ހުޅުމާލެ 2 ގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އެކަކު ދުއްވި ސައިކަލް.
10 ނޮވެމްބަރ 2025 - 23:58
ހުޅުމާލެ 2 ގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެކަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނިގޮތުގައި، ހުޅުމާލެ 2 ގެ ނިކަގަސް މަގުގައި ހިނގި މި އެކްސިޑެންޓުގައި މަރުވީ ކ. ދިއްފުށި، ލައިޓް ގާޑަން، އިސްމާއިލް ރަޔާން ބިން ނާޒިމް، 19، އެވެ.
ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވި ކަމަށާއި ރަޔާން މަރުވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަނިކޮށް ކަމަށް ޑޮކްޓަރުންނާ ހަވާލާދީ، ފުލުހުން ބުންޏެވެ.
ހުޅުމާލެ 2 ގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ހިމެނޭ ދެ ވަނަ ސައިކަލް
ފުލުހުން ބުނީ އެކްސިޑެންޓު ހިނގީ ނިކަގަސް މަގުގެ "ވަންވޭ" އާ އިދިކޮޅަށް ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް، އެ މަގަށް އެޅި އެހެން ސައިކަލެއްގައި ޖެހިގެން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ަޖަޕާނީ
11 November 2025
އަދިވެސް ދަރިން ލޯބިން ޒިންމާ އަދާ ނުކުރުވާ، ކުރެވޭނެ ކަންކަން އަދި ނުކުރެވޭނެ ކަންކަން ކިޔާ ނުދީ އުޅޭ!! ދަރިން ހަލާކު ކުރަނީ މައިން ބަފައިން އަދި ދޯހަޅި ސިޔާސީ ލީޑަރުން! ދެމެފިރިން އެކުގައި ވަގުތު ހޭދަނުކޮށް، އަހަރު ތަކެއް “މަސައްކަތުގެ”ނަމުގައި އޮފީސް ލޯބި، ތައިލޭންޑް އަދި މިހާރު ވެއެޓްނާމް، ފިލިޕީންސް ލޯބީގަ ގަރަބްވެފަ، ދަރިން އަދި އަމިއްލަ ހަޔާތް ބަރުބާދުކުރަނީ! ދެން މިވާހަކަ ބުނާ މީހާދެކެ އަންނަނީ އަމަށަކު ރުޅި!
މުލޭ
11 November 2025
ތަންފީޒީ ޒިންމާއާއި ފަރުދީ ޒިންމާ ވެސް އަދާނުކުރެވިގެން މިފަދަ ޙާދިސާ ގިނަވަނީ. ތަންފީޒީ ޒިންމާ އަދާނުކުރެވެނީ ސިޔާސީ މީހުންގެ ނުފޫޒާ ހެދި. ތަންފީޒުކުރަން ތިބޭ މީހުން އުލު ބައިންދައިގެންވެސް ތިމާއާ ގުޅިފައި ހުންނަ މީހާ ކުރާ ކުށަށް އަދަބުލިބުނަ ނުދީ ސަލާމަތްކުރަން ނުފޫޒުގަދަ މީހުން މަސައްކަތް ކުރާހާ ހިނދަކު މިގައުމުގެ ކަންކަން ހަމައަކަށް ނޭޅޭނެ. ސިޔާސީ މީހާ ބުނާގޮތަށް ޢަމަލުނުކޮށްފިއްޔާ ވަޒީފާގައި ވެސް ނުހުރެވޭ. ކުރިމަގުގެއުންމީދު ގެއްލެމުންދަނީ.
އުދުހޭ
11 November 2025
ދެން އަވަހަށް މަރުހަބާ ކިޔަން 50 މީހުން ނަގާ. ނުވަތަ މަގުގައި "ލުކް ޑައިރެކްޝަން" ލިޔޭ
ސަކިންތަ
11 November 2025
އިންސާނުންހެން ދިރިއުޅެން ދަސްވެފަތިބިނަމަ ތިހެން ނުވީސްކަން ކަށަވަރު.
ޙުނަފާ
11 November 2025
ވަރަށްވެސް ހިތާމަވެރި.. إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ މާތްﷲ، މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި ! އަދި މައްޔިތާގެ ޢާއިލާއަށް ކެތްތެރިކަން ދެއްވާށި . . آمیـــــــــــــن یارب العالمی
ބައޯ
11 November 2025
އިދިކޮޅަށް ދުއްވުނަކީ މިހާރު ވަރަށް އާއްމުކަމެއް.
ތޮއްޅޭ
11 November 2025
މުޅި ގައުމުވެސް ދުވަނީ އިދިކޮޅައް. އެސޮރު އެކަންޏެއް ނޫން.
000000000
11 November 2025
މައްސަލައަކީ ޤާނޫނާ ގަވާއިދުތައް ތަންފީޒު ކުރުމުގެ ޒިންމާ އުފުލުމަށް ރައްޔިތުންގެ ޓެސްކްސް ފައިސާ އިން މުސާރަ ނަގައިގެން ތިބޭ ފަރާތްތަކުން ޒިންމާ ނޫފުލާ "ފަރުދީ ޒިންމާ" އަށް ކަންކަން ދޫކޮށްލާފައި އޮތުން!! މުޖްތަމަޢުތައް ފަރުދީޒިންމާ އަށް ދޫކޮށްލާފައި އޮތުމުގެ ނަތީޖާ އަކީ އެފަރުދަކު ހިތުހުރި ގޮތަކަށް އުޅުން!!!! ފަރުދީ ޒިންމާ އާއި ތަންފީޒީ ޒިންމާގެ ތަފާތު އެ ފުލަންޖެހޭ ފަރާތްތަކަށް ދަސްކޮށްދޭންވީ!!
ތަމެންދޯ
11 November 2025
ރަނގަޅު ރަނގަޅު ރަނގަޅު ރަނގަޅު ރަނގަޅު ރަނގަޅު ކޮބާ ޓްރެފިކް ޕޮލިސް ނިދާފައިދޯ
ޓޫވޭ
11 November 2025
މާލޭގަވެސް މިހާރު ވަންވޭ ހުންނަހެނެއް ހިއެއްނުވޭ އެކިއުމުރުފުރައިގެ ބޭފުޅުން ވަންވޭ ފަޅާލުމަކީ މިހާރު އާންމުކަމެއް
ހެޕީ
11 November 2025
ދެން ފޫޓަކުން، ފޫޓަކުން ބަންޕަރު އަޅާ،