އެކްސްޕޯ ފެށުމުގެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ސާޖިދާ އާއި ހެލްތު މިނިސްޓަރު ނާޒިމް އަދި ހެލްތުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
13 ނޮވެމްބަރ 2025 - 23:03
ސިއްހީ ކަންކަމާ ގުޅޭ ގިނަ މައުލޫމާތު އެއް ތަނަކުން ލިބޭނެ "ހެލްތު އެކްސްޕޯ" މިއަދު ފަށައިފި އެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި އަންނަ ހޮނިހިރު ދުވަހާ ހަމައަށް ކުރިއަށްގެންދާ އެކްސްޕޯ ފައްޓަވައިދެއްވީ، ފަސްޓްލޭޑީ ސާޖިދާ މުހައްމަދެވެ.
ރައީސް އޮފީހުގެ ވެބްސައިޓުގައި ބުނީ އެ އެކްސްޕޯގެ ބޭނުމަކީ ދުޅަހެޔޮ ޖީލަކާއި މުޖުތަމައުއެއް ބިނާކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތުގައި ހިމެނިގެން، ސިއްހީ ގޮތުން ދުޅަހެޔޮ އާދަތަކަށް އާންމުން ހޭލުންތެރިކުރުމާ ގުޅޭ މައުލޫމާތު އާއްމުންނަށް ފޯރުކޮށްދިނުން ކަމަށެވެ.
Health Expo 2025 officially opened today at Central Park, Hulhumalé!
— Ministry of Health (@MoHmv) November 13, 2025
The event was inaugurated by First Lady @sajidhaamohamed, together with the Minister of Health @ANazim2019 and senior officials.#HealthExpo2025 #MOH #HealthyGeneration pic.twitter.com/bXObvCmbaX
ހެލްތު މިނިސްޓްރީން އިސްވެ ބާއްވާ އެކްސްޕޯގައި ސިއްހީ ކަންކަމާ ގުޅޭ މައުލޫމާތާއި އެ ލިބޭ މައުލޫމާތުތަކަށް ފަހު ދެން އަމަލުކުރަން ޖެހޭ ގޮތާއި ބަލި ޖެހުމުގެ ކުރިން ބަލިން ރައްކާތެރިވާން އެޅޭނެ ފިޔަވަޅުތައް ހިމެނޭހެން ވަށާޖެހޭ ގޮތެއްގައި ފުރިހަމަ ނިޒާމެއްގެ ތެރެއިން އާއްމުން ހޭލުންތެރިކުރެވޭނެ މައުލޫމާތުތައް ލިބޭނެ އެވެ.
އޭގެ އިތުރުން ބައެއް ސްޓޯލްތަކުން ލޭގެ ޕްރެޝަރާއި ބަރުދަނާއި އިސްކޮޅު އަދި ސިއްހަތާ ގުޅުން ހުރި އެހެން ކަންކަން ހިލޭ ބެލޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސައިފަ އެވެ.
މާލެ އާއި ރަށްރަށުގެ ހޮސްޕިޓަލްތައް ހިމެނޭހެން ދާއިރާގެ ކަމާ ގުޅުން ހުރި ޖަމިއްޔާތަކާއި ޖަމާއަތްތަކާއެކު 50 ފަރާތަކުން ބައިވެރިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢަރުތަ
14 November 2025
ނުލިބިގެން އުޅޭ ބޭސްކޮޅު ހެލްތު އެކްސްޕޯއިން ލިބޭނެތަ، މީހަކު ވާތާވެދާނެ މިމީހުން މިއުޅޭ ގޮތަކުން.
ޖޯލިފަތި
14 November 2025
ވަރަށް ދެރަ. ދިވެހި ބަހުން އެއްޗެއް ލިޔެފަ އޮތްތޯ ފޮޓޯ ތައް ލޯ ޖަހައިގެން ވެސް ބެލިއްޖެ ވަރަކަށް. އިސްޓޭޖުގައި ހަވީރު ލިޔެލާފައި އޮތް ތަން ކޮޅު ނޫނީ ދިވެހި އަކުރެއް ކީއްކުރަން ފިލި ގަނޑެއްހާ ހިސާބު ވެސް ނުފެނުނު.
ޱރ ސިޓީ
14 November 2025
ދުޅަހެޔޮ ވުމުގެ ބަދަލު އިތުރައް ދުޅަވަނީ ތަޢައްޔަރު ފެން ފޯރުކޮދެނީ ހެދިކާ ތެލުލަން ބޭނުންކުރަނީ ރިސޯޓްތަކުން ބޭނުންކޮށްފަ އުކާލާތެޔޮ ރާއްޖޭގެ މާރުކޭޓުން ލިބެނީ ދުނިޔޭގެ ޤައުމުތަކުން ބޭނުންނުކުރާ ޕާމް އޮއިލް ނުވިތަނަކަށް ފިހާރަތަކުން ވިއްކަނީ މުޅިންވެސް ފޭކު ކޮސްމެޓިކުސް އެބަ ބެލޭތޯ ކަމެއް.
ހެލްތު
14 November 2025
ކޮބާ ތިކުރާ ބޭކާރު ޙަރަދުގެ ބޭނުމަކީ ފުރަތަމަ ކަމަކަށް މާލެއާއި އަދި ގުޅިފައިވާ ރަށުގެ ދުވާރުމަތީގައި މިއޮތްހާ ބުޅާގުއި ނަގާސާފުކުރުމާއި ރަތްކުޅު ޖަހާސަރަހައްދުތައް ސާފުކުމާއި ރާއްޖޭގެ ރައްރަކުގައި ސާފު ބޯފެންލިބޭނެގޮތް ހަދާދޭންވީނޫންތޯ. އޭގެ ބަދަލުގަ ތިބޭފުޅުން ތިޔަޙަރަދުކުރަނީ ދުނިޔެއަށް ބޮޱުފަޅިދައްކަންނޫންތޯ؟
ޚަތްދައްތަ
14 November 2025
ބޮޑު ބަޖެޓެއް ހުސްވެގެން ގޮސް އަހަރު މިނިމެނީ މިކަހަލަ އެކުސް ވައިޒެޑްގެ ކަންކަމަށް. ހަރުދަނާ އެއްކަމެއްވެސް ވެފައި ނެތް. އާހިރަތަށް މީހުން ތައްޔާރު ކުރަނިއްޔޭ ބުނެ ފަހެ ނިންމާލެވޭނެތަ؟