ސިފައިން އޮފިސަރުންތަކެއް ރަސްމިއްޔާތެއްގައި: ނަސްރުގެ ދުވަސް ފާހަގަކުރަން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށް އެމްއެންޑީއެފްއިން ބުނޭ --- ފޮޓޯ/ރައީސް އޮފީސް
02 ނޮވެމްބަރ 2025 - 19:34
މާދަމާ ފާހަގަކުރާ ނަސްރުގެ ދުވަހާ ގުޅިގެން ހަރަކާތްތަކެއް އޮންނާނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފްއިން މިއަދު ބުނީ ނަސްރުގެ ދުވަހާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތައް މިރޭ ފަތިހު ފަށާނީ ސިފައިން ބައިވެރިވެގެން އިސްލާމީ މަރުކަޒުގައި ބޮޑު ޖަމާއަތުގައި ކުރާ ފަތިސް ނަމާދުން ކަމަށެވެ. އަދި އެމްއެންޑީއެފްގެ ހުރިހާ އޭރިއާ ކޮމާންޑުތަކެއްގައި ސިފައިން ބައިވެރިވެގެން ބޮޑު ޖަމާއަތުގައި ފަތިސް ނަމާދު ކުރުމާއި ނަސްރުގެ ދުވަހުގެ ދިދަ ނެގުން އޮންނާނެ އެވެ.
އެ ނަމާދަށް ފަހު، ނޮވެންބަރު 3 ގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު މާދަމާ ހެނދުނު 6 ގައި ބާއްވާނެ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. އެއަށްފަހު، ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ ސޯޝަލް ސެންޓަރުގައި މާދަމާ ހެނދުނު 9 ޖަހާއިރު ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ ނަސްރުގެ ދުވަހު ކުރިއަށް ގެންދަން ހަމަޖެހިފައިވާ އިތުރު ހަރަކާތްތަކެއް މާދަމާ ހަވީރު 4:15 ގައި ޖުމްހޫރީ މައިދާނުގައި އޮންނާނެ ކަމަށެވެ. އެ ހަރަކާތުގައި ސިފައިންގެ އަސްކަރީ ހުށަހެޅުން ދައްކާލަން ވަނީ ހަމަޖެހިފަ އެވެ.
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ގދ. ތިނަދޫގައި ސިފައިންގެ ފޮޓޯ މައުރަޒާއި ސިފައިންގެ އަސްކަރީ ހުށަހެޅުމަކާއި ކުޑަކުދިންގެ ހަވީރެއް ވެސް ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.
ތިނަދޫގައި އެ މައުރަޒު ކުރިއަށް ގެންދާނީ އެ ސިޓީގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގައި އަންނަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހެވެ. އަދި އަސްކަރީ ހުށަހެޅުމާއި ކުޑަކުދިންގެ ހަވީރު ބާއްވާނީ އަންނަ ހޮނިހިރު ދުވަހު ތިނަދޫ ސްޓޭޑިއަމްގަ އެވެ.
ނަސްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ސިފައިން ހޯދި ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުންނެވެ. އެ ހަމަލާގައި ސިފައިންނާއި އާންމުންގެ ތެރެއިން ބައެއް މީހުން ޝަހީދުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސިފްކޯޕޮލްކޯ
03 November 2025
ސިފްކޯތަކާ ޕޮލްކޯ ތަކާ އެއްޗިހިން އަނބުރާ ގޭސް ތަކުން ތި ގުރޫޕުގެ ފެންވަރު އެބަފެނޭ އިނގޭތޯ!
ހަންޓޭ1
03 November 2025
އަހަރެން ހީކުރީ ޑުރޯން ވެސް ދައްކާލާނެކަމަށް ކުޅިބަލަންދާ ފަރާއްތަކަށް.
އިހްސާސް
02 November 2025
ތިޔަތާ އިޙްލާސްތެރިން އެބަތިބިތަ؟ޝަހީދު ޙުސައިން އާދަމްގެ ވާހަކަ މިމީހުން ދައްކާއިރު ލަދުނުގަނޭބާ. މިހާރު ސިފައިންނާ ފުލުހުން ދުވަނީ ކޮރަޕްޝަނުގެ ފައިސާއާހެދި، ޑުރަގާ އަނިޔާކުރަމުން.
ކޮސް
02 November 2025
އަގުބޮޑުކޮށް ގަތް ޑުރޯންގެ ކުޅިވަރުތައް ބާއްވާނެކަމަށް މަހީކުރީ!
ސިފައިންގެމީހާ
03 November 2025
ކުރީދުވަހުގެނަ ޑުރޯންތައް އަރުވާފަހުއްޓަ ރައީސް ސެކިއުރިޓީވެހިކަލާ އެކު އެބަލަން ދުވަނިކޮށް އޭގެ ސިގުނަލް ޖޭމްވެ ބައިވަރު ޑްރޯން ވެއްޓި އެއަށްވީނުވީއެއް ނޭގިގެން އަދި އުޅެނީ، ތިހާއަގުބޯދު ޑްރޯން އިން ކުޅިވަރު ކުޅެން ބިރުގަންނާނެ މިހާރު
ނޮލެޖް
02 November 2025
ބޮޑު ޖަމާޢަތުގައި ފަތިސް ނަމާދު ކުރަންވީ ނޮވެމްބަރު 3 ވަނަ ދުވަހުގައި އެއް ނޫން. ކޮންމެ ދުވަހަކު ވެސް ބޮޑު ޖަމާޢަތުގައި ހުރިހާ އެންމެން ފަތިސް ނަމާދު ކުރާނަމަ ނަޞްރު ލިބޭނެކަން ޔަޤީން.
ހުސައިންޒާހިރު
02 November 2025
އަސާސީ ތަމްރީން ނިންމުމަށްފަހު ގިނަބަޔަކު އެއްވެގެން ފަތިސް ނަމާދު ޖަމާއަތުގައި ކުރުން މިމީހުންނަށް އޮންނަނީ އަހަރަކު 1 ފަހަރު ނަސްރުގެ ދުވަހުގަ އެކަނިތަ؟ ކޮބާ ޓްރޭނިންގަ ދަސްކުރި ކަންކަން. އެތެރޭގަ މިސްކިތްހުރޭ 2 މުއައްސަސާގަވެސް، ނަމަވެސް ފަތިސް ނަމާދުގަ އެކުޑަ ދެތަނުގެ މިސްކިތް ނުފުރޭ.
ކުރަމޭފަތިސް
02 November 2025
މާބޮޑަށް އިނގެނީ. ކިިހިނެތް އިނގެނީ ނަމާދު ނުކުރާކަމެއް؟ އެހެން މިސްކިތްތައް ފުރެނީބާ؟ މަދަރުސާ ދައުރުން ފެށިގެން އަދި ބެލެނިވެރިންގެ ފަރާތުން ތަރުބިއްޔަތު ދެވިފަ ހުންނަންޖެހޭނީ ނަމާދުކުރުމާއި ދެންވެސް ރަގަޅު ކަންތައްތައް.
ދޫނިރާއްޖެ 2.0
02 November 2025
ކޮބައިތޯ ހަރަކާތްތައްް ގިނަވެފަ... ފަތިސްނަމާދުކޮށްގެން ދިދަނަގާފަ ދެންގޮސް ނިދާފަ ސައިބޮއެގެން 9ޖަހާއިރު ޖަލްސާބާއްވާފަ ދެން ރެސްޓްކޮށްފަ ހަވީރު ފިނިޖެހުނީމަ 4:30ގަ ކުޑަކުދިންނަށް 6 ޖަހަންދެން ބާއުޅަނދުކޮޅު ދައްކާލީމަ ކޮންގޮތަކުންތޯ މާހަރަކާތް ގިނަވާހަކަ މިދައްކަނީ؟؟؟؟
ހސވސޗ
02 November 2025
އަހަރަކު 1 ފަހަރު ފަތިސްނަމާދު. އެތާތިބޭ ދާއިމީ މީހުންވެސް ދުރަށްލައިފައި. ނޮވެމްބަރު 3 ގެ ފަތިސްނަމާދުގައި ނަގާފޮޓޯގައި ތިބެންޖެހޭނީ ހަމައެކަނި ޔުނީފޯމު ތޯއްޗެ،