ހައްޖާއި އުމްރާގެ އަޅުކަމަށް ސައޫދީ އަރަބިއްޔާއަށް ދިޔަ ބަޔަކު އެ ގައުމުގެ ޖިއްދާ އެއާޕޯޓްގައި: ސައޫދީން މިހާރު ވަނީ އަމިއްލައަށް އުމްރާގެ ހުރިހާ ކަމަކަށް ހުއްދަ ހޯދޭނެ އިންތިޒާމް ހަމަޖައްސާފައި. -- ފޮޓޯ: އޭއެފްޕީ
04 ނޮވެމްބަރ 2025 - 15:42
އުމްރާގެ އަޅުކަމަށް ދާން ބޭނުންވާ މީހުންނަށް، އިތުރު އެޖެންޓުން ބޭނުން ނުކޮށް އަމިއްލަށް ހުރިހާ ހުއްދައެއް ފަސޭހަކަމާ އެކު ހޯދޭނެ "ނުސުކް އުމްރާ" ހިދުމަތް ސައޫދީ ސަރުކާރުން ރަސްމީކޮށް ފަށައިފި އެވެ.
ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ސޯޝަލް މީޑިއާގައި މިއަދު ކުރި ޕޯސްޓުގައި ބުނީ މި ހިދުމަތުގައި، އުމްރާގެ އަޅުކަމަށް ދާން ބޭނުންވާ މީހުން ނުސުކް އިލެކްޓްރޯނިކް ޕްލެޓްފޯމް މެދުވެރިކޮށް ހުށަހެޅުމުން އިތުރު އެޖެންޓެއް މެދުވެރި ނުވެ، ހުއްދަ ލިބޭނެ ކަމަށެވެ.
"ނުސުކް އުމްރާ އަކީ ވިސާ ދޫކުރުމާއި ޕެކޭޖްތައް ހަމަޖެއްސުމުން ފެށިގެން ހުރިހާ ކަމެއް މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާގެ ބެލުމުގެ ދަށުން ބަލައްޓާ ޕްލެޓްފޯމެއް" ކަމަށް އެކަމަށް ހާއްސަކޮށްފައިވާ ވެބްސައިޓްގައި ބުނެފައިވެ އެވެ.
އުމްރާގެ އަޅުކަމަށް މިހާރު ވެސް ގްރޫޕްތައް މެދުވެރި ނުވެ ދެވުނަސް، ވިސާ އާއި ހުރުމުގެ ކަންކަން ފަދަ ބައެއް ކަންކަން ހަމަޖައްސަން ޖެހެނީ ހުއްދަ އޮންނަ އެޖެންޓުން މެދުވެރިކޮށެވެ.
The Ministry of #Hajj and #Umrah has announced the launch of the #Nusuk Umrah direct Umrah initiative, which allows those wishing to perform Umrah to apply directly through approved electronic platforms, without the need to go through external offices. Informational materials can… pic.twitter.com/fXX5WGP5d6
— السفارة في المالديف 🇸🇦 (@KSAembassyMV) November 4, 2025
ނަމަވެސް "ނުސުކް އުމްރާ" ހިދުމަތުން އެ ހުރިހާ ކަމެއް އަމިއްލައަށް ހަމަޖެއްސޭނެ އެވެ.
ނުސުކް އުމްރާގެ ދަށުން ދޭ ޕެކޭޖްތަކުގައި، ހަރަމްފުޅު ކައިރިން އެންމެ މަތީ ފެންވަރުގެ ހޮޓާތަކުގައި ތިބެގެން އަޅުކަމުގެ ކަންކަން ހަމަޖެހޭނެ އެވެ. މި ޕެކޭޖްތަކުގެ ތެރޭގައި އެކި މުއްދަތުގެ ޕެކޭޖުތަކާއި މައްކާ އާއި މަދީނާގެ އެކި ތަންތަނަށް ޒިޔާރަތްކުރުމުގެ އިންތިޒާމްތަކާ އެކު ހުރި ޕެކޭޖްތައް ވެސް ހިމެނެ އެވެ.
Nusuk Umrah Platform
Nusuk Umrah Your Gateway to a Journey of a Lifetime
"ނުސުކް އުމްރާ" ގެ ހިދުމަތަށް ހާއްސަކޮށްފައިވާ ވެބްސައިޓް
އުމްރާ އަދި ހައްޖުގެ އަޅުކަން އަދާކުރަން ބޭނުންވާ މީހުންނަށް އެ ކަންކަން ފަސޭހައިން ހަމަޖެހޭނެ ގޮތް އިންތިޒާމްކޮށް އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ހުއްދަތައް ދޫކުރުމަކީ ސައުދީގެ "ވިޝަން 2030" ގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ސައޫދީން މިދިޔަ މަހު ވަނީ ސައްހަ ވިސާއެއްގައި ސައޫދީއަށް އެތެރެވާ ކޮންމެ މީހަކަށް ވެސް އުމްރާގެ އަޅުކަމަށް ފުރުސަތު ދޭން ވެސް ފަށައިފަ އެވެ. އުމްރާ ވިސާ ނޫން އެހެން ވިސާއެއްގައި ވެސް ސައޫދީއަށް އެތެރެވުމަށް ފަހު ނުސުކް އުމްރާ ޕްލެޓްފޯމުން، އެ މީހަކު ބޭނުންވާ ޕެކޭޖެއް ނެގުމާ އެކު ވަގުތުން އުމްރާ ވިސާ ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢަލީބެ
05 November 2025
ސައުދު ފެމިލީގެ ނަސީބު.
ބޮޑުމުދިންބެ ކަތީބު ހަސަނު
04 November 2025
އުމުރާ ސްކޭމްގައި ތާށިނުވެ އުމުރާއަށް ދެވޭނެ މަގުތަވަސްކޮށްދެއްވި ﷲ ތައާލާ އަށް ހަމްދާއި ޝުކުރު .
މަބުނީ
04 November 2025
އަލްޙަމްދުލިއްﷲ. 40 ހާސްރުފިޔާ ހަރަދުނުކޮށް 10 ހާހުން ނިންމާލެވޭ.
ދައިގަންނަގުރާ
04 November 2025
މަބުނީ ދެކޮޅު ޓިކެޓު އެކަނި ނަގައިގެން އެއްފަހަރު ތޮވާފު ކޮށްލައިގެން މަޑު ނުކުރަންޏާ ތިވަރުން ވެދާނެ.
ހުމާ
04 November 2025
ކާކު ބުނީ މާގިނަ ފަހަރު ތޮވާފު ކުރަން ޖެހެޔޭ. އުމްރާ 3 ނުޖެހިއްޖިއްޔާ ދިވެހިންނަށް ކަމަކު ނުދޭ. އެކަމަކު ރަސޫލާ ކުރައްވަނީ 1 އުމްރާ ދަތުރަކު.
ގުދުގުދުލީބެއްޔާގެ ތެދުބަސް
04 November 2025
"ނުސުކް އުމްރާ" އަށްވުރެ ދަށް ޕެކޭޖުތަކެއް ދެން ދިވެހި އުމްރާ ގުރޫޕުތަކުން ނެރޭނީ. އަނެއްކާވެސް އޮންނާނީ ހަމަ އެއްކަލަ މުސްކުޅި ވާހަކަ.
ޔަތީނު
04 November 2025
ކުރިން ވެސް ހޯދާ. ދިވެހިން އަމިއްލަ ގޮސް އުޅޭ ހަމަ ހުއްދަތައް ހޯދައިގެން. ގުރޫޕު ތަކުން ފަސްގުނަނަގާ އެހާ ހާލުގަ ގެންގެޅެނީ.
ކާކުބުނީ
05 November 2025
ކޮންހާ ޙާލެއްގަތޯއުޅެނީ. ވިޔަފާރިކުރަންދާ މީހުންވަރަށް ޙާލުގައުޅެން ޖެހެނީ. އަޅުކަންކުރަންދާ މީހުން ޙާލުގައުޅޭތަނެއް ނުދެކެން އަދި. ވަރަށްވެދުން