އެންމެ ގިނަ ދިވެހިން ވަޒީފާ އަދާކުރަނީ ފޮޅާ ސާފުކުރުމާއި އޮފީސްތަކުގެ އެހީތެރިންގެ މަސައްކަތްތަކުގައި.
ވ. ތިނަދޫ ކައިރީގައި ޓޫރިސްޓުންތަކެއް ކެނޯ ދުއްވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
12 ނޮވެމްބަރ 2025 - 10:09
ޓޫރިޒަމަކީ ދިވެހިރާއްޖޭގެ އިގުސާދު އަބަދުމެ ދެމިއޮންނާނެ ބިންގާ ކަމާ މެދު އެއްވެސް ދިވެއްސަކު ޝައްކެއް ނުކުރާނެ އެވެ. މީގެ 53 އަހަރު ކުރިން ވަރަށް އާދައިގެ ގޮތަކަށް، ކުޅަދާނަ މަދު ދިވެހި ވިޔަފާރިވެރިންތަކެއްގެ މިންނެތް މަސައްކަތުން ފެށިގެން އައި މި ސިނާއަތުގެ ހިޔާ މިއަދު ވަނީ މުޅި އިގުތިސާދަށް ފެތުރިފަ އެވެ.
މި ގަހުގެ މޫތައް މިވަނީ އިގުތިސާދުގެ މައި މޫގެ ގޮތުގައި ފޯދިފަ އެވެ. އިތުރު ސިނާއަތްތައް ގާއިމު ކުރުމުގެ ވާހަކަ އަޅުގަނޑުމެން ކިތަންމެ ވަރަކަށް ދެއްކި ނަމަވެސް އަޅުގަނޑު ގަބޫލު ކުރަނީ ދިވެހިރާއްޖޭގެ އިގުތިސާދު ކުރިއަށް އޮތް ގިނަ އަހަރުތަކެއްގައި ބަރޯސާވާނެ މައިގަނޑު ސިނާއަތަކީ ޓޫރިޒަމް ކަމެވެ.
ޓޫރިޒަމްގެ ސިނާއަތަށް އަންނާނެ ކޮންމެ ލޮޅުމަކީ އެހެން ސިނާއަތްތަކަށް އެ ލޮޅުން ތަހައްމަލް ކުރަން ޖެހޭނެ ކަމެކެވެ. އެހެންކަމުން، މި މުހިންމު ބިންގަލުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކެއްގެ އަޑު އަހައި، ގައުމުގެ ހަގީގީ ހާލަތަށް ރިއާޔަތް ކުރުމާ އެކު ދައުލަތުގެ ސިޔާސަތު އެކުލަވާލާ އަދި ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަކީ މުހިންމު ކަމެކެވެ.
ޓޫރިޒަމްގެ ތަފާސްހިސާބުތައް 2023 ގެ ނިޔަލަށް ދައްކާ ގޮތުން ޓޫރިޒަމްގެ ހިދުމަތް ދިނުމަށް 1،187 ތަންތަން ރަޖިސްޓަރީ ކޮށްފައި ވެ އެވެ. މީގެ ތެރޭގައި ހިމެނޭ 180 ރިސޯޓުގެ ތެރެއިން 70 ޕަސެންޓު ވިޔަފާރިތަކަކީ ސަތޭކަ ޕަސެންޓު ފޮރިން އިންވެސްޓްމަންޓް ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން 2024 ވަނަ އަހަރު ހެދި ސާވޭއިން ދައްކަ އެވެ.
ރާއްޖޭގައި ޓޫރިޒަމް ރޭވި ހިނގާ ގޮތުގެ ހަގީގަތަށް ބެލުމުން ސާފުވާ އެއްކަމެއް އެބައޮތެވެ. ޓޫރިޒަމުން އަހަރަކު ލިބޭ އާމްދަނީ މިހާރު ހަ ބިލިއަން އެމެރިކާ ޑޮލަރާ ހަމައަށް ވާސިލުވާއިރު، މި އާމްދަނީގެ ބޮޑު ނިސްބަތެއް ބާރުމިނުގައި ފުރޭނިގެން ދިވެހި އިގުތިސާދުން ބޭރުވާ ކަމެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ސާވޭއިން ދައްކާ ގޮތުގައި އަހަރު 10.75 ބިލިއަން ދިވެހި ރުފިޔާ ނުވަތަ ޓޫރިޒަމް އާމްދަނީގެ 15 ޕަސެންޓަކީ މުވައްޒަފުންގެ މުސާރައިގެ ގޮތުގައި ކުރާ ހޭދަ އެވެ. އަދި މި ހޭދައިގެ ތެރެއިން އަހަރަކު 5.7 ބިލިއަނެއްހާ ރުފިޔާ (53 ޕަސެންޓު) އަކީ ބިދޭސީންގެ މުސާރައިގެ ގޮތުގައި ހޭދަވާ ހަރަދު ކަމުގައި މި ސާވޭ އިން ދައްކަ އެވެ.
ޓޫރިޒަމްގެ ދާއިރާގައި ކުރެވޭ ހަރަދުތައް (ދިވެހި ރުފިޔާ އިން މިލިއަނުން)
ޓޫރިޒަމް ސިނާއަތުގައި 55،874 ވަޒީފާ އޮތް އިރު، ދިވެހިންގެ އަދަދަކީ 23،146 ނުވަތަ 41 ޕަސެންޓެވެ. ބިދޭސީންގެ ޢަދަދަކީ 32،728 އެވެ. އެއީ 59 ޕަސެންޓެވެ. ފިރިހެނުންގެ ނިސްބަތަކީ 89 ޕަސެންޓު ކަމަށް ވާއިރު 11 ޕަސެންޓަކީ އަންހެނުން ކަމަށް ދައްކަ އެވެ.
ދިވެހިންގެ ނިސްބަތް ޓޫރިޒަމްގައި ކަނޑައެޅުމަށް އޮންނަ އުސޫލަކީ ދައުލަތުން ކަނޑައަޅާ ރޭޝިއޯއެއްގައި ދިވެހިން ގެންގުޅުމެވެ. މިގޮތުން، މިހާރު ކަނޑައަޅާފައި އޮންނަ ރޭޝިއޯއަކީ 45 ޕަސެންޓު މުވައްޒަފުން ވާން ޖެހޭނީ ދިވެހިން ކަމުގަ އެވެ. އަދި ވަޒީފާގެ ގާނޫނަށް ގެނައި އެންމެ ފަހުގެ އިސްލާހުގައިވާ ގޮތުން ސެޕްޓެމްބަރު 25، 2025 ގެ ފަހުން ވިޔަފާރިތަކުގެ ސީނިއާ މެނޭޖްމަންޓުގެ 60 ޕަސެންޓު ވާން ޖެހޭނީ ދިވެހިން ކަމުގަ އެވެ. ރާއްޖޭގެ އާބާދީގެ ތަފާސްހިސާބާއި އިގުތިސާދުގައި އުފެދެމުން އަންނަ ވަޒީފާތަކުގެ އަދަދުތަކަށް ބެލުމުން މި ދެންނެވި ސިޔާސަތު ތަންފީޒު ކުރުމުގައި ބޮޑެތި ހިރާސްތަކެއް ވާކަން ފާހަގަވެ އެވެ.
މުޅި ރާއްޖޭގެ ދިވެހި މަސައްކަތްތެރިންގެ އާބާދީ އަށް ބަލާ ނަމަ ފެންނަން އޮތީ ވަރަށް ހިތްދަތި މަންޒަރެކެވެ. އެންމެ ފަހުން 2022 ވަނަ އަހަރު ބޯހިމެނުމުގެ ނަތީޖާ ދައްކާ ގޮތުން ދިވެހިންގެ ތެރޭގައި އެންމެ ގިނަ ބަޔަކު ވަޒީފާ އަދާކުރަނީ ފޮޅާ ސާފުކުރުމާއި އޮފީސްތަކުގެ އެހީތެރިންގެ މަސައްކަތްތަކުގަ އެވެ. މިގޮތުން، 5،882 ފިރިހެނުން މި ދާއިރާގައި އުޅޭއިރު 4،074 އަންހެނުން މި ދާއިރާގައި މަސައްކަތް ކުރެ އެވެ.
މަސައްކަތްތެރިންގެ އާބާދީގައި ބިދޭސީން މިހާ ގިނަ ގައުމެއްގައި، ދިވެހިން މިފަދަ އާދައިގެ މަސައްކަތްތަކުގައި ތިބުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ގައުމީ ތަރައްގީގެ ވިސްނުން އައު ވިސްނުމަކުން ވިސްނަން ވެއްޖެ ހައްސާސް މައްސަލައެކެވެ.
ފެންނަން އޮތް މަސައްކަތްތެރިންގެ ހާލަތަށް ބަލާ ނަމަ ރާއްޖޭގެ ޓޫރިޒަމްގެ ސިނާއަތް މިހާރު މިވަނީ ބިދޭސީން ބޮޑު ނިސްބަތަކުން ނެތި ނުހިނގޭހާ ބޮޑު ސިނާއަތަކަށް ވެފަ އެވެ. އެއްކޮޅުން، ޓޫރިޒަމްގެ ސިނާއަތުގައި އުފެދޭ އިންވެސްޓްމަންޓްތައް އަހަރުން އަހަރަށް އިތުރުވެ. މި ސިނާއަތަށް ބޭނުންވާ މަސައްކަތްތެރިންގެ ނިސްބަތް އިތުރުވާ އިރު، ދިވެހިންގެ އާބާދީ ކުރިއަރާ ވަރު ހުރީ ދިމާ އިދިކީއްޔަށް ކަމުގައި ތަފާސްހިސާބުން ދައްކަ އެވެ.
އަންނަ އަހަރަކީ ދިވެހިރާއްޖޭ އާބާދީ އުމުރުން ދުވަސްވަމުން އަންނަ ގައުމަކަށް ވާން ފަށާ އަހަރެވެ. އަދި ކުރިއަށް ހުރި އަހަރުތަކުގެ ތެރޭ އަންދާޒާ ކުރެވޭ ގޮތުގައި ދިވެހިންގެ އާބާދީ މުސްކުޅިވަމުން ދާނީ ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު ވަރަށް ބާރު މިނެއްގައިކަން ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ފާހަގަކުރެ އެވެ. ކުރިއަށް އޮތް އަހަރުތަކުގައި ދިވެހިންގެ މަސައްކަތްތެރި އާބާދީގެ ތެރެއިން ކޮންމެ 10 މީހަކުން އެކަކު މަދުވާނެކަން އެ އާބާދީގެ ސާވޭ އިން ދައްކަ އެވެ. އެހެންކަމުން، ބިދޭސީންނަކީ ކުރިއަށް އޮތް ތަނުގައި ދިވެހި އިގުތިސާދުގެ ދުވެލި ހިފެހެއްޓުމަށް މުހިންމު ފަރާތްތަކެކެވެ.
ވިލުންތެރި އިގުތިސާދެއް އާލާކުރުމަށް ދިވެހި އިގުތިސާދު ރޭވި ހިނގާ ގޮތް ބަދަލުކުރަންޖެހެ އެވެ. އެއްކަމަކަށް، ދިވެހިންނަށް ދެވޭ ތައުލީމާއި ދަސްކޮށްދޭ ހުނަރުގެ ފެންވަރު މަތިކުރަންޖެހެ އެވެ. މި ހިދުމަތުގައި ދައުލަތުގެ މުއްސަސާތަކުގެ އިތުރުން، ފެންވަރު ރަނގަޅު ބައިނަލްއަގުވާމީ ތައުލީމީ މުއައްސަސާތައް ރާއްޖޭގައި ގާއިމްކޮށް އިތުރު ކުރަންޖެހެ އެވެ. ފަންނީ މަސައްކަތްތަކަށް ދިވެހިން ތަމްރީނު ކުރުމުގެ ގޮތްތަށް ޒާމާނީ ކުރަންޖެހެ އެވެ.
ދެވަނަ ކަމަކަށް، ޓޫރިޒަމް ސިނާއަތުގައި ހުރި ރަނގަޅު ފެންވަރުގެ ވަޒީފާތައް ދިވެހިންނަށް ލިބޭނެ އިސްލާހުތައް އެކަށައެޅުމުގައި އިންސާފުވެރި، ތަފާސްހިސާބުތަކުން ދައްކާ ހަގީގަތަށް ރިއާޔަތް ކުރަންޖެހެ އެވެ. ވިޔަފާރިވެރިންނާއި ދިވެހި މަސައްކަތްތެރިންގެ ހައްގުތަކާއި މަސްލަހަތުތައް ރަނގަޅު ބެލެންސެއްގައި ދެމެހެއްޓޭ ސިޔާސަތުތައް ފަރުމާ ކުރަންޖެހެ އެވެ.
މިހާރު އޮތް ދިވެހިނަށް ވަޒީފާގެ ވަކި ނިސްބަތެއް ކަނޑައެޅުމުގެ ސިޔާސަތު ރިއަލިސްޓިކް ނަޒަރަކުން މުރާޖައާކޮށް، ޓޫރިޒަމް ވިޔަފާރިތަކަށް އިންސެންޓިވް ބޭސްޑް ސިޔާސަތެއް ވުޖޫދު ކުރުމަކީ އޭގެ ލާބަ އެތައް ގޮތަކުން ދިވެހިންނަށް ލިބޭނެ އިސްލާހެކެވެ. އިންސެންޓިވް ބޭސްޑް ސިޔާސަތެކޭ އަޅުގަޑު މި މާނަކުރާ މަފްހޫމަކީ ޓޫރިޒަމް ވިޔަފާރިތަކުން ކުރާ ހޭދައިގެ ވަކި ނިސްބަތެއް ދިވެހިންނަށް ފަހިވާގޮތުގައި ހޭދަކުރުމުން، އެ ވިޔަފާރިތަކުން ދައުލަތަށް ދައްކަން ޖެހޭ ޓެކުހުން، ވަކި ސީލިންއަކާ ހަމައަށް، އިސްތިސްނާ ލިބޭ ގޮތަށް ސިޔާސަތެއް ވުޖޫދު ކުރުމެވެ. ދުނިޔޭގެ ގައުމުތަކުގައި މި ޕޮލިސީ އިންސްޓްރޫމެންޓަކީ ވަޒީފާ އަދި އިގުތިސާދީ ފުރުސަތުތައް ކާމިޔާބު ގޮތުގައި އިތުރުކުރުމަށް ބޭނުންކުރަމުން އަންނަ މެދުވެރިއެކެވެ.
ފެންނަން އޮތް މަސައްކަތްތެރިންގެ ހާލަތަށް ބަލާ ނަމަ ރާއްޖޭގެ ޓޫރިޒަމްގެ ސިނާއަތް މިހާރު މިވަނީ ބިދޭސީން ބޮޑު ނިސްބަތަކުން ނެތި ނުހިނގޭހާ ބޮޑު ސިނާއަތަކަށް ވެފަ އެވެ. އެއްކޮޅުން، ޓޫރިޒަމްގެ ސިނާއަތުގައި އުފެދޭ އިންވެސްޓްމަންޓްތައް އަހަރުން އަހަރަށް އިތުރުވެ.
މިގޮތުން، ޓޫރިޒަމް ވިޔަފާރިތަކުން ކުރާ ހޭދައިގެ ގޮތުގައި ހިމެނޭ މުވައްޒަފުންގެ ހަރަދުގެ ވަކި ނިސްބަތެއް ދިވެހިންނަށް ހޭދަ ކުރާ ނަމަ ނުވަތަ ވަކި ނިސްބަތެއްގެ ރިސޯޓްތަކުގައި ހުރި ރަނގަޅު ފެންވަރުގެ ވަޒީފާތައް މީހުން އުޅޭ ރަށްރަށަށް މައިގްރޭޓް ކުރާ ނަމަ މި އިންސެންޓިވް ލިބޭ ގޮތަށް އެކަށައެޅިދާނެ އެވެ.
ރިސޯޓްތަކުގައި ހުރި ފައިނޭންސް، ރިޒަވޭޝަން، ކޯލް ސެންޓަރު، މާކެޓިންއަކީ ޓެކްނޮލޮޖީ ކުރިއަރާފައިވާ މި ޒަމާނުގައި ރިސޯޓުގައި ހުރުން ލާޒިމް ވަޒީފާތަކެއް ނޫނެވެ. މިކަމަކީ މިހާރު ވެސް ބައެއް ރިސޯޓުތަކުގެ ހެޑް އޮފީހުގައި ގާއިމް ކުރެވިފައިވާ، ދިވެހިން އެ ފަންތީގެ ވަޒީފާތަކުގައި ތިބި ވަޒީފާތަކެވެ. އަނެއްކޮޅުން، ތިރީގައި ހާމަވާ ތަފާސްހިސާބުން ޓޫރިޒަމްގެ ވަޒީފާތަކުގެ ނުވަ ޕަސެންޓު ވަޒީފާތަކަކީ ވަޒީފާ އަދާކުރުމަށް ފަހު، ކޮންމެ ދުވަހަކު އަނބުރާ އާއިލާ ކައިރިއަށް ދެވޭ ގޮތަށް ހުރި ވަޒީފާތަކެވެ. ބުނެވި ދިޔަ ޓެކްސް އިންސެޓިވް ނިޒާމަކުން ޓޫރިޒަމްގެ ރަނގަޅު ނިސްބަތެއްގެ ވަޒީފާ އާބަން ސެންޓަރުތަކާއި ގާތުން އުފެދުމަށް ބާރުއަޅަ އެވެ.
މީގެ އިތުރުން، ޓޫރިޒަމް ވިޔަފާރިތަކަށް ހޯދާ މުދަލާއި ހިދުމަތް ފަދަ ކަންކަމަށް ކުރާ ހޭދައިގެ ވަކި ޕަސެންޓެއް ދިވެހި ވިޔަފާރިތަކަށް ހޭދަކުރާ ނަމަ ބުނެވި ދިޔަ ޓެކުހުގެ އިންސެންޓިވް ސްކީމްގެ ތެރޭގައި ހިމެނުން މުހިއްމު ކަމަށް ފެނެ އެވެ.
މިފަދަ އިސްލާހެއް ވުޖޫދު ކުރުމަކީ ދިވެހި އިގުތިސާދު ހަމަމަގުގައި ކުރިއަށް ދިއުމަށާއި ދިވެހިން އެދޭ ވަޒީފާ އާއި ވިޔަފާރީގެ ފުރުސަތުތައް ދިވެހިންނަށް އިތުރުވެ، ދިވެހިންގެ އިޖްތިމާއީ ދުޅަހެޔޮކަން އިޔާދަކުރުމަށް ފެށޭ ގައުމީ މުހިއްމު މަސައްކަތަކަށް ވާނެ އެވެ. އަދި އީޖާދީ ވިޔަފާރިތައް އާލާކުރުމަށާއި ޒުވާނުން ވަޒީފާތަކުގައި ހަރުލައްވާ، ދައުލަތުން މަސައްކަތްތެރިން ބާރުވެރި ކުރުވުމަށް ކުރާ މަސައްކަތުގައި އަމިއްލަ ފަރާތްތަކުން އަތުކުރި އޮޅާލާނެ ބަދަލެއް ކަމަށް އަޅުގަނޑު ދެކެމެވެ.
އަނިލް އާދަމްއަކީ މިދިޔަ 20 އަހަރު ދައުލަތުގެ އެކި މަގާމުތަކުގެ އިތުރުން، އަމިއްލަ ވިޔަފާރިތަކުގައި ކޯޕަރޭޓް ގަވަނަންސާއި އިންވެސްޓްމަންޓް އަދި ސްޓްރެޓެޖީގެ ދާއިރާގައި ކޮންސަލްޓިން ދިނުމާއި މަތީ ތައުލީމު ދިނުމުގެ ދާއިރާގައި ހިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރަޒީނު .
12 November 2025
ދިވެހިންގެ ތެރޭގައި އެންމެ ގިނަ ބަޔަކު ވަޒީފާ އަދާކުރަނީ ފޮޅާ ސާފުކުރުމާއި އޮފީސްތަކުގެ އެހީތެރިންގެ މަސައްކަތްތަކުގަ އެވެ. މިގޮތުން، 5،882 ފިރިހެނުން މި ދާއިރާގައި އުޅޭއިރު 4،074 އަންހެނުން މި ދާއިރާގައި މަސައްކަތް ކުރެ އެވެ. އަހަރެންގެ ވޯޓު ދެން ދޭނީ ސިޔާސީ މީހުންގެ ތެރެއިން ހައްޤު މިންވަރު އަހަރެމެންނަށް ހޯދަދޭ ވެރިއަކަށް. ދިވެހިން ތިބި ހާލުން ސަލާމަތްކޮށްދޭނެ ވެރިއަކަށް.
އަސަރީ
12 November 2025
ސިޔާސީ މީހުންނަކީ ވިޔަފާރި ވެރީންގެ އަޅުންކަމުގައިވާނަމަ މިގޮތަށްނުވެ ނުދާނެއެވެ. ގާނޫނު ތަންފީޒް ނުވާތީއެވެ. ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ ސީނިއަރ މެނޭޖްމަންޓު ތަކުގައި ތިބޭ ބޭރު މީހުން އެމީހުންގެ ގައުމުތަކުގެ މީހުންނަށް އެކިއެކި މަސައްކަތްތަށް ހޯދައިދީ އަދި އެ މަސައްކަތް ގަދަކޮށް އެމީހުން އެދަނީ ކުރަމުންނެވެ. ރިސޯޓުތަކުގެ ސަޕްލައި އަދި މަރާމާތުތަށް ކުރަމުން އެދަނީ އެމީހުން ނިސްބަތްވާ ކުންފުނިތަކެވެ. ޚާއްސަކޮށް ލައްކާ މީހުން ފާހަގަ ކުރަމެވެ.
ނަން..
12 November 2025
ބަދަލު އަންނާނެ ކުރިއަށް އޮތް 10 އަހަރު ތެރޭ އެންޑްރޮއިޑް ރޮބަޓް އިން ބެކް އޮފީސް މަސަކަތް ކުރާނީ. ބަދިގޭ ކައްކައިންގެ ގިނަ މީހުން އަދި ހައުސް ކީޕިންގް ގިނަމީހުން، މެއިންޓެނެސް މީހުން. ކީމަޤާމު ހުރި މަދު ބައެއް. މި ރެވެލިއުޝަން ފެށޭނެ. އެހެންވީމަ ބޭރުމީހުން ބޭރު ކުރުމުގެ ރަގަޅު ސިޔާސަތެއް ފަށާ. ފޭސް ސައްވިސްއަށް ދިވެހިން އަދި މަދު ކީމަޤާމް ތަކަށް ދިވެހިން ތައްޔާރު ކުރަންވީ. ދެން ހުރި ވަޒީފާ އޮޓަމޭޝަން އައި ރޮބަޓް އިންނަށް ބަދަލުވާނެ.
ނިކަމެތިރައްޔިތުމީހާ
12 November 2025
އަނިލްގެ އިލްމީ ދިރާސާގެ ރިޕޯޓު ރަނގަޅު، އެކަމަކު މަދުވާ ތަންކޮޅަކީ ކުރިޓިކަލް ތިންކިންގެ ބައި (އެއީ ހަމައެކަނި އެކަޑެމިކް ކަނަކުން ވިސްނީމަ). ވަޒީފާގެ ފުރުސަތުތައް ރިސޯޓުތަކުގައި ކިތަންމެ ވަރަކަށްވެސް އެބަހުރި - ތެދެއް އެެއްބައި ރިސޯޓުތަކަކީ ދިވެހީންނާއި ވަރަށް ދެކޮޅު (މަތީ މަގާމުތަކަށް) ވިސްނުމުގެ ރިސޯޓުތަކެއް! އަސްލު މައްސަލަ: ސިޔާސީ މީހުންގެ އިހުލާސްތެރިކަމެއް ނެތުން!
ކޮރަލް
12 November 2025
ރިސޯޓް ތަކުގަ ވެސް މާލޭގަ ވެސް ގާނޫނު ތައް ތަންފީޒު ނުކުރެވެނީ އެވެ. މާލޭގަ އުޅޭ ބަޔަކަށް ފެންނާނީ މާލެ އެވެ. ބިދޭސީން ހަނި ގޯޅި ތަކުގަ ކެފޭތައް ހަދައިގެން ކުރާ ކަމަކީ ސިނިގިރޭޓް ވިއްކާ ސިނގިރޭޓް ބުއިމެވެ. ތަންފީޒް އެއް ނުކުރެވެ އެވެ.
ރަނގަޅުކުރަން ކުރަންޖެހޭ އެއްކަންތައް
12 November 2025
ފަތުރުވެރިކަމުގެ ދާއިރާގައި ކަންކަން ރަނގަޅުކުރަންޏާ، ލޭބަރ އެންޑް މޭންޕަވަރ މިނިސްޓރީއެއް ވުޖޫދުކޮށް، ބާރުތައް ޤާނުނަކުން ދޭންޖެހޭ.
ބާނީ
12 November 2025
ދިވެހިރާއްޖެއަކު މިންނަތް މަސައްކަތް ކޮށްގެން ޓޫރިޒަމް ދާއިރާގެ ބާނީންނާ ކިޔޭނެ ބަޔަކު ނޫޅޭނެ. އެއެންމެންނަކީ މައުމޫނު މުއްސަނދި ކޮށްދިނީމާ މުއްސަނދިވި މީހުން. 5 އަހަރުގެ ކުޑަކުއްޖަކަށްވެސް މައުމޫނު ރަށް ދީފާ، ރިސޯޓު ހަދަން ސޮވެރެން ގެރެންޓީ އާއެކު ލޯނު ދީފާ ނުވިތާކަށް ރަށް ހަދަން ސަރުކާރުން ރިސޯސަސް ދިނީމާ، އެއްކަލަ 5 އަހަރުގެ ކުޑަކުއްޖާވެސް ވާނީ "ޓޫރިޒަމްގެ ބާނީ" އަކަށް.
00000000
12 November 2025
ވަރަށް ބޮޑު ތެދެއް 1988 ގައި އަރި އަތޮޅުގެ ރަށްތައް އިއްލި، ހަމިއްޓޭ އާއި މޫންގެ ގާތް ރަށްޓެހިންނަށް ބަހާލި ގޮތް!!! ޓުއަރއޮޕަރޭޓަރުން އަތުން ފައިސާ ނަގައިގެން އެމީހުންނަށް ބެޑް ރައިޓްސް ދީ ގެން ހެދި ރަށް ތައް!!!! އޭގެ ފަހުން ދޫކުރި ރަަށްތަށް ދޫކުރި ގޮތާ ހެދި ގޮތް ވެސް އެކަން ދަންނަ މީހުންނަށް އެނގޭނެ!!!! އެހުންނަނީ ނުދައްކާނެ ވާހަކަ!!!! ރާއްޖެ އަށް ޓޫރިޒަމް އިންޑަސްޓްރީގެ "ޑިސްކްލޯޒަރ" އެއް ގެނެސްފިނަމަ ހަޤީޤަތްތައް ހާމަވާނެ.
ޗޯވަސް
12 November 2025
މިކަމުގައި ސަރުކާރުގެ އިހުމާލު ވަރަށް ބޮޑު. އެއްވެސް ކަމެއް ބޮއްސުންލައިގެން ނުދަންޏާމު ހިރުވާތަން ކަހާވެސްނުލާނެ... ބަލާބަލަ މާލޭގެ ބުޅަލުގެ މައްސަލަ، ދުއްވާއެއްޗެހީގެ މައްސަލަ ، ބޭރުމީހުންގެ މައްސަލަ... މިހެންކިޔާނެކަމެއްނެތް...މަގުތަކުގައި ހިގާލަންއުދަގުވޭ... އަހަރުމެން މި ގައުމުގައި އުޅެން ބޯހަލާކު
ގެސްޓު
12 November 2025
ވަރަށް ފުރިހަމަ އެހާމެ ބޭނުންތެރި އާރޓިކަލް އެެއް ޝުކުރިއްޔާ
ކަޓަމަރާން
12 November 2025
މިއީ އިއްޒަތްތެރި ހުރިހާ ލަގަބެއްގެވެރި ހުރުމަތްތެރިވެގެންވާ މައުމޫނުގެ ލާމަސީލު ދުރުވިސްނުމުގެ ނަތީޖާ. ދޭތެރެދުރުކޮށް ރާއްޖެތެރޭ ރަށްތަކަށް އެވޯޑްދިނުމުގެ ނަތީޖާ. އަދި ބުންޏެއްނު ޖީލެއް ބިނާކުރީމޭ. ޖީލަކަށްފަހު ޖީލެއް މިދަނީ ޑްރަގުގައި ހަލާކުވަމުން. ޒުވާނުންމިތިބީ ފައިސާއާއިހެދި ބޫތުކައިފަ. މަސައްކަތްކުރަން މިތިބީ ބޭރުމީހުން. ދިވެހި ދައްތައިން ފޮޅާ ސާފުކުރުމުގަ