ފުވައްމުލަކުގެ ގެއަކަށް ދޫކުރި ފެނެއް.
15 ނޮވެމްބަރ 2025 - 20:45
ފުވައްމުލަކުގައި ދޫކުރާ ސަޕްލައި ފެން ރައްކާތެރިކަމަށް ބުންޏަސް، ބައެއް ގޭގެއަށް ލިބެނީ "ކިލާ" ފެން ކަމަށް އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނެފި އެވެ.
އާބާދީގައި 13،800 މީހުން ދިރިއުޅޭ ފުވައްމުލަކުގެ ފެން ތަޣައްޔަރުވި މައްސަލަ ހައްލުކުރުމަށް ފަހު އިއްޔެ ފެން ދޫކުރަން ވަނީ ފަށައިފަ އެވެ. އަދި އެ ފެން ބޭނުންކުރުން ރައްކާތެރިކަމަށް އެމްއެފްޑީއޭއިން ވެސް ވަނީ ބުނެފަ އެވެ.
ނަމަވެސް، ފުވައްމުލަކުން "މިހާރު"އާ ވާހަކަ ދެއްކި މީހަކު ބުނީ ރަށުގެ އެކި ހިސާބުތަކަށް ލިބޭ ފެނުގައި ބޮޑު ތަފާތެއް އެބަހުރި ކަމަށެވެ. އޭގެ ތެރެއިން، ބައެއް އަވަށްތަކުން ފެން ކިލާ ވެގެން ގޮސް، ހުދު ކުލައިގެ ފެން އަންނަ ކަމަށް އޭނާ ބުންޏެވެ.
"އަނެއް ބައި ހިސާބުތަކުން އެއަށްވުރެ ކުޑަކޮށް ރަނގަޅަސް ބޯން ކަމުދާ ވަރެއް ނޫން،" ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ފެނުގެ މައްސަލަ އެއްކޮށް ހައްލުވެ، ސާފު ފެން ލިބޭ ގެތައް ވެސް އެބަހުއްޓެވެ.
އެމްއެފްޑީއޭއިން ބުނީ ފެނުގެ ޓެސްޓު ހެދީ އެކި ސަރަހައްދުތަކުން ފެން ނަގައިގެން ކަމަށެވެ. އަދި އެ ތަހުލީލުތަކުން އެއީ ސިއްހަތާ ބެހޭ ޖަމިއްޔާގެ ބޯ ފެނުގެ މިންގަނޑަށް ފެތޭ ފެނެއް ކަމަށް އެ އޮތޯރިޓީން ބުންޏެވެ. ފުވައްމަލުގައި ފެނަކަ އިން ދޫކުރާ ސަޕްލައި ފެން ތަޣައްޔަރުވެ ބޭނުން ނުކުރެވޭ ހާލަތަށް ދިއުމުން މިދިޔަ ހޯމަ ދުވަހުން ފެށިގެން މުޅި ރަށުން ވަނީ ފެން ކަނޑާލައިފަ އެވެ.
އެ ރަށުން ކުރިން ވާހަކަ ދެއްކި މީހަކު ބުނެފައިވާ ގޮތުގައި ފެނުގެ މައްސަލަ ދިމާވެގެން އުޅޭތާ ދުވަސްތަކެއް ވެއްޖެ ކަމަށާއި އެ ފެނުގެ ރަހަ އާއި ކުލަ ވެސް ހުންނަނީ ބަދަލުވެފަ އެވެ. އެކަމަކު މީހުން ދިޔައީ އެ ފެން ބޭނުންކުރަމުން ކަމަށް އޭނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖސބނ
15 November 2025
މޫސުމީކަމެއްބާ؟
ރަދީފްއޮފިޝަލް / އެޗް2އޯ
15 November 2025
އަހަރުމެންގެ އަވަށްޓެރި ފުވައްމުލަކު ރައްޔަތުންނަށް ދިމާވެފައިވާ ގިލަންވެރިކަމުގަ ބައިވެރިވަން.އަސްލު ފެނުގެ ނެޓްވޯކަށް ދިމާވެގެން އުޅެނީ ކުޑަ މައްސަލައެއް ނޫން.ނަމަވެސް އުއްމީދަކީ އެމްޑަބްލިޔުއެސްސީގެ އެކްސްޕަޓީސް ހޯދައިގެން ވެސް ފުވައްމުލަކު ރައްޔަތުންނަށް ވީހާ ވެސް އަވަހަށް ސާފުފެން ލިބޭނެގޮތް މެދުވެރިވުން.ފެނަކަ އެއީ މިކަހަލަ ކަމެއްގަ އިންސްޓެންޓް ސޮލިއުޝަނެއް ހޯދޭނެ ޓެކްނިކަލް ލެވެލް މަތި ބައެއް ނޫން.ވ.ވ.ވެދުން
ރަދީފްއޮފިޝަލް / ޑެނިޝް ކޮންޓްރެކްޓަރ
15 November 2025
ދެން މި ސަރުކާރުން އިތުރު 700 މިލިއަން ރުފިޔާ ޙަރަދުކުރުމަށްފަހު ފުވައްމުލަކުގައި އާ ނެޓްވޯކެއް އަޅާ.މާލޭގެ ފެނުގެ ނެޓްވޯކް އެޅީ ޑެންމާކުގެ ޕްރޮފެޝަނަލް ޓީމަކުން. 1995 ވަނަ އަހަރު އަހަރުމެން ސްކޫލަށް ދިޔައިރު އެމީހުން މަސައްކަތްކުރިތަން ދެކުނިން.ފެނުގެ ނެޓްވޯކްގެ މަަސައްކަތްކުރި މީހުން ބަލަން 1998 ވަނަ އަހަރު ފީފާވޯލްޑްކަޕްގަ ޑެންމާކު ކުޅުނު ހުރިހާ މެޗެއް ސްޕޮންސަރކުރީ ވެސް ޑެންމާކުގެ ކޮންޓްރެކްޓަރ.ވ.ވެދުން
އަނެއްކޮޅުން
15 November 2025
މިއީ އަސްލު އައިދައިގެ މައްސަލައެއް ނޫން. މިކަމާ ފުވައްމުލަކު ރައްޔިތުން ކަންބޮޑުވާތަން ނުފެންނާތީ ހައިރާން ވޭ. ވަކިން ހާއްސަކޮށް މާލޭގައި ތިބި ފުވައްމުލަކު ރައްޔިތުން.
ޢަރުތަ
15 November 2025
ކަންބޮޑުވެފަތިބީ ފަޅައިގެންދާ ވަރަށް، އެކަމަކު ދެން ފޮނުއެރުވޭކަށް ނެތެއްނު ހާދަ ޕްރޮޖެކްޓެއްގައޭ ސޮއި ކުރީ..........
ތާމެންނަ ވަރިހަމަ ދޮގޭ
15 November 2025
އެމްއެފްޑީއޭ ގޮވައިގެން ދައުވާކުރުމަށް ފުވައްމުލަކު ރައްޔިތުންނަށް ގޮވާލަން. މިހުންނަނީ އާދައިގެ ކުޑަކުޑަ ކަންތަކެއް ނޫނޭ
މަޖްޝާ ޝަރީފް
15 November 2025
ވޭޕް މައްސަލައިގަ ބަޔާން ނެރުން ގޮތަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބަޔާނެއް ނެރުމެއް ނެތްތޯ؟
ފުވައްމުލަކުންއައި ބޮޑުޖަލްސާ މެމްބަރުން
15 November 2025
ތި ފެންތަށި އެހާ ނުސާފުހެނެއް ހިޔެއްނުވޭ..
ވާނުވާވޭ
15 November 2025
ތިހުރީ މާބޮޑަށް މާބޮޑަށް ސިޔާސީ ބްރައިޓްނަސް ހައިވެފަ ނޫނީ ކަލަރ ބުލައިންޑްވެފަ..
ކުރި
15 November 2025
ސާކިޔުލާ ޔަކުން ނިންމާ ލީމަވެސް އިގޭ ތިހެން ކަން ވާނީ. ރިޕޯޓު ވީ ހިސާބެއްވެސް އިގޭ މީހަކު އުޑުބަޅު ކުރެއްވި ހިސާބަކު ނެތް