އިތުރު ގަޑީގެ 10 ޕަސެންޓްގެ ކެޕް އެޕްލައި ނުވެ، އިތުރު ގަޑީގެ ފައިސާ ލިބޭނެ ދުވަސްތަކެއް ވަނީ ކަނޑައަޅާފައި. އެއީ ރޯދަމަހުގެ ފަހު 10ގެ ބަންދާއި ރައީސްގެ ދެންނެވުމަކުން ބަންދުކުރާ ދުވަސްތަކާއި ވަޒީފާއާ ބެހޭ ގާނޫނުގައި ބުނާ ރަސްމީ ހުރިހާ ބަންދު ދުވަސްތައް.
ފުވައްމުލަކުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް މުއިއްޒާއި ސަރުކާރުގެ ބައެއް އިސްވެރިން އަދި އެ ސިޓީގެ މީހުން ބައިވެރިވަނީ.---ފޮޓޯ: ރައީސް އޮފީސް
05 ނޮވެމްބަރ 2025 - 06:41
ސިވިލް ސާވަންޓުންނާއި ދައުލަތުގެ އެހެން އިދާރާތަކުގެ މުވައްޒަފުންގެ މުސާރަ އަށް މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ގެނައި ބަދަލާ ގުޅިގެން ހުރި ބައެއް ކަންބޮޑުވުންތަކާއި އޮޅުން ނުފިލާ ކަންކަމަށް ޕޭ ކޮމިޝަނުން ވަރަށް އަވަހަށް ތަފުސީލުކޮށް ޖަވާބު ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ފުވައްމުލަކުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ރައްޔިތުންގެ އާމްދަނީ ރަނގަޅު ކޮށްދިނުމުގެ ގޮތުން ދެ އަހަރަށް ބަހާލައިގެން ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދެއްވަން ވެވަޑައިގެންނެވި ވައުދު ފުއްދާނެ ކަމަށެވެ.
ސަރުކާރުން އެކި މަޝްރޫއުތައް ހިންގުމުގެ އިތުރުން ރައްޔިތުންގެ އާމްދަނީ އިތުރުވާ ގޮތަށް ކަންކަން ބައްޓަން ކުރަނީ ވަށައިޖެހޭ އިގުތިސާދެއް ބިނާކުރުމަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސިވިލް ސާވަންޓުންނާއި ދައުލަތުގެ އެހެން އިދާރާތަކުގެ މުވައްޒަފުންގެ މުސާރަ އަށް މި މަހު ގެނައި ބަދަލާ ގުޅިގެން ބައެއް މުވައްޒަފުންގެ ކަންބޮޑުވުންތަކާއި އޮޅުން ނުފިލާ ކަންތައްތަކެއް ހުރިކަން އެނގިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް، އެ ކަންބޮޑުވުންތައް ހުރީ މި ގެނައި ބަދަލުގެ ތަފުސީލް މުވައްޒަފުންނަށް އެންމެ ރަނގަޅަށް އަދި ސާފު ނުވެ އޮތުމުން ކަމަށް ރައީސް ވިދާޅުވި އެވެ.
"ޕޭ ކޮމިޝަނުގެ ފަރާތުން ވަރަށް ތަފުސީލުކޮށް ކުރިއަށް އޮތް ދުވަސްތަކުގައި ހުރިހާ އޮފީސްތަކަށް، އެއީ ސަރުކާރުގެ ސިވިލް ސާވިސް އޮފީސްތަކަށް ވިޔަސް، ޖުޑިޝަރީ ކަމަށް ވިޔަސް، ކައުންސިލްތައް ކަމުގައި ވިޔަސް، މި ހުރިހާ ތަނަކަށް ދާނީ، ވަރަށް ގާތުން މުއާމަލާތްކޮށް މި ކަންކަން ކިޔައިދޭނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
"އެ ތަފުސީލުތައް އެނގުމުން ހިތްހަމަޖެހުން ލިބޭނެ."
ރާއްޖޭގެ ހުރިހާ ސިވިލް ސާވަންޓުންނާއި ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންނާއި ޝަރުއީ ދާއިރާ ހިމެނޭހެން 20،000 އަށް ވުރެ ގިނަ މުވައްޒަފުންގެ މުސާރަ އަށް މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ވަނީ ބަދަލު ގެނެސް، މުސާރަ ބޮޑުކޮށް ދީފަ އެވެ.
މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް އަޑުއަހައި، މުސާރައަށް ބަދަލު ގެނައި އުސޫލަށް ރިއާޔަތްކޮށް ޕޭ ކޮމިޝަނުން އެ ކަންބޮޑުވުންތަކަށް ޖަވާބު ދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މުސާރައަށް މި ގެނައި ހެޔޮ ބަދަލާ އެކު މުވައްޒަފުންގެ އާމްދަނީ އިތުރުވެގެން ދާނެ. އޭގެ ސަބަބުން ދިރިއުޅުމުގެ ފެންވަރު މަތިވުމުގެ އިތުރުން، މުވައްޒަފުންނަށް ފަހަށް ރައްކާކުރަން ލިބޭ އެއްޗެއް އިތުރުކުރުން މަގުސަދަކީ،" ރައީސް ވިދާޅުވި އެވެ.
ފުވައްމުލަކުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ.-- ފޮޓޯ؛ ރައީސް އޮފީސް
ރައީސް ވިދާޅުވި ގޮތުގައި، މި ބަދަލާ އެކު ހުރިހާ މުވައްޒަފުންގެ އަސާސީ މުސާރައަށް ބޮޑު ކުރިއެރުމެއް އަންނާނެ އެވެ. އަދި އެންމެ ކުޑަކޮށް އަސާސީ މުސާރަ ކަނޑައެޅިފައިވާ މުވައްޒަފުންނަށް ވެސް 7،000ރ. އަށް ވުރެ ބޮޑު އަދަދެއް ލިބޭނެ އެވެ. އެހެންވީމާ، ހުރިހާ މުވައްޒަފުންނަށް ވެސް މިނިމަމް ވޭޖުގެ މިންވަރު އަސާސީ މުސާރައިގެ ގޮތުގައި މީގެ ފަހުން ލިބޭނެ އެވެ.
އަސާސީ މުސާރައަށް މި ގެނައި ބަދަލާ އެކު މުވައްޒަފުންގެ ޕެންޝަން ފަންޑަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ މުވައްޒަފުން ރިޓަޔާކުރާ އިރުގައި ނަތީޖާއަކަށް ވާނީ، ޕެންޝަން ފަންޑަށް ޖަމާވެފައި ހުރި އަދަދު އިތުރުވުން ކަމަށެވެ. ޕެންޝަން ފަންޑުން އިތުރު ލުއިތަކާއި އެހީތެރިކަން ލިބޭނެ ގޮތަށް ގާނޫނަށް ބަދަލުތައް ގެންނަން ވެވަޑައިގެންނެވި ވައުދު ވެސް ފުއްދަވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"މިހާރު ޕެންޝަން ފަންޑުން މި އޮންނަނީ ވަރަށް ލިމިޑެޓް ބޭނުންތަކެއް ކުރެވޭ ގޮތަށް. އެހެންވީމަ ގާނޫނަށް އެބަ ބަދަލުތަކެއް ގެންނަން، ވީ ވައުދުތައް ފުއްދުމަށް ބަދަލުތައް އެބަ ހުށަހަޅަން ގާނޫނަށް،" ރައީސް ވިދާޅުވި އެވެ.
"ޕެންޝަން ފަންޑަށް އިތުރަށް އެއްޗެއް ޖަމާވުމަކީ ތިބޭފުޅުންނަށް އޭނގެން ފައިދާތަކެއް ކުރާނެ ކަމަކަށް ވާނެ، މިހާރަށް ވުރެ ގިނަ ފައިދާތައް."
ރައީސް ވިދާޅުވީ މުސާރައާ ގުޅިގެން މުވައްޒަފުންގެ މައިގަނޑު ކަންބޮޑުވުމަކަށް އޮތީ، އިތުރު ގަޑީގެ ފައިސާގެ ކަންތައްކަން ފާހަގަކުރެވޭ ކަމަށެވެ. މީގެ ކުރިން މުސާރަ ބޮޑުކުރި މުވައްޒަފުންގެ ވެސް ހަމަ އެފަދަ ކަންބޮޑުވުންތަކެއް ހުރުމުން މިފަހަރު އުސޫލު އެކުލަވާލީ އެކަމަށް ވެސް ރިއާޔަތް ކޮށްގެން ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ފުވައްމުލަކުގެ މީހުންނާ ބައްދަލުކުރައްވަން ރޭ ބޭއްވި ޖަލްސާ އަށް ދިޔަ އެ ސިޓީގެ މީހުން.---ފޮޓޯ: ރައީސް އޮފީސް
"އެއްކަމެއް ގޮތުގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ، މިސާލެއްގެ ގޮތުގައި، ހޮސްޕިޓަލްތައް. އެއީ، 24 ގަޑިއިރު ހަފުތާގެ ހުރިހާ ދުވަހަކު މަސައްކަތްކުރަން ޖެހޭ ތަންތަނަށް ވާއިރުގައި، އިތުރު ގަޑީގެ 10 ޕަސެންޓްގެ ކެޕް ހަމަވާ މައްސަލަ އަށް މިހާރު އެ ވަނީ ލުޔެއް ގެނެސްދީފައި. މިއީ ޖުމްލަކޮށް ހުރިހާ ދާއިރާއަކަށް ވެސް އެޕްލައި ވާނެ ކަމެއް،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އިތުރު ގަޑީގެ 10 ޕަސެންޓްގެ ކެޕް އެޕްލައި ނުވެ، އިތުރު ގަޑީގެ ފައިސާ ލިބޭނެ ދުވަސްތަކެއް ވަނީ ކަނޑައަޅައިފަ އެވެ. އެއީ، ރޯދަމަހުގެ ފަހު 10 ގެ ބަންދާއި ރައީސްގެ ދެންނެވުމަކުން ބަންދުކުރާ ދުވަސްތަކާއި ވަޒީފާއާ ބެހޭ ގާނޫނުގައި ފާހަގަކޮށްފައި އޮންނަ ރަސްމީ ހުރިހާ ބަންދު ދުވަސްތަކެވެ.
"މި ކަހަލަ ހުރިހާ ދުވަހެއްގައި މި 10 ޕަސެންޓެއް އެޕްލައިއެއް ނުވޭ، އިތުރު ގަޑީގެ ގޮތުގައި މަސައްކަތްކުރަން ޖެހޭ މުވައްޒަފުންނަށް. އިތުރު ގަޑި ލިބޭނެ. އެއީ ގެނެވުނު ވަރަށް ބޮޑު ބަދަލެއް،" ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނިއުޝާ ޝިމާއު
11 November 2025
ޖުޑިސަރީ މުވައްޒަފުންގެ މުސާރަ ބޮޑު ތަނުން ކުޑަ ވެއޖެ. މަސައްކަތުގެ ރޫހު ގެއްލިއްޖެ. އަހަރެމެންނަކީ ރަސްމީ ގަޑީގަ ސަރީއަތް ހިންގުނުގަ ގޭނިފަ އިތުރު ގަޑީގަ ކިރިޔަ ރިޕޯޓު ގަނޑެއް ލިޔެވެނީ. އިންޓަވިއު ގަނޑެއް ވެސް ބާއްވަނީ ނުރަސްމީ ގަޑިގަ ވ ހާލުން. ޢޯޓީ ކެޕް ކުރުމާ ވާނުވާ އެޓޭންޑެންސް އެލެވެންސް އެއް ދީގެން މުސާރަ ވަނީ ކުޑަ. ޕޭ ކޮމިސަނުން ހިތަށް އެރި އެއްޗެއް ހަދަނީ
އ.ނ.ތ
07 November 2025
ތިކަހަލަ ސިޔާސަތުތަކުގެ ސަބަބުން އަމިއްލަތަންތަނުގައި ވަޒީފާ އަދާކުރާ މީހުންނަށް ގެއްލުން.
އިންސާފުގެ އަޑު
05 November 2025
ދިގު މުއްދަތުގަ މަސައްކަތްކޮށް ކުޑަ މުސާރައެއްގަ ތިއްބެވި ރިޓަޔާވާ އުމުރުގެ މުވައްޒަފުންނަށް މިއަށްވުރެ ރަގަޅު ގޮތެއް އެބޭފުޅުން ރިޓަޔާވާއިރު ހަމަޖައްސާދެއްވުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލަން.
އަނިޔާ
05 November 2025
36 އަހަރު މެދުނުކެނޑި ސަރުކާރުގައި މަސައްކަތް ކުރުމަށްފަހު އެންމެ ކުޑަ މުސާރައިގައި ހުސްއަތާހެން ނިކުންނަން މިޖެހުނީ، ކޮބާ 36 އަހަރު އުފުލި ބުރަމަސައްކަތުގެ އަގު، އަނިޔާލިބޭނީ މިހާވަރަށް.
ބ0ޮޑ
05 November 2025
ޑިރެކްޓަރުންނަށް ބޮޑު މުސާރަދެނީ ގޭނިގެން މަސައްކަތް ކުރަނީ އާދައިގެ މުވައްޒަފު އޭނައަށް އޯޓީ ނުދީ 4 ޖަހަންދެން މަސައްކަތް ކުރުވަނީ....
ާއުނިމާ
05 November 2025
އެޑްމިނިސްޓްރޭޓިވް އޮފިސަރ ގެ މުސާރަ ޑިޕްލޮމާ ހަދާފަ ހުރި ޓީޗަރެއްގެ މުސާރަ އަކަށް ވުރެ ބޮޑު ! ކީއްކުރަންތޯ ކުލާސްރޫމުތަކުގައި ގޭނެން އުޅޭންވީ ، ސިވިލް ސާވިސްއަށް ބަދަލުވާންވީ، އޭރުން ގިނަވެގެން 5 ގަނޑިއިރު ގޮނޑީގެ އިދެގެން ، 2 ޖަހާއިރު ނިމޭނެ !
ހާދީ ސާރ
05 November 2025
މިހާރު ޑިގުރީ ޓީޗަރަކަށް ވުރެން އޮޮހީގުގަ ގޮނޑިހޫނުކުރަން އިންނަ އެޑްމިނިސްޓްރޭޓަރގެ މުސާރަވެސް މާބޮޑު. މިއޮތީވާ ގައުމެއް! އަވަހަށް ތަނަކަށް އެޑްމިން މީހަކަށް ބަދަލުވާންވީ! މިހެން ކުދިންފަހަތުން ގަނަތެޅި ލޭމައްޗައް ދިއުމަށްވުރެން މާ އަބުރުވެރިކޮށް އުޅެވޭނެ އެ ޖޮބްގަ!
ބޮޑުވަރު
05 November 2025
މިސަރުކާރުގެ ކަޑަޖެހުން ދެއްތޮ؟
ހަސަން ޢަލީ
05 November 2025
އޭ ރައީސެވެ. ފެށުނީއްސުރެވެސް މިއުޅެނީ އެންމެ ކުޑަ މުސާރައިގައެވެ. ސަރުކާރު ވަޒީފާގާ އުޅޭތާ 27 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ . މބައެއް މުވައްޒަފުންނަށް 30000ރ 35000ރ ގެ މުސާރަ ހަމަ ދައުލަތުންދޭއިރު އަހަރެމެން އެޑްމިން އޮފިސަރުންނަށް 7000ރ އެވެ. މުސާރަ ބޮޑުވީމަވެސް މަސައްކތު މީހުންނަށްވުރެ ކުޑައެވެ. މީ ކޮން އިންސާފެއްތޯއެވެ. ރައީސް މައުމޫން ދުވަސްވަރުވެސް ދިގުމުއްދަތަށް އިނާޔަތް ލިބެއެވެ. މިހާރު ލިބޭ އެތިކޮޅުވެސް ކަޑާލނީއެވެ
މެންގޯ
05 November 2025
މިހާރު ހަދާފައޮތް ގޮތުން އަދި ފެންނަނީ ކަންބޮޑުވުން. ވަރަށް ގިނަ މުވައްޒަފުންނަށް މުސާރަ ޖުމްލަ އަދަދު ކުރިޔަށްވުރެ މަދުވެފަ ހުރިކަން އެބަ ފާހަގަކުރެވޭ. މީ ވަރަށް ދެރަކަމެއް. މިގޮތަށް މިކަން ވެގެން ނުވާނެ. އިތުރުގަޑިއާއި، އެލަވަންސްތައް ކަނޑާލިޔަސް މައްސަލައެއްނެތް. އެކަމަކު އެއްވެސް މުވައްޒަފަކަށް ކުރިން ލިބެމުން އައި ޖުމްލަ އަދަދަށްވުރެ ދެން ލިބޭ އަދަދު ދަށްވީމަ ކަމަކު ނުދާނެ.
އަންބު ސިސްޓާ
05 November 2025
ނަރުހުންގެ މުސާރަައަށް ބަދަލެއް ނުގެނެސް ސިއްހީދާއިރާގެ އެހެނިހެން މުވައްޒަފުންގެ މުސާރަތައް ބޮޑުކޮށްލުމަކީ ނަރުހުންނަށް ލިބުނު ވަރަށް ބޮޑު ނިކަމެތި ކަމެއް! ނަރުހުންނަށްވެސް މުސާރައިގެ ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ގެނެސް ދިނުމަކީ އަޅުގަނޑުމެންވެސް މަސައްކަތުގަ އިޙްލާސްތެރިކަމާއެކު ދެމިތިބުމަށް ލިބޭނެ ހިތްވަރެއް ކަމުގައި ދަންނަވަން. ތަކެތީގެ އަގުތައް އުފުލެމުންދާ ދިއުމުން ލިބޭ އެއްޗަކާ ކުރަންޖެހޭ ހަރަދާ ނުބައްލު! ބޭހުންހާ އެއްޗެއް ނުގަނެވޭ!
ލޮލްސް
05 November 2025
ތިބޭފުޅާ ނަރުހަކަށް ވުމުގެ ކުރިން 2022 ގަ ވަނީ މުސާރަ ބޮޑު ކޮށްފަ ނޫންބާ. އަހަރަކު ދެކޮޅު ކުރަންވީ؟