ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް، މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ
04 ނޮވެމްބަރ 2025 - 10:06
މިޔަރު ހިފުމާއި މިޔަރުގެ މަސްވެރިކަމަށް ރާއްޖޭގައި ހުއްދަނުދޭން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
ވެލިދޫ ދާއިރާގެ އެމްޑީއޭ މެންބަރު މުހައްމަދު އައްބާސް ހުށަހެޅުއްވި ގަރާރުގެ ފުރަތަމަ ކިޔުން މިއަދު އިއްވީ ކަށިމިޔަރުގެ މަސްވެރިކަމަށް ހުއްދަ ދޭން ސަރުކާރުން ނިންމައި، ހާއްސަ އުސޫލެއްގެ ދަށުން މި މަހުން ފެށިގެން ހުއްދަ ދޭން ފަށަން ނިންމާފައި ވަނިކޮށެވެ.
އެ ގަރާރުގައި އައްބާސް ވިދާޅުވީ މިޔަރު އާއިލާގެ ހުރިހާ ބާވަތަކީ ލަހުން ބޮޑުވާ، ލަހުން ދަރިމައިވާ އަދި ވިހާ ފަހަރަކު މަދު އަދަދެއް ވިހާ ބާވަތްތަކެއް ކަމަށެވެ. އެހެންވެ މިޔަރުގެ އާބާދީއަކީ ދެ އުމުރުފުރައިގެ ދޭތެރެދުރު ސްޓޮކްގެ އުފެއްދުންތެރިކަން ދަށް އާބާދީތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"..ކަނޑުގެ ނިޒާމުގައި މިޔަރަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ މަހަކަށް ވެފައި، ކަނޑުގެ އެހެން ދިރުންތައް ކޮންޓްރޯލްކޮށް، ކަނޑުގެ ސިއްހަތު ދެމެހެއްޓުމަށް އެހީތެރިވާ 'ކީސްޓޯން ސްޕީޝީޒް' އަކަށްވާއިރު، ކަށިމިޔަރުގެ މަސްވެރިކަމަށް ރާއްޖެ ހުޅުވާލައިފި ނަމަ، މިޔަރުގެ އާބާދީ ވަރަށް ބޮޑަށް ދަށްވެގެންދާނެ،" ގަރާރުގައި އައްބާސް ވިދާޅުވެފައި ވެ އެވެ.
ރާއްޖޭގެ ޓޫރިޒަމްގެ އެންމެ މުހިންމު އެއްބަޔަކީ ކަނޑުގެ ދިރުންތައް ދެކިލުމަށް ކުރާ ޑައިވިން އާއި ސްނޯކްލިން ކަމަށާއި ހާއްސަކޮށް ތަފާތު ވައްތަރުގެ މިޔަރާއި އެންމަޑި ފަދަ، ކަނޑުގައި އުޅޭ ބޮޑެތި ދިރުންތައް ބެލުމަށްޓަކައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޓޫރިސްޓުން ރާއްޖެއަށް އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގަރާރުގައި އައްބާސް ވިދާޅުވީ، ދިރޭ މިޔަރަކުން ޓޫރިޒަމްގެ ސިނާއަތަށް ގެނެސްދޭ އިގްތިސާދީ މަންފާ، މިޔަރު މަރާލައިގެން ލިބޭ މަންފާއަށްވުރެ އެތައް ގުނައެއް ބޮޑުކަން އެކި ދިރާސާތަކުން ދައްކާ ކަމަށެވެ.
"ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި އަނެއްކާވެސް ހުއްދަކޮށްފި ނަމަ، މިޔަރުގެ އާބާދީ ދަށްވެ، ޓޫރިޒަމަށް ބޮޑު ގެއްލުމެއް ލިބި، މިއީ ރާއްޖޭގެ އިގުތިސާދުގެ މައިބަދައަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމަކަށް ވާނެ،" ގަރާރުގައި އޭނާ ވިދާޅުވި އެވެ.
މިޔަރުގެ ހުރިހާ ބާވަތެއް ހިމާޔަތްކޮށް، ރައްކާތެރިކުރުމުގައި ރާއްޖެއިން މުޅި ދުނިޔެއަށް ދައްކައިދީފައިވާ ނަމޫނާ އެ ގޮތުގައި ދެމެހެއްޓުމުގެ ބަދަލުގައި، ކަށިމިޔަރުގެ މަސްވެރިކަން ހުއްދަކުރުމަކީ، ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާއިން ރާއްޖެއަށް ލިބިފައިވާ ރަނގަޅު ނަމަށް ބަދުނާމު ލިބޭނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެެވެ.
އެއީ ދުނިޔޭގެ އެކި ޖަމުއިއްޔާތަކާއި، ތިމާވެށީގެ އެކްޓިވިސްޓުންގެ ފާޑުކިޔުންތައް ރާއްޖެއަށް އަމާޒުވެ، ރާއްޖޭގެ ބްރޭންޑަށް ގެއްލުން ލިބޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގޮނުއަނގަ
04 November 2025
ކުޅުދުއްފުށި ރީނދޫ ޖަގަހައިން މިކަމަށް ބުނާނީ ކީކޭތޯ.
ގޮނުއަނގަ
04 November 2025
ކިހާވަރެއްގެ ޑޮލަރެއް ލިބިގެންބާ މިމީހަކު މިވަރަކަށް މިއުޅެނީ. އަންނި މަނާކޮށްފައި އޮތް ކަމަކަށްވާތީ އެކަން ދަމަހައްޓަން ވަނީ. އަހަރެމެން ދިވެހިންގެ މަސްވެރި ދިރިއުޅުން ހައްޔަރު ކޮށްގެން އެހެން ބަޔަކު މަންފާ ނަގާފައި މިޔަރުގެ ނަގަން އެހެން ބަޔަކަށް މަގުފަހިނކޮށްދޭކަން މިޔަރުގެ މަސްވެރިކަން ކުރާ ދިވެހިން ބޭނުމެއް ނޫން.
އަހުމަދު މިޔަރު
04 November 2025
ކަށި މިޔަރު ގިނަ ޓުއަރިސްޓުން އަށް ނުފެންނަ ކަމުގައި ވިޔަސް އޭގެ މުހިންމު ކަމަކީ ހަމައެކަނި އެއްކަމެއް ޖޫން! ގުދުރަތީ ނިޒާމް ތަކަކީ ލާމެހިފައިވާ ނިޒާމްތަކެއް. އެނިޒާމުގެ އެއްބައެއްގެ ލޮޅުން މުޅި ނިޒާމުން ފެނިގެން ދާނެ. ހުރިހާ މިޔަރަކީ ވެސް މިނިޒާމުގެ ވަރަށް މުހިއް ބައެއް އަދާކުރާ ދިރުމެއްް. ކަށި މިޔަރު ހިފުމުން މަދުބަޔަކަށް ވަގުތީ ފައިދާ ލިބިދާނެ، އެކަމު އެއިމް މުޅި ރާއްޖެއަށް ގެއްލުން ލިބޭނެ!
މަނުނީ
04 November 2025
ކިހިނެއްވެގެން ތިއުޅެނީ
އަބްދުﷲ
04 November 2025
މިޔަރުގެ މަސްވެރިކަމަކީ އަހަރުމެން ގަދީމީ ޒަމާނުއްސުރެން އާމްދަނީ ހޯދަން ކުރަމުން އަންނަ މަސަތެއް. ޓޫރިސްޓުންނަށް މިޔަރު ދައްކަން ޖެހެތީއޭ ކިޔާފައި އެ މަސަައްކަތް މަނާ ކުރީ. މިސަރުކާރުން އަލުން ހުއްދަދިނީ މިހާރު އެއްކަލަ ބައިގަނޑު އެއުޅެގަތީ އެ ހުއްދަ ބާތިލު ކުރަން. ރައީސްއަށް ދަންނަވާލަން އޮތީ އެ ހުއްދަ ބާތިލު ކުރާނަމަ މިރާއްޖޭގައި ޑައިވްކުރާ ކޮންމެ ޓޫރިސްޓެއްގެ އަތުން ދުވާލަކަށް 50 ޑޮލަރުގެ ފީއެއް ނަގައި، މިޔަަރުގެ މަސްވެރިންނަށް ދޭންވީއޭ.
ޖިބްރީލް އަމީން
04 November 2025
ކޮން ޓޫރިސްޓަކަށް ކަށި މިޔަރެއް ފެނުނީ... ދިވެހިންގެ ތެރޭގައި ތި ނުދެކޭ މީހުން ގިނައީ. ކަނޑުގެ 100 މީޓަރުން އަޑީގައި ދަރިމައިވެ އާލާވާއެއްޗެއް އެ އެއްޗަކީ. ކަށި މިޔަރު ބާނައިގެން ލިބޭ ފައިދާ މާ ބޮޑު. މިޔަރޭ ކިޔައިގެން ނިދަން މިޔަރާ ފެމުނާއި ކާލިގަނޑު މިޔަރު އަހަރެމެން ޓޫރިސްޓުނަށް ދައްކާއިގެން އުޅެނީ. ކަށި މިޔަރު ބާނައިގެން އެހެން މިޔަރެއް މަދެއް ނުވާނެ.
އައް
04 November 2025
ކަންތަކާ ޖެހުނިއްޔޭ އަނެއްކާ!!… ދުވަހަކު ކަނޑުމައްޗަށް އަރައި މަސްބާނަންވެސް އުޅޭ ބައެއް ނޫން، މަސްވެރިންނަށް ޖެއްސުން ކުރުން ހުއްޓާލާފަ އެހެން ކަމަކާ އުޅެބަލަ އައްބާސޫ…
ކަލޭކަލޭކަލޭ
04 November 2025
މިމީހުން އިންސާނުންގެ ކަންކަމާހެދިވެސް މިވަރަށް އުޅޭނެ ނަމަދޯ. ރިސޯޓު މަހުޖަނުން "ހަދިޔާ"ދޭ މީހުންމީ. މީނަ މި ފަހުން ފޯނުން ވާހަކަ ދައްކައި ބައްދަލުކުރި މީހުންގެ ލިސްޓެއް ބޭނުން. ދިވެހި ރައްޔިތުން ކަލޭމެން ހޮވާފަ ތިތިބީ. ރައްޔިތުންގެ މަސްލަހަތު އޮތްކަންކަމުގަ މި ނުކުންނަނީ ރިސޯޓު މަހުޖަނުންގެ ދިފާއުގަ.
ރޫމް ބޯއި
04 November 2025
ރިސޯޓު މަހުޖަނުންނަކީ ވެސް ގެސްޓް ހައުސް މަހުޖަނުންނަކީ ވެސް ހަމަ ދިވެހި ރައްޔިތުން! ރައްޔިތުން ނަކީ ހަމަ އެކަނި މިޔަރު މަސްވެރިންނެއް ނޫން. ދައުލަތުގެ ބަޖެޓްގެ %90 ފައިސާ ލިބެނީ ޓުއަރިޒަމުން. އޮޅުވާ ނުލާ!
ނިދަން މިޔަރު
04 November 2025
މިޔަރާއި ދޭތެރޭ ހަމްދަރުދީވާމިހެއް؟ އެކަމަކު އެޓޭކު ދޭ އިރު މިޔަރު ނުބަލާނެ މަޖިލީހަށް ޤަރާރުލީ މީހާ ވެސް
ލާމަސީލު
04 November 2025
މިޔަރު ހިމާޔަތް ކޮށްފަ އޮނަތާ 20 ވަރަކަށް އަހަރަށްވުރެ ގިނަވެއްޖެ. ވީއިރު މިޔަރުގެ އާބާދީ ހުންނާނީ ގިނަވެފަ. އެހެންނޫނަސް މިތަނުގަ ހިމާޔަތް ކޮށްގެން އުފެދޭ ހުރިހާ މިޔަރެއް އިންޑިއާއާއި ލަންކާ ސަރަހަެްދަށް ވަންނައިރަށް އެމީހުން މިޔަރުތަށް ހިފާ އޭގެ ނަފާ ހޯދާ. ދިވެހިން މިޖެހެނީ ފޫނެއް ފަޔަކަށް ފެންފުރަން.
ބުއްދި
04 November 2025
ތިއައީ ވަރަށް ކޮޅު ވާހަކައެއްދޯ. އެހެންމީހުން ގޯސްކަންތައްތައް ކުރާތީވެ އަހަރުމެން ވެސް އެކަން ކުރަންވީތަ؟ ތިފަދަ ވިސްނުމާއި ހެދީ މުޅި ގައުމު ފުނޑެނީ
ލާމަސީލު
04 November 2025
ރާއްޖޭގެ ކަނޑަކީ ސްވިމިންގް ޕޫލެއްގޮތަށް ބަންދުވެފަ އޮންނަނަމަތާދޯ މިޔަރު އެހެން ގައުމަކަށް ނުގޮސް މަޑުމަޑުން މިރާއްޖޭގަ އޮންނާނީވެސް. ކަނޑުކޮހީ ކާކުކަމެއް ނޭނގުނު