ޚަބަރު / ސިއްހަތު

ތެލެސީމިއާ ސެންޓަރަށް ހަފުތާއަކު 220 ޕެކްގެ ލޭ ބޭނުންވޭ

އިޖުތިމާއީ ކޮމެޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ތެލެސީމިއާ ސެންޓަރުގެ އިސްވެރިން އަދި ތެލެސީމިއާ ސޮސައިޓީން ބައިވެރިވަނީ: ތެލަސީމިއާ ސެންޓަރަށް ހަފުތާއަކު 220 ޕެކްގެ ލޭ ބޭނުންވާ ކަމަށް އެ ސެންޓަރުން ބުނޭ --- ފޮޓޯ/މަޖިލިސް

ތެލެސީމިއާ ސެންޓަރަށް ހަފުތާއަކަށް 220 ޕެކްގެ ލޭ ބޭނުންވާ ކަމަށް އެ ސެންޓަރުން މިއަދު ބުނެފި އެވެ.

ތެލެސީމިއާ ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި، އެ ސެންޓަރުގެ ކުޑަކުދިންގެ ބަލިތަކުގެ ޑޮކްޓަރު ޑރ. ނުސެއިބާ ފާރޫގް ހަސަން ވިދާޅުވީ ތެލެސީމިއާ ސެންޓަރަށް ލޭ ބޭނުންވާ މިންވަރަށް އެހެން ހޮސްޕިޓަލްތަކަށް ލޭ ބޭނުންނުވާ ކަމަށެވެ.

އެހެންވެ، ތެލެސީމިއާ ސެންޓަރާއި ބްލަޑް ސާވިސް ވަކިކޮށްލައިފިނަމަ ދަތިތަކާ ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މާލެ ސަރަހައްދުގައި ތެލެސީމިއާ ސެންޓަރަށް އެކަނި ވެސް 220 ޕެކްގެ ލޭ ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނުސެއިބާ ވަނީ އެ ގާނޫނަށް ހުށަހަޅަން ބޭނުންވާ ތިން އިސްލާހެއް ފާހަގަ ކުރައްވައިފަ އެވެ. އެއީ ތެލެސީމިއާ އެޑްވައިޒަރީ ބޯޑަށް ތެލެސީމިއާ ޕޭޝަންޓެއް މަންދޫބެއްގެ ގޮތުގައި އައްޔަން ކުރުމާއި ޕްރީޕްލާންޓް ޖެނެޓިކް ޓެސްޓު ހެދުން އަދި ތެލެސީމިއާ މީހުންނަށް އެލަވަންސް ދިނުމާ ގުޅޭ މާއްދާއަށް އިސްލާހު ގެނައުމެވެ.

ކުޑަކުދިންގެ ބަލިތަކުގެ ޑޮކްޓަރު ޑރ. ނުސެއިބާ ވާހަކަދައްކަވަނީ --- ފޮޓޯ/މަޖިލިސް

އޭނާ ވިދާޅުވީ މީގެ ކުރިން ތެލެސީމިއާ ކުދިން ދުނިޔޭގައި ތިބޭނެ ކަމަށް ލަފާކުރި އުމުރު ވެސް ވަރަށް ހަގު ނަމަވެސް މިހާރު އެ އުމުރު މަތިވެފައިވާ ކަމަށެވެ.

މިދިޔަ ހަފުތާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އުމުރުން 18 އަހަރުން ދަށުގެ 257 ކުދިން އަދި 18 އަހަރުން މަތީގެ 400 ތެލެސީމިއާ ޕޭޝަންޓުން ރާއްޖޭގައި އެބަތިއްބެވެ. އަދި މިހާރު ވެސް ރާއްޖެއިން ބޭރުގައި 10 ކުދިން ސަރުކާރުގެ ހަރަދުގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ބްލަޑް ސާވިސް އަހުމީމް ފާރިޝް ވިދާޅުވީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލުން ބޭނުންވަނީ ބްލަޑް ސާވިސް އަދި ތެލެސީމިއާ ސެންޓަރު އެއް އޮނިގަނޑެއްގެ ދަށުން ހިންގޭނެ ގޮތް ހެދުމަށް ކަމަށެވެ. އަދި މިދިޔަ އަހަރު އެކުލަވާލި މާސްޓަ ޕްލޭނުގައި ވެސް އޮތީ އެގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު ވެސް ބްލަޑް ބޭންކްގައި ހުންނަންޖެހޭ ސްޓެންޑާޑްތައް ހަދަމުންދާ ކަމަށް ނުސެއިބާ ވިދާޅުވި އެވެ.

ތެލެސީމިއާ ސޮސައިޓީގެ ޗެއާޕާސަން އީމާން މުހައްމަދު ވިދާޅުވީ ތެލެސީމިއާއަށް ހޭލުންތެރި ކުރުވުމަށް ސްކޫލްތަކުގައި އެ ބައިތައް ކިޔަވައިދޭން ޖެހޭ ކަމަށެވެ. އަދި މީގެ ކުރިން ޖެނެރަލް ސައިންސްގެ ތެރޭގައި ކިޔަވައިދިނަސް، ފަހުން މާ ބޮޑު ސަމާލުކަމެއް ނުދޭ ކަމަށާއި އެހެންވެ، ގާނޫނުގައި ފަހުން ހިމަނާފައިވާ ގޮތަށް މަތީ ސާނަވީގައި ތެލެސީމިއާއަށް ހޭލުންތެރި ކުރުވުމުގެ ބަދަލުގައި، އެ މަރުހަލާ ގްރޭޑް 8 އާއި 10 އާ ދެމެދަށް ދަށްކުރަން އޭނާ އެދިވަޑައިގަތެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުލޭ

04 November 2025

އަދިވެސް ދެ ކެރިއަރުން ކައިވެނި ކުރުވައިގެން ތިޔަ ގަނަ ތެޅުމެއްގެ ތެރޭގައި ތިބެންވީތޯ. ލޭ ހޯދަން އުޅެންޖެހޭ ހާލު ވިސްނުވައިދީގެން މިފަދަ ކައިވެނިތައް ނުހުއްޓުވެންޏާ ގާނޫނެއް ހަދައިގެން ވެސް މިކަން އެބަޖެހޭ ހުއްޓުވަން. ގައިމު ހޭލުންތެެރި ކުރުވައިގެން ހުއްޓޭނެނަމަ މިހާރު ތެލެސީމިއާ ކުދިންނެއް ނުތިބޭނެ. ދެ ހާހުގެ އަހަރުތަކަށް އެޅުނުފަހުން ވެސް އެހާވަރަށް ހޭލުންތެރި ކުރެވިއްޖެ. ބައެއްގެ ގޮތްދޫނުކުރުމުގެ ބުުރަ ދައުލަތުން މިއުފުލަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454