ލަންކާ ސަރުކާރުގެ ވިސްނުމަކީ، ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ބޭނުންވާ މޭވާ އާއި ތަރުކާރީ ފަދަ ކާނާގެ ބާވަތްތައް ފަސޭހައިން ރާއްޖެ އަށް ފޯރުކޮށްދެވޭނެ އިންތިޒާމެއް ހަމަޖެއްސުން.
01 ނޮވެމްބަރ 2025 - 07:41
ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު މުދާ ފެރީގެ ހިދުމަތް ފަށަން ދެ ގައުމުގެ ސަރުކާރުން މަޝްވަރާ ކުރަމުން އަންނަ ކަމަށް ބުނެފި އެވެ.
ރާއްޖޭގައި ހުންނަ ލަންކާ ހައި ކޮމިޝަނުގެ އޮފިޝަލަކާ ހަވާލާދީ ލަންކާގެ ނޫހަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މަޝްވަރާތައް ފަށާފައިވަނީ ލަންކާގެ ރައީސް އަނުރާ ކުމާރަ ޑިސަނަޔަކެ، މިދިޔަ ޖުލައި މަހު ރާއްޖެ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.
އަދި އަންނަ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ލަންކާ އަށް ކުރައްވަން ވިސްނަވާ ފުރަމާނަ ދަތުރުފުޅުގައި، އެ މަޝްވަރާތަކަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމުގެ އުއްމީދު ބޮޑުކަމަށް އެ ނޫހުން ބުންޏެވެ.
ލަންކާ ސަރުކާރުގެ ވިސްނުމަކީ، ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ބޭނުންވާ މޭވާ އާއި ތަރުކާރީ ފަދަ ކާނާގެ ބާވަތްތައް ފަސޭހައިން ރާއްޖެ އަށް ފޯރުކޮށްދެވޭނެ އިންތިޒާމެއް މި ފެރީގެ ހިދުމަތް މެދުވެރިކޮށް ގާއިމުކުރުމެވެ.
މި ފެރީގެ ހިދުމަތް ފެށިއްޖެ ނަމަ މުދާ އުފުލަންދާ ހަރަދު އެތައް ގުނައެއް ކުޑަވެ، ހަލާކުވާ ޒާތުގެ ކާބޯތަކެތި އެކަށީގެންވާ އަވަސްމިނެއްގައި ރާއްޖެ އަށް ފޯރުކޮށްދެވޭނެ ކަމަށް ލަންކާގެ ސަރުކާރުގެ އިސް އޮފިޝަލުން ގަބޫލުކުރައްވާ ކަމަށް ލަންކާގެ މީޑިއާ އިން ބުންޏެވެ.
ނަމަވެސް، ރާއްޖެ އާއި ލަންކާއާ ދެމެދު ކަނޑުމަގުން ކުރާ ދަތުރުތަކަށް 30 ގަޑިއިރު ހޭދަވާއިރު، މި ހިދުމަތް ފަށަން ގޮންޖެހުން ބޮޑުކަމަށް އެ ނޫހުން ބުނެފައި ވެ އެވެ. ހާއްސަކޮށް، ލަންކާ މަގުން ރާއްޖެ އަށް މުދާ ގެންނަ ބޮޑެތި ޝިޕިން ކުންފުނިތައް އޮޕަރޭޓު ކުރަމުން ދިޔުމަކީ ވެސް، ފެރީގެ ނިޒާމެއް ގާއިމު ކުރުމަށް އޮތް އިތުރު ހުރަހެއް ކަމަށް ބުންޏެވެ.
މިފަދަ މަޝްވަރާތަކަކާ ގުޅޭގޮތުން ދިވެހި ސަރުކާރުން އަދި މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެ އެވެ.
ރާއްޖެ އާއި އިންޑިއާގެ ކޮޗިން އާ ދެމެދު ވެސް މުދާ އުފުލަން ފެރީގެ ނިޒާމެއް ކުރީގެ ސަރުކާރުގައި 2020 ވަނަ އަހަރު ފެށި އެވެ.
ނަމަވެސް، އެ ހިދުމަތް 2022 ވަނަ އަހަރުގެ ފަހު ކޮޅުން ފެށިގެން އޮތީ ހުއްޓިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑރ ވާންޗޯ
02 November 2025
ލަންކާތީ މިހާރު މިސަރަހައްދުގައޮތް ޑްރަގްގެ އެންމެބޮޑުހާލި، ތިޔައީ ވަކިބޮޑުންތަކެއްގެ އިސްނެންގެވުމަކަށް ކުރާކަމެއްތޯ؟.
ޑރ ވާންޗޯ
01 November 2025
އަނެއްކާ އަނެއް މުދާފެރީ!!. ކޮބާތަ އިބޫގެ އިންޑިޔާ މުދާފެރީ، ފަރަކަށް އުރުނީތަ ނޫނީ އަޑިޔަށްދިޔައީތަ؟.
ވަރަށް ބިޒީ
01 November 2025
ކޮޗިން ފެރީ ފުލް ކަމުން މުދަލަށް ޖާގަ ނުލިބޭތީ ލަންކާ ފެރީ އަށް ވަރަށް ޑިމާންޑް އޮންނާނެ.
2025
01 November 2025
ރާއްޖޭއާއި އިންޑިޔާއާއި ފެރީ ގުޅާލުމުންވެސް ކީއްތޯވަނީ...... ބޮއިހަލަކި
ރަންނަމާރި ބެއްޔާ
01 November 2025
އެރުވޭ ފޮނު މަދީތަ؟ ކޮޗިން ފެރީވެސް ފެށިދޯ؟ އެއްކަމެއްވެސް ވިތަ؟ ރާއްޖެ އާއި ލަންކާއާ ނުވަތަ ރާއްޖެ އާއި އިންޑިއާއާ ދެމެދު ކަނޑު ފެރީގެ ޚިދުމަތް ގާއިމުވެފައި އޮތުން މުހިންމު. ނަމަވެސް، ތިޔަ ފަދަ ކަމެއް ކުރަން ދެ ގައުމުން ނުވަތަ ތިން ގައުމުން އެއްބަސްވިޔަސް، ވެރިންގެ އަމިއްލަ އެދުން ވަކިވަރަކަށް ވުރެ ބޮޑުވީމަ އިޚުލާސްތެރިކަމެއް ނެތި ކިހިނެއް ކުރާނީ؟ ފަތާ، ތެލާ، ރަލާ ވިއްކައިގެން އަޗާ ތަޅާ! ރައީސް ނަޝީދު ކަހަލަ ވެރިއަކަށް ވެދާނެ!
މަސްތުވާ ތަކެއްޗަށް އިތުރު ދޮރެއް ހުޅުވެނީ........
01 November 2025
މިފަދަ ކޮންމެ ދޮރަކާއިއެކު ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކުން ވަރަށްބޮޑަށް ސަމާލުވުމަށް އިލްތިމާސް ކުރަމެވެ!
ހާހަހާ
01 November 2025
ރާއްޖޭގެ އިގްތިސާދު ނޫން ވަށައިގެންވާ ހުރިހާ ގައުމެއްގެ އިގްތިސާދު ރަގަޅުވާ ހުރިހާ ކަމެއް ފަހި ކޮއްދޭތި. ބަޔަކު އައިސަ ލަވާދޭ ކޮންމެ އެއްޗެއް ކާން ތައްޔާރަށް ސަރުކާރު މިއޮތީ
ކޮރަލް
01 November 2025
ތިޔަ ކަން ކުރަން ވާނީ ދިވެހި ވިޔަފާރި ވެރީން ޝާމިލް ވާ ގޮތަށެވެ. އެމީހުންނަށް ފައިދާ ވާ ގޮތަށެވެ. ދިވެހީން މަހަކު 3 ހާސް ރ ލިބޭ ގޮތަށް ބިދޭސީންނަށް ވިޔަފާރީގެ ފުލް ކޮންޓްރޯލް ދޫކޮށްލުން ހުއްޓާލަން އެބަ ޖެހެ އެވެ.
މުދާ ބަހަނާ
01 November 2025
ހަމަ ބުއްދިން ވިސްނީމަ ފެންނަން އޮންނާނެ ލަންކާގެ ރައްޔިތުންނައް ބޭނުންވާވަރައް ތަރުކާރީއާއި މޭވާ ލަންކާކަ ނުއުފެއްދޭކަން އެހެންވެ ދުނޮޔޭގެ އެތަންމިތަނުން އެވެރިންވެސް އިމްޕޯޓް ކުރަނީ. ހަމަ އެގޮތައް ދިވެހީންނައްވެސް އެކަންކުރެވޭނެ. ސަރުކާރުން ކަމެއްކުރަން ބޭނުންނަމަ ތިލަފުށީގަ ހަދާބަލަ ކޯލްޱް ސްޓޯރޭޖުތަކެއް ހަދާފަ ކުއްޔައްދީބަލަ ދިވެހިކުންފުނިތަކަށް އޮޕްރޭޓްކުރަން.
ތިންގުދުލީބެއްޔާގެ ތެދުބަސް
01 November 2025
ލަންކާ އިންޑިޔާ ތުރުކީ ދޫކޮށް "ރާއްޖެ ފަސްޓް" ޕޮލިސީގެދަށުން ކާބޯތަކެތީގެ މިނިވަންކަމަށް ތެދުވަނީ ކޮންއިރަކުންތޯ؟