ފުލުހުންގެ ވެހިކަލެއް: މިސްކިތަށް ގެއްލުން ދިން މައްސަލާގައި ހައްޔަރުކުރި މީހާ ވަނީ އޭނާގެ އާއިލާއާ ހަވާލުކޮށްފައި --- ފޮޓޯ/މިހާރު
11 ނޮވެމްބަރ 2025 - 17:02
މާލޭގެ މިސްކިތަކަށް ގެއްލުން ދިން މައްސަލާގައި ހައްޔަރުކުރި މީހާ އޭނާގެ އާއިލާއާ ހަވާލުކޮށްފި އެވެ.
ސުލްތާން ހަސަން އިއްޒުއްދީން މިސްކިތް (ތައިބާ މިސްކިތް) ގެ ކުޑަދޮރެއްގެ ބިއްލޫރިގަނޑެއް މިއަދުގެ ހެނދުނު ތަޅާލައި، ގެއްލުން ދިން މައްސަލާގައި ކުށުގެ ވެށިން ހައްޔަރުކުރީ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނީ އެ މީހާ މިހާރު އޭނާގެ އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.
ނަމަވެސް އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މާލޭގެ މިސްކިތަކަށް ގެއްލުން މައްސަލައެއް ފެންމަތިވިއިރު، ރޭ އައްޑޫ ހިތަދޫގެ މިސްކިތަކަށް ވެސް ބަޔަކު ވަނީ ރޭ ގެއްލުން ދީފަ އެވެ. ނަމަވެސް އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހައިމޫ
12 November 2025
ރީތިކޮއްލަންތޯ އާއިލާ އާއި ހަވާލުކުރީއޭ ތިޔަ ބުނަނީ.
ޚައްޖަ.
12 November 2025
ކޮބާ ޝެއިހުންތައް.އެމްޑީޕީ ސަރުކާރެއް އޮތްނަމަ އުތުރި އަރާނެ.ދޫކޮއްލީމަ ދީން ވެސް ހަތިޔާރަކައް ހަދައިގެން.ބޯ ހަލާކު.
ޕިސް
12 November 2025
ﷲގެ ގެކޮޅަށް ހުރުމަތްތެރި ކޮށް ނުހިތާ މީހުން ދެކެ އަހަރެން ނަފްރަތުވަން!! ނަފްސާނީ ވީމަ މިސްކިތައްތަ ހުރިހާ ވަރެއް ބާލަންވީ؟؟!
ބަބޫ
12 November 2025
މީހުން މަރާލައިގެން ޖަލުގަ ތިބި މީހުންތައްވެސް އާއިލާއާއި ހަވާލު ކޮށްލަބަލަ. މިސްކިތައް ގެއްލުންދީ ދީނައް ފުރައްސާރަކުރީމަ ސިކުނޑި ހަމަ ނުޖެހޭ މީހަކަށް ވާފަދައިން މީހުން މަރާމީހުންނާއި މަސްތުވާތަކެތި ބޭނުން ކުރާމީހުންނަކީވެސް ހަމަ ބައެއްނޫނޭ. އެއް ހުކުމެއް ހިނގަންވާނީ
އަބްޑޫޅް +
11 November 2025
ޙޫމް. އެއީ ކުށެއް ނޫން.
ޕިސް
12 November 2025
ކުށަކަށް ނުވާ hurihaa ކަމެއް ކޮށް ނަގައި އެންޑޯޒް ކުރަންތަވީ ދެން؟؟!!!
ރައުޔު
11 November 2025
ރޫލް އޮފް ދަ ލޯ ނުހިގާ ޤައުމަކަށްވީމާ ވާނެ ހައެތިން އެކަތި
އުދުހޭ
11 November 2025
ކުށުގެވެށިން ހައްޔަރުކުރީ ނަމާދަށްހުރި މީހެއްތަ
މުދިމުން ހޭލާ ތިބޭ
11 November 2025
މިރޭ ކޮން މިސްކިތެއްބާ؟
ނިއްކުރި
11 November 2025
ޖަލްސާއަށް އައިސްގެން އުޅޭ ސޮރެއްތަ؟