ކުރިން ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ކުރީގެ މަޖިލިސް މެމްބަރު އަލީ އާޒިމް ވަހާކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
10 ނޮވެމްބަރ 2025 - 15:45
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ކުރިމަތިލުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކުރީގެ މަޖިލިސް މެމްބަރު އަލީ އާޒިމަށް ތާއީދުކުރައްވާކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހާމަކުރައްވައިފި އެވެ.
އަލީ އާޒިމަށް ތާއީދުކުރައްވާކަން ނަޝީދު ހާމަކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އާޒިމްގެ ފޮޓޯއަކާ އެކު ހިއްސާކުރެއްވި އެ ޕޯސްޓުގައި "އަލީ އާޒިމް، މާލެ ސިޓީގެ މޭޔަރު ކަމަށް" ލިޔުއްވާފައިވެ އެވެ.
ނަމަވެސް މިކަމާ ބެހޭ ގޮތުން އަލީ އާޒިމްގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
ނަޝީދުގެ ތާއީދު އަލީ އާޒިމަށް އޮތްކަން ހާމަކުރެއްވި އިރު، މިހާރު ވެސް މާލޭގެ މޭޔަރުކަން ކުރައްވާ އާދަމް އާޒިމް ވެސް އެމްޑީޕީގެ ފަރާތުން މޭޔަރުކަމުގެ ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވައިފަ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ އަރިސް ބޭފުޅެއް ކަމަށްވާ އާދަމް އާޒިމް މިހާރު ވަނީ ކެމްޕެއިން ވެސް ފައްޓަވައިފަ އެވެ.
ރައީސްކަމުގެ މަގާމަށް ޑރ. މުހައްމަދު މުއިއްޒު އިންތިހާބުވުމާ ގުޅިގެން މޭޔަރުކަމުން އިސްތިއުފާ ދެއްވުމުން ބޭއްވި ބައި އިލެކްޝަން ކާމިޔާބުކުރައްވައި އާދަމް އާޒިމް މަގާމުގެ ހުވާކުރެއްވީ މިދިޔަ އަހަރުގެ ޖެނުއަރީ 22 ގަ އެވެ.
ކައުންސިލްތަކުގެ ދައުރުގެ ތެރެއިން ބާއްވާ ބައި އިލެކްޝަންތަކުގައި އިންތިހާބުކުރާ މެންބަރުންގެ ދައުރު ގުނަނީ ކައުންސިލްގެ ދައުރުން ބާކީ އޮތް މުއްދަތަށެވެ. އެހެންވެ، އަންނަ އަހަރުގެ މާޗު މަހު ބާއްވާ ކައުންސިލްތަކުގެ އިންތިހާބުގައި މާލޭގެ މޭޔަރު ވެސް އަލުން އިންތިހާބު ކުރަން ޖެހޭނެ އެވެ.
އެ އިންތިހާބުގައި ވާދަކުރަން ނިންމަވައި އާދަމް އާޒިމް ވަނީ އޭނާގެ ބައެއް ސަޕޯޓަރުންނާ އެކު މި މަހުގެ ހަތަރުވަނަ ދުވަހުގެ ރޭ ބައްދަލުވުމެއް ވެސް ބާއްވައި، ތާއީދު ހޯއްދެވުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިފަ އެވެ. އެކަމަކު އާދަމް އާޒިމް ނިސްބަތްވާ، އިދިކޮޅު އެމްޑީޕީން މޭޔަރު ކަމުގެ މަގާމަށް ނެރޭނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް އަދި ޕްރައިމަރީއެއް ނުބާއްވަ އެވެ.
މޭޔަރުކަމުގެ ކެމްޕެއިން އާދަމް އާޒިމް ފެއްޓެވިއިރު، އެ މަގާމަށް ސަރުކާރުގެ ފަރާތުން ކުރިމަތިލައްވާނެ ބޭފުޅަކު ވެސް އަދި ނޭނގެ އެވެ. ކައުންސިލުގައި މިހާރު ވެސް އޮތީ، ވެރިކަން ކުރާ ޕީއެންސީގެ މެޖޯރިޓީ އެވެ.
އާދަމް އާޒިމް މާލޭގެ މޭޔަރުކަމުގެ އިންތިހާބު ކާމިޔާބުކުރެއްވީ މިހާރު ސިޓީ ކައުންސިލްގެ ކައުންސިލަރަކަށް ހުންނެވި މުހައްމަދު ސައިފް ފާތިހާއި ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދުއާ ވާދަކުރައްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފުރަތަމަވެސް ވަކ އައުޓްކަމެއް ބޭނުންވަނީތި؟
12 November 2025
ޑިމޮކްރެޓްސް އަށް ގޮސް އައިސް ތި ގޮތަށް ބަސް ކިޔޭތަ؟ ޑިމޮކްރަސީގެ ރީތި ހަމަޔަށް ޕާޓީތެރެއިންވެސް އެއްބަރުލުން ދޭކަން ދައްކަބަލަ. ފާޅުގަ އެއްވެސް މީހެއް ފަހަތަށް ނާރާ ހޮވޭ މީހަކާއެކު ތިމަންނަ ހުންނާނެކަން ދެއްކުން ދޯ މުހިންމީ.
ރާވެރިބެ
10 November 2025
މަގޭ ތާއިދު އޮންނާނީ މިހާރުގެ މޭޔަރު ނޫން އެހެން މީހަކަށް. އަދި ނުނިންމަން ސަޕޯޓުކުރާނެ މީހެއް.
ތައްޔިތު މީހާ
10 November 2025
ނަޝީދުގެ އެއްވެސް މީހަކައް ވޯޓް ނުދޭން ނިންމައިފީމެވެ
އޮނަރަބްލް އަފީފު ދީދީ
10 November 2025
ދެ އާޒިމްގެ ތެރެއިން މޭޔަރު ކަމުގެ މަޤާމްދޭން އަލީ އާޒިމް އަށް ވުރެން އެތައް ގޮތަކުން އާދަން އާޒިމް ރަނގަޅު ކަމަށް ދެކެން. އެހެން ކަމުން އެމްޑީޕީގެ މެންބަރުން ޓިކެޓް ދިނުމުގައި ރަނގަޅަށް ވިސްނުން ބަހައްޓާނެ ކަމަށް އުއްމީދު ކުރަން. މާލޭގެ މޭޔަރަކަށް ހުންނަންވާނީ ކޮންމެވެސް ވަރެއްގެ އަޙްލާގެއް ވެސް ހުންނަ މީހެއް.
ޢައިޝ
10 November 2025
ޒުވާނުންނަށް ފުރުސަތުދޭކަށް ނުވޭތޯ..އަދިވެސް މިނެރެނީ ރައްޔިތުންނޫނެކޭ ބުނެގެޔަށްފޮނުވާލާފަ ތިބި މީހުން..
ހުސޭން ކުރުސީ
10 November 2025
އަނެއްކާ ދެ ގރ ތަޅައިގަންނާނީއެއްނޫން. އޭރުން ޕާޓީގަނޑު ނިކަމެތިވާނީ.
ޑިސްކު
10 November 2025
އައްޗީޑި ، އަނަފް އޮފް ދިސް ގައިސް ، މަގޭ ހިތަށްއަރާ މި މީހުން ލަދުގެ ކަންފުޅެއް ވެސް ނެތީބައި އޭ !
ކޮރަލް
10 November 2025
އާ މީހަކަށް ފުރުސަތު ދޭން ވީ އެވެ.
ދިއްދޫމީހާ
10 November 2025
އަހުން ތިޔަ ދެމީހުންނާ ސުވާލްކޮއްލަން ބޭނުންވަނީ އެއިރު އެމްޑީޕީން ދަނޑިކޮށި ޖަގަހަ ހުޅުވީ ކޮންހާދިސާއަކާ ގުޅުވާފަތޯ؟އަދި ޖަގަހަ އަލީ އާޒިމްގޮސް ޕޯޑިއަމްއަރާ ވާހަކަ ދައްކާއިރު ޖަގަހާގެ ނަންމަތިން ހަނދާން އެބަހުރިތޯ؟؟
މިއައު
10 November 2025
ދެން ހަމަ ރަނގަޅު މީހަކު ނެތީތޯ؟