ހަނިމާދޫ އެއާޕޯޓަށް ފުރަތަމަ ފަހަރަށް އޭ-320 މަރުކާގެ މަތިންދާބޯޓެއް މިރޭ 7:00 ގައި ޖައްސާނެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގައި ވެހިކަލް މަޑުކުރާ ސަރަހައްދު: މިރޭ އެ އެއާޕޯޓު ރަސްމީކޮށް ހުޅުވަން ވަނީ ތައްޔާރުވެފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
09 ނޮވެމްބަރ 2025 - 16:16
ހަނިމާދޫ އިންޓަނޭޝަނަލް އެެއާޕޯޓް އަލުން ތަރައްގީކޮށް، ކުލަގަދަ ހަފުލާއަކާ އެކު މިރޭ ހުޅުވަން ތައްޔާރުވެއްޖެ އެވެ.
ހަނިމާދޫ އެއާޕޯޓުގެ އާ ޓާމިނަލް ރަސްމީކޮށް ހުޅުވުމަށް މިރޭ ބާއްވާ ބޮޑު ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނެވެ.
އެ ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބު ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕޫ ރާމް މޯހަން ނައިޑޫ އާއި ދެ ސަރުކާރުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.
Pictures showcasing the beautiful interior of the new terminal at Hanimaadhoo International Airport.
— AviatorsMaldives (@AviatorsMaldive) November 9, 2025
Photo: ammu.visuals
Telegram Channel: https://t.co/KUkXqwLO2W pic.twitter.com/nDczP3KgzS
އެ ރަސްމިއްޔާތު ފެށުމުގެ ގޮތުން ހަނިމާދޫ އެއާޕޯޓަށް ފުރަތަމަ ފަހަރަށް އޭ-320 މަރުކާގެ މަތިންދާބޯޓެއް މިރޭ 7:00 ގައި ޖައްސާނެ އެވެ. އެއީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ބޯޓެކެވެ. އަދި މިރޭގެ 8:30 އިން ފެށިގެން ތިން މިނިޓަށް ހަވާއަރުވާނެ އެވެ.
އެމްއޭސީއެލް އިން ހިންގާ ހަނިމާދޫ އެއާޕޯޓު އާ ޓާމިނަލްގެ ކުރިމަތީގައި ބާއްވާ އެ ރަސްމިއްޔާތަށް ރައީސް މުއިއްޒުގެ ދެކަނބަލުންނާއި މިރޭގެ އެހެން މެހުމާނުންނަށް މަރުހަބާ ކިޔުމަށް ސަގާފީ އައިޓަމެއް ހުށަހަޅާނެ އެވެ.
ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސައްތާރު ހަސަން "މިހާރު" އަށް މިއަދު ވިދާޅުވީ މިރޭގެ ރަސްމިއްޔާތުގައި ހަނިމާދު އާއި ކައިރި އެހެން ރަށްރަށުން މެހުމާނުންނަށް ޖާފަތް އަރުވާ ގޮތަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ. އެ ރަށުން އެކަނި ވެސް 43 ޖާފަތް އަރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ އެތެރެ: މިރޭ އެ އެއާޕޯޓު ރަސްމީކޮށް ހުޅުވަން ވަނީ ތައްޔާރުވެފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެ ރަސްމިއްޔާތަށް ޖާފަތް ގެންދާ އެހެން ރަށްރަށުގެ ތެރޭގައި އެ އަތޮޅު ކުޅުދުއްފުއްޓާއި މަކުނުދު އާއި ކުރިނބި އާއި ނެއްލައިދު އާއި ހިރިމަރަދޫ ވެސް ހިމެނެ އެވެ.
ކައުންސިލް ރައީސް ވިދާޅުވީ އެއާޕޯޓު އަލުން ހުޅުވުމަށް ތައްޔާރުވުމުގެ ގޮތުން އެމްއޭސީއެލް އިން އެދިގެން މިދިޔަ ތިން ދުވަހު އެ ރަށުގެ ރައްޔިތުން ނުކުމެ ވަނީ އެއާޕޯޓުގެ ޓާމިނަލްގެ އެެތެރެ އާއި ބޭރުގެ ސަރަހައްދު ވެސް ސާފުކޮށްފަ އެވެ. މިހާރު ވެސް އެ މަސައްކަތުގައި ރައްޔިތުން އެބައުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރަށުގެ ރައްޔިތުން ގުޅިގެން ވަރަށް ފޯރީގައި މި ރަސްމިއްޔާތަށް މި ތައްޔާރުވީ،" އޭނާ ވިދާޅުވި އެވެ.
އިންޑިއާގެ ލޯނު އެހީގައި ހަދަމުން އަންނަ ހަނިމާދޫ އެއާޕޯޓަކީ މިވަގުތު ރާއްޖޭގައި ހިންގާ އެއާޕޯޓް ތަރައްގީކުރުމުގެ އެންމެ ބިޔަ އެއް މަޝްރޫއު އެވެ. އެ އެއާޕޯޓުގެ އާ ޓާމިނަލް މިދިޔަ މަހުން ފެށިގެން އަންނަނީ ބޭނުންކުރަމުންނެވެ.
Final preparations are underway as we get ready for the opening of Hanimaadhoo International Airport. pic.twitter.com/MlwvycJNrw
— Maldives Airports Company Ltd (@MACLmedia) November 9, 2025
އެ އެއާޕޯޓު ތަރައްގީކޮށް، ރަސްމީކޮށް ހުޅުވުމަށް މިރޭ ބާއްވާ ރަސްމިއްޔާތުގައި ރައީސް މުއިއްޒާއި ސަރުކާރުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާގެ ކަލްޕަތަރު ޕްރޮޖެކްޓްސްއާ އެ އެއާޕޯޓްގެ މަސައްކަތް ހަވާލުކުރީ ސެޕްޓެމްބަރު، 2022 ގަ އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ އެއިރޯ ބްރިޖު: މިރޭ އެ އެއާޕޯޓު ރަސްމީކޮށް ހުޅުވަން ވަނީ ތައްޔާރުވެފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެ މަޝްރޫއުގެ ދަށުން ހަނިމާދޫ އެއާޕޯޓުގައި 2.7 ކިލޯމީޓާރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ އާ ޓާމިނަލަކާއި އާ އެއާޓްރެފިކް ކޮންޓްރޯލް ޓަވަރަކާއި ކާގޯ އިމާރާތެއްގެ އިތުރުން ފިއުލް ފާމެއް ހެދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
އެންމެ ބޮޑެތި ބޯޓުތައް ޖެއްސޭ ވަރަށް ތަރައްގީ ކޮށްފައިވާ ރަންވޭގެ މަސައްކަތް މިދިޔަ އަހަރު ވަނީ ނިމިފަ އެވެ.
އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އެ މަޝްރޫއަށް 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަސަން ކުރުސީ
09 November 2025
މަގޫދޫއާ ނިލަންދޫ އެއާޕޯޓު ހުޅުވާއިރު ހާދަ ފޯރިއެއްހުންނާނޭ. އެއްބަޔަކު އަނެއްބަޔަކާދިމާއަށް ގޮބޮޅި އުކާ ބަޔަކަށް ހާނިއްކަވެދާނެތީ ސަލާމަތަށްޓަކާ އިޒްރޭލުގެ އަޔަންޑޯމް ސިސްޓަމަށް ކުރީބައިގައި އޯޑަރުޖެހުމަށް ގައުމުގެ ދިފާއީބާރަށް ގޮވާލަން.
އަލީ ހަފިޒް
09 November 2025
160 މިލިޔަން ޑޮލަރު ހޭދަކޮށްގެން ތީގެ 5 އެއާޕޯޓް ހެދޭނެ. އެމްޑީޕީ .. ..ކުރީ ސުމާރެއްކޮށްނޫން
ސުފޭދު
09 November 2025
ޝުކުރިއްޔާ ރައީސް ޔާމީނު، އެބޭފުޅާގެ ތަސައްވުރެއް މީ.
ހޯރަބޭ
09 November 2025
ސުކުރިއްޔާ ރައީސް ސޯލިހު
އަދުރޭރ
09 November 2025
އެމްޑީޕީ ސަރުކާރުން ނިންމި އެއާޕޯޓު ހުޅުވަން މުއިއްޒު
ފަރީސަ
09 November 2025
ސޯލިހު ގެ ޕްރޮޖެކްޓަކަށް ތަ ވާނީ ނޫނީ މުއިއްޒުއަށްތަ ލިބޭނީ ކްރެޑިޓް
އަފްރާސިޔާބު
09 November 2025
ކޮންމެ ގޮތެއްވިޔަސް މުއިއްޒު ހުޅުވުމުގެ ރަސްމިއްޔާތު ފުރިހަމަ ކޮށްދޭނީ. ރައްޔިތުން އެއަރޕޯޓް ގެ ލޯނަށް ފައިސާ ދައްކާނީ. އިބްރާހީމް މުޙައްމަދު ޞާލީހުގެ ތަސައްވުރެއްގެ ދަށުން ޑިވެލޮޕް ކޮށްފައިވާނީ އަދި ކުރަމުންދާނީ.
ޖަގޭ
09 November 2025
100% ރ.ސޯލިހުގެ މަސައްކަތް، ގާބުރިއެއްހާ މިނުންވެސް ނުބޭއްވިގެން އުޅޭ ރައީސް ވަރަށް ވެގެން ހުންނެވީ ހެހެހެ..
ރަދީފު ބިން ރަފައިދާ
09 November 2025
ތިޔަ ޖާފަތަކީ ނަސީރުގެ އައިޑިއަރެއްހެން ހާދަހީވެއޭ. އެކަމަކު ދެރައީ ޖުލައި 26ގާ މައިންޑު ކުރާފްޓުތަކާ ކާޓޫނުތައް ދުވިއިރު އެތަން ހެވިދިއްލިފާ ބަލަހައިގެންހުރީމާ.
ފޭދޫ ކަތީބުގެ ޔާފިޒް
09 November 2025
އައްޑޫ ގޭން ޓާމިންލް އަށް ވުރެ ފުރިހަަމަ.
އަފްރާސިޔާބު
09 November 2025
އައްޑޫގައި އެއީ ޓާމިނަލެއްތަ؟ ހިތްގައިމު ކަމެއްނުހުރޭ. މިފަހުން ތަރައްގީކުރި ދެ އެއަރޕޯޓްގެވެސް ވެސް ލޯން އަދާކުރާނީ ދިވެހިން. ޔާމީނާއި އިބްރާހީމުގެ ތަސައްވުރެއްގެ ކުލަޖައްސައި ކުރަހާނިންމީ. މުއިއްޒަށް ހުޅުވުމުގެ ޝަރަފުލިބެނީ.
މީދޫ ކަހީ
09 November 2025
މަރުހަބާ އުތުރުގެ ރައްޔިތުން.
ޖަގޭ
09 November 2025
ޝުކުރިއްޔާ! ރ.ސޯލިހު