ރައީސް މުއިއްޒު އަސްކަރީ ޑްރޯނެއް ބައްލަވާލައްވަނީ: އެމްއެންޑީއެފްގެ އެއާ ކޯގެ ފުރަތަމަ އެއާ ސްޓޭޝަން ގާއިމްކުރަން ރައީސް ވަނީ އަންގަވާފައި --- ފޮޓޯ/ރައީސް އޮފީސް
03 ނޮވެމްބަރ 2025 - 13:12
އެމްއެންޑީއެފްގެ އެއާ ކޯ ނުވަތަ ދިވެހި ސިފައިންގެ ވައިގެ ހިދުމަތުގެ ފުރަތަމަ އެއާ ސްޓޭޝަން ގާއިމުކޮށް، އެ ސްޓޭޝަންގެ އޮޕަރޭޝަން ފެށުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން މިއަދު އަންގަވައިފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު އެގޮތަށް އަންގަވާފައިވަނީ ގާނޫނުއަސާސީގެ 106 ވަނަ މާއްދާގެ ދަށުން ސިފައިންގެ ގާނޫނުގެ ދަށުން ސިފައިންގެ އެންމެ މަތީވެރިޔާގެ ހައިސިއްޔަތުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ބާރާއި އިހުތިޔާރުގެ ދަށުން ކަމަށެވެ.
ރައީސް އޮފީހުން ބުނީ އެއާ ސްޓޭޝަން ގާއިމްކުރަނީ ދިވެހިންގެ ދީނާއި ދިވެހިންގެ މިނިވަންކަމާއި ރާއްޖޭގެ ސިޔާދަތީ ބާރު ނަގަހައްޓައި ދެމެހެއްޓުމަށްޓަކައި ރާއްޖޭގެ ވައިގެ ސަރަހައްދާއި ހާއްސަ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށާއި އަދި ވައިގެ ވަސީލަތްތައް ބޭނުންކޮށްގެން އޮޕަރޭޝަންތައް ހިންގުމަށް ކަމަށެވެ.
ރެޔާއި ދުވާލު ހުއްޓުމެއްނެތި ރާއްޖޭގެ ވައިގެ ސަރަހައްދު ދިފާއުކޮށް ބެލެހެއްޓުމަށާއި ދިވެހި ސިފައިންނަށް މަތިކޮށްފައިވާ ޒިންމާ އާއި ވާޖިބު އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށްޓަކައި އެމްއެންޑީއެފްގެ އެއާ ކޯގެ ފުރަތަމަ އެއާ ސްޓޭޝަން ގާއިމުކޮށް، އެ ސްޓޭޝަނުގެ ހިދުމަތް ފެށުމަށް އެ ގަރާރުގައި ދިވެހި ސިފައިންގެ މައްޗަށް ރައީސް އަންގަވައި، އަމުރުކޮށްފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސްގެ ގަރާރަކުން އެމްއެންޑީއެފްގެ އެއާ ކޯ އުފެއްދެވީ މިދިޔަ އަހަރުގެ މާޗް މަހު އެވެ.
މީގެ ކުރިން ވެސް އެކި ނަންނަމުގައި ދިވެހި ސިފައިންގެ ތެރޭގައި ވައިގެ ސިފައިންގެ ޔުނިޓުތައް ހިންގި އެވެ. އެކަމަކު، އޭރު އެފަދަ އޮޕަރޭޝަންތަކުގައި ވަރަށް ބޮޑަށް ބަރޯސާވެފައި އޮތީ ބޭރުގެ ގައުމުތަކަށެވެ.
އެއާ ކޯގެ ހިދުމަތް ފެށުމަށްޓަކައި އަސްކަރީ ޑްރޯން ނުވަތަ އަންމޭޑް އޭރިއަލް ކޮމްބެޓް ވެހިކަލް (ޔޫއޭވީ) މިދިޔަ އަހަރު ވަނީ ރާއްޖެ ގެނެސްފަ އެވެ. އެއީ ތުރުކީން ގަނެފައިވާ ތިން ޑްރޯން އެވެ. އަދި ބަޖެޓް ލިބޭ މިންވަރަކުން އިތުރު ސާމާނު ގެންނާނެ ކަމަށް އެމްއެންޑީއެފުން ކުރިން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޙައްގުބަސް.
04 November 2025
އެމްޑީޕީ ވެރިކަމުގަ އުޅުނީ އިންޑިޔާ ޑުރޯން އިންޑިޔާ މީހުންނާ އެކީ ރާއްޖޭގަ ތިބެވޭގިތައް. ދެރަ
އައްޑޫ ފޭޑޫ
03 November 2025
އެމްޑީޕީގެ ފީކަޅާ މީހުން ރާއްޖެ ކުރި އަރާކަ ބޭނުމެއް ނުވާނެ. ރާއްޖޭގެ އަސްކަރިއްޔާ ވަރުގަދަ ކުރަން ޖެހޭ. ނުޖެހޭ އިންޑިޔާ ހެލިކަޕްޓަރާ އިންޑިޔާ މީހުންގެ އެހީ ހޯދަން.
ކިހިނެއް ތިހަދަނީ
04 November 2025
އެހެންވީމަ އެންމެ މުހިންމީ އިހަށް އަމިއްލަ ފަހުގެ މިލިޓަރީ 5 ވަރަކަށް ހެލިކޮޕްޓަރެއްނު. ތި ގެންނަނީ ޓޯއީއެއްނު.
ސަރުދާރުު
03 November 2025
ޑުރޯންއެއްގައި ދިވެހިން ނަންޖެހުނީމަ އެ ގައުމީ ވީ. އެނަމުގަ ވުޒާރާއެއްވެސް ހެދީމޭ ބުނަން ބޯޑެއް ޖެހީމަ އެވީ. ޢެކަމަކު ދިވެހިރާއްޖެ 2.0 ރާއްޖެ ހުރިހާ ރައްޔިތުން ހިދުމަތްހޯދަން ހަދާ ޕޯޓަލްތައް ފަރަންޖީ ބަހުން.
މީގެން އިނގޭ ވާނެކަން
04 November 2025
ބުޅާ ފެސިލިޓީ، ބަންކަރިންގް، އަދި ވައުދުތަށް އަތްނުލާ އޮތީ ....
އުޅަނދުފަހަރުގެ ފަރާތުން
03 November 2025
ރާޖޭގަ ރައްޔިތުންގެ ކަނޑުގަދުއްވާ އުޅަދުފަހަރު ކަނޑުމަތިން ހާލުގަޖެހުނީމަ އެއުޅަދުފަހަރާ މީހުން ސަލާމަތް ކުރުމަށްބޭނުންވާ ޱަގުބޯޱްފަހަރު ރާއްޖޭގެ ތިން ނުވަތަ ހަތަރު ސަރަހައްދެއްގަ ސްޓޭޟަންކޮށްގެން ރައްޔިތުންގެ އަގުބޮޑު މުދާ ސަލާމަތްކުރުމުގެ މަސައްކަތް ފަޝާކަތްނުވޭތޯ؟ މިކަމުގެ މުހިއްމުކަން ސަރުކާރުތަކައް ނުވިސްނެނީތޯ؟
ޙައްގުބަސް.
03 November 2025
ރާއްޖޭގަ އޮންނަ ހެލިކަޕްޓަރުގެ ބޭނުމެއް ހިފަންޏާ ޖެހޭނީ އިންޑިޔާ އެމްބަސީގަ އެދެން. އިންޑިޔާ ޖާސޫސީ ހެލިކަޕްޓަރު ފޮނުވާލާފަ ޗައިނާއިން ހެލިކަޕްޓަރެއް ގެނޭ.
އިހްސާސް
04 November 2025
ކޮންތާކު ތިޖެހުނީ. އޭރުން ޗައިނާއިން ޖާސޫސު ނުކުރާނެކަމަށްތަ ތިހީކުރީ.
ޖަގު
03 November 2025
ރައީސް އަންގަވައިފިއްޔާ ނުވާނެކަމެއް ނޯންނާނެ އިރާދަކުރެއްވިއްޔާ.
މި ދިދަ މި ވަތަނު
03 November 2025
އެ ސްޓޭެޝަނުން ވަޔަށް ފަޒާ އަށް ދިއުމުގެ ތަނަވަސްކަން ލިބޭނެ ކަމަށް ލަފާ ކުރެވޭ
މައިންއިޓް
03 November 2025
އެމްއެންޑީއެފް އިން އެބަޖެހޭ ޓެކްނޮލޮޖީ ވެޕެންސް އުފައްދަން ފަށަން 2026 ވަނަ އަހަރަކީ އޭއައި ދުނިޔެ އަށް އާންމުވާނެ އަހަރަށްވާއިރު އޭޖީއައި ވަރަށް ބާރަށް ކުރިއަރާނެއޭ މިކަން ކުރާއިރު މިޓެކްނޮލޮޖީ ބޭނުންކޮށްގެން ޕްރެޑިކްޓް ކުރެވޭނެއޭ މަގުމަތިން ދަތުރުކުރާ މީހުން ވިސްނަމުންދާ ގޮތާއި އަދި އެމެންގެ ސިކުނޑީގެ ޑޭޓާ ތައް ޓެލެޕޯރޓް ކުރެވިދާނެ ޓެކްނޮލޮޖީ އެއް ސިފައިންނަށް އުފެއްދިއްޖެނަމަ ދެން ރާއްޖެ ސުޕަރ ރިޗްވާނެއޭ އެ ޓެކްނޮލޮޖީ ކޮމާރޝަލް ކޮށްގެން..
މުޑަހަންޖާ
03 November 2025
ދިފާއުއް ޖައްވިއްޔާ އައްޑޫގައި ހަދާއިރު އައްޑޫ އޮތީ ކަރަންޓު މައްސަލަޖެހިފައި. އަނެއްކޮޅުން ތަރައްގީ މެދުކެނޑިފައި އޮންނަތާ ދެތިންއަހަރު ވަނީ މިހާރު.
މިހާލި
03 November 2025
މިގައުމައް ބޭނުންވަނީ ކޯސްޓްގާރޑް އަދި ފަޔަ އެންޑް ރެސްކިއު އަދި އިމަޖެންސީ ފޯރސްއެއް .ގައުމުގެ އެންމެން ވައްދައިގެން ބަޖެޓް ހުސްކުރާކައް ނުޖެހޭ .