04 ނޮވެމްބަރ 2025 - 22:48
ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ރާއްޖޭގެ އިގްތިސާދު ވެއްޓިފައި އޮތް އަނދަވަޅުން އަރައިގަނެ، ވަށައިޖެހޭ ތަރައްގީއެއް ގައުމަށް ގެނެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ފުވައްމުލަކުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ފުވައްމުލަކު ސްކޫލުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށެވެ. މި ސަރުކާރު ވެރިކަމަށް އައިރު ދިވެހި ދައުލަތް އޮތީ ވަރަށް ބޮޑަށް ދަރައި، "ބަނގުރޫޓުވުމުގެ ހާލަތުގައި" ކަމަށް ރައީސް ވިދާޅުވި އެވެ.
ނަމަވެސް، އެ ދަތި ހާލަތުން އަރައިގަނެ، ރައްޔިތުންނަށް ބޭނުންވާ ކަންކަން ފަހިކޮށްދިނުމުގެ މަސައްކަތް މި ސަރުކާރުން ވަރަށް ހަލުވި ދުވެލީގައި ފަށައިގެން ކުރިއަށް ގެންދާ ކަމަށް ރައީސް ވިދާޅުވި އެވެ.
"މި އަހަރުގެ މިއަދާ ހަމައަށް އާދެވުނުއިރުގައި، މި ދެންނެވި ފަދައިން ރާއްޖޭގެ އިގްތިސާދަށް ވަށައިޖެހޭ ތަރައްގީއެއް ގެނެވޭ ގޮތުގެ މަތިން ބައްޓަންކުރެވި، ރައްޔިތުންނަށް ވެފައި ހުރި ގިނަ ވައުދުތަކެއް ފުއްދުމަށްޓަކާ ގިނަ މަސައްކަތްތަކެއް ވަނީ ތަރުތީބުކުރެވިފައި،" ރައީސް ވިދާޅުވި އެވެ.
މި އަހަރާއި މި އަންނަ އަހަރަކީ އެމަނިކުފާނުގެ ވައުދުތަކުގައި އަމަލީ ސިފަ ޖެހޭނެ އަހަރުތައް ކަމަށް ރައީސް ވިދާޅުވާ ވިދާޅުވުން މިރޭ ވެސް ތަކުރާރުކުރެއްވި އެވެ.
ރައީސް ވިދާޅުވީ މިއަދަކީ ފުވައްމުލަކުގެ ތަރައްގީގައި ވެސް އާ ސަފުހާއެއް އެއްލުނު ދުވަހެއް ކަމަށެވެ. އަދި މިއަދުގެ މި ދަތުރުފުޅު ހާއްސަކުރައްވަނީ ވެސް މި ރަށުގެ ރައްޔިތުން ބޭނުންވި މަޝްރޫއުތަކުގައި ހަގީގީ ކުލަ ޖެއްސުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.
ފުވައްމުލަކާއި އައްޑުއަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅު ރައީސް ފެއްޓެވީ މިއަދެވެ. އެންމެ ފުރަތަމަ ވަޑައިގަތީ މިއަދު ހަވީރު ފުވައްމުލަކަށެވެ. ރައީސް މާދަމާ އެންމެ ފުރަތަމަ ވަޑައިގަންނަވާނީ އައްޑޫ ހުޅުދު އާއި މީދުއަށެވެ. އެއަށް ފަހު އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ވެސް ވަޑައިގަންނަވާނެ އެވެ. އަދި އެ ހުރިހާ ރަށެއްގައި ވެސް އިތުރު މަޝްރޫއުތައް ފަށައި، ރައްޔިތުންނާ ވެސް ބައްދަލުކުރައްވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބުއްދީގެ މައްސަލައެއް
05 November 2025
ރައްޔިތުން މުދަލާ ޚިދުމަތް ގަތުމުގެ ބާރު ގެއްލުވާލުމަށް ކަރަންޓު ބިލާ ފެން ބިލު ބޮޑުކޮށް ރައްޔިތުން އަތުން ހުސްވާނެގޮތަށް ކަންކަން ތަރުތީބުކުރާ ބަޔަކަށް ތިކަމެއް ނުވާނެ. ޔުޓިލިޓީ ކުންފުނިތަކަށް ވަންނަ ފައިސާ އެކުންފުނިތަކުން ނިކުމެގެން ދެން ތިވަންނަ ތަން ތަނުގެ ވާހަކަވެސް ކިޔާދެނީ ތިތަންތަނުން ކަނޑާލާ އެމްޑީންގެ ދުލުން. ވަށާޖެހެނީ ކޮންތަނަކުން ކޮންތަނަކަށްކަންވެސް ރައްޔިތުންނަށް އިނގޭ.
އޮނަރަބްލް އަފީފު ދީދީ
05 November 2025
އިންފްލައިޓް ކޭޓަރިން އާއި ޑިޕާޗާރ ބިޒިނެސް ލައުންޖް ހިމެނޭގޮތަށް އައްޑޫސިޓީ GAN International Airport ގައި ⭐️ ⭐️ ⭐️ ⭐️ ގެ އެއަރޕޯޓް ޓްރާންސިޓް ހޮޓަލެއް (ބީޗްކޮޓަރިވެސް ހިމެނޭގޮތަށް) ތަރައްޤީކޮށް ހިންގައިގެންނޫނީ ކޮޅުމަޑުލުން އައްޑުއަށްހިމެނޭ ދެކުނުސަރަޙައްދުގައި އެކަށީގެންވާގޮތަކަށް ފަތުރުވެރިކަމުގެ އެއްވެސް ވިޔަފާރިއެއް (ރިސޯޓް، ސިޓީހޮޓާ، ގެސްޓްހައުސް އަދި ހޯމްސްޓޭ ވެސް) ނުހިންގޭނެ. އެހެންކަމުން ރައީސްގެ ނިޔަތް ރަނގަޅުނަމަ މިކަން ކުރައްވާ.
ޒުހައިރުބެ
05 November 2025
އިއްޔަ އެއީ ފުވައްމުލަކުގެ ތަރައްގީގައި ވެސް އާ ސަފުހާއެއް އެއްލުނު ދުވަހެއް. އެހެން ލެވެލްއަކަށް ފުވައްމުލަށް ތަރައްގީވެގެން ދާތަން ފެންނާނެ އިންޝާﷲ
އާސިމާ
05 November 2025
އަދިވެސް މި ސަރުކާރާ ދޭތެރޭ އަހަރެންގެ އުންމީދު ވަރަށް ބޮޑު ނަތިޖާ ނެރެދޭނެ ކަން ޔަގީން
ރައްޔާން ޒުބައިރު
05 November 2025
ރައީސް އެވިދާޅުވީ ހަމަ ރަނގަޅަށް.
ރަށޮވެށި
05 November 2025
މިކަންކަން ވެއްޖެއްޔާ ކިތަންމެހައި ވެސް ރަނގަޅު އެކަމަކު، މި ތިން އަހަރުގެ ތެރޭގައި މިކަންކަން ކުރަން ދައުލަތުގެ އިގުތިސާދުގައި މިވަރު ހުންނާނެބާ؟ މިފަދަ ބޮޑެތި ކަންކަން އައްޑުއަށް ވެސް. މާޒީވެގެން މިދާ ދެއަހަރަށް ބަލާއިރު.........؟
ޒޫމް
05 November 2025
ދައުލަތަށް ލިބޭ ޢާމްދަނީ އާއި ނުބައްދަލަށް ސިޔާސީމީހުން ވައްދައިގެން ބޮޑު މުސާރަަދެމުން ދިއައިމަ އެއޮތީ އިޤްތިޞޯދު ރަނގަޅުކުރެވި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ފުރިހަމަކޮށްދެވިފަ!
އެމްސް
05 November 2025
އިޤްތިސާދުގަ އެނބުރެނީ ބޭރުމީހުން ކަމުން ވަޒީފާއަކުން ލިބޭ ހުރިހާ މޮޅެއް އަބަދުވެސް އޮތީ ރާއްޖޭގަ އުޅޭ ބޭރުމީހުންނަށެވެ!
ބޮކި
05 November 2025
ދެއަހަރު ދުއްވާލީ އަޗާތަޅަން......
އަބްޑޫޅް +
05 November 2025
ޙޫމް. ވަށާޖެހިދާނެ. އެހަމަކު، ދެކޮޅުޖެހޭނެތަ؟
އޮނަރަބްލް އަފީފު ދީދީ
05 November 2025
ދެކުނުގައި ޓްއަރިޒަމް ތަރައްޤީކުރަން ސަރުކާރުން އިތުރު އެއްވެސް އިންވެސްޓްމަންޓެއް ނުކޮށް ދެކުނުގެ ރައްޔިތުނަށް ސީދާގޮތުން ޓްއަރިޒަމަށް އިންވެސްޓް ކުރަން މަގުފަހިކޮށް ދިނުމަށްޓަކާވެސް އައްޑޫގައި ހަތަރު ތަރީގެ Airport Transit Hotelއެޅުން މުހިންމު. މިފަދަ ހޮޓަލެއް ތަރައްޤީ ކުރަން 1 ބިލިޔަން ޑޮލަރުގެ ލޯނެއް ނަގައި ޗައިނާގެ ކުންފުންޏަކާއި ޙަވާލު ކޮށްފިނަމަ 1000 ކޮޓަރީގެ ހޮޓާ ތަރައްޤީކޮށް 2028 ގެ ކުރިން ސަރުކާރާއި ޙަވާލު ކުރާނެކަން ޔަޤީން.