ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގެ އިސްވެރިން.-- ފޮޓޯ: ސައުދީ އެމްބަސީ
07 ނޮވެމްބަރ 2025 - 21:26
ސައުދީ އަރަބިއްޔާއިން ރާއްޖެއަށް 300 އަށް ވުރެ ގިނަ ސްކޮލަޝިޕަށް ހުޅުވާލައިފި އެވެ.
ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގެ އޮފިޝަލަކު މިރޭ ވިދާޅުވީ، 11 ދާއިރާއަކުން ސައުދީގެ ޔުނިވާސީޓީތަކުން ފުރަތަމަ ޑިގްރީއަށް ކިޔެވުމަށް ވެބްސައިޓު މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ. ޑިގްރީގެ 318 ފުރުސަތަށް ހުޅުވާލި ދާއިރާތަކަކީ؛
ادرس في السعودية
ادرس في السعودية - وزارة التعليم
ސައުދީ ސްކޮލަޝިޕަށް އެދުމަށް ހާއްސަކޮށްފައިވާ ވެބްސައިޓު.
- ބިޒްނަސް މެނޭޖްމަންޓް
- މީޑިއާއާ ގުޅުން ހުރި ދާއިރާތައް
- ކޮމްޕިއުޓާ ސައިންސް ސްޓަޑީޒް
- ލޯ ސައިންސް
- އެޑިއުކޭޝަނަލް ސްޕެޝަލިޓީސް
- ސޯޝަލް ސައިންސަސް
- ދަނޑުވެރިކަން
- އިކޮނޮމިކް އަދި ޕޮލިޓިކަލް ސްޓަޑީޒް
- އިންޖީނިއަރިން މޭޖާ
- އިސްލާމިކް ފީލްޑް ސްޓަޑީޒް
- އަރަބިކް ސްޓަޑީޒް އަދި ބޭރުގެ އެހެން ބަސްތަކާ ގުޅުން ހުރި ދާއިރާތައް
ސައުދީގައި ހުރެގެން ކިޔެވުމުގެ އިތުރުން، އެ ގައުމުން ވަނީ ރާއްޖޭގައި ހުންނަ އިމާމް ޔުނިވާސިޓީ ކެމްޕަހުގައި ވެސް ހިލޭ ޑިޕްލޮމާ ކިޔެވުމަށް ހުޅުވާލައިފަ އެވެ.
ހަމައެކަނި ފިރިހެނުންނަށް ހާއްސަކޮށްފައިވާ އެ ފުރުސަތަށް އެދުމަށް ދެ ހަފުތާގެ މުއްދަތެއް ވަނީ ދީފަ އެވެ.
އޮފިޝަލް ވިދާޅުވީ ރާއްޖޭގެ ކެމްޕަހުގައި ކިޔަވައިދޭނީ އަރަބި ބަހަށް ތައްޔާރުވުން ކަމަށެވެ. ދެ އަހަރުގެ މުއްދަތަށް ގެންދާ ކޯހުގެ ކިޔެވުން އަންނަ ޑިސެމްބަރު 28 ގައި ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޥިހާފަދަރިން
08 November 2025
ކިޔަވަން ޖެޖޭނީ ފިރިހެނުން އެހެންނު. ޢަންހެނުން އެއީ ވިހާފަ ދަރިން ބަލަން ތިބޭ ބައެއް އެހެންނު.
ރޮކް1234
08 November 2025
ކުރިންވެސް ތިކަހަލަ ސްކޮލަރޝިޕްތަކެއް ރައިސް ޔާމީން ދައުރުގަ ފޮނުއަރުފާ ހެޑްލައިންތައް ޖެހި. އެއްވެސް ކުައްޖަކަށް ސީޓެއް ނުލިބި އާދޭސްކޮށް ރައިސް އޮފީހަށް ސިޓީލައިގެންވެސް ނުދިން.
ފެކްޓްް
08 November 2025
"އޮފިޝަލް ވިދާޅުވީ ރާއްޖޭގެ ކެމްޕަހުގައި ކިޔަވައިދޭނީ އަރަބި ބަހަށް ތައްޔާރުވުން ކަމަށެވެ. ދެ އަހަރުގެ މުއްދަތަށް ގެންދާ ކޯހުގެ ކިޔެވުން އަންނަ ޑިސެމްބަރު 28 ގައި ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ." ވިސްނާ ފިކުރުކޮށްބަލާށެވެ. ދިވެހި ބަހަކީ ފަޚުރުވެރި ބަހެކޭ ކިޔާ އުޅޭ އާދަމް ނަސީރު ކަހަލަ ބޭފުޅުންނަށް، ނިކަން ޢިލްމާ، ހުނަރާ ސީދާ ދިވެހި ބަހުން ކިޔަވާދެވޭ ސްކޫލެއް ނެތީ ކީއްވެތޯ ރާއްޖޭގައި. ކީއްވެތޯ މަޖުބޫރުކުރަނީ އިނގިރޭސިބަހުން މިބިމުގައި ކިޔަވަން.
މޫޘީން
08 November 2025
ކުދިންނޭ. https://mihaaru.com/news/6805 މިވެސް ކިޔާލައްޗެ
ހަވަވބކ
07 November 2025
ވަރަށް މޭކަރާނެ ދެފުށުއެޅޭ ގުރޫޕު. ޓުރަމޕ ކިޔާކަހަލަ ބަަސްތައް ޕޯޑިއަންތަކުން އިވުން ކައިރި
ހުސައިން
07 November 2025
ޝުކްރިއްޔާ
ދިއްދާ
07 November 2025
ތިއުޅެނީ ޅަ ސިކުނޑިތަކަށް ވިޝަން 2030 ގެ ޕްރޮމޯޓުކުރަން އުޅޭ ކަމަކާ ވައްތަރީ... ދަނޑުވެރިކަމުން ކިޔެވީމާވެސް އައްޝައިޚް ކިޔާނެތޯ ހަމަ ނަމުގެ ކުރިއަށް.
ބަކުރުު
08 November 2025
ނަމުގެ ކުރިއަށް ޝައިޚް ކިޔަނީ ސައޫދީން ކިޔެވީމާތަ؟
ކިޔަންވީ
08 November 2025
ސައޫދީން ކިޔަވައިގެން މިސްރުން ކިޔަވައިގެން އަންނައިރު އިސްލާމް ދީނާއި ކީރިތި ޤުރުއާނު ކިޔަވަން އެނގޭނެ. ކޮންމެ ރޮނގަކުން ކިޔެވިޔަސް ހުންނާނީ ތަންދޮރުފިލާފައި. ބަކުރު ކިޔާނެ އެއްޗެއް ކިޔަންވީ.
އަހުމަދު އައްބާސް
07 November 2025
ތިހުސްއެކަނި މުދިމުންނާއި އިމާމުންނަށް އެކަނި ދޯ ޑޮކުޓަރުކަން ކިޔެވެނީ
ޙައްގުބަސް.
07 November 2025
އެމްޑީޕީ އަކަ ގައުމު ހިންގަން ނޭގެ