ފެން ހޯދުމަށް ފުވައްމުލަކުގައި ބަޔަކު ކިއުގައި ޖެހިފައި.-- ފޮޓޯ: ބާބަ ގާޑިއާ/ ފޭސްބުކް ޕޭޖު
13 ނޮވެމްބަރ 2025 - 22:26
ފުވައްމުލަކުގެ ސަޕްލައި ފެނުގެ މައްސަލަ ހައްލުކުރުމަށް ފަހު، ހެދި ޓެސްޓުތަކުގެ ނަތީޖާ ނުލިބޭތީ އާއްމު ބޭނުމަށް ފެން ދޫނުކުރަން ސިޓީ ކައުންސިލުން މިރޭ އެދިއްޖެ އެވެ.
އެ ކައުންސިލުން ނެރުނު އެންގުމުގައި ބުނީ ފެނުގެ ރައްކާތެރިކަން ކަށަވަރުކުރަން، މޭޔަރާއި ކައުންސިލްގެ މެމްބަރުން ފެން ޕްލާންޓަށް ޒިޔާރަތްކޮށް، ފެނުގެ ރައްކާތެރިކަމާ ގުޅޭގޮތުން ފެނަކައިގެ އިސްވެރިންނާ ބައްދަލުކޮށް މައުލޫމާތު ސާފުކޮށްފައިވާ ކަމަށެވެ.
ނަމަވެސް، މިހާރު ދޫކުރަނީ ރައްކާތެރި ފެންކަން ޔަގީންވާނެ ފަދަ ޓެސްޓެއްގެ ނަތީޖާ މިހާތަނަށް ވެސް ނުލިބޭތީ، އެ ނަތީޖާ ލިބި ފެނުގެ ރައްކާތެރިކަން ފުރިހަމައަށް ކަށަވަރުވަންދެން އާއްމު ބޭނުމަށް ފެން ދޫނުކުރަން އެދިފައިވާނެ ކަމަށް ކައުންސިލުން ބުންޏެވެ.
ފުވައްމަލުގައި ފެނަކަ އިން ދޫކުރާ ސަޕްލައި ފެން ތަޣައްޔަރުވެ ބޭނުން ނުކުރެވޭ ހާލަތަށް ދިއުމުން މިދިޔަ ހޯމަ ދުވަހުން ފެށިގެން މުޅި ރަށުން ވަނީ ފެން ކަނޑާލައިފަ އެވެ. ތިން ދުވަހަށް ފަހު މިއަދު ފެން ދޫކުރަން ފެށިއަސް ވޭލްތައް ބަންދުކޮށްފައި ހުރުމުން ފެން ލިބޭ ގޮތެއް އަދިވެސް ނުވެ އެވެ.
އެ ރަށުން ކުރިން ވާހަކަދެއްކި މީހަކު ބުނީ ފެނުގެ މައްސަލަ ދިމާވެގެން އުޅޭތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. އެ ފެނުގެ ރަހަ އާއި ކުލަ ވެސް ހުންނަނީ ބަދަލުވެފައި ކަމަށާއި އެކަމަކު މީހުން ދިޔައީ އެ ފެން ބޭނުންކުރަމުން ކަމަށް އޭނާ ބުންޏެވެ.
އެހެންވެ، ފެނުގެ ނެޓްވޯކް ބަންދުކުރީ ހައި ޑޯޒެއްގެ ކްލޮރިން އެޅުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދޮން ހަސަނު
14 November 2025
ފުވައްމިލައްތީ ވަރަށް އަމިއްލަ އެދުން ބޮޑު ބަޔަކު އުޅޭ ރަށެއް.
ޱރ ސިޓީ
14 November 2025
ތިޔަވަރުގެ ކަމެއްހނގާދިޔައިރު ލޯކަލްއޮތޯރިޓީ މިނިސްޓަރު ތިޔަތޯ ރައްޔިތުންގެ ގާތައް އަދި ފެނަކަ އެމްޱީ ދިޔަތޯ ރައްޔިތުންގެ ގާތައް ؟
ލޯމާފާން
14 November 2025
މީގެން ހާމަވީ އިދާރާތަށް ފެއިލް ވެފަ އޮތް ވަރު. ޔުޓިލިޓީ ރެގިއުލޭޝަން އޮތޯރިޓީ. ފުޑް އެންޑް ޑްރަގް އޮތޯރިޓީ، ކޮބާތަ 8000 މީހުން ނަޖިސް ފެން ބުއި އިރު.
ރާއްޖެ
14 November 2025
ރައްކާތެރި ނޫން ފެން ފޯރު ކޮށްދިން މައްސަލާގައި ފުވައްމުލަކު ރައްޔިތުންނަށް ދައުލަތާ ދެކޮޅަށް ދައުވާ ކުރެވޭނެ. އަދި ބަދަލު ވެސް ލިބެން ޖެހޭނެ.
ހުސެންބެއްޔާ
14 November 2025
ކްލޮރިނޭޓްކުރުމުން ދާނީ ފެނު ނެޓުވޯކުގައި މިހާރު ހުރި އެއްޗެއް. ތިޔަ ބުނާ ނަޖިހެއް/ތަޣައްޔަރުވުމެއް ފެނުގެ ނެޓްވޯކަށް ވަތް ގޮތެއް ނުފެންނަނީސް، މުޅި މައްސަލައަށް ހައްލެއް ނުލިބޭނެ. އަބަދުވެސް ހައިޑޯޒްގެ ކްލޮރިނޭޓްކުރުން އޮންނާނީ. ރޫޓް ކޯސް ނުހޯދާ، ޕެނަޑޯލް ކާހެން ކްލޮރިން ބޭނުންކުރިއަށް ކަމަކު ނުދާނެ.
ނަމަސްތާސް
14 November 2025
ބަރާބަރު ވާހަކައެއް. ތިޔަވީގޮތެއް އެސޮރުމެންނަކަށް ހޯދޭނެހެނެއް ހިޔެއްނުވޭ. ފުވަައްމުލަކު ފެނަކައިގެ އިސް މުވައްޒަފުން އިސްތިއުފާދޭކަށް އަދިވެސް ނުވޭތޯ؟ ކިތަށް މުވައްޒަފުން ތިރަށު ފެނަކަ ކުންފުނީގެ އުޅޭބާ؟
މިދެންއަރަތެއްނު
14 November 2025
ފެނަކައިގެ އެމްޑީ ފެންދޫކުރީ ރައްކާތެރިތޯބަލަން ޓެސްޓެއްވެސް ހަދާ ނުލާތަ؟ ރާއީސް ކަޑައޭ، މިވަރު ތަންދޮރު ނުދަންނަ ރައްޔިތުމީހާއަށް ނުވިސްނާ މީހުން ލައިގެން ތި އުޅެނީ؟
ދޮންކޮއްކޮއްޔާ
14 November 2025
"...ފެނުގެ މައްސަލަ ދިމާވެގެން އުޅޭތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. އެ ފެނުގެ ރަހަ އާއި ކުލަ ވެސް ހުންނަނީ ބަދަލުވެފައި ކަމަށާއި އެކަމަކު މީހުން ދިޔައީ އެ ފެން ބޭނުންކުރަމުން ކަމަށް..." ޤައުމުގެ ޙާލަތު،،
ރަދީފްއޮފިޝަލް / ފޯކްލޭންޑް އިޒް ނަމްބަރ 1
13 November 2025
މުޅި ރާއްޖޭގަ އޮތް ފެނުގެ އެންމެ ބޮޑު ނެޓްވޯކެއް އޮތީ ފުވައްމުލަކުގައި.2018 ވަނަ އަހަރު މިމަސައްކަތް ކުރިއަށް ދިޔައިރު ފުވައްމުލަކުގަ ހުރުމުގެ ނަސީބް ލިބުނު.ވަރަށް ސްޓްރިކްޓް ސުޕަވިޝަނެއްގެ ދަށުން ޖޮއިންޓްކޮށް ވަޅުލަން ޖެހޭ ހޮޅިތައް ވަޅުލަމުން ދިޔައީ ނަމެއްގަ ކަންކުރާ އުސޫލުން.ބިމުއަޑީގެ ޕްލަމްބިން އެއީ އަމާ ބުނީތީ ފަރަށް ދާ އުސޫލުންކޮށްގެން އޭގެ ނަތީޖާ ވަރަށް ހިތިވާނެ ކަމެއްކަން މިއަދު އެނގި ހާމަވޭ.ވ.ވެދުން
ޱރ ސިޓީ
13 November 2025
ކަލޯ މޭޔަރޫ ބެލިންތަ ކިތައްތަނުން ފެނުގެ ސާމްޕަލް ނެގިތޯ އަދި ނެގި ގަޱިތައް ؟ ސާމްޕަލް ފެން އަޅަން ގެންގުޅު ފުޅިތައްހުރީ ސްޓެރިލައިޒް ކޮށްފަތޯ؟ މޭޔަރޫ މިފަހަރު ވާނެ ފެނުގެ ރައްކާތެރިކަން ކަށަވަރުކުރަން.
ބޭޗާރާ
14 November 2025
މޭޔަރުތަ ފެންކުންފުނި ހިންގަނީ؟ ބުނަންވާމީހާއާ ދިމާލަށް އެއްޗެތި ބުނަންކެރިބަލަަ.