ފަނޑިޔާރެއްގެ މަގާމުގެ ފަތްކޮޅު: ޑިގްރީ ހާސިލް ނުކޮށް ތިބި މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުން ޑިގްރީ ހާސިލްކުރަން ލާޒިމްވާ ގޮތަށް ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ވަނީ ފާސްކޮށްފައި --- ފޮޓޯ/މިހާރު
10 ނޮވެމްބަރ 2025 - 15:31
މެޖިސްޓްރޭޓް ކޯޓްތަކުގެ ފަނޑިޔާރުން ވެސް ގާނޫނީ ދާއިރާއިން އެންމެ ދަށްވެގެން ފުރަތަމަ ޑިގްރީ ހާސިލްކުރަންޖެހޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ފަނޑިޔާރުންގެ ގާނޫނު މިހާރު އޮންނަ ގޮތުން މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުންގެ ތައުލީމީ ޝަރުތަކީ ޑިޕްލޮމާ އެވެ. ނަމަވެސް އެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ސައުދުﷲ ހިލްމީ ހުށަހެޅުއްވި އެ ބިލްގައިވާ ގޮތުން އެ މަގާމުގެ ވެސް ތައުލީމީ ޝަރުތަކީ ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ޑިގްރީއެއް ހާސިލް ކުރުމެވެ. އަދި އެ ޝަރުތު ހަމަނުވާ މެޖިސްޓްރޭޓުން ފަސް އަހަރު ތެރޭގައި ޑިގްރީ ހާސިލްކުރަން ޖެހޭނެ ކަމަށް ބިލްގައިވެ އެވެ.
މީގެ އިތުރުން އެ ބިލް ގާނޫނަކަށްވުމުން ޑިގްރީ ނެތް ފަނޑިޔާރުން އެއް އަަހަރު ދުވަހުގެ ތެރޭގައި ޑިގްރީ ޕްރޮގްރާމެއްގައި ލާޒިމުވާނެ ކަމަށް ބިލްގައިވެ އެވެ. އަދި ޑިގްރީ ހާސިލުކުރުމުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެކަން ބެލުމަށްފަހު ޝަރުތު ހަމަވާ ކަމަށް ނިންމަން އެ ބިލް ލާޒިމްކުރެ އެވެ.
ނަމަވެސް އެ މުއްދަތުގައި މަގުބޫލު އުޒުރެއް ނެތި، ޑިގްރީ ހާސިލް ނުކުރާ ފަނޑިޔާރުންނަކީ ފަނޑިޔާރު ކަމަށް ޝަރުތު ހަމަނުވާ ބައެއް ކަމަށް ކަނޑައަޅައި، އެފަދަ ފަނޑިޔާރުން މަގާމުން ވަކި ކުރަންވާނެ ކަމަށް އެ ބިލްގައިވެ އެވެ.
މީގެ އިތުރުން އުމުރުން 55 އަހަރުނުވި ނަމަވެސް އަމިއްލައަށް އެދިގެން ފަނޑިޔާރުން ރިޓަޔާވެވޭ ގޮތަށް ވެސް އެ އިސްލާހުގައި ހިމަނާފައިވެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލް ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިިގެންނެވި 64 މެންބަރުންގެ އިއްތިފާގުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބޫ
12 November 2025
ޤާނޫނުގަ ކޮންމެ ގޮތަކަށް އޮތަސް މި ހާރުވެސް ޑިގުރީއެއް ނެތިއްޔަ މެޖިސްޓްރޭޓް ކަމަކަށް ކުރިމައްޗެއް ނުލެވޭނެ. ސަބަބަކީ ކުރިން އޮތް ގޮތުން ޑިޕްލޮމާ އެއް އޮތަސް ޤަނޫނީ ދާއިރާގެ މަދުވެގެން ދެ އަހަރުގެ ތަޖުރިބާ ލާޒިމުކުރޭ. ޤަނޫނީ ދާއިރާގެ ތަޖުރިބާ ކަމަށް ބަލަނީ ވަކާލާތު ކުރުމުގެ ހުއްދަ އޮވެ 2 އަހައރު ފާއިތުވުމަށް. ވަކީލުކަމުގެ ހުއްދަ ލިބެނީ ޑިގުރީއެއް އޮވެގެން.
ބީލް
10 November 2025
ހެޔޮނުވާނެ ތި މަޖިލިސް މެމްބަރުންނަށް ތިކަން ށަރުތުކޮށްބަލަ.
ޒިކުރާ
10 November 2025
ޒިކުރާ ކޮލެޖުން އެންރޯލް ކުރޭ އަވަހައް. އޮންލައިންކޮއް
ޢައަްޔަ
10 November 2025
މަޖިލިސް މެމްބަރުންކަމަށް ޑިގްރީއެއް އޮތުން ލާޒިމް ކުރާނީ ކޮންއިރަކުންހޭ؟
ވަންޗޫ
10 November 2025
ތިޔާއެކު ވަރަށް ރަނގަޅުވީސް ހުށަހަޅާ މައްސަލަތައް ވަކިމުއްދަތެއްގެ ތެރޭގައި ބަލައި ނިންމަން ފާސްކުރިނަމަ! ރައްޔިތުން މިތިބެނީ އުމުރު ހުސްވަންދެން ތިއަދުލު އިންސާފުލިބޭތޯ! ވަކިމުއްދަތެއްގެ ތެރޭގައި މައްސަލަތައް ނުނިންމާ ގާޒީންނާމެދު ފިޔަވަޅު އަޅާގޮތަށް ހަދައިގެން ނަމަވެސް އެބަޖެހޭ ރައްޔިތުންނައް އަދުލުއިންސާފު ލިބޭނެގޮތް ހަމަޖައްސައިދޭން!
އަބޫ
12 November 2025
ކޮމެންޓް ކުރުމުގެ ކުރިން ލިޔުމުގެ ސުރުހީއާއި ލިޔެފަ އޮތް އެއްޗެއް ރަނގަޅަށް ކިޔާލާނަމަ ކިހާ ރަނގަޅު. މި ލިޔުމަކީ ރޭ ފާސްކުރި ޤާނޫނެއްގެ އޮތް ވަކި ބައެއްގެ މައްޗަށް ލިޔެފަ އޮތް ލިޔުމެއް. އެހެން ވީއިރު އެ ބަޔާއި ނުގުޅޭ ވާހަކައެއް ލިޔާކަށް ނުޖެހޭ. ހަމަ އެ ޤަނޫނުގަ އެބަ އޮތޭ އިނގޭތޯ ހުށަހަޅާ ކޮންމެ މައްސަލައެއްވެސް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަން ފަނޑިޔާރުންނަށް ލާޒިމުކޮށްފަ. އަދި އެ މުއްދަތުގައި ނުނިންމިއްޖެ ނަމަ ދެން ކަން ކުރަން ޖެހޭ ގޮތްވެސް.
ކޮރަލް
10 November 2025
ޑިގްރީ އެއް ނެތި މަޖްލީހަށް ކުރިމަތި ނުލެވޭ ގޮތަށް ހަދަން ވީ ނޫން ހެއްޔެވެ؟
ގުދުގުދާބެއްޔާ
10 November 2025
މިގައުމުގެ ސައުއީދާއިރާއަކީ އެންމެ ކޮރޮޕްޓް ވެފައިވާ އެއްތަން! މައްސަލައެއް ވައްދާތާ 3 އަހަރުވާއިރުވެސް އެ އޮންނަނީ އަދުނޫން މާދަމާ އަށް ގޮސް ސިހާބު ބުނާހެން ކަލްދޯ ބަޖޭއަށް ވެ ނިމިފަ!
ބާބަކަލޯ
10 November 2025
ގޭގާއިނދެގެންވެސް ގޮނޑުދޮށުގާ އިނދެގެންވެސް މިއަދު ޑިގުރީ ނެގިދާނެ. ޑިގުވެސް ކުޅެވިދާނެ. ނުކުރެވޭނެ ކަމެއް ނޯންނާނެ.
މިއައު
10 November 2025
މި ފާސް ކުރަނީ ހުރިހާ އިލްމަކުން ޕީއެޗްޑީ ނަގައިން ތިބި އިހްލާސްތެރި ބޭފުޅުން
މިސް
10 November 2025
މީގެ އިތުރުން އުމުރުން 55 އަހަރުނުވި ނަމަވެސް އަމިއްލައަށް އެދިގެން ފަނޑިޔާރުން ރިޓަޔާވެވޭ ގޮތަށް ވެސް އެ އިސްލާހުގައި ހިމަނާފައިވެ އެވެ. އަޅެ ގާނޫނަގައި ލިޔާނެ އެއްޗެއް ނޭގެންޏާ މަޑުމަޑުން ތިބީމަ ނިމުނީނު، މި ހީވަނީ މި ގައުމަކީ ބުރޫނާއީ، ގަތަރު، ޔޫއޭއީ ފަދައިން ހައްދުން ނެއްޓޭވަރަށް މުއްސަދިކަން ލިބިފައިވާ ގައުމެއްހެން، ކުރިއަށް އޮތްތަނަށް ދައުލަތަށް ބުރަބޮޑުވާ ގާނޫނެއްނޫނީ ފާސް ކުރާކަށް ނޭގޭ ބަޔަކީތަ މިއީ،
ކޮރަލް
10 November 2025
ރިޓަޔަރ ވީމަ ލިބޭ ބައި ބޮޑީ އެވެ.