ތިމާވެށި ހިމާޔަތްކުރުމާ ގުޅޭ ކުރެހުމެއް: ސިންގަލް ޔޫސް ޕްލާސްޓިކްގެ ބަދަލުގައި ބޭނުން ކުރެވޭނެ ތަކެތީގެ ދިރާސާއެއް ހަދަން ސަރުކާރުން ވަނީ އިއުލާން ކޮށްފައި --- ފޮޓޯ/މިހާރު
29 އޮކްޓޯބަރ 2025 - 15:39
ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބަދަލުގައި ބޭނުންކުރެވިދާނެ ތަކެތީގެ ދިރާސާއެއް ހަދައިދޭނެ ބަޔަކު ހޯދަން އެންވަޔަރްމެންޓް މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.
އެންވަޔަރްމެންޓް މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ ސަރުކާރުގެ ފަރާތުން އެ މިނިސްޓްރީން ކުރިއަށް ގެންދާ ސިންގަލް-ޔޫސް ޕްލާސްޓިކް މަދުކުރުމުގެ ގައުމީ ސިޔާސަތު ހަރުދަނާކުރުމުގެ ޕްރޮޖެކްޓުގެ ދަށުން، "ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބަދަލުގައި ބޭނުންކުރެވިދާނެ ތަކެތީގެ ފުރިހަމަ ދިރާސާއެއް އެކުލަވާލުމުގެ މަސައްކަތް" ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
ބީލަން ހުށަހަޅާނީ އަންނަ މަހުގެ 12 ވަނަ ދުވަހުގެ ކުރިން ކަމަށާއި ބީލަން ހުޅުވުން ވެސް އޮންނާނީ ހަމަ އެ ދުވަހު ކަމަށް އެ އިއުލާނުގައި ބުންޏެވެ.
ރާއްޖެ އަށް އެތެރެކުރުމާއި ގެންގުޅުން މަނާ ބާވަތުގެ، ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓެއް އެކުލަވާލީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގަ އެވެ. އޭގެ ދަށުން އެކި ތާރީހުތަކަށް ބަހާލައިގެން ޖުމްލަ 14 ބާވަތެއްގެ ޕްލާސްޓިކް މަނާކުރަން ލިސްޓުގައި ކަނޑައަޅާފައިވެ އެވެ.
އެ ލިސްޓުގައި ހިމެނޭ 14 ބާވަތުގެ ތެރެއިން 13 ބާވަތެއް މިހާރު ވަނީ މަނާކޮށްފަ އެވެ.
އެ ލިސްޓުގައި ދެން ހިމެނޭ އެއް ލީޓަރާއި 500 މިލިލީޓަރުގެ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ރާއްޖެއަށް އެތެރެ ކުރުމާއި އުފެއްދުން ވެސް އަންނަ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މަނާ ވާނެ އެވެ. ނަމަވެސް ބާޒާރަށް ނެރުން މަނާ ވާނީ އަންނަ އަހަރުގެ މާޗް މަހުން ފެށިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޕުލާސްޓިކު
30 October 2025
ތިޔައީ ކުރީސަރުކާރުން ކޮށް ނިންމާފަ އޮތް ކަމެއް! މިސަރުކާރުން ނޫޅޭ ޕްލާސްތިކު މަދުކުރާކަށް! އޭގެ ބަދަލުގައި ކުރިން ތައްޔާރު ކޮށްފައިވާ ޕުލޭނު ވެސް މަޑުޖައްސާފަ އޮތީ!
މި އެންވަރަމަންޓް މިނިސްޓްރީ ވީ ބަހާލަން
30 October 2025
މި އެންވަރަމަންޓް މިނިސްޓްރީ ވީ އުވާލާފަ، ފައިނޭންސަށް، ކޮންސްޓަރަކްޝަންއަށް، ރައީސް އޮފީހަށް، ފޮރިން އަށް ލާން
ވެށި
30 October 2025
ތިޔަ މަސައްކަތް ރައީސް އޮފީސް ތެރެއިން އެބަކުރޭ ވަރަށް ބާރަށް! ލަސްތަކެއް ނުވެ އުވާލަފާނެ!
ކަތީބު އަލީ
29 October 2025
މެގަ ގިގަ ޕުރޮޖެކުޓެއް
ކަނީރުން
29 October 2025
ޕުލާސްޓިކު މަދުކުރާ ވާހަކަ ދައްކާއިރު ބުއްދަޅުތަކުގައި ރަނގަޅު ދަގަނޑު މައްޗެއް އޮއްވާ ހުރިހާ ދަޅެއްގައި ޒާތެއްގެ ރަބަރު މަތިގަނޑެއް ޖެހުނުން މަނާ ކުރާނެ މީހަކު ނެތްތަ، މިއަކާހެދި އެދަޅުގަނޑު ބޭނުން ކުރެވެނީކީނޫން
ގަނޑިއަ
29 October 2025
ގަނޑިއަ ކިހިނެތްވެގެތްތަ ތިއުޅެނީ. ތީ މިހާރު ސުކޫލްތަކުގައި "އެންވައިރްމަންޓް ސައިންސް"ގައި ކިޔަވައިދޭ އެއްޗި. އަނެއްކާ ބަޔަކަށް ލާރިކޮޅެއް އަޅާލަންބޭނުންވީތަ؟ ހަމަ ކޮންމެކަމަށް ބަޔަކަށް ފައިސާދީގެން ދިރާސާއެއް ކުރަންޖެހޭތަ؟
ކަބައްޑި
29 October 2025
ސިންގަލް ޔޫސް ޕުލާސްޓިކުގެ ބަދަލުގާ ދޮންކެޔޮފަތް ބޭނުންކުރެވިދާނެ.