ރައީސް މުއިއްޒު އަައްޑޫ ހުޅުދޫ، މީދޫގައި މިއަދު ވާހަކަފުޅު ދައްކަވަނީ.
04 ނޮވެމްބަރ 2025 - 15:09
ރައީސް ޑރ. މުހައްމަދު މުއިއްޒު ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ފުވައްމުލަކާއި އައްޑު އަށް މިއަދު ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، ރައީސް އެންމެ ފުރަތަމަ ވަޑައިގަންނަވާ ގޮތަށް ހަމަޖައްސާފައި ވަނީ މިއަދު ފުވައްމުލަކަށެވެ.
މާދަމާ އައްޑު އަށް ވަޑައިގެން އެ ސިޓީގެ ގުޅިފައިވާ ރަށްރަށާއި ވަކިން އޮންނަ ހުޅުދު އާއި މީދޫގެ ރައްޔިތުންނާ އެ މަނިކުފާނު ބައްދަލު ކުރައްވާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.
ފުވައްމުލަކާއި އައްޑު އަށް ކުރައްވާ މި ދަތުރުފުޅުގައި ސިޓީ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި އެ ރަށްރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ރައީސް ބައްދަލުކުރަން ވަނީ ހަމަޖެހިފަ އެވެ.
އެ ރަށްރަށުގެ ތަރައްގީއަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ބައެއް މަޝްރޫއުތައް ފައްޓަވައި ދެއްވުމާއި ނިމިފައިވާ ބައެއް މަޝްރޫއުތައް އިފުތިތާހުކޮށްދެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އައްޑުއަށް ވަޑައިގަންނަވާއިރު، އައްޑޫ ސިޓީން ހުޅުދު އާއި މީދޫ ވަކިކޮށް، އެ ދެ ރަށަށް ވެސް ވަކި ދެ ކައުންސިލެއް އުފައްދަން އެމަނިކުފާނު ރޭ ވަނީ ނިންމަވައިފަ އެވެ. އެގޮތަށް ރައީސް ނިންމެވީ، އައްޑޫ ސިޓީ ކައުންސިލްގެ ދަށުން އިދާރީ ގޮތުން ވަކިވާން އައްޑޫގައި އެއްފަސްކޮށް އުފެދިފައިވާ ރަށްރަށާއި މުޅިން ވަކިން އޮންނަ މީދު އާއި ހުޅުދޫގެ އިތުރުން ފޭދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް މިދިޔަ މަހުގެ 25 ގައި ނެގި ފެންނަ/ނުފެންނަ ވޯޓުގެ ނަތީޖާއަށް ރިއާޔަތް ކުރައްވައި ނެރުއްވި ގަރާރެއްގަ އެވެ.
ރައީސް އޮފީހުން ބުނީ މިއީ ރައީސް މުއިއްޒުގެ ވައުދާ އެއްގޮތަށް، ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންގެ ހާލަތު ބެއްލެވުމަށާއި މި ރިޔާސީ ދައުރުގެ ތެރޭގައި ދެ ފަހަރު މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ޒިޔާރަތް ކުރެއްވުމަށް ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ސިލްސިލާކޮށް ކުރިއަށް ގެންދަވާ ދަތުރުފުޅެއް ކަމަށެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ބައެއް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.
ފުވައްމުލަކާއި އައްޑުއަށް ރައީސް ކުރައްވާ މި ދަތުރުފުޅު ނިންމަވާލައްވައި، އެނބުރި މާލެ ވަޑައިގަންނަވާނީ މާދަމާ އެވެ. އެ މަނިކުފާނު އެންމެ ފަހުން މިދިޔަ މަހު ވަޑައިގަތީ ޅ. އަތޮޅާއި ކ. އަތޮޅުގެ ބައެއް ރަށްރަށަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
آب تًجًއިދުރީސް
04 November 2025
ލައްކަ ގިނަ ވައުދު ވެފަހުރީ އުއްމީދުކުރަން ހަނދާނުގަ ހުންނާނެކަމަށް.
މުއިއްޓޭ
04 November 2025
ކީއްކުރާމީހެއް ވޯޓްލީ ރަގަނޅުވާނެ ކަމަށް،،،، ބޯހަލާކު… ދެންވެސް ހޮވަން އުޅޭނީ ޔާމީން އޭނަ ނަތީޖާ ރަގަނޅީ
ޖުމާ
04 November 2025
ޖޮބް ޕޯޓަލްއެއް ހުޅުވާލައި ތައުލީމީ ފެންވަރަށް ބަލާފައި ވަޒީފާއަށްއެދިގެންތިބި މީހުންނަށް ވަޒީފާލިބޭނެގޮތެއް ހޯދަދޭނެކަމަށްހީކުރަން. އެމްޑީޕީ ސަރުކާރުގައި އެމީހުންގެ ސަޕޯޓަރުންނަށްނޫން އެހެންބަޔަކަށް ވަޒީފާ ނުދޭނެ. އެހެންވީމާ އެމީހުންގެ ތެރޭގައި ބައިބައިވުންނެތީ. ޕީއެންސީމީހުން އުޅެނީ ކުލަބަދަލުކުރާމީހުންނަށްމަގާމާއިއިއްޒަތްދީގެން އެހެންވީމާ އޭގެ ހިތިރަހަފެންނާނެ
އޮަނަބަލް ކުދުބެއްޔާ
04 November 2025
މިފަހަރު އަފިންގެ ފުވައް މުލަކަށް ކަރަންޓު ޔަގީންވާނެ ، ކުނިގޮޑުގެ މައްސަލަވެސް ހައްލުވާނެ .
އޮަނަރަބްލް އަފީފުބެއްޔާ ގެ ކުދުބެއްޔާ
04 November 2025
ތާއީދެއްނެތް!
ބެއްޔާ.
04 November 2025
އެ މަނިކުފާނު މި ކޮޅަށް އަންނަ އިރު މި ސިޓީގެ ދެ ރަށް ވަނީ ސިޓީގެ ދަށުން ވަކިވެ، ސިޓީން ލިބޭ ހުރިހާ ޚިދުމަތާއި މަންފާ ތަކުން އެކަހެރިވެ މަހުރޫމްވެ އާދައިގެ ރަށްފުށަށް ވެއްޓިގެން ގޮސްފައި؟ އުއްމީދަކީ ކައުންސިލިންގ ދީގެން ނަމަވެސް އެ ދެރަށް ސިޓީ އައި ގުޅެނެ ކަމަށް.
ލަކީ
04 November 2025
ހެހެ މިފަހަރު ކަރަނޓް ގެ ކަންތަކުގެ ވާހަކާ ބުރިޖް ގެ ވާހަކަ ކިހިނެއް ދާނެބާ ކުރީފަހަރުވެސް ކަރަންޓްގެ ކަންތަޢް ހައްލުކުރަން ޗައިނާ ބަޔަކާ ހަވާލުކުރި މިފަހަރު ކީކޭ ބާ ބުނާނި ހެހެ
ނައްޔާ ބޫކީ
04 November 2025
މީ ކީއްކުރަން ރަށް ތަކަށް ދަތުރު ކުރަމުން ދާ ހުސް އޮޑިޔެއް ތަ! ގޮސް އަމަޒެއް ނެތި އޮޑި ފުރާލަނީ ހުސް ވައުދު ތަކުން އުތަ!
އޮނަރަބްލް އަފީފު ދީދީ
04 November 2025
ރައީސް ދަތުރު ކުރައްވަން ހަމަޖެހިފައިވަނީ "ފުވައްމުލަކު ސިޓީ، ސ.އަތޮޅު ހުޅުދޫ، ސ.އަތޮޅު މީދޫ އަދި އައްޑޫސިޓީ އަށް" ނޫންތޯ؟ އައްޑޫގެ ގުޅިފައިވާ ރަށް ތަކަކީ ކޮންތާކު އޮތް ރަށް ތަކެއްތޯ؟ އައްޑޫގައި އޮންނާނީ ޤާނޫނީ ގޮތުން ކަޑައަޅާފައިވާ އައްޑޫސިޓީ. ދެން އައްޑޫސިޓީގައި ރަށް ތަކެއްގެ ގޮތުގައި މީހުން އުޅޭ ރަށެއް ނޯންނާނެ. އެކަމަކު އައްޑޫސިޓީ އާއި ފުވައްމުލަކުސިޓީ އާއި ދެމެދުގައި މީހުންދިރިއުޅޭ ސ.އަތޮޅުގެ ދެ ރަށް ކަމުގައިވާ ސ.ހުޅުދޫ އާއި ސ.މީދޫ އޮންނާނެ.
ކަންޒުކަހަނބު
04 November 2025
ދެންފަހެ، މިވިސްނުމާއެއްގޮތަށް ރާއްޖޭގެ ރަށްތަކަކީ ފަސްގަނޑުގެގޮތުން ވަކިރަށްތަކަކަށްވާތީ، މިއިން ކޮންމެ ރަށަކީ ވަކި ގައުމެއްކަމަށް ކަނޑައަޅަންވީ ނޫންތޯ؟