ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެމްއޭސީއެލްގެ ޑިޕާޓްމެންޓްތަކުގައި ހާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި -- ފޮޓޯ: އެމްއޭސީއެލް
26 އޮކްޓޯބަރ 2025 - 13:42
މި އަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެމްއޭސީއެލްގެ ޑިޕާޓްމަންޓްތަކުން ތައްޔާރުވާން ބައްދަލުވުމެއް ބާއްވައިފި އެވެ.
އެމްއޭސީއެލް އިން ބުނީ، އެ ބައްދަލުވުމުގެ ބޭނުމަކީ ޕީކް ސީޒަންގެ އޮޕަރޭޝަންސްތައް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިއުމުގައި ޑިޕާޓްމަންޓްތަކަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާއި އެ ކަންކަމަށް ހުށަހަޅާ ހައްލުތަކާއި މަސައްކަތްތައް އޮމާންކަމާއެކު ކުރިއަށް ގެންދަން އެއް ޑިޕާޓްމަންޓުން އަނެއް ޑިޕާޓްމަންޓަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
ވިންޓާ ނުވަތަ ޑިސެމްބަރުން ފެށިގެން އެޕްރީލްގެ ނިޔަލަށް ރާއްޖެއަށް ގިނަ އަދަދެއްގެ ޓޫރިސްޓުން ކޮންމެ އަހަރަކު ވެސް ޒިޔާރަތްކުރެ އެވެ. މި ދުވަސްވަރަކީ ޓޫރިޒަމްގެ ޕީކް ސީޒަނެވެ.
އެމްއޭސީއެލްގެ ސީސީއޯ މުހައްމަދު މިހާދު ވިދާޅުވީ ހިދުމަތްތައް ރަނގަޅުކުރަން އެ ކުންފުނިން އަބަދުވެސް ތިބެނީ ތައްޔާރަށް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމްއޭސީއެލް އިން ހިދުމަތް ހޯދާ ފަރާތްތަކަށް, އެ ފަރާތްތަކުން ބަލައިގަންނަ ފެންވަރަށް ނުވަތަ އެއަށްވުރެ ވެސް މަތީ ފެންވަރަށް ހިދުމަތް ދިނުމަށް ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓަކާއި ހުރިހާ މުވައްޒަފުން މަސައްކަތް ކުރަންޖެހެ އެވެ. އެކަމަށްޓަކައި ކުންފުނީގެ ހުރިހާ ވަސީލަތްތަކާއި މުވައްޒަފުންނާއި އެ މުވައްޒަފުންގެ ވިސްނުން ވެސް ބަދަލުވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮންމެ އަހަރެއްގެ ވެސް ފިނި މޫސުމާއި އާ އަހަރަށް ދިމާވާ ދުވަސްވަރަކީ އެއާޕޯޓަށް އެންމެ ބާރުބޮޑު ދުވަސްވަރެވެ. މިދިޔަ އަހަރުގެ ޕީކް ސީޒަންގައި ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓަށް 7,558 ފްލައިޓް އޮޕަރޭޓް ކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުރާސިލް
26 October 2025
ޕީކު ސީޒަނަށް ތައްޔާރުވާން އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ހަވާ އެރުވުމެއް ނޫނެވެ. އެންމެ ފުރަތަމަ ކުރަންވީ ކަމަކީ މީގެ ހަތަރުމަސް ދުވަސް ކުރިން ހުޅެވި އާޓާމިނަލުން، ރާއްޖެއަށް އެންމެ ގިނަ ފަސިންޖަރު ގެންނަ އަދި އެންމެ ގިނައިން ދަތުރުކުރާ އެއާލައިން ތަކަށް ޚިދުމަތް ދޭންފަށަންވީ އެވެ. އޭރުން އެކުރެވުނީ ޕީކުސީނަނަށް ތައްޔާރުވާން ކުރަން ޖެހޭ އެންމެ މުހިއްކު ކަންތަކެވެ. ވައި އަނގަ ނުތަޅާ ކަންކަން ތަންފީޒުކުރެވޭތޯ ބަލާށެވެ.
ކަޕުޗީނޯ
26 October 2025
ވިއްސާރަ އުޅެނީ ކިހިނެއް؟
ާދަލޭކާ
26 October 2025
"ޕީކު ސީޒަނަށް" ދިވެހި ލަފްޒެއް ނެތްތޯ؟ ކޮބާ ނަސީރު؟
ނަސީރޫ
26 October 2025
"ޕީކު" އެއީ ދިވެހިބަސް. "ޕީކް" އެއީ އިނގިރޭސިބަސް. އެހެންވީމާ "ޕީކު މޫސުމަށް" ނުވަތަ "ޕީކު ދުވަސްވަރު"