މީރާ: ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދަން މީރާއަށް ބޮޑެތި ބާރުތަކެއް ލިބޭ --ފޮޓޯ/މިހާރު
13 ނޮވެމްބަރ 2025 - 18:09
ޓެކުހުގެ ދާއިރާއަަށް އަންނަ ޒަމާނީ ބަދަލުތަކާ އެކު ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލާން ތައްޔާރުވުމުގެ ގޮތުން ބިޒްނަސް ލީޑަރުންނާއި ރެގިއުލޭޓަރުން އަދި ކަމާ ބެހޭ މާހިރުން ބައިވެރިވާ ޓެކްސް ފޯރަމެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވަން ތައްޔާރުވެއްޖެ އެވެ.
އިންސްޓްޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އިން ބުނީ އަންނަ ހޮނިހިރު ދުވަހު ބާއްވާ އެ ފޯރަމްގައި މައުލޫމާތާއި ހިޔާލު ބަދަލުކުރާނީ ޓެކްސްއާ ގުޅޭ ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސް ރާއްޖޭގެ މަފްހޫމްގައި ތަންފީޒުކުރާނެ ގޮތްތަކާ ބެހޭ ގޮތުން ކަމަށެވެ.
"ޝޭޕިން އަ ސްމާޓާ ޓެކްސް ފިއުޗާ ޓުގެދާ" ނަމުގައި ބާއްވާ އެ ފޯރަމް ކުރިއަށްގެންދާނީ މީރުމާ ހޯލްގައި ހޮނިހިރުދުވަހު ހެނދު 8:30 އިން ހަވީރު 4:30 އަށެވެ.
އެ ފޯރަމްގައި ރާއްޖެ އާއި ބޭރުގެ ގިނަ އަދަދެއްގެ މާހިރުން ތަގުރީރުކުރައްވާނެ އެވެ.
ވަކިވަކި މާހިރުން ކުރައްވާ ތަގުރީރުތަކުގެ އިތުރުން ފަސް ޕެނަލް ޑިސްކަޝަނެއް ވެސް އެ ފޯރަމްގައި ކުރިއަށް ގެންދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ށސ11
14 November 2025
ފާޑުފާޑުގެ ފޯރަމްތަކާ އިވެންޓުތައް ބާއްވާފަ ރައްޔިތުންގެ ޓެކްސްފައިސާ އިސްރާފުކޮށް އެކި ނަންނަމުގަ އާ ޓެކްސްތަކެއް ނަގަންތަ މިއުޅެނީ؟!
އިހްސާސް
13 November 2025
މިމީހުންނަށް ހަމަ ބިދޭސީންނާ ނުލާ އެއްކަމެއްވެސް ނުވޭ. ބޭރުގެ އޮޑިޓަރުން ޙާއްސަކޮށް ލަންކާގެ ވަކި މުޅި އޮޑިޓް އެންޑު އެކައުންޓިން ދާއިރާގައި އޮތްއިރު ތިޔަ ސީއޭ މޯލްޑިވްސް އޮންނަނީ ސަނާކިޔަން. އެވެރިން މަދުކުރަން އެކަށީގެންވާ މަސައްކަތެއް ނުކުރޭ. ބިދޭސީން ބޭރުކުރޭ މިއިންޑަސްޓުރީން.
ސަންޑޭ
13 November 2025
ދައުލަތުގެ ފައިސާ ތަޅާ ބުރުވާނެ ގޮތެއް ނޭނގިގެން ތިއުޅެނީ.
ދިއްދާ
13 November 2025
އޭއްޗެކޭ މީއްޗެކޭ ކިޔާފަވެސް ހުކުރުދުވަހު މާލެ އެރުވޭތޯ ހިންގާ ގޭމްތައް ތިހުންނަނީ. އަހަރެމެން އުޅެބޮޑުވާ ޤައުމު މިއީ. މިވަރު ބޮޑެތި މަހާސިންތާ ހިންގާތަ ހުކުރު ހޮނިހިރުގައި. އޮޅުވާލަންއުޅުނަސް ބޮޑުވަރު. ހަމަ ތިގޮތަށް ފެނަކަ މަހާސިންތާއަކަށްވެސް ދައުވަތު ދީފަވަނީ. ދެން އިވޭނީ ފުޓްސަލް މަހާސިންތާ، ބަށި މަހާސިންތާ، މަސްރޭސް މަހާސިންތާ، ޤައުމިއްޔަތު މަހާސިންތާ މިކަހަލަ ބަހަނާތަކެއް ދައްކާ މާލެ ގެންނަން އުޅޭ އުޅުން.
ނުކޮޔަން
13 November 2025
އާއްމުންނަށް ވެސް އަޑުއަހާލެވޭވަރު ކޮށްލާނަމަ
ފްރަސްޓްރޭޓަރ
13 November 2025
ނުކުރާނެ ނުކުރާނެ. ސީއޭ މޯލްޑިވްސް މީ ލާރި ހޯދަން އުޅޭ ބައެއް. ގައިމު މި މީހުން މާލޭގަ ކަމެއް ކުރިޔަށް އެއް ރޭޓު ރިސޯޓުގަ ކަމެއް ކުރިޔަސް އެއް ރޭޓު. ޕްރޮފެޝަނަލް ބޮޑީއެކޭ ކިޔާފަ ކުދިން ފެލަން އުޅޭ ބައެއް.