ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރި ރުއްތައް ގަދަ ވަޔާއެކު ހެލެނީ: އަންނަ ހަފުތާ ބަންދުގައި ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން ލަފާކުރޭ.-- ފޮޓޯ: މިހާރު
10 ޖުލައި 2025 - 14:49
މި އަންނަ ހަފުތާ ބަންދުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން މިއަދު ބުނެފި އެވެ.
މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ބުނީ މާދަމާ އާއި ހޮނިިހިރު ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓް އޮފީހުން ވަނީ މިއަދު މެންދުރު ފަހު 1:15 އިން އިރުއޮއްސި 6:00 އަށް، އދ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ވެސް ނެރެފަ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
Alert White for heavy rain and thunderstorms with gusts of 40 mph expected. pic.twitter.com/hBfW9Wlaeh
— Maldives Meteorology (@MetMaldives) July 10, 2025
ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް އެހެން ހިސާބުތަކަށް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ.
މިހާރު ރާއްޖެއަށް މި ކުރަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ.
ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުން އާންމުކޮށް ދެމިގެންދަނީ ޖެނުއަރީން ފެށިގެން މާޗު މަހުގެ ނިޔަލަށެވެ. އަދި ހުޅަނގު މޫސުން ދެމިގެންދަނީ މެއި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެޕްރީލް މަހާއި ޑިސެމްބަރު މަހަކީ މޫސުން ބަދަލުވާން ފަށާ ދުވަސްވަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖިއޯލޮޖީ
10 July 2025
އެހެންތަ! އަސްލުބުނެބަލަ ކީއްކުރާ ތަނެއްތޯ ތިއީ؟
ކަލްމީ
10 July 2025
އެހެންތޯ؟ ތިޔާހެން ނުބުނެގެން މިތިބީ!
ޢައްޔުއ
10 July 2025
ދެން ހެޔޮ ނުބުންޔަސް، މިވަރުވީމަ އެންމެނަށް ވެސް އެކަން އެނގޭނެ
1181
10 July 2025
ހަބަރުގައި އެވާ ފޮޓޯ ފެނިފަ މަ ހީކުރީ ދިވެހިރުއް ޕްރޮމޯޓުކުރަން ޖެހި ކެމްޕޭނު ޕޯސްޓެއްކަމަށް. ރީތި ފޮޓޮއެއް. ކަދުރު ރުކުގެ ފޮޓޮއެއް ވެސް ޖަހާލަބަލަ.