ރައީސް މިއަދު ވިދާޅުވީ، މުސާރައާ ގުޅޭ އެއްވެސް ކަހަލަ ތަފާތު ކުރުމެއް ނުވަތަ އިޝޫއެއް އުޅޭ ނަމަ ހައްލުވާނެ ކަމަށް.
މި އަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.--- ފޮޓޯ: ރައީސް އޮފީސް
11 ނޮވެމްބަރ 2025 - 12:27
ސިވިލް ސާވިސް މުވައްޒަފުންނަކީ ގައުމު ހިންގާ "ފައުޖު" ކަމަށާއި އެ މުވައްޒަފުންގެ ބުރަ މަސައްކަތް އަގުވަޒަން ކުރުމުގެ ގޮތުން މުސާރައަށް މި މަހު ގެނައި ބަދަލާ ގުޅިގެން ހުރި ބައެއް ކަންބޮޑުވުންތަކަށް ހައްލު ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ސޯޝަލް ސެންޓަރުގައި ހެނދުނު ބޭއްވި 57 ވަނަ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ ޖުމްހޫރީ ވެރިކަމެއްގައި ސަރުކާރަކުން ދޭ ހިދުމަތްތައް ފޯރުކޮށްދިނުމަށާއި ކަނޑައަޅާ ސިޔާސަތުތައް ތަންފީޒު ކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ "ފައުޖަކީ" ސިވިލް ސާވިސްގެ މުވައްޒަފުން ކަމަށެވެ. ދައުލަތަށް ހިދުމަތް ކުރުމުގެ ގައުމީ އިނާމު 97 ބޭފުޅަކަށް ދިން އެ ޖަލްސާގައި ރައީސް ވިދާޅުވީ އެ މުވައްޒަފުންގެ ބުރަ މަސައްކަތް އަބަދުވެސް އަގުވަޒަން ކުރަން ޖެހޭ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ ސިވިލް ސާވިސް އާއި ކައުންސިލްތަކުގެ މުވައްޒަފުންނާއި ޖުޑިޝަރީ ހިމެނޭހެން އެ ދާއިރާތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ މިހާރު ބޮޑުކޮށްފައިވާ ކަމަށާއި މި މަހުގެ މުސާރަ ލިބޭއިރު ކޮންމެ މުވައްޒަފަކަށް ވެސް ހެޔޮ ބަދަލެއް ފެންނާނެ ކަމަށެވެ.
"އެއްވެސް ހާލެއްގައި، އެއްވެސް އޮފީހެއްގެ މުވައްޒަފެއްގެ، އެއްވެސް ވަރެއްގެ ކަންބޮޑުވުމެއް މިކަމުގައި އުޅޭކަމުގައިވާ ނަމަ އެކަމެއް ކުރިއަށް އޮތް ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެ މުއައްސަސާއެއްގެ ކަމާ ބެހޭ ބޭފުޅުން ޕޭ ކޮމިޝަނާ އެކީ ކުރައްވާނެ،" ރައީސް ވިދާޅުވި އެވެ.
"[މުސާރައާ ގުޅޭ] އެއްވެސް ކަހަލަ ތަފާތު ކުރުމެއް ނުވަތަ އިޝޫއެއް އުޅޭ ނަމަ ހައްލުވާނެ."
މި އަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވީ މުސާރަ އަށް ބަދަލު ގެނެސް ނެރެން ބޭނުންވާ ނަތީޖާއަކީ ހުރިހާ ސިވިލް ސާވިސް މުވައްޒަފުންނަށް ވެސް ލިބޭ އަސާސީ މުސާރަ ބޮޑުކޮށްދެވުން ކަމަށެވެ. އަދި މުސާރައާ އެކު ލިބޭ އެހެނިހެން އެލަވަންސްތައް ވެސް އެ އޮންނަ އުސޫލުން ދިނުން ކަމަށް ރައީސް ވިދާޅުވި އެވެ.
ދައުލަތުގެ ޕޭ ފްރޭމްވޯކުގެ ތެރެއިން މުސާރަ އަށް ބަދަލު ގެންނަން ޖެހޭ ސިވިލް ސާވިސްގެ ބާކީ ތިބި މުވައްޒަފުންނަށް މުސާރަ ބޮޑުކޮށްދިނުމަށް، ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނާފައި ވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ ހުރިހާ ސިވިލް ސާވަންޓުންނާއި ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންނާއި ޝަރުއީ ދާއިރާ ހިމެނޭހެން 20،000 އަށް ވުރެ ގިނަ މުވައްޒަފުންގެ މުސާރަ އަށް މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ވަނީ ބަދަލު ގެނެސް، މުސާރަ ބޮޑުކޮށް ދީފަ އެވެ.
މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް އަޑުއަހައި، މުސާރައަށް ބަދަލު ގެނައި އުސޫލަށް ރިއާޔަތްކޮށް، ޕޭ ކޮމިޝަނުން އެ ކަންބޮޑުވުންތަކަށް ޖަވާބު ދޭނެ ކަމަށް ރައީސް މީގެ ކުރިން ވެސް ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފޫހި
12 November 2025
ރައީސޭ. ބޮޑު ޖަލްސާ ބާއްވައިގެން ފޮޓޯ ގަނޑެއް ނެންގެވުމަށް ގިނަ ދުވަހު ޚިދުމަތްކުރި މީހުންނަށް މެޑަލް ދެއްވިއަސް ތިޔައީ އިޚްލާޞްތެރިކަމާއެކު ސަރުކާރުން ކުރާކަމެއްނޫން. ސަބަބަކީ މިފަހަރު ވެސް މުސާރަ ބޮޑުކުރި އިރު ކުރިން ސްޓެޕް އަށް ބަދަލުވެގެން މުސާރައަށް އިތުރުވީ ބައި ވަނީ އުނިކޮށްފަ. ދެން މިފަދަ ނިކަމެތި ކަމެއްދީފައި. ކީއްކުރާ މެޑަލްއެއް.
ފޫހި
12 November 2025
މާތްކަލާކޯ މިއީ ކޮންފަދަކަމެއް. އެއްބަޔަކަށް ބޮޑުމުސާރަލިބޭތާ 3 އަރު. އޭރު މުސާރަ ބޮޑުނުވާމީހުންނަށް ހަމަ މުސާރަ ބޮޑުކޮށްލީ. ކުރިން ބޮޑުކުރި މީހުން ނަށް އަނެއްކާ މިއޮތީ ބޮޑުކުރަންޖެހިފަ. ކޯޅިކޯޅިއަށް ބައިބަޔަކަށް މިކަން ކުރުމީ ހައްލެއް ލިބޭނެކަމެއްނޫން. މުސާރަ ބޮޑުވާންޖެހޭނީ ދައުލަތުގެ އެންމެންނަށް އެއްފަހަރާ އެއްރޭޝިޔޯއަކުން. މިހާރު މިހަދާގޮތުން އިރުއިރުކޮޅާ ތަކެތީގެ އަގުބޮޑުވާތީ، މުސާރަ ބޮޑުނުވާމީހުންނަށް އެއީ ވަރަށްބޮޑު ބުރައެއް.
ބަޑިތަކުރު
12 November 2025
މުސާރަ ބޮޑުކުރާނަމަ ވަޒީފާއާ ބެހޭ ގާނޫނުގައި އޯޓީ ދިނުމަށް ކަނޑައެޅިފައިވާ އުސޫލު ބަދަލުކުރަންޖެހެއެވެ. ރަސްމީ ވަގުތަށްވުރެ އިތުރުގަޑިއަށް އިތުރަށް ލިބޭގޮތަށް އަދި ބަންދު ދުވަސްތަކަށް އެއަށްވުރެވެސް އިތުރަށް ލިބޭގޮތަށް އޮތުމަކީ އެ ގާނޫނުގެ މަގުޞަދު ހާސިލު ނުވާ އެއްސަބަބެވެ. މީގެ ކުރީގައި މުސާރައިގެ ތިންބައިކުޅައެއްބަޔަށްވުރެ އިތުރަށް އޯޓީއަށް ނުލިބުނަސް މިހާރު އަމަލުކުރާގޮތަކީ ދައުލަތުން ހުރިހާ ލެވެލްއެއްގައި ވައްކަންކުރަން ހުޅުވިފައިވާ ދޮރެކެވެ.
ބަޑިތަކުރު
12 November 2025
މުސާރަ ބޮޑުވާއިރު ތަކެތީގެ އަގުތައް ރާސްލާފައި އަރައިގެންދާނެ. ތިޔައީ ހައްލެއްނޫން. ކަމެއް ކުރަންޏާ ޑޮލަރުގެ އަގު ތިރިވާނެގޮތް ހަދަންވީ. އެކަމެއް ނުވޭ. ހައްތަހާ ދަނީ މައްޗަށް. ދެން ކިހިނެއް މުސާރަ ބޮޑުވެގެން ފައިދާއެއް ކުރާނީ.
ސޯބު
12 November 2025
ކީއްވެހޭ ދައުލަތުގެ ބައެއް މުއައްސަސާތައް ބާކީ ކޮށް 15 އަހަރު ވެގެންދާއިރުވެސް މުސާރާގެ އެއްވެސް ކުރިއެރުމެއް ނުދީ ބޭ އިންސާފުން ކަންތައް ތިކުރަނީ.
ޢޭންޖަލް
11 November 2025
އޭވިއޭޝަން ދާއިރާގެ އެެއްބައިމީހުނަށްވީ ކުޑަ. ގާނޫނީ ގޮތުން ލިބޭ ޗުއްޓީ (އަހަރީ،، ފެމީލީ ލީވް) ނެގީމަ އަދި ސަރުކާރު ބަންދުވީމަ އެޓެންޑަންސް އެލަވަންސް ނުލިބި ގެޔަށްގެންދާ މުސާރަވީ ކުޑަ. އެެއްވެސް ހިތްހަމަޖެހުމެއްނެތް
ފިކުރީ ހަނގުރާމަ
12 November 2025
ތިޔަކީ ސިވިލް ސަރވިސް އެއްވެސް ނޫން. ބާރު ހުރި ބައެއްގެ ނުފޫޒުން މުސާރަ ބޮޑުވެފަ ތިއޮތީ…ކޮބާ ޖޮބް މެޓްރިސްތައް ؟ ކީއްވެ ޕޭކޮމިޝަން ސައިޓުން އޭވިއޭޝަން ގެ މެޓްރިސް ނުފެންނަނީ؟ ޕޮލިސް، އެމް. އެން. ޑީ އެފް އަދި އޭވިއޭޝަން އޮނިގަނޑެއް ނުފެނޭ. ގައުމީ ސަލާމަތާ ގުޅިފަހުރި މަޢުލޫމާތުބާ؟
ގެދޮރޭ
11 November 2025
ރަނގަޅު. ޢަސާސީ މުސާރަ ބޮޑު. ޓޭކް ހޯމް ޕޭ ދަށަށް ދިޔައީ.
ޡީން
11 November 2025
ޖުޑިސަރީގެ މުއައްޒިފުންގެ މުސާރަތަށްވީކުޑަ ތިންހާހުން ދެހާހުން ބައެއް މުއަށްޒިފުންނާށް ކުޑަވެގެންދިޔަ.
ޥާލީ
11 November 2025
މިވެރިކަމުގަ އަދި 1 ފަހަރު މުސާރަ ބޮޑުކޮށް ދެއްވަން ވާނެ. ހާދަ އުފާވެރި ކަމެކޭ މުސާރައަށް ބަދަލު އައުމަކީ. އަދި ރައީސް ތި ގެނެސް ދެއްވި ބަދަލަކީ ކަމަކަށް ކަމެއް ކުރުމެއް ނޫންވީމަ ވަކިން އުފާވެރިކަން ބޮޑުވި.
00000
11 November 2025
ޖުޑީޝަރީގަ ތިބޭނީ ވ ގިނަ ދުވަހުގެ ތަޖުރިބާ ހުރި އެކަމަކު ތައުލީމީ ފެންވަރު އެހާ ރަނގަޅުނޫން މީހުން.