ފެން ހޯދުމަށް ފުވައްމުލަކުގައި ބަޔަކު ކިއުގައި ޖެހިފައި.-- ފޮޓޯ: ބާބަ ގާޑިއާ/ ފޭސްބުކް ޕޭޖު
14 ނޮވެމްބަރ 2025 - 16:58
ފުވައްމުލަކުގެ ސަޕްލައި ފެން ތަޣައްޔަރުވި މައްސަލަ ހައްލުކުރުމަށް ފަހު، ހެދި ޓެސްޓުތަކުގެ ނަތީޖާ އިން އެ ފެނަކީ ރައްކާތެރި ފެންކަން ދެނެގަނެވިފައިވާ ކަމަށް މޯލްޑިވްސް ފުޑް އެެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފި އެވެ.
އެމްއެފްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ފެނަކަ ފުވައްމުލަކު ބްރާންޗުން ދޫކުރާ މުނިސިޕަލް ފެނުގެ މައްސަލައާ ގުޅިގެން އެ ސިޓީގެ އެކި ސަރަހައްދުތަކުން ފެން ނަގައި ތަހުލީލުކޮށްފައިވާ ކަމަށެވެ.
އެ ތަހުލީލުތަކުގެ ނަތީޖާ ދައްކާ ގޮތުގައި އެއީ ސިއްހަތާ ބެހޭ ޖަމިއްޔާގެ، ބޯ ފެނުގެ މިންގަނޑަށް ފެތޭ ފެނެއް ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.
ފުވައްމުލައް ސިޓީ ކައުންސިލުން އިއްޔެ ބުނެފައިވާ ގޮތުގައި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރަން، މޭޔަރާއި ކައުންސިލްގެ މެމްބަރުން ފެން ޕްލާންޓަށް ޒިޔާރަތްކޮށް، ފެނުގެ ރައްކާތެރިކަމާ ގުޅޭގޮތުން ފެނަކައިގެ އިސްވެރިންނާ ބައްދަލުކޮށް މައުލޫމާތު ސާފުކުރި އެވެ.
ނަމަވެސް، ދޫކުރަނީ ރައްކާތެރި ފެންކަން ޔަގީންވާނެ ފަދަ ޓެސްޓެއްގެ ނަތީޖާ އޭރު ނުލިބޭތީ، އެ ނަތީޖާ ލިބި ފެނުގެ ރައްކާތެރިކަން ފުރިހަމައަށް ކަށަވަރުވަންދެން އާއްމު ބޭނުމަށް ފެން ދޫނުކުރަން އެދިފައިވާނެ ކަމަށް ކައުންސިލުން ބުންޏެވެ.
ފުވައްމަލުގައި ފެނަކަ އިން ދޫކުރާ ސަޕްލައި ފެން ތަޣައްޔަރުވެ ބޭނުން ނުކުރެވޭ ހާލަތަށް ދިއުމުން މިދިޔަ ހޯމަ ދުވަހުން ފެށިގެން މުޅި ރަށުން ވަނީ ފެން ކަނޑާލައިފަ އެވެ. ތިން ދުވަހަށް ފަހު ފެން ދޫކުރަން ފެށީ އިއްޔެ އެވެ.
އެ ރަށުން ކުރިން ވާހަކަދެއްކި މީހަކު ބުނެފައިވާ ގޮތުގައި ފެނުގެ މައްސަލަ ދިމާވެގެން އުޅޭތާ ދުވަސްތަކެއް ވެއްޖެ ކަމާއި އެ ފެނުގެ ރަހަ އާއި ކުލަ ވެސް ހުންނަނީ ބަދަލުވެފަ އެވެ. އެކަމަކު މީހުން ދިޔައީ އެ ފެން ބޭނުންކުރަމުން ކަމަށް އޭނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޱރ ސިޓީ
15 November 2025
ތިރީގަ މިބުނިކަންތައް ނުކުރެވޭނަމަ ތިޔަސިޓީ ކައުސިލް ތިޔައީ ބޭކާރުތަނެއް، ސިޓީގެ ހުރިހާކަމެއް ހިނގަންޖެހޭނީ ތިޔަ ބޭފުޅުންގެ ފުރިހަމަ ކޮންޓްލޯލް އޮންނަގޮތައް މިގޮތައް ނުވާނަމަ ތިޔައީ ބޭކާރުބައެއް. ހަމައެކަނި ވިހާ މަރުވާމީހުންގެ ދަފުތަރު ބަލަހައްޓާ ބައަކަށް ވެގެންނުވާނެ.
ޱރ ސިޓީ
15 November 2025
މޭޔަރު އަށް ގޮވާލަން ދައުރު ހަމަވުމުގެ ކުރިން ސިޓީގެ ޕަބްލިކު ހެލްތް އޮފީހެއް ވަކިންހެދުމަށް އަދި އެއޮފީހުގެ ވެރިއަކަށް މުހައްމަދު އިސްމާއިލް ހަމަޖައްސަން އެ އޮފީހުގެ ބެލުމުގެ ދަށުން ފ މުލަކުގެ ރައްޔިތުންނާއި މިސިޓީއަށް އަންނަ ފަތުރުވެރިންގެ އާއްމު ސިއްހަތާ ގުޅޭ ހުރިހާކަމެއް ބެލެހެއްޓުން ހަވާލުކުރަންވީ މައިސަރުކާރާ ނުބެއްސާ.
ޖަގޭ
15 November 2025
ފުވައްމުލަކު ސިޓީ ކައުންސިލައް ލަސްކުރުމެއްނެތި ހެދި ޓެސްޓުގެ ރިޕޯޓް ފޮވާންޖެހޭނެ އެތައްހާސް ބައެއްގެ ފުރާނަޔާ ގުޅި ފަ ވާކަމަކައްވާތީ...
އޮނަރަބްލް އަފީފު ދީދީ
14 November 2025
ކ.އަތޮޅު މާލެ ނޫން އެހެން އެއްވެސް ރަށެއްގައި ފެން ޓެސްޓްކޮށް ފެނުގެ ރައްކާތެރި ކަމާއި ކޮލިޓީ ދެނެގަނެވޭނެ WHO ދެޓިފައިޓް ލެބޯޓަރީ އެއް ނެތް. އެޗްޕީއޭގެ ވާހަކަގައި ގަ ފުވައްމުލަކުން ފެން ގެނެސް އެތަނުގެ ލެބޯޓަތީގައި ޓެސްޓް ކުރިކަމަށް އަދި އެކަން އެފަދަ ގޮތަކަށް ކުރިކަމް އިގޭ ގޮތަށް ވެސް ވާހަކަ ދައްކާފައި ނުވާތީ، MHPA ގެ ވާހަކަ ޤަބޫލު ކުރަންވެސް ވަރަށްދަތި. ބޯފެނުގެ ރައްކާތެރި ކަމާއިމެދު ޝައްކު އުފެދޭކަންކަން މިއަށްވުރެން ރަނގަޅަށް ހާމަކުރަންވާނެ.
ޱރ ސިޓީ
14 November 2025
މޭޔަރޫ ޤަބޫލުނުރާތި ތިވެރިން ދައްކާވާހަކަ. ކައުންސިލްގެ ޙަރަދުގަ ރާއްޖެއިން ބޭރައް ފެނުގެ ސާމްޕަލް ފޮނުވައިގެން ޓެސްޓް ކުރަން ގޮވާލަން މިފަހަރު ޖެހޭނެ ފެނުގެ ރައްކާތެރިކަން ކަށަވަރުކުރަން އަހަރުމެން އެންމެން ބޭނުންކުރާފެން މީ އަހަރުމެންގެ މުސްކުޅި މައިންނާއި ބަފައިން އަދި ދަރިން.
ޮވިއާން
14 November 2025
ތިޔައީ ދިވެއްސަކު އަމިއްލައަށް ތައްޔާރުކޮށްގެން ދިވެހި ގެއަކުން ވިއްކާ ހެދިކާއެއް ނަމަ ރައްކާތެރި ކަމުގެ ހުއްދަ ތިޔަ ތަނުން ލިބޭނެ ކަމަށް ނުބެލެވޭ. ދަނޑިފަނުގެ ގެއެއްގައި އެކަނި ދިރިއުޅޭ ދައްތައަށް މިހާރު ހުނި ހަކުރެއް ހަދާ ވިއްކާލެވެންވެސް ނެތް.
ޢަސްލުމީހާ
14 November 2025
ޙާދަ ފާޑަކަށް ރައްކާތެރިއޭ ތިބުނީ. ޙާދަ ހީވެޔޭ މަޖުބޫރެއް އުޅޭހެން.
އަހަރެން
14 November 2025
ތިކަމެއްތިހެންހިނގާ ރަށުގެ އެތައް ބައެއްގެ ގައިގައި ބޯތައް ނަގާ ވާނުވާނޭގިތިއްބާ އަދިކިރިޔާ އެނގުނީ ފެނުގެ ސަބަބުންކަން. މިހާރުވެސް އެތައް ބަޔަކުގެ ހަމުގައި ނުކުތް ބިހިތަށް ރަނގަޅުނުވޭ! ތިފެން ކޮންމެ ދުވަހަކުވެސް ޓެސްޓުކުރާނަމަ މިހެންނުވީސް. އައްޑޫގެ ވަންފެން ފެކްޓަރީ އެހެރީ އިންޖީނުގެއާއި ޖެހިގެން. ލިބިގެން ނަގާއިރު އިންޖީނުގެ ހޮޅި އެހުރީ މޫދަށް ގުޅާފައި. އިންޖީނުން ބޭރުވާ ރޭޑިއޭޝަން ތައްޔާރުވެފައިވާ ވަންފެން ރައްކާތެރިއެއްނޫން.
ކުރި
14 November 2025
ފުވައްމުލައް ރައްޔެތުން އިތިބީ ނަފްސާނީ ގޮތުން ބަލިކަށި ވެފަ. ފެނުގެ ނަތީޖާ އެންމެންގެ ހިތްހަމަ ޖެހުމައް ޓަކައި އަދި އިތުބާރު ދެމެހެއްޓުމަށްޓަކައި ހާމަކޮއްލަ ދިނުން ކިހިނެށް ވާނެ ބާ