ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ.އަހުމަދު ޝަމްހީދު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ.، ފޮޓޯ: މަޖިލީހުގެ އިދާރާ
03 ނޮވެމްބަރ 2025 - 20:56
ހުޅުމާލެއަކީ މާލެއާ މުޅިން ތަފާތު ސިފަތަކެއް ހުރި ތަނެއް ކަމަށާއި ލޯކަލް ގަވާނެންސް އަންނަން ޖެހޭނީ އެ ތަނެއްގައި ދިރިއުޅޭ އަދި އެ ތަނެއް ދަންނަ ބައެއްގެ ތެރެއިން ކަމަށް ވިދާޅުވެ، ހުޅުމާލެ އަށް ވަކި ކައުންސިލެއް އުފައްދަން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު ގޮވާލައްވައިފި އެވެ.
ސޯޝަލް މީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ، މާލޭގެ އަޣުލަބިއްޔަތު އޮންނަ ކައުންސިލަކުން ހުޅުމާލެ އަށް އެންމެ މަސްލަހަތު ހުރި ގޮތަކަށް އަމަލު ނުކުރުމުގެ ފުރުސަތު އޮވެދާނެ ކަމަށެވެ. އެހެން ސިޓީއަކުން ހުޅުމާލެ ހިންގުމަކީ އަމަލީ ގޮތުން ކަމެއް ނޫން ކަމަށް ވެސް ޝަމްހީދު ވިދާޅުވި އެވެ.
"މިއީ މިނިވަން ވަކި ކައުންސިލަކާ އެކު ހުޅުމާލެ ބާރުވެރި ކުރުވަންވީ ވަގުތު. ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހުގައި މިކަން ހިމަނުއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒަށާއި ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑު ގޮވާލަން،" ޝަމްހީދު ވިދާޅުވި އެވެ.
ހުޅުމާލެ އަށް ވަކި ލޯކަލް ކައުންސިލެއް އުފެއްދުމުގެ ހިޔާލު އޭނާ މި ހުށަހެޅުއްވީ އައްޑޫ ހުޅުދު އާއި މީދޫ އައްޑޫ ސިޓީ ކައުންސިލްގެ ދަށުން އިދާރީ ގޮތުން ވަކިވެ، ވަކި ކައުންސިލެއް އުފައްދަން ހިޔާލު ހޯދުމުގެ ވޯޓަކުން ނިންމިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ.
ހުޅުދު އާއި މީދޫ އަދި ފޭދޫގައި ވެސް ވަކި ކައުންސިލްތައް އުފައްދަން ފެނޭތޯ ނުވަތަ ނޫންތޯ މާލެ އާއި އައްޑޫގައި ނެގި ވޯޓުގައި، ހުޅުދޫން ވޯޓުލީ މީހުންގެ 67 ޕަސެންޓް ނިންމީ ވަކިން ރަށު ކައުންސިލެއް އުފައްދަން ފެންނަ ކަމަށެވެ. އަދި މީދޫގައި ވަކި ކައުންސިލެއް އުފައްދަން 83 ޕަަސެންޓޔ މީހުން ވޯޓު ދިނެވެ. އެކަމަކު، ފޭދޫން 73 ޕަސެންޓު މީހުން ވޯޓު ދިނީ ވަކި ކައުންސިލެއް އުފައްދަން ނުފެންނަ ކަމަށެވެ.
ޝަމްހީދުގެ ޕޯސްޓް ރީޕޯސްޓްކުރި ބައެއް މީހުން އޭނާގެ ހިޔާލަށް ތާއީދު ކޮށްފައި ވެ އެވެ. ރީޕޯސްޓްކުރި ބައެއް މީހުން ބުނީ އެއީ އަޅަން މުހިއްމު ފިޔަވަޅެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލާފްމް
05 November 2025
ހުޅުމާލެ ވަކި ރަށަކަށް ހަދަން ޖެހޭ. ހުޅުމާލެ އަކީ މާލޭ އެއް ނޫން. މާލެ ކައިރީގައި ހުރި ހުރިހާ ރަށަށް ކަށް މާލެ ކިޔާކަށް ނުޖެހޭ! ކ. ވިލިނގިލި އަށް ވެސް މާލެ ކިޔާކަށް ނުޖެހޭ!
ބޮނޑި ހަވާދު
05 November 2025
ޝަމްހީދު ގައިގަ ހިނގަނީ ވަކިވެގަތުމުގެ އައްޑޫ ރޫހު
ލާފްމް
05 November 2025
ވަކި ވާން ޖެހޭ
ދޮންހުސޭނު
04 November 2025
ތިޔަ ފެންނަނީ ކުރިން ނުޖެހި ކޮމެންޓެއްގައި މަ ބުނި ވާހަކަ. ބޮޓުން ލައިގެން ގައުމު ހިންގީމައި ވާނީތިވަރު. ރައްޔިތުން ދެންވެސް ހޮވަންވާނީ މިކަހަލަ، އަދި މިއަށްވުރެވެސް އިތުރަށް ގައުމިއްޔަތު އެނގޭ ފިލޯސަފަރެއް. މަހަލްދީބީންނަށް ފައްފަށުން ސަލާން. ދިވެހިންނަށް އަމާން ބަނދަރެއް ދެއްވާށި.
އެނދިމަރިޔަނބު
04 November 2025
ކޮންމެ ރަށެއް ވަކި ދައުލަތެއް ހަދަމާ؟ މާލޭ ސަރުކާރަކުން ރައްރަށުގެ މައްޗަށް ވެރިކަން ހިންގުންވެސް ތިބީދައިން ގޯސް. 200 ދައުލަތައް ރާއްޖެ ބަހާލާ!
ދޮހޮއްތުބެ
04 November 2025
ކައުންސިލް ކަޑައޭ ބުނިމީހުން މިދައްކަނީ ކޮންބަހަނާއެއްތޯ...
ޓޯޕޭ
04 November 2025
ލަހެއްނުވި އެއްނު. އައްޑޫ ކައުންސިލް ވަކި ކޮށްލަން ފެށީމަ ވެސް މަ ބުނިން ދެން އެންމެ އަވަހަށް މާލޭ ކޮޅުން ތިކަން ފަށާނެ އޭ. ވިލިގިނލި ވެސް މި ބުރުގަ ވަކިކޮށްލާ ވޯޓާ ކުޅެން ލިބޭ އިތުރު ބާރަކަށް ވާނެ. ތިކަން ކުރިއްޔާ ކައުންސިލްތައް ވާދަވެރިވެ އެއްބަޔަކަށް ވުރެން އަނެއް ބަޔަކު ކަންތައް ވާކަން ދައްކާލާ ގޮނޑުތައް ސާފު ކޮށް ރަށުތެރެ ރީތިކޮށް ރައްޔިތުންގެ ލާބައާ މަންފާ އަށް ކަންތައް ކޮށް ނަތީޖާ ނެރެ ދައްކަން ވާނެ. އެހެންނޫނީ ބޭކާރު ޚަރަދެއް ތީ
ދދސފދފ
04 November 2025
ކުދި ކުދި އާބާދީތައް ބައި ބައި ކުރަމުންދާއިރު ، މާ ބޮޑަށްވެސް ރަނގަޅުވާނެ ތިކަހަލަ ބޮޑެތި ތަންތަން ބައިބއަި ކުރިއްޔާ.
އައިމިނާ
04 November 2025
ހުރިހާކަމެއް ފާލުންނެއްޓިފަ މިހާރު މިއޮތީ ހުޅުމާލޭގަ. ހުޅުމާލޭގެ ސީއެޗްސީ އަށް ގިނަކުދިން އައިސްގޮސްހަދާ މަގު ގެ އެއްފަރާތެކޭ ރަށެއްގެ ޖަންގައްޔެކޭ ތަފާތެއް ނެތް. ކުދިންނަށް ފުރިހަ ރައްކާތެރިކަން ބޭނުންވޭ.ކަމެއް ދިމާވީމައެއް ނޫން ގަސްކޮށާ އެތަން ސާފުކުރަން ވާނީކީ. އެއީ ސްޓޭޑިއަމް ކައިރިވީމަ ޔޫތުމިނިސްޓްރީގެ ކަމެއް ކަމެއް އެޗްޑީސީގެ ކަމެއްކަމެއް ނޭނގެ.
ރުންކުރު
04 November 2025
މި ސަރުކާރުން ކައުންސިލްތަކާ އަޅައިގަނެގެން ނެއްޓެން ނޭންގިގެން މިއުޅެނީ ތާއީދު ނެތްކަން އެނގޭތީ. އެކަމު ކައުންސިލްތަކަށް އާރުލާ ކަމެއް ކޮށްދޭކަށްވެސް ނޭންގޭ. އެންމެ ފަހުން އަތޮޅު ކައުންސިލްތައްވެސް އުވާލަނީ. 5 އަހަރު ދިނީމަ އެފަސް އަހަރުވެސް ކުރާނެ ކަމެއް ނޭންގުނު. ވަރަށް ދެރަވަރު މައްސަލައެއްދޯ މީދެން.
ނުވިސްނާ
04 November 2025
ހުރިހާ ކައުންސިލް ތައް އުވާލާ. ބޭކާރު ހަރަދު. ރައްރަށުގަ ބާރު ގަދަ ފެމެލީ ތަކައް ސަރުކާރުން ކުރެވޭ ބޭކާރު ހަރަދެއް ތީ ކުރެވޭ ކަމެއް އޮންނަނީކީނޫން. ކަން ކަން ދަސް ކުރާށޭ ކިޔާފަ ދަތުރު ތައް އެބައި ގަނޑު ކޮށް ރައްޔިތުންގެ ލާރިކޮ ހުސްކޮއްލަނީ.