ރައީސް އޮފީހުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު: ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލަ ހައެއްކަ ގަޑިއިރުގެ ތެރޭގައި ހައްލުވާނެ ކަމަށް އޭނާ ވިދާޅުވި --- ފޮޓޯ/ރައީސް އޮފީސް
11 ނޮވެމްބަރ 2025 - 15:10
ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލަ ކުރިއަށް އޮތް ހައެއްކަ ގަޑިއިރުގެ ތެރޭގައި ހައްލުކޮށް، ކުރިއެކޭ ވެސް އެއްގޮތަށް ފެން ލިބެން ފަށާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މީގެ އިރުކޮޅެއް ކުރިން ވިދާޅުވެއްޖެ އެވެ.
ފުވައްމުލަކުގެ ފެން ތަޣައްޔަރުވެފައިވާތީ އެރަށުން އިއްޔެ ފެނުގެ ހިދުމަތް ކަނޑާލުމާއެކު، އެރަށް ވަނީ ފެނަށް ޖެހިފަ އެވެ.
އެކަމާ ގުޅިގެން ހީނާ މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓްގައި ވަނީ ފެން ތަޣައްޔަރުވެފައިވާތީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ މިންގަނޑުތަކާ އެއްގޮތަށް ފެން ޑިސްއިންފެކްޓްކޮށް، ތާނގީތައް ސާފުކޮށް، ފްލަޝް ކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ކުރަމުން އަންނަ ކަމަށެވެ.
އަދި ކުރިއަށް އޮތް ހައެއްކަ ގަޑިއިރުގެ ތެރޭގައި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްފަހު ކުރިއެކޭ ވެސް އެއްގޮތަށް ފެން ދޫކުރަން ފަށާނެ ކަމަށް އެ ޕޯސްޓްގައިވެ އެވެ.
ފުވައްމުލައް ސިޓީގެ ވޯޓަރ ސަޕްލައިއަށް ދިމާވި މައްސަލައެއްގެ ސަބަބުން އެކަން ޙައްލުކޮށް އެ ސިޓީއަށް މިވަގުތު ބޭނުންވާ ފެން ފޯރުކޮށްދިނުމަށް ކަމާބެހޭ މުއައްސަސާތައް ގުޅިގެން ކުރަމުންދާ މަސައްކަތުގެ މަޢުލޫމާތު :-
— Heena Waleed (@MvSpokesperson) November 11, 2025
މިމައްސަލަ ކުރިމަތި ވުމާއެކު ކަނޑާއި ވައިގެ މަގުން ފުވައްމުލައް…
ހީނާ ކުރެއްވި ޕޯސްޓް
އެ ޕޯސްޓްގައިވާ ގޮތުން އެ މައްސަލަ ކުރިމަތިވުމާ އެކު، ވަގުތީ ގޮތުން ފުވައްމުލަކަށް ބޭނުންވާ ފެން ފޯރުކޮށް ދިނުމުގެ މަސައްކަތް ވަނީ ކޮށްފަ އެވެ. އެގޮތުން ކަނޑާއި ވައިގެމަގުން 1،200 ކޭސް ފެން ފުވައްމުލަކަށް ފޮނުވާފައި ވާއިރު، އިތުރަށް ވެސް ފެން ކޭސްތައް ފޮނުވުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ކުރަމުންދާ ކަމަށް ވެސް އެ ޕޯސްޓްގައިވެ އެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން ކުރިން ބުނެފައިވަނީ ފެނުގެ މައްސަލަ ކުރިމަތިވީ ފެނުގެ މައްސަލަ ކުރިމަތިވެފައިވާތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި އަދި ފެނަކަ ކޯޕަރޭޝަނުން ކުރިން އެ މައްސަލަ ހައްލުކުރަން މަސައްކަތް ކޮށްފައިނުވާ ކަމަށް ވެސް އެ ކައުންސިލުން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައިމިނާ
13 November 2025
ކޮބާ ގޭގެ ވަޅުތައް.
ފެނަކަ ފެނަކަ
12 November 2025
މިނިވަން ވާންވެއްޖެ ނޫންތަ ތިޔަފެނަކައިގެ އަޅުވެތިކަމުން ލާމަރުކަޒީ ވަނީ ޕެނެޱޯލް ގުޅައަކުންތޯ؟ އެތަނެއްގަ ދޭހުރިހާ ޙިދުމަތެއް އެބަޖެހޭ މުށުތެރެއަށް ގެންނަން. ދާދި އިހަކައްދުވަހު އެތައްސަތޭކަ ޕްރޮޖެކްޓްތައް ހަވާލުކީ އެތަނުންފެނުތޯ ލާމަރުކަޒު ވެގެން އުޅުނުތަން ނުވިތަނަކަށް އަމިއްލައަށް މީހުންމަދުކަމުން ރަށުންފައިބާން ބޭނުންވެފަ ތިބި ރަށުގަވެސް ޕްރޮޖެކުޓްސް
ފެނަކަސްޓާފެއް
11 November 2025
ފެނަކަަ އައްޑޫގެ ފެނާއި ކަރަންޓް ހައްލުނުވެ އޮއްވާ ފުވައްމުލަކުގެ ފެނުގައި މައްސަލަ ދިމާވީއެވެ. ފުވައްމުކުގެ ކަރަންޓްވެސްއޮތީ ކިރިޔަކިރިޔާއެވެ. މިދާ ރޭޓްން ދާނަމަ މިރަމްޟާންމަހުގައި ރަށްތަކުގެ ރައްޔިތުން ހާލުގައި ޖެހޭނެއެވެ. ފެނަކައިގެ މިހާރުގެ އެމްޑީއަކީ ފެނަކަ ކީއްކުރަން ކަންމަތީ ފިހާރައެއްވެސް ހިންގޭނެ ގާބިލުކަން ހުރި މީހެއްނޫނެވެ. ރައީސްސަށް ދޮގު މަޢުލޫމާތު ދީގެން ނުވަތަ ރައީސަށްވެސް އެނގިގެން އެތެއް ތާރީޚެއް ދީގެންވެސް ހައްލުވިކަމެއްނެތެވެ.
ޢަރުތަ
12 November 2025
ނުވާނެ ތިހިނެއް، ދުއިސައްތަ އަށްވުރެ ގިނަ ޕްރޮޖެކްޓް 21 ދުވަސް ތެރޭ ފަށަން ސޮއި ކޮށްފި، އެހެންވީމަ ތިހުރިހާ ކަމެއްވެސް އޮންނާނީ ރަނގަޅަށް، މާބޮޑަށް ޝަކުވާ ނުކޮށް ކައުންސިލް އިންތިޚާބަށް ފޯަކަސްކޮށް އަޅުގަނޑުމެން (ސަރުކާރާ އެކު) ތިއްބަވާ، އޭރުން ކަންކަން ހުންނާނީ ރަނގަޅަށް.
ހައްލު ވާނެ
11 November 2025
ހައެއްކަ ގަޱިއިރު ވެއްޖެ ހައްލުވެއްޖެތޯ މިހާރު؟
ޢަރުތަ
12 November 2025
6 × 6 ވާހަކަ ތޯއްޗެ.
މަރުފޫއު
11 November 2025
ރައީސް ކަނޑަައެޅިގެން އެގިގެން ފެނަކައަށް ތަންދޮރު ނުފިލާ މޮޔައަކު ވައްދައިގެން ރައްޔިތުން ހާލުގައި ޖައްސަނީއެވެ.
ރިންޒީ
11 November 2025
މިއީ ފެނަކައަށް ކޮހެއް ވެއްދުމުގެ ހިތި ނަތީޖާއެވެ.
ފެއިލް
11 November 2025
މިއީ ފެނަކައިގެ އާދަ. ކިތަންމެ ވަރަކަށް ރިޕޯޓުކޮށް އެވާހަކަ ދެެއްކިޔަސް ހައްލެއް ނުކުރާނެ. ރައްޔިތުމީހާ ކެކިގަނެ މައްސަލަ ބޮޑު ކޮށްލީމާ ހައްލުވާނެ. ތިތާ ޓޮޕް މެނޭޖްމަންޓުން ގަސްތުގައި ކުރާ ކަމެއް ކަމަށް ލަފާ ކުރެވެނީ. ޢޮޕަރޭޝަންސްގެ ބޮޑުންނާ ޓޮޕްމެނޭޖަމަންޓް ބަދަލު ނުކޮށް ތިތަން ރަގަޅެށް ނުވާނެ
ސަނަމް
11 November 2025
މިފެންނަނީ ފެނަކަ ކޯޕަރޭޝަންގެ އިހުމާލު. ރިޕޯޓްކުރާތާ އެތަކެއް ދުވަސްވީއިރުވެސް އަޅާނުލާ ތިބީ. ތިތަނުގެ ބޮޑު މީހާ ބޭރުކޮށްލަބަލަ.
ޢަރުތަ
12 November 2025
އެކަން ނެތޭ ވާކަށް ދަރިފުޅާ، ކެމްޕޭނަށް ހާދަ ބޮޑު އެއްޗެއް ހޭދަ ކުރިއޭ.
ސަރަކަ
11 November 2025
މީއަހަރުމެން ކުޑައިރު ދަންނަކަމެއްނުން. ފެންބޯންބޭނުންވީމަ ވަޅުދާނި ފުރެންދެން ފެންނަގާ ބަނޑުފެޅެންދެން ބޯަލަނީ. އެފެނަކަށް ފައިސާއެއް ދޭކަށް ނުޖެހޭ މުޅިން ހިލޭ. މިހާރު ގައުމުތަރައްގީވާވަރަކަށް ( އެވެސް ނަމެއްގައި..!!) ހިލޭލިބުނު ހުރިހާއެއްޗެއް ގަންނަން މިޖެހެނީ. ނޭވާލާން ބޭނުންވާ އޮކްސިޖަން ގަންނަ ހިސާބަށް ނުގޮއްސިޔާ ކިތަންމެހާވެސް ރަގަޅު.