ފިނޭންސް މިނިސްޓަރު ޒަމީރު ރައްޔިތުންގެ މަޖިލިހަށް ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު މިދިޔަ ބުރާސްފަތި ދުވަހު ހުށަހަޅުއްވަނީ.--ފޮޓޯ: ރައްޔިތުންގެ މަޖިލިސް
06 ނޮވެމްބަރ 2025 - 09:32
ސަރުކާރުން ފަށަން ނިންމާފައިވާ 205 މަޝްރޫއެއްގެ އެއްބަސްވުންތަކުގައި ކޮންޓްރެކްޓަ ފައިނޭންސްގެ އުސޫލުން އަމިއްލަ ފަރާތްތަކާ އެކު މިއަދު ސޮއިކުރަން ނިންމައިފި އެވެ.
މިއަދުގެ ހެނދުނު 10 އިން ފެށިގެން 3-4 ގަޑިއިރަށް ދިގުދެމިގެންދާނެ ކަމަށް ބެލެވޭ މި ރަސްމިއްޔާތު ބާއްވަނީ ބާސެލޯ ނަސަންދުރާގަ އެވެ.
"މި ހުރިހާ ޕްރޮޖެކްޓެއް ވެސް ހަވާލު ކުރަނީ އަމިއްލަ ފަރާތްތަކާ. ސަރުކާރުގެ އެއްވެސް ކުންފުންޏެއް ނުހިމެނޭނެ،" ފިނޭންސް މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
އެ ކަމަކު އެ ޕްރޮޖެކްޓުތަކުގެ އަގެެއް އަދި ހާމައެއް ނުކުރެ އެވެ.
މިއަދު ސޮއިކުރާ އެއްބަސްވުންތަކުގެ ތެރޭގައި ހިޔާވަހިކަމުގެ މަޝްރޫއުތަކާއި ވަގުފް އިމާރާތްތައް ހެދުމާއި ޓާފްދަނޑުތައް އެޅުން ފަދަ ކަންކަން ހިމެނޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މި ސަރުކާރުގައި މިދިޔަ ދުވަސްތަކުގައި ގިނަ އަދަދެއްގެ ޕްރޮޖްކެޓުތައް ސަރުކާރުގެ ކުންފުނިތަކާ ކުރިން ހަވާލު ކޮށްފައިވާތީ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، ސަރުކާރުން ފަހުން ބުނެފައި ވަނީ އަމިއްލަ ކުންފުނިތަކާ މަޝްރޫއުތައް ހަވާލުކުރާ ތަން ވަރަށް އަވަހަށް ފެންނަން ފަށާނެ ކަަމަށެވެ.
ރައީސް މުއިއްޒު މިދިޔަ މަހުގެ ދެ ވަނަ ދުވަހު ވިދާޅުވެފައި ވަނީ ސަރުކާރުން ދިވެހި ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ އެ ތާރީހުން ފެށިގެން ފަސް ހަފުތާގެ ތެރޭގައި އެއްކޮށްދީ ނިމޭނެ ކަމަށެވެ.
ރައީސް އެ ދުވަހު ވިދާޅުވީ އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ދިވެހި ވިޔަފާރިތައް މެދުވެރިކޮށް އެކި މަސައްކަތްތައް ސަރުކާރުން ކުރުވުމަށް ފަހު، ފައިސާ ނުދީ ހުރި އެތައް ހާސް ބިލެއް އޮތް ކަމަށެވެ.
އޭގެ ތެރެއިން ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ހުށަހަޅާފައިވާ ބިލުތަކަށް ދައްކަންޖެހޭ ފައިސާ މިދިޔަ މަހުގެ ދެ ވަނަ ދުވަހުން ފެށިގެން ފަސް ހަފުތާގެ ތެރޭގައި ދައްކައި، ނިންމާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެނގިފައިވާ ގޮތުގައި އެއީ ގާތްގަނޑަކަށް 2.2 ބިލިއަން ރުފިޔާ އެވެ.
ސަރުކާރުން އަމިއްލަ ފަރާތްތައް މެދުވެރިވެގެން ހިންގި ޕްރޮޖެކްޓުތަކަށް ދޭން ޖެހޭ ފައިސާ ދީ ނިންމާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ފަސް ހަފުތާގެ މުއްދަތު ހަމަވާނީ މިއަދުގެ ނިޔަލަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސިޔާމްބޭ
06 November 2025
ފޮރިން ލޯން ނެތި ތި ޖަހާ ސަކަރާތުން ލިކުޑިޓީ ސްޓްރެއިން ވާނީ މިކަމުގެ ސަބަބުން އަނެއްކާވެސް ކްރެޑިޓް ރޭޓިންގ ދައްވާނީ ސަބަބަކީ މި އިކޮނޮމިކް ރިޓާން އެއް އޮތް ކަމެއް ނޫންވީމާ މެޓީރިއަލް އާއި ލޭބާރ އިމްޕޯޓް ކުރުމުން ފޮރިންކަރަންސީ ޑިޕްރިސިއޭޓްވެ ޑިމާންޑަށް ބާރުބޮޑުވެ ލާރީގެ އަގިވެއްޓި އިންފްލޭޝަން އިތުރުވާނީ ޓްރަންސްޕޭރެންސީއާއި ފިސްކަލް ޑިސްޕްލިން ނެތި ތިކަމުން ދެން ނެރޭ ރޭޓިންގ ގަ ރާއްޖޭ ދައްވާނެ އަނެއްކާވެސް ޔަގީން ކިހާ ބޮޑު ދެރައެއް ތީ ގައުމަށް
ކޮރަލް
06 November 2025
ގެޒެޓް ގަ ނުޖަހާ އެއްވެސް އެއްޗެއް ދޭނެ ކަމެއް ނެތެވެ. ސަރުކާރު ހިއްސާވާ ކުންފުނި ތަކުން ވެސް ގެޒެޓް ގަ ޖަހަން އަންގަން ވީ އެވެ. އޮފީސް ކުދީން ކޮޅެއް ކުންފުނި ހަދައިގެން އޮފީސް މަސައްކަތް ކުރުން ގިނަ އެވެ.
ދިއްދޫމީހާ
06 November 2025
ބިޑަކާނުލާ ތިޔަދޭ މަޝްރޫތަކުގެ އަގަކީ 4ބިލިޔަން ރުފިޔާކަމަށް ވަނީ އެހެންވީމާ ކުރިއައޮތް ކައުންސިލްތަކުގެ އިންތިހާބްގެ އަގަކީ 2ބިލިޔަން ރުފިޔާ އެއީ ތިޔަ ހުރިހާ މަޝްރޫތަކަށް އެޑްވާންސްކޮއް ލާރިދޭކަމަށް ވަނީ އަދި އެލާރިން ދެބައި ކޮއްފާ އެެއްބައި ވައްދަން ޖެހެނީ ރާއްޖޭގައި ހުންނަ ނަންނެއ ބޭންކަށް އެއީ ކޮން ބޭންކެއް ކަން އަދި އެބޭންކަށް ލާރި ނަގަން ދާންޖެހެނީ ކޮންބައެއްކަން ކޯންޗެއް ހިފާގެންކަން ރައްޔިތުންނަ އިންގޭނެ…
ދިމް
06 November 2025
ރާއްޖޭގައި އޮންނަނީ މީހުން ދިރިއުޅޭ 198 ރަށް. ކައުންސިލް އިންތިޚާބު ބޯމަތިވަނީޔޭ ހޮޅުއަށިތަކުގަ ކިޔާތީ އަހަން. ނުބުނަން މި އުޅެނީ ކެމްޕޭނަށް ފަންޑު ނެތިގެނޭ.
އަލިބޭބެ
06 November 2025
ނުބައި ވާނީ ނުބަޔަށް. ޤާނޫނުވެސް ހެދިދާނެ ބޭއިންސާފަށްވެސް. ދެން އެގޮތަށް ކަންކުރީމާ އެ ނުވާނެ ޤާނޫނާ ޚިލާފުވިކަމަކަށް. ތީ އެކަހަލަ ކަމެއް. އިޢުލާނުނުކޮށް ބޭނުންބަޔަކަށް ދެވޭގޮތަށްހަދާފައި އެގޮތަށް ތި ދެނީ ހަނދާނުގައި ބަހައްޓަންވީ މިނޫނަސް އަދި ދުވަހެއް އެބައޮތްކަން. މާތް ﷲ މޮޅަށް ދެނެވޮޑިގެންވޭ.
މަމްދާނީ
06 November 2025
ފެންނަ ފެނުމުގައި ބިޑަކާ ނުލައި ވަކި ބަޔަކަށް ދޭން އުޅެނީ އެޑުވާންސަށް ލާރި ދިނުމުގެ ބޭނުމުގައި ކަރަފުޝަނަށް މަގުފަހިވާ ގޮތައްކަމަށް ބެލެވޭ؟ ވެންޓިލޭޓަރު ގަނޑާއި ދާދި އެއްގޮތް
އަފްރާސިޔާބު
06 November 2025
އެއީ ސަރުކާރުން ކުރާ ހޭދައެއްނޫން. އެއީ ބީ.އެމް.އެލް އިން ހިންގާ މަޝްރޫއު ތަކެއް. ސަރުކާރުން ބޮޑު ލާރިއެއްވެސް ދޭކަށްނުޖެހޭނެ. ކަރަޕްޝަން ހިންގޭނީ ސަރުކާރުން ހިންގާނަމަތާ؟
މިސް
06 November 2025
މިނިސްޓްރީގައި ނުވަތަ ސަރުކާރުގައި ތިބި އެއްވެސް މީހަކަށް އެބައެގޭބާ ކޮންޓްރެކްޓަރ ފައިނޭންސަކީ ކޮބައިކަމެއް، ތިޔަ ކިޔަ ޕްރޮޖެކްޓްތަކުގެ ނަމަށް ބަލާލީމަ ހީވަނީ ކްރެޑިޓް މުއްދަތު ތަންކޮޅެއް ދިގުކޮށް ހިންގާ ޕްރޮޖެކްޓްތަކެއްހެން، ގިނަ ޕްރޮޖެކްޓްތަކަކީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ބަޔަކު ހިންގާނެ ކަހަލަ ޕްރޮޖެކްޓެއްނޫން، ދިގު މުއްދަތަކުން ފައިސާ ދައްކަން ކޮންޓެކްޓަރ އެއްބަސްވާނީ ޕްރޮޖެކްޓް އަގަށްވުރެ ވަރަށް ބޮޑުކޮށް އަގުކިޔައިގެން،
އަފްރާސިޔާބު
06 November 2025
އާނ އެނގޭ. އެއީ އެމަސައްކަތްކުރާ މީހުން ބޭންކުން އަމިއްލައަށް ފައިސާ ހޯދައިގެން އެމީހުން ބޭނުންވާ އަގެއްގައި މަޝްރޫއު ހިންގުން. މީގައި ސަރުކާރުން އެއްވެސް ޚަރަދެއް ކުރާކަށް ނުޖެހޭނެ. ހަމައެކަނި ބޭންކަށް ސިޓީއެއްދޭނީ. އެސިޓީގައި ލިޔެލާނީ ބޭންކުން އެފައިސާ ދޭންބޭނުންވާ ފައިސާ ބޭންކަށް ބޭނުންވުމުން ޖަމާކޮށްދޭނީ ހަމައެކަނި ބޭންކަށް ކަމަށް. ސަރުކާރުގެ ބަޖެޓަކުން ލޯލާރިއެއްވެސް ކުންފުނިތަކަށް ނުކުރާނެ.
މިނިސްޓްރީ
06 November 2025
ވޯލްޑް ރިކޯޑް ބަލަހައްޓާ ބޭފުޅުން އެބަ އުޅުއްވާތޯ މި ގައުމުގައި، ޔަގީނުންވެސް މިވާނެ ދުނިޔޭގެ ރިކޯޑަކަށް، އެންމެ އަވަހަށް 200 މަޝްރޫޢުގައި ސޮއިކުރުން، ހިއެއްނުވޭ ދުނިޔޭގެ އެއްވެސް ގައުމެއްގައި އަދި މި ކަން ކުރިހެނެއް،
ވޮޗްމޭން
06 November 2025
ކޮބާ ބިޑްކޮށް، ބިޑް އިވެލިއޭޓްކޮށް ކަމެއް ކޮށްފިތަ؟
އަފްރާސިޔާބު
06 November 2025
ބިޑު ކުރަނީ ކޮރަޕްޝަން ހިންގަންވެގެން. މިހާރު އެކަން ހިންގަން އެއްވެސް ފުރުސަތެއް ނޯންނާނެ. ދިނީމާ ނޫނީ އެމީހުންނަށްވެސް ނޭނގޭނެ އެމީހުންނަށް ލިބުނުކަމެއްވެސް އަދި އެމީހުން ހުށަހެޅި އަގެއްވެސް.
އައްލާ ބެއްޔާ
06 November 2025
ބިޑަށް އިއުލާން ނުކުރާ މަޝްރޫއުތަކެއް ކުއްލިއަކަށް ވަކި ކުންފުނިތަކާއި ހަވާލު މިކުރަނީ ކިހިނެއް ބާ؟؟ ބޮޑަށް ވައްތަރީ ރިކޯޑެެއް ހަދާލަން ކުރާ ރަމްޒީ ސޮޔަކާއި. މިހާރުވެސް މި އުޅެނީ ކުންފުނިތަކުން ކޮށްފައި ހުރި މަސައްކަތްތަކަށް ފައިސާ ނުދެވިގެން. އެކަމަކު 250 މަޝްރޫއުގައި ސޮއި ކުރަނީ ޔޯ. ދެން ތިވާހަކަވެސް ގަބޫލުކުރާބަޔަކު ތިބޭނެ ހުދު ގަމީސް ލައިގެން އަތްޖަހަން .