ޚަބަރު / ރައްޔިތުންގެ މަޖިލިސް

އަހުލާގު ގެއްލިފައި އޮތީ މިސްކިތުގެ އެތެރޭގައި ޕާކްކުރާ ވަރަށް: އަމީން

ގަވާއިދާ ހިލާފަށް ޕާކް ކޮށްފައިވާ ސައިކަލްތަކެއްގެ ކައިރީގައި ފުލުހުން ހަރަކާތްތެރިވަނީ.

ވެހިކަލް ޕާކް ކުރުމުގައި މީހުންގެ އަހުލާގު ގެއްލިފައި އޮތީ ފުރުސަތު ލިބިއްޖެ ނަމަ މިސްކިތުގެ އެތެރޭގައި ވެސް ޕާކްކުރާ ވަރަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ޕާކްކުރުމުގައި މީހުންގެ އަހުލާގު އެ ވަރަށް ގެއްލުނީމާ ވެހިކަލް ޓޯކުރުން މިހާރަށް ވުރެ ހަރުކަށި ކުރަން ވެސް ރަނގަޅު ކަމަށެވެ. ނަމަވެސް އެހާ ވަަރަށް ގަވައިދު ހަރުކަށިކުރަން ވާނީ މަޑުމަޑުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މީހުންގެ އަހުލާގު ޕާކްކުރުމުގައި ގެއްލިފައި އޮތް ވަރު މިއީ، ޖާގަ ލިބޭ ކަމަށް ވަންޏާ އަޅުގަނޑުމެންގެ ބައެއް މީހުންގެ ވިސްނުން އެބަހުރޭ މިސްކިތަށް އަރާ އިރު ވެސް މިސްކިތުގެ ސަފުގެ ފުރަގަހުގައި ސައިކަލް ބަހައްޓާފައި އެރުން،" ޕާކު ކުރުން ދޯދިޔާވެފައިވާ ވަރު ހާމަކޮށްދެއްވަމުން އަމީން ވިދާޅުވި އެވެ.

މިނިސްޓަރު މި މޭރުމުން ޖަވާބު ދެއްވީ ނުގަވައިދުން ވެހިކަލްތައް ޕާކްކުރުމުން، ޖޫރިމަނާ ކުރުމާ އެކުގައި ވެހިކަލް ޓޯކޮށް، އެއް ކުށަކަށް ދެ އަދަބު ދޭ ގޮތަށް ގަވައިދު ހަދަނީ ކީއްވެތޯ ފުވައްމުލަކު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ހަސަން ސުވާލު ކުރެއްވުމުންނެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

ޕާކް ކުރުމުގައި އަހުލާގު ގެއްލިފައި އޮތް ވަރުގެ މިސާލެއްގެ ގޮތުގައި މިސްކިތުގައި ޕާކްކުރާ މިސާލު ދެއްކެވުމަށް ފަހު، މިނިސްޓަރު ވިދާޅުވީ މީހުންގެ އަހުލާގު އެ ހިސާބަށް ދިއުމުން، ޖައްސަން ޖެހޭނީ ދެ އުނދަގުލެއް ވެސް ނޫން [ދޭންވީ ދެ އަދަބެއް ވެސް ނޫން] ކަމަށެވެ.

ޓޯކުރާ އުޅަނދުތައް 24 ގަޑިއިރަށް ބެހެއްޓުމުގެ ބަދަލުގައި 48 ގަޑިިއިރަށް ބަދަލުކުރުމުން މީނުން ތަންކޮޅެއް ފަރުވާތެރިވާން ފެށި ކަމަށް ފުލުހުންގެ ރެކޯޑްތަކުން ދައްކާ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.

"ހަގީގަތުގައި ހަމަަ. ރަނގަޅު، ހާލަތަށް ބަލާފައި އެ އަށް ވުރެ ވެސް އިތުރުކުރުން ވެސް [ޓޯކޮށްފައި ބަހައްޓާ ވަގުތު]،" އަމީން ވިދާޅުވި އެވެ.

އެކަމަކު، ގަވައިދުތަކަށް އެފަދަ ހަރުކަށިކަން ގެންނަން ޖެހެނީ މަޑުމައިތިރި ކަމާ އެކީގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

37 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 26%
icon sad icon sad 0%
icon angry icon angry 47%
icon wow icon wow 0%
icon inlove icon inlove 26%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކާފިބޫ

28 October 2025

ސަރުކާރުގެ އަޚުލާގު ހުރީ މިސްކިތަށް ނަމާދައްދާ މީހުންނާއި ހޮސްޕިޓަލްތަކަށް ދާމީހުންނާއި އެފަދަ ބޮޑެތިކަންތަކަށް ދާމީހުންގެ ވެހިކަލްތައް ޕާކުކުރާނެ ތަނެއް ނުދައްކާ ހިތުހުރިގޮތަކަށް އެތަކެއްޗަށް ގެއްލުންދެމުން ނަގައިގެން ގެންގޮސް ރައްޔިތުންނަށް ދުއްޕާކުރުން. ވަރަށް ތާހިރެއްނުދޯ!!! ރައްޔިތުން ފެލައިގެން ސަރުކާރުން ހިންގުން!! މީ ކިހާރީތި އަޚުލާހެއް!!

The name is already taken The name is available. Register?

ބަހީ

28 October 2025

ތިޔައިން ދޭހަވަނީ ސަރުކާރުތަކުގެ އިހުމާލެވެ. ނާގާބިލުކަމެވެ. ދަހިވެތިކަމާއި އިޚުލާސްތެރިކަމެއް ނެތްކަމެވެ. އަމުދުން ޕްލޭނެކޭ ކިޔާ ބަހެއް އަޑުވެސް ނާހާ ކަމެވެ. އެހެންނޫންނަމަ މާލޭގައި އުޑާ ވާހަކަގޮވާ ހިސާބަށް ނެގިފައި ތިހިރަ ކޮންމެ އިމާރާތެއްގައި ޕާކިންގ ޒޯނެއް އޮތީހެވެ. މިރާއްޖެ ނޫނީ މަގުމަތީގައި ދުއްވާ އެއްޗިހި ޕާކުކުރާ ގައުމެއް ދުނިޔޭގެ އެއްވެސް ތަނަކު ނޯންނާނެ ތޯއްޗެކެވެ.

The name is already taken The name is available. Register?

ޜަދުން

28 October 2025

ދައުލަތުން ގޯތި ދީފަހުރީ ޑަސްބިން ބެހެއްޓުމާއި އެކު ދޮވެހިއްކުމާއި ގެވެހި ކަންވާރާ، ގެންގުޅޭ ސާމާނު މަގުމަތީ ބަހައްޓާ ގޮތަށް، ގޭގަ ކޮޓަރިއާއި ފިހާރަ ހަދާފަ ކުއްޔަށްދޭން ވިއްޔަ.

The name is already taken The name is available. Register?

ހަސަންދި

28 October 2025

ތި ވާހަކަތައް ދެއްކުން ހުއްޓާލާފަ، ޕާރކިން އިމާރާތް ތަކާއި ޕާރކިން ސިސްޓެމް ތައް އިތުރު ކުރަންވީ. "ބަސް މަދު ކޮށް އަމަލު ގިނަ ކުރަންވީ"

The name is already taken The name is available. Register?

ވޯލް

28 October 2025

މާލޭގައި މަގުތަލުގައި ސަކަލާ ކާރު އަދި އެނޫން 4 ފުރޮޅުލީ ވެހިކަލް ޕާލް ކުރުމުގައި ހައްދެއް އިމެއް އުސޫލެއް ނެތް. ވަރަށް ނުރައްކާތެރި ގޮތްގޮތައްވެސް ޕާކް ކޮށްފައި ހުރޭ. މިއީ ޓްރެފިކް ބަލަހައްޓާ މީހުން ނުކުމެގެން ހައްލު ކރެވޭނެ ކަމެއް. އަދި ބޮޑެތި ޖޫރިމަނާއާ އަދަބު ކަނޑައަޅާގެން ނޫނި ވާނެ ކަމެއް ނޫން. ރިޔާސީ ވައުދައް ޕާކިން ވައިލޭޝަން ފައިން މާފުކޮށްދޭ ހިސާބުގައި ސިާޔސީ މީހުންގެ ވިސްނުން ހުރިހާ ދުވަހަކު މިކަށް ނެތް ހައްލެއް.

The name is already taken The name is available. Register?

އަހުމަދޭ

28 October 2025

ރައްޔިތުންގެ އަޚްލާގުގެ ވާހަކަ ދައްކަން ސިޔާސީ މީހުން ހަމަ ލަދު ގަންނަންޖެހޭނެ. ދެން އަނެއް ވާހަކައަކީ، ކިތަންމެ އަޚްލާގު ރަނގަޅު ކުރިޔަސް، ޕާކު ކުރާނެ ޖާގަ ހުރި ކަމަކަށް ނުވާނެ

The name is already taken The name is available. Register?

ޔާޒު

28 October 2025

މަށަށް ކަމުނުދަނީ ފުރިފާހުރި އެއްޗެއްގެ ތެރެއަށް އަދިވެސް އަޅާތީވެ. މާލޭގެ މަގުމަތީގެ ހާލަތު މިއަދު މިހާލަތުގަ ހުރީމާ ދެން އަންދާޒާކޮށްލާ މީގެ 5 އަހަރު ނުވަތަ 10 އަހަރު ފަހުން ހާލަތު. ކޮންމެވެސް ވެރިއަކު ބުނަންވެއްޖެ ދެން މި މާލެއަކަށް އެއްވެސް ވެހިކަލެއް އިތުރަކަށް ރަޖިސްޓްރީކޮށްނުދެވޭނެ ވާހަކަ. އަހަރުމެންވެސް ބޭނުން ނޭވާލާން.

The name is already taken The name is available. Register?

ހިކުމަތް

28 October 2025

މަހީކުރީ އަމިއްލަގޭ ޓެރަސްމަތީ ކަމަށް އަހުލާގު އޮތީ

The name is already taken The name is available. Register?

ފ54ގ65

28 October 2025

ނޫނޭ އެކަމަކު ފޭސްބުކުން ފެންނަ ފެނުމަށް ގިނަ ދިވެހިންނަކީ ވަރުގަދައަށް ދީނުގައި ހިފަހައްޓައިގެން ތިބި އަހުލާގު ރަނގަޅު، އަނެކާއަށް ވިސްނާ، މީހުނަށް އުނދަގޫ ނުކުރާ، ފާފަ ނުކުރާ، ކެތްތެރިން...

The name is already taken The name is available. Register?

ޣަނީ202

28 October 2025

ނުގަވަދުން ޕާރކު ކުރުމާއި، ލަދެއްހަޔާތެއްނެތި ޕަރކު ކުރާ މީހުން ތަފާތު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454