ސައުދިއާ އެއާލައިންގެ މަތިންދާބޯޓެއް ހުޅުލެއަށް ނުޖެއްސިގެން މަތީގައި ބުރުޖަހަނީ.
12 ޖުލައި 2025 - 15:38
ވައިބާރުވުމުން ބައެއް މަތިންދާބޯޓުތަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ނުޖެއްސިގެން މަތީގައި ބުރުޖަހަން ޖެހިއްޖެ އެވެ.
ފްލައިޓްރާޑަރު އެޕުން ދައްކާ ގޮތުގައި މެންދުރު ފަހު 3:00 ގައި ވީއައިއޭއަށް ޖައްސަން އޮތް އެމިރޭޓްސް އެއާލައިންގެ ބޮއިން 777ގެ މަތިންދާބޯޓެއް ވައިބާރުވުމުގެ ސަބަބުން ހުޅުލޭގައި ނުޖެއްސިގެން އަދިވެސް އޮތީ މަތީގަ އެވެ. އެއީ ފްލައިޓް އީކޭ652 އެވެ.
ސައުދި އަރަބިއްޔާގެ ޖިއްދާއިން މާލެއަށް ދަތުރުކުރާ ސައުދިއާ އެއާލައިންގެ ފްލައިޓް އެސްވީ824 ވެސް ހުޅުލެއަށް އަދިވެސް ނުޖެއްސެ އެވެ. އެއީ ބޮއިން 787-9 ޑްރީމްލައިނާ މަތިންދާބޯޓެކެވެ.
ޓީއެމްއޭގެ ދެ ސީޕްލޭނަށް ވެސް ހުޅުލެއަށް ނުޖެއްސިގެން ދަނީ ކައިރީގައި ބުރު ޖަހަމުންނެވެ.
ހުޅުލެއަށް މިވަގުތު ވައިގެ ބާރުމިން ހުރީ ގަޑިއަކު 31 މޭލުގަ އެވެ.
މި ހަފުތާގައި ބަންދުގައި މުޅި ރާއްޖެއަށް ވެސް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ. ހާއްސަކޮށް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިބާރުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ދިވެހި ނަކަތް ކަލަންޑަރުގައިވާ ގޮތުގައި މިއީ ހުޅަނގު މޫސުމުގެ ފުނޯސް ނަކަތުން 12 ވަނަ ދުވަހެވެ. މި ނަކަތުގައި އަންނަ ކޮޅިގަނޑުތަކުގައި ކުއްލިކުއްލިއަށް ވަރަށް ވައިބާރުވެ އެވެ.
މި ދެތިން ދުވަހު ކަނޑުމަތީގެ އެތައް ހާދިސާއެއް ހިނގައި ބޯޓެއް އަޑިއަށް ވެސް ގޮސްފައިވެ އެވެ. އަދި މިހާރުވެސް ދަނީ އެކަނި ޑިންގީއެއްގައި ގދ. ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް ދަތުރުކުރަނިކޮށް މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އުމުރުން 79 އަހަރުގެ އެ މީހާ ހޯދުމުގެ މަސައްކަތުގައި އުޅުނު ޑައިވަރުންނަށް މިއަދު ވަނީ އެ މީހާ ދަތުރުކުރި ޑިންގީ ކަނޑުގެ 10 މީޓަރު އަޑިން ފެނިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
13 July 2025
ތިޔަބޯޓުތައް އެބުރުޖަހަނީ އެއަރޕޯޓަށް ޖެއްސުމަށް.
އަލުޓް މަޑާ
13 July 2025
ގޯ އަރައުންޑް މެކްސް ޕަވާރ ފްލެޕްސް 10!!!!!!
ބާބާ
13 July 2025
ތި ބޮޑު ޖޯކެއް ނުން!!!
ކެޕްޓަން ޝަޒީން
13 July 2025
ބަލަ ސާމިހު މެން ތީ އިއްޔެ މެންދުރު ފްލައި ކުރަން ފެށި މީހެއް. އަހަރުންނާ އެއް ލެވެލް އަކަށް އަންނަން ނަގާނެ 20 އަހަރު! ރީއްޗައް ލޭންޑް ނުކުރެވޭ މީހެއްތީ!
އަމީނު ސަރު.
13 July 2025
ސެޓްފިކެޓެއް ލިބޭ އިރަށް މިކުދިންނަށް ކިހިނެއް ވެގެން މިއުޅެނީ. އަހަރެން ބޯޓް ދުއްވާ ހުންނަން ބޭނުން ނުވާތީ ކެޕްޓަނުންގެ ވެރިއަކަށް ހުއްޓާ މި އެންމެނެް މުޒާހިރާ ކޮށްގެން ބޭރު ކޮށްލި ހަދާން އެބަހުރި. މިހާރު މަ މިހިރީ އެންމެނެގެ މައްޗާ ބާރު ފޯރުވޭ ހިސާބުގައި އެންމެން ސައޒު ކުރެވޭ ވަރު މަޤާމެއްގައި.
ހެއްސޯހުތާ
13 July 2025
ރަންވޭ ގިނަކުރާކަށްނުވޭތަ އަދިވެސް
ހުޅުލެ ބޮޑު މީހާ.
13 July 2025
ހުޅުމާލޭ ފޭސް 3 ގައި އިތުރު ރަންވޭ އެއް ހަދަންވީނު.
އަހުމަދޭ
13 July 2025
980 ރަންވޭ އޮތަސް، ވައި މަޑެއް ނުވާނެ.
ޓީއާރް އީ, ޓީއާރް އައީ, އަސްރޭ
13 July 2025
މަ ހުންނާނެ ގަސްޓިންގ 69 ނޮޓްސް ހުއްޓާވެސް ލޭންޑް ކޮށްފަ. 45 ގަ މަ ލޭންޑް ކުރާނަން އެއްލޯ މަރައިގެން. އަމީން ހެކިވާނެ.
އޮނަރަބްލް އަފީފު ދީދީ
12 July 2025
މާލޭ އެއަރޕޯޓް އޮފް އަރުވަން ދައުލަތް ދަރަނިކޮށް 4 ބިލިޔަން ޑޮލަރުގެ ލޯނު ނަގައިގެން އޮނޑި ހަރުގެއެއްް ކަހަލަ ޓާމިނަލެއް އަޅާފައި އެތަން ހުޅުވަ ހަވާ އާއި ޑްރޯން އަރުވަން 12 މިލިޔަން ޑޮލަރު ޙަރަދު ކުރާއިރު މިމަހު 26 ވަނަ ދުވަހަކީ މިނިވަން ދުވަހޭ ކިޔާފައި މާލޭސަރުކާރުން އިތުރު އެތައް މިލިޔަން ރުފިޔާ ތަޅާ ބުރުއްްސާލާނެ ދުވަހެއް. މާލޭސަރުކާރުން އަކަކިލޯ މީޓަރު ހަމަނުވާ ކ.އަތޮޅު މާލޭގެ މައްޗަށް ދައުލަތުގެ ޙަޒާނާ ތަޅާ ހުސްކުރާތާ 60 އަހަރު ވެއްޖެ.
އޮނަރަބްލް އަފީފު ދީދީ
12 July 2025
ކ.އަތޮޅު މާލޭ ވެލާނާގޭ ނާސިރު ސިލޯނަށް ދިއުމަށްޓަކާ (އޭރު މަތިންދާ ބޯޓާއި ރަންވޭ އަކީ ހުންނަ އެއްޗެއްކަންވެސް ކ.މާލޭ މީހުނަކަށް ނޭގޭ) އައްޑުއަށް ގޮސްފައި އެތަނުން މަތިންދާ ބޯޓްގައި ސިލޯނަށް ދިއުމަށް ކުރި ދަތުރުގައި އައްޑޫ އެއަރޕޯޓް ފެނި ޙަސަދަވެރިވެގެން ތިމާމެންގެ ރަށުގައި އެއަރޕޯޓެއް އަޅަންވެގެން ތަނެއް ދޮރެއް ނޭގި އެޅި ރަންވޭ އޮންނަނީ ކްރޮސް ވިންޑަށް އެހެންކަމުން އައްޑޫ އެއަރޕޯޓާއި ޙިލާފަށް ވައިގަދަވެއްޖެނަމަ ކ.މާލޭ އެއަރޕޯޓަށް ބޯޓް ނުޖެއްސޭ.
އަހުމަދޭ
13 July 2025
އަަނގައެއް އޮތިއްޔާ ދެން ކޮންމެ މީހަަކަށްވެސް ވާހަކަ ދެއްކިދާނެ އާނ! ބަލަ ހުޅުލޭ ޖިއޮގްރަފިކަލީ އޮތް ގޮތުން (އުތުރުން ދެކުނަށް ދިގަށް)، އެރަށުގައި ހުޅަނގުން އިރަށް ރަންވޭއެއް އެޅޭނެ ހަމަ އެއްގޮތެއްވެސް ނޯންނާނެ. އަދި އެހެން އެޅިޔަސް، ކްރޮސް ވިންޑްގަ ފްލައިޓް ނުޖެއްސޭ ދުވަސް އަންނާނެ. ވަޔަކީ އަބަދު އެއްކޮޅަކަށް ޖެހޭ އެއްޗެއްކަމަށްތަ އަފީފު ހީކުރީ؟
ކެޕްޝަން ސާމިހް.
13 July 2025
ދީދީ އެދައްކަނީ ރަނގަޅު ވާހަކަ. މާލޭ އެއާޕޯޓަށް ނުޖެއްސިގެން ފްލައިޓް ތައް އަބުރާ އެހެން ދިމަދިމާލަށް ދާން ޖެހުނު ކަމަށް ވިޔަސް އައްޑޫ އެއާޕޯޓް އޮތްގޮތުން ނުޖެއްސިގެން ދާކަށް ނުޖެހޭނެ.
އޮނަރަބްލް އަފީފު ދީދީ
12 July 2025
ކ.މާލެނޫން އެހެންރަށެއްގައި މީހުން ދިރިއުޅެވޭނެގޮތް ހަދާދޭން މާލޭސަރުކާރު ސިޔާސަތުކަޑައަޅާ ތަންފީޒުކުރަންތިބޭ އެރަށު ބޮޑުން ބޭނުންނަމަ، ނުވަތައް ޙަސަދަވެރިކަން ދޫކޮށްލާފައި އައްޑޫސިޓީއާއި ހަނިމާދޫ އެއަރޕޯޓް ތަރައްޤީކޮށް ހިންގާން ތިބިނަމަ ދުވަހަކު ފަތުރުވެރިއަކު ނައިކަމަށްވިޔަސް އަދި އެނދެއް ރިސޯޓެއް ސިޓީހޮޓަލެއް ނުވަތަ ހޯމްސްޓޭ އެއްނެތިވެސް ގޭން އެއަރޕޯޓަކީ މިހާރު ޓްއަރިޒަމުން ދައުލަތަށް ލިބޭ އާމްދަނީގެ 4 ގުނަ އިތުރަށް ހޯދަން ފުރުސަތު އޮތްތަނެއް.
އޮނަރަބްލް އަފީފު ދީދީ
12 July 2025
ކ.މާލޭ އެއަރޕޯޓާއި ޙިލާފަށް އައްޑޫ އެއަރޕޯޓް އޮތް ތަނުގެ ގޮތުން މިތަނަކީ ދުނިޔޭގެ 4 ބައްރު ގުޅުވާލަދޭނެ ޕެސެންޖަރުންނާއި ކާގޯ އުފުލާނެ ބައިނަލްއަޤުވާމީ އެވިއޭޝަން ހަބެއްގެ ގޮތުގައި ތަރައްޤީކޮށް ހިންގައިގެން ރާއްޖެއަށް އަހަރަކު އެތައްމިލިޔަން ޑޮލަރުގެ އާމްދަނީ ހޯދުމުގެ ފުރުސަތު އޮތް ތަނެއް. އެކަމަކު ވެރިކަމުގެ ސިޔާސަތު ކަނޑައަޅާ ތަންފީޒު ކުރާންތިބި މާލޭގެ ބޮޑުން ބޭނުމެއްނުވޭ އެމީހުންގެ ރަށާއި ދުރުތަނެއްގައި މިފަދަ އިޤްތިސޯދީ މަސައްކަތެއް ކުރާކަށް.