ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު، މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. އޭނާ ވިދާޅުވީ މާލެ ސަރަަހައްދުން ހިލޭ ދިން ގޯތިތައް ދައުލަތަށް ނަގަން ޖެހޭ ކަމަށް. ފޮޓޯ: މަޖިލީހުގެ އިދާރާ
28 އޮކްޓޯބަރ 2025 - 13:04
ކުރީގެ ރަައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މާލެ ސަރަހައްދުން ހިލޭ ގޯތި ދިން ނިންމުމަކީ ވަރަށް ބޮޑު ބޭ އިންސާފެއް ކަމަށާއި އެ ގޯތިތައް ދައުލަަތަށް އަނބުރާ ނަގަން ޖެހޭ ކަމަށް، ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި ފަލާހު އެ ވާހަކަ ދައްކަވަމުން ވިދާޅުވި ގޮތުގައި މިއީ އިނގުރައިދޫ ދާއިރާގެ މެންބަރުގެ ހައިސިއްޔަތުން ނުވަތަ ޕީއެންސީގެ ޕީޖީ ލީޑަރުގެ ހައިސިއްޔަތުން ވެސް ދެއްކެވި ވާހަކައެއް ނޫނެވެ.
"މިއީ އަޅުގަނޑު އެއްގޮތަަކަށް ވެސް މިތާ މެޖޯރިޓީ ލީޑަރުގެ ހައިސިއްޔަތުން ދަންނަވާ ވާހަކައެއް ނޫން. ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން މިއަދު އަޅުގަނޑުގެ ޝުއޫރެއް މި ހާމަކޮށްލަނީ. އަޅުގަނޑުގެ ހިޔާލަކީ އަދިވެސް، ހިލޭ ދީފައި އެހެރަ ބިންތައް، އެތާ ވަށާ ފާރެއް ރާނާފައި ހުރިއްޔާ ވަށާފާރުގެ ބަދަލު ދީފައި. ގޯއްޗެއް ރާނާފައި ހުރިއްޔާ ގޯއްޗެއްގެ ބަދަލުދީފައި ހުރިހާ އެއްޗެއް ދައުލަތަށް ނެގުން،" ފަލާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދިވެހި ރައްޔިތުންގެ ތެރެއިން 99 ޕަސެންޓް މީހުން އެކަމަށް ތާއީދުކުރައްވާނެ ކަމަށާ އެއީ އެހާ ވެސް ބޭއިންސާފުން ކޮށްފައި އޮތް ކަމެއް ކަމަށެވެ.
"އެއީ އެކަކަށް ފްލެޓް މި ދެނީ ފައިސާ ދައްކާ ގޮތަށް. ބޮޑުސިންގާ 1،200 އަކަފޫޓުގެ ބިމެއް މި ދެނީ ހިލޭ. މިއީ ކޮން ކަހަކަ އިންސާފެއް މިއީ؟" އޭނާ ވިދާޅުވި އެވެ.
ބިޑް އުސޫލުން ވިއްކާ ނަމަ އެއިން ކޮންމެ ގޯއްޗަކަށް 12 މިލިޔަން ރުފިޔާ ޖެހޭނެ ކަމަށާއި ފްލެޓް ލިބޭ މީހުން ޖެހެނީ 25 އަހަރު ދުވަހުގެ ތެރޭގައި ހަތަރު މިލިޔަން ރުފިޔާ ދައްކަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ކޮށްފައި ހުރި ނަމަ ހުރި މަސައްކަތަކަށް އަގުދީފައި ގޯތިތައް ދައުލަތަށް ނަގަން ތަކުރާރުކޮށް ސަރުކާރަަށް ގޮވާލައްވަމުން ފަލާހު ވިދާޅުވީ އޭރުން ދައުލަތަށް 10 ވަރަކަށް ބިލިޔަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު އަދިވެސް ސަރުކާރުގައި ހަމަ އެދެމޭ އެ ގޯތިތަކުގެ، ކޮށްފައި ހުރި މަސައްކަތެއް ހުރިއްޔާ އޭގެ ބަދަލު ދީފައި އެ ހުރިހާ ގޯއްޗެއް އަނބުރާ ދައުލަތަށް ނަގަން. އޭރަަށް ދައުލަތަށް ވެސް ދިވެހި ރައްޔިތުންނަށް ވެސް ގާތްގަނޑަކަށް 10 ވަރަކަށް ބިލިޔަން ރުފިޔާ އެ ސަލާމަތް ކުރެވެނީ،" ފަލާހު ވިދާޅުވި އެވެ.
މާލެ ސަރަހައްދުން ހިލޭ ގޯތި ދޭން ކުރީގެ ސަރުކާރުން ހުޅުވާލުމާ އެކު އޭރު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ ބައެއް މެންބަރުން ވެސް އެކަމާ ނުރުހުން ފާޅުކުރެއްވި އެވެ. އޭރު އަދި އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ފޮނަދޫ ދާއިރާގެ އޭރުގެ މެންބަރު މޫސާ ސިރާޖު އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވި އެވެ.
ސިރާޖު އޭރު މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓުތަކުގެ ތެރެއިން "އެޗް8" ކެޓަގަރީގައި ހިމެނޭ މާލޭ ރަށްވެހިންނާއި "އެޗް9" ކެޓަގަރީގައި ހިމެނޭ މާލޭ ދަފްތަރުގައި ޖެހިފައިވާ ފަރާތްތަކަށް އެ ފްލެޓުތައް ދީފައި ވަނީ ފައިސާ ދައްކާ ގޮތަށް ކަމަށެވެ.
މި ފަހުން މާލެ މީހުންނަށް ހާއްސަކޮށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން 60 ބިމެއް ވިއްކަން ހުޅުވާލި އިރު އަކަފޫޓެއް ހުރީ 7000ރ. އިން މަތީގައި ކަމަށާއި ނަމަވެސް އެ ގޯތިތަކަށް ވެސް މާލެ ރައްޔިތުންގެ ބޮޑު ޑިމާންޑެއް އޮތް ކަމަށް އެ ސިޓިގައި ބުނެފައި ވެ އެވެ.
"...ދައުލަތުގެ ދަަރަނި 100 ބިލިއަނަށް އަރައި ދަރަނި ނުދެއްކޭނެ ކަމުގެ ބަހުސް އިންތިހާއަށް ބޮޑުވެފައިވާ ހާލަތެއްގައި ހަތަރު ލައްކައެއްހާ މީހުންގެ އާބާދީގެ ތެރެއިން 5،000 އާއިލާ އަށް 48 ބިލިއަން ރުފިޔާގެ އަގު ހުރި ބިން ހިލޭ ދިނުމަކީ ބޮޑު ބޭއިންސާފެއް ކަމުގައި އަޅުގަނޑު ދެކެން،" އެ ސިޓީގައި ވިދާޅުވެފައި ވެ އެވެ.
މާލެ ސަރަހައްދުން ދޫކުރާ ގޯތިތައް 5000 އާއިލާ އަށް އިންސާފުވެރިކަމާއެކު ބެހޭނެ ކަމަށް ނުދެކޭތީ އާއި އެ ބިންތައް ބީލަމަށް ލައިގެން ވިއްކައިފި ނަމަ ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިދާނެ ކަމަށް އަންދާޒާ ކުރެވޭ ފައިސާގެ އަދަދަކީ ކޮބައިތޯ ބަލަން އެދޭ ކަމަށް އެ ސިޓީގައި އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖޮވަާލާ
30 October 2025
ތިހެންވެއްޖެއްޔާ ރާއްޖެ އެއްވެސް ތަނަކުން ހިލޭ ދީފައިވާ ގޯތިތައް އަތުލަންޖެހޭނެ. ހުޅުމާލެ ހެދީ މާލެ ތޮއްޖެހިގެން މާލެ މީހުންނަށް ގޯތި ދިނުމަށޭ. މޮޔަނުގޮވާ. މައިތިރިވެހުރޭ.
ފަލާހާ ކާމިޔާބު
29 October 2025
ތީ ވަރަށްވެސް ރަނގަޅު ގޮވާލެއްވުމެއް.
އަބްޑޫޅް +
29 October 2025
މާލޭ ސަރަހައްދުންނާއި، ބީރަށްޓެހި ރަށްފުށުގަ ބަންޑާރަ ގޯތި ނަގައިގެން ތިބި މީހުން އެބަތިބި. އެކަމަކު، 1970 އިގެ އަހަރުތަކުގަ، މިކަހަލަ ބަންޑާރަ ގޯތި ގަންނަން ބޭނުން މީހުންނަށް އެ ފުރުސަތު ދިން. ނުފޯރާހެން ހީވާ މީހުންވެސް އަމިއްލަ ފައިސާ ދީފަ އާއި، ތިމާގެ މީހުން ދިނީމަވެސް، އަދި ދަރަންޏަށް ނަގައިގެން ވެސް ގަތް. ނުފޯރާނެހެން ހީވާ މީހުންވެސް، އެފުތުސަތުގަ ގޯތި ގަތް. އަދި މިހާރުވެސް އެ ފުރުސަތު އެބައޮތް. އަނގަނުގަޅާ އެފުރުސަތު އޮތްކަން އަންގަބަލަ.
ގުދުގުދާބެއްޔާ
29 October 2025
ގާނޫނުގަ ބުނަނީ މީހުންގެލެޔާ މުދަލަކީ ޚުރުމަތް ތެރިވެގެން ވާއެއްޗެއްކަން! އަދުލުވެރި ބަދަލެއް ދީފަ މެނުވީ މީހެއްގެ މުދަލެއް ދައުލަތައް ނުނެގޭނެ! އަދުލު ވެރި ބަދަލަކީ އެމީހަކަށް އެދިން ރަށަކުން އެދިން ބޮޑުމިނަކުން އެހެންތާކުން ގޯތި ދިނުން! ހުޅުމާލެއިން ދިން ގޯއްޗެއް ތުރާކުނުން ދިނުމަކީ އަދުލުވެރި ބަދަލެއްނޫން! އެފަދަ ނުދަލެއް ނަގާނަމަ ކޯޓް މެދުވެރިކޮއް މެނުވީ ނުވެސްނެގޭނެ!ފަލާހުމެން މަޖިލިސްގެ މެންބަރުންނަށް ކުފޫވެސް ހަމަނުވޭ!
ހަސަންރަހާ
29 October 2025
އަސްތާ، އަފީފު އުޑުގަ ޖެހިފަ ބިމުގަ ޖެހުނަސް ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުން އެއީ ކުރަމުން އަންނަ އަދި ކުރާނެ ކަމެއް. ތިޔަ ކަން ހުއްޓުވަންޏާ ޖެހޭނީ ގާނޫނެއް ހަދަން. ދެން އޮތީ ހިއްކިއްޔޭ ބުނާ ވާހަކަ. ދައުލަތުގެ ޚަރަދުން ބިން ހިއްކާފަ ހުރި އެތައް ރަށަކުން ހުރީ ބަންޑާރަ ގޯތި ދޫކޮށްފަ. ފަލާހުވެސް އަފީފުދިދީ ވެސް ފިއްތާލައިގެން ތިބެން ޖެހޭނީ....
އެކަލޯ 1
29 October 2025
ފަހުގެ ތާރީހެއްގައި ފަލާހު ވިދާޅުވި އެންމެ ރަގަޅުވާހަކަފުޅު. ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ލާރިން ބިންހިއްކާފަ ވަކި ބަޔަކަށް ދޭކަން ނުޖެހޭ.
ޏަނާ
29 October 2025
އެހެން ރަށްރަށުގެ ބިން ހިއްކަނީ މާލޭގެ ރައްޔިތުންގެ ލާރި ނުހިމެނޭ ގޮތަށްތަ؟
ފައިސާ ފައިސާ
29 October 2025
ހުރިހާ ރަށެއްގައި ކުރާ ހުރިހާ ކަމެއް ވެސް ކުރަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ފައިސާއިން. މާލެ ސަރަހައްދު އެކަންޏެއް ނޫން، ހުރިހާ ރަށެއް ހިއްކައިގެން ތި ހިލޭ ދޭ ހުރިހާ ގޯއްޗެއްވެސް ތިދެނީ ހުރިހާ ރައްޔިރުންގެ ފައިސާއިން.
ފަންވަތް
29 October 2025
ތިހާ ރަނގަޅު ވާހަކައެއް ވިއްޔާ ހުރިހާ ބަންޑާރަ ގޯތިތައް އަތުލާ. ދަރިންގެ ދަރިންނަށް ދަންދެން ވާރުތަ ތިކުރަނީ ބަންޑާރަ ބިންތައް. ރައްޔިތުންގެ ލާރިންދޯ ހުރިހާ ކަމެއް ކުރަނީ. ކޮން ރަށެއްގަތަ ރަށުމީހުންގެ ލާރިން ބިން ހިއްކައިގެން ގޯތީދީ، މަގުތައްހަދައި، ނަރުދަމާ އަޅައި، ހުރިހާ ކަމެއް އެކުރަނީ. މާލޭގެ ބިމެއް ހިއްކީމަތަ ހުރިހާ ރައްޔިތުންގެ ލާރިއަށްވަނީ.
އަހަންމާކަލޯ
29 October 2025
ހަމަ ތިޔަބުނާ ހުރިހާ ރައްޔިތުންގެ ލާރިން ރާއްޖެތެރޭ ރައްރަށުގައި ވެސް ބިން ހިއްކަނީ... އަދި މާލެ ސަރަހައްދަށްވުރެ ހިއްކަންދާ ހަރަދު އަގުބޮޑުވޭ އެއީ މާލޭ ސަރަހައްދުން ހުރިހާ އެއްޗެއް ގެންގޮސްގެން މަސަތްކަތް ކުރަންޖެހޭތީ... ހަމަ ތިޔަ ބުނާ ފައިސާއިން ބޭސް ފަރުވާއަށް އާސަންދައިން ވަކި ފަރުދަކަށް 3 މިލިއަން ވެސް ހަރަދު ކޮށްފައި އެބަ ހުރި ދެން ؟؟؟
ނަމީ11
30 October 2025
ލޮލް. ކަލޭމެންގެ ރަށު ފަޅުތައް ހިއްކާފަ ހިލޭ ގޯތިމިދެނީ ކަލޭމެނަށް. އެއީ ތިރަށުމީހުން އެކަނި ދައްކާ ޓެކްސްފައިސާތަ. ޔަހޫދީވިޔަސް ބޮޑުވަރުތީ.
އޮނަރަބްލް އަފީފު ދީދީ
29 October 2025
ޤަބީލާވަންތަ ރޭސިސްޓް ސިޔާސަތެއްގެދަށުން "ބަހާލި" 6،200 ގޯއްޗަކީ 11،319،060 އަކަފޫޓް ނުވަތަ 11.3 މިލިއަން އަކަފޫޓް ބިން. (މި ބިމުގެސައިޒް އަންދާޒާކޮށްލަން ފަސޭހައަކަށް ބުނާނަމަ ހުޅުމާލޭ 25 ބުރީގެ 16 ޓަވަރު އަޅާފައިވަނީ 195،920 އަކަފޫޓުގެ ބިމުގައި.) ހިލޭ ބަހާލި 11.3 މިލިއަން އަކަފޫޓުގެ ބިމަކީ 57 ހިޔާ މަޝްރޫޢު ނުވަތަ 25 ބުރީގެ 926 ޓަވަރު ނޫންނަމަ 440،000 ފްލެޓް އިމާރާތްކުރެވޭނެ ބިންކަން މެންބަރު ފަލާޙް އަށް އެގިވަޑައިގަންނަވާތީ އެވާހަކަ ދައްކަވަނީ.
އޮނަރަބްލް އަފީފު ދީދީ
29 October 2025
ފަލާޙް ހުށަހެޅުން މަޖިލީހުން ސީރިއަސްކޮށް ނަގާންޖެހޭ އެތައްސަބަބުތަކެއް އެބަހުރި. ފުރަތަމަ މިކަންކޮށަފަައިވަނީ ޤާނޫނުއަސާސީގެ 40 އަދި 41 ވަނަ މާއްދާގެ ނުކުރާތަކާއި ޙިލާފަށް އެރަށުގެ ޤާނޫނީރަށްވެހިންގެ ތެރޭގައި ތަފާތުކޮށް ވަކިބަޔަކަށް ބައިވެރިވުމުގެ ފުރުސަތުވެސްނުދީ. ދެވަނަ ކަމަކަށް ހިލޭ ބިންތައްބަހާލުމުން ބިންހިއްކަން ލޯނުނެގި ފަރާތަށް ފައިސާނުދެއްކި HDC އަށް އިތުރަށް ލޯނުދޭން ޗައިނާއިން ދެކޮޅުހަދާތީ، ހައުސިންގ ސްކީމް ހިންގަން ވަނީ ހުރަސް އެޅިފަ.
އޮނަރަބްލް އަފީފު ދީދީ
29 October 2025
އިބްރާހިމްގެ ސަރުކާރުން "ޤަބީލާވަންތަ ރޭސިސްޓް ސިޔާސަތެއްގެ ދަށުން" އިންސާފެއްނެތި ބަހާލީ ދައުލަތުގެ ކުންފުންޏެއް ކަމަށްވާ Housing Development Cooperation ގެ މިލްކުވެރި ބިންތަކެއް ކަމަށްވާތީ، އަދި މިދެންނެވި ބިންތައް "ހިލޭ ބަހާލުމުގެ ސަބަބުން" ކުންފުންޏަށް މާލީދަތިތައް ކުރިމަތިވެ ބޭރުގެ ބޭންކުތަކުންނާއި، ފައިނޭންޝަލް އިންސްޓިއުޝަން ތަކުން ލޯނު ނުލިބޭތީ، ކުންފުނީގެ ފަރާތުންވެސް މިމައްސަލަ ކޯޓަށް ވައްދާ ބިންތައް އަބުރާ ހޯދަން މަސައްކަތް ކުރަންޖެހޭ.
ގޯތި
29 October 2025
މާލޭން މާލޭ މީހަކަށް ގޯތި ދިނުމަކުން މައްސަލައެއް ނެތް. އެކަމަކު މާލޭ މީހުންނަށް ގޯތި ދީފަހުރީ މާލެއަކުން ނޫން. އެއީ މައްސަލައަކީ.
މަމެންގެ
30 October 2025
ހުޅުމާލެ ހިއްކީމާލޭމީހުންނަށް ގޯތިދޭން. މާލޭގަ ބިންނެތިގެން. ތިހެންވާނެ މާލެ ފުންމާލާފަ ސިޓީ ލައިފްއުޅެންބޭނުންވާ ކޮންމެ ރާއްޖެތެރޭމީހަކަށް. ހަހަހަ.