ޚަބަރު / ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

އެއާޕޯޓާއެކީ އާމްދަނީ 82 ބިލިއަން ރުފިޔާ އަށް ހަދާނަން: ރައީސް ޔާމީން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ ހުޅުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން މިއަދު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ވެލާނާ އިންޓަނޭޝަލް އެއާޕޯޓުން ލިބޭ ފައިދާއާއެކު، އަހަރަކު ދައުލަތަށް ލިބޭ އާމްދަނީ 82 ބިލިއަން ރުފިޔާ އަށް ހައްދަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ސާފް ސުޒުކީ ކަޕްގެ ޗެމްޕިއަންކަން ހޯދި ރާއްޖޭގެ ފުޓްބޯޅަ ޓީމަށް މަރުހަބާ ކިއުމަށާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ ހުޅުވުމަށް، ހުޅުލޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ މިއަދަކީ "އެއްކަލަ ބާލިދީ އެއާޕޯޓު" ސަރައްދުގައި އޮތް އެންމެ ވަރުގަދަ އެއާޕޯޓަށް ވެގެން ގޮސްފައިވާ ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ ހުޅުވުމުގެ ރަސްމިއްޔާތަށް ރައީސް ޔާމީންގެ ދެކަނބަލުން ވަޑައިގަންނަވާއިރު، ގައުމީ ޓީމުގެ ކުޅުންތެރިން ސަފަކަށް އެތުރިލައިގެން. --ފޮޓޯ: ހުސައިން ވަހީދު/މިހާރު

ރައީސް ޔާމީން ވިދާޅުވި ގޮތުގައި، "ލާރި ފޮއްޗެއް ނުލިބިގެން" އެއާޕޯޓު ވިއްކާލާކަށް ނުޖެހެ އެވެ. އެއް ބިލިއަން ޑޮލަރުގެ އެއާޕޯޓަކީ ދިވެހިންގެ ޝަރަފާއި އިސްތިގުލާލު ކަމަށާއި މިނިވަން ކަން އޮތީ މިއަދު އެއާޕޯޓު ދިވެހިންގެ އަތްމަތީގައި އޮތީމާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކުރިއަށް ދިއުމާއި އިގްތިސާދީ ތަރައްގީއަކީ އެއާޕޯޓުގެ މައްޗަށް ބަރޯސާވާ ކަމެއް. އެއް ރުފިޔާ އިން އެއާޕޯޓު ހަދަން އުޅުނު ޒަމާން ފާއިތުވެ ހިނގައްޖެ،" ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި އެއާޕޯޓު ހަދަން ފަންޑެއް ހުޅުވިކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވި އެވެ.

އިންޑިޔާގެ ޖީއެމްއާރު ކުންފުނިން އެއާޕޯޓު ހިންގި ފުރަތަމަ އަހަރު އެއާޕޯޓު ހިންގައިގެން ދައުލަތަށް ލިބުނީ އެންމެ 15 މިލިއަން ރުފިޔާ ކަމަށާއި އޭގެ ކުރިން އެއާޕޯޓް ހިންގި އެއާޕޯޓްސް ކޮމްޕެނީން އަހަރަކު 150-200 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެކަމަކު، އެއާޕޯޓު ޖީއެމްއާރު އަތުން އަތުލައި، އެ މީހުންނަށް ފައިސާ ދެއްކި ފަހުން، އެމްއޭސީއެލްގެ ފައިދާ އަހަރަކު އެއް ބިލިއަން ރުފިޔާ އަށް އިތުރު ވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ އަށް އޭ 380 މަރުކާގެ މަތިންދާބޯޓެއް ފުރަތަމަ ފަހަރަށް މިއަދު ޖައްސާފައި: މިއީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އިއްތިހާދު އެއާވޭސްގެ ބޯޓެއް. --ފޮޓޯ: ނިޝާން އަލީ/މިހާރު

ރައީސް ވިދާޅުވި ގޮތުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހެދި އެއާޕޯޓުތަކުން ނަފާ ލިބެން ފެށުމުން، ރާއްޖެ އަޅުވެތިކުރާކަށް ބަޔަކު ނާންނާނެ އެވެ. އަދި އަޅުވެތިކަމުގެ ނަތީޖާއަކަށް ވާނީ ބޭރު މީހުން ކައިރި އަށް ދިއުން ކަމަށާއި ބޭރުގެ ބައެއް ކައިރި އަށް ސަލާން ޖަހަން ބޭނުންފުޅުނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުންވާނެ ފުދުންތެރި ބައެއްގެ ގޮތުގައި ތިބެން. ފުދުންތެރި ބައެއްގެ ގޮތުގައި ދުނިޔޭގެ ސަފުގައި ހިނގާނީ އެހެން ލީޑަރުންނާ އެކީގައި ކަރާ ކަރު ޖައްސައިގެން، ކޮނޑާ ކޮނޑު ޖައްސައިގެން ހުރިހާ އެންމެންނާ އެކީގައި ހިނގަންވީ. މިއީ ރާއްޖެ އަށް ލިބޭ ޝަރަފަކީ،" ދުނިޔޭގެ އެންމެ ބޮޑު މަތިންދާބޯޓު، އޭ380 ޖައްސާފައި އޮތް ވަގުތު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައި ރައީސް ވިދާޅުވި އެވެ.

34 ކޮމެންޓް, 209 ރިއެކްޝަންސް

icon happy icon happy 84%
icon sad icon sad 0%
icon angry icon angry 15%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކުމްރު

30 September 2022

އަދިވެސް ނުވޭތަ ރައީސް ޔާމިނާ އަލުން ވެރިކަން ހަވާލުކުރާކަށް؟

The name is already taken The name is available. Register?

ލަލީ

20 September 2018

ރައީސް ޔާމިން އަކީ ކޮއްމެ ކަމެއް ވެސް ކުރަން ކެރޭނެ ރައީސް އެއް.....

The name is already taken The name is available. Register?

ގެރެންޓީ

20 September 2018

ރައީސް ޔާމީނަށް ތިކަން ވާނެ ކަމާއި މެދު ޝައްކެއް ނެތް. މިހާރު ވެސް ދައުލަތުގެ އާމްދަނީ ވަނީ ކުރީ ވެރިކަން ތަަކަށް ވުރެ މާބޮޑަށް ރަގަޅު ވެފައި.

The name is already taken The name is available. Register?

މުސްތަގިއްލު

19 September 2018

ދަރަންޔޭ ބުނާމީހުންނަށް... ކޮން ދަރަންޔެއް؟ ފެންނަން ނެތް ކަންކަމަށް ނަޝީދު ނެގި ލޯނުތަކުގެ ދަރަނިވެސް ހަލާސް ކޮށްފި މި 5 އަހަރު. ނުދެއްކޭވަރުގެ ބޮޑު ބޭރުގެ ދަރަންޔެއް ހުރިނަމަ މޫޑީސް އިން ދޭނެ ތަ ބީ ރޭޓިންގް؟.

The name is already taken The name is available. Register?

ކުިރާނީކީއް

19 September 2018

ފެނުން ކަރަންޓުން ކާޑުން ސުކޫލްތަކުން މިހެން ޖީއެސްޓީ ބޮޑުކޮއް ނަގަންފެށީމަ ތިކަންވެދާނެ

The name is already taken The name is available. Register?

ސުތުލިގޯނީގަބޮސްދޭފާތުމާ

19 September 2018

ރައީސް ޔާމީން ހޮވިއްޖެނަމަ އިގްތިސާދު ހަލާކުވާނެ: ރޮއިޓާސް ރޮއިޓާސް އިން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި އަންނަ އާދީއްތަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވިއްޖެ ނަމަ، ރާއްޖެ އިތުރަށް ޗައިނާގެ އެހީ ހޯދައި، ގައުމު ތަރައްގީ ކުރުމަށް މަސައްކަތް ފަށާ އަދި އޭގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު ބޮޑުތަނުން ވެއްޓި ގެއްލުން ތަކެއް ލިބޭނެކަމަށް ލަފާ ކުރެވޭ ކަމަށް. https://reut.rs/2OzV439

The name is already taken The name is available. Register?

މާސްޓަރ

19 September 2018

100 ބިލިއަނަށް ވިޔަސް ހަގީގަތަކީ ތިއަންނަ ކުރި އެރުމަކުން އާދައިގެ މުވައްޒަފުންގެ މުސާރަ ބޮޑެއް ނުކުރާނެ. ކައުންސިލްތަކަށް ދޫކުރާ އެހީ ފައިސާގެ ޢަދަދު 2012 އިން ފެށިގެން ދަނީ ދަށަށް.

The name is already taken The name is available. Register?

ހަނާ

19 September 2018

ދެންމީނައަށް އިތުރު 5 އަހަރު ކީއްކުރަން 1 އަހަރު ދިނަސް ގައުމު ބަނގުރޫޓުވާނެ

The name is already taken The name is available. Register?

ކުނި

19 September 2018

މިސަރުކާރުގައި ގައުމު ދަރުވާލި ނިސްބަތަށް ބަލާއިރު ދެން ތިކަން ވުމަށްވުރެ ނުވުންގާތީ

The name is already taken The name is available. Register?

ހުނި

19 September 2018

އަަރަނި ބަޖެޓްގެންނަން ވެރިކަމަށް އެރިމީހެއްމީ އަޅެމީހަކު މީނާއަށް ކިޔައިދީބަލަ ނަގާފައޮތް ދަރަނީގެ އަދަދު އަމިއްލައަށް ކިޔަން ނޭންގެންޏާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454