގޭސްހުރި ތޯ ބަލަން ޑްރިލް ކުރަން ބަޔަކު ހޯދަންވީއޭ ޖައްސާ ޖައްސާ ނިކަން ލާރޖްކޮށް ޖައްސާ ކުރިއަށް އޮތް 8 އަހަރު ޖެހޭނެއޭ ދެމިގަންނާން...
ބަނާތު
27 October 2025
ހެޔޮނުވާނެ ޑއަތޮޅަށް ބަދަލު ކުރޭ. އާނ އެއްޗެހިކީއިރު ކޮންމެ މީހަކުމިބުނަނީ އަޅުވެތިކަމުންނޭ މިނިވަންކަމޭ އެހެންވީމަ އަތޮޅުވެސް ވަކިކުރޭ! ސައިރިކްސްއާ މީސްމީހުން ސަލާހުއްދީންހެދިފަ ލޮލ!
ކަރީމު
26 October 2025
ސަރުކާރުން ކުރިހާވެސް ކަމަކީ ރިޔާސީ ވައުދާއި އެއްގޮތަށް އަމަލުކުރުން. އެއީ އެރަށް ރަށުގެ މީހުން އެދިގެން ރިޔާސީ އިންތިޚާބުގައި ވެވަޑާގެންނެވެި ވައުދެއް، "އެރަށްރަށުގެ ރައްޔިތުންނަށް އެމީހުން ބޭނުންވާ ގޮތެއް ނިއްމުމުގެ ފުރުސަތު ދިނުން،" އެމްޑީޕީއިން މިކަން ސިޔާސީ ކޮށްލީ، ބަލަގަ ކޮންމެ ކަމެއް ސިޔާސީ ކުރީމާ އުފެދޭ ފިތުނާގެ ހޫނުން ހުޅު ފެޅީމާ އޭގެ ދިލައިން ފިހޭއިރު ޕީއެންސީތޯ އެމްޑީޕީތޯ ނުބަލާނެ.
ޢަރުތަ
26 October 2025
ކަރީމު ބުނިހެން ރިޔާސީ ވައުދު ފުއްދީ، ރިޔާސީ ވައުދު ތަކުގެ ތެރެއިން ހަމަ އެކަނި ނުފުއްދި ނޫނީ ފުރިހަމަ ނުކޮށް އޮތް ހަމަ އެކަނި ވައުދަކީ އެއީ، އާދައިގެމަތިން ކޮންމެހެން ކައުންސިލް އިންތިޚާބަށް ފިލިކުރަން ކުރި ކަމެއް ނޫން، ވަރަށް ސަލާމް.
ރަސްޕަރީ
26 October 2025
މި ސަރުކާރު އަޑީގަ އޮވެގެން އައްޑޫ އަށް ކަމެއް ކޮށް ނުދޭންވެގެން ސަރުކާރުގެ ވަކި ބަޔަކުގެ އަމިއްލަ މައްސްލަހަތަށް ކުރި ކަމެއްގަ ހުޅުމީދޫ މީހުން ތި ޖެހުނީ
ކޮންވާޙަކައެއް
26 October 2025
ކަލޭމެން ހިތަދޫ މީހުން ވެއްޖެނު ކަލޭމެންގެ އަމިއްލަ ތަފާތުކުރުން މިކަމުގަ އޮތްވަރު ބަލައި އެކަން ގަބޫލުކުރަން؟ މީދޫ މީގެ ކުރިންވެސް އޮޅުވާލުމަކުން ތި ސިޓީކައުސިލުގެ ނުފޫޒުގެ ދަށަށް ގެންދިޔައީ. މީދޫ މީހުން ހިތަދޫ ވެރިކަމުގަ ހުރި ބޭއިންސާފުކަން ކަމުގެ ޥާހަކަތަކަށް މިއޮތް ހުރިހާ ދުވަހު ބީރުކަންފަތެއް ދިނީ. ތިބެބަލަ ސިޓީ ލޭބަލް ކަމޭލެންގެ ރަށުގެ މަތީގަ ލިޔެގެން ބޮޑުއަކުރުން.