އައިހަމް ދަނޑުމަތީ މަޑުކޮށްލައިގެން: އޭނާ ވަނީ ގައުމީ ޓީމުން ބޭރުކުރި މައްސަލައިފައި މައާފަށް އެދިފަ -- ފޮޓޯ: ނިޝާން އަލީ | މިހާރު
14 ނޮވެމްބަރ 2025 - 14:24
ގައުމީ ޓީމުން ބޭރުކުރި މައްސަލައިގައި އޭނާ އަށް ކަންކަން ކުރެވުނީ ރަނގަޅަކަށް ނޫންކަމަށް ގައުމީ ޓީމުގެ މިޑްފީލްޑަރު އަހްމަދު އައިހަމް (ފަތޯ) ބުނެފި އެވެ.
ގައުމީ ޓީމަށް ނަގާފައިވަނިކޮށް ފުޓްސަލް މުބާރާތެއްގައި ކުޅެން ދިޔަ މައްސަލައިގައި، މިދިޔަ ހޯމަ ދުވަހު ގައުމީ ޓީމުން ބޭރުކޮށްފަ އެވެ.
އެފްއޭއެމުން ބުނީ ގައުމީ ޓީމަށް ނަގާފައިވަނިކޮށް ފުޓްސަލް މުބާރާތެއްގައި ކުޅެން ދިޔައީ ކުރިން އެންގުމަކާވެ ސް ނުލައި އަދި ހުއްދަވެސް ނެތި ކަމަށެވެ.
އައިހަމްގެ ފަރާތުން މިއަދު ނެދުނު ބަޔާނުގައި އޭނާ ވަނީ އެފްއޭއެމް އާއި ގައުމީ ޓީމުގެ ކުޅުންތެރިންނާއި ޓީމުގެ އޮފިޝަލުން އަދި ސަޕޯޓަރުންގެ ކިބައިން މައާފަށް އެދިފަ އެވެ.
އައިހަމް، ކުޅުނީ ހއ. އެތޮޅު ކައުންސިލުން އަތޮޅުގެ ރަށްތަކުގެ މެދުގައި ބޭއްވި ފުޓްސަލް މުބާރާތުގައި އުފަން ރަށް އުތީމު ޓީމަށެވެ.
އައިހަމްގެ ބުނީ އޭނާ އަށް ހެދުނު "ގޯހުގެ" ފުރިހަމަ ޒިންމާ އޭނާ އަމިއްލަ އަށް ނަގާ ކަމަށެވެ.
"އަހަންނަށް އަމަލުކުރެވުނީ ޕްރޮފެޝަނަލްކޮށެއް ނޫން. އަދި އަމަލުތައް ބެހެއްޓުނީ ގައުމީ ޓީމުގެ ކުޅުންތެރިޔެއްގެ ކިބައިގައި ހުންނަންޖެހޭ ސިފަތަކާ އެއްގޮތަކަށް ނޫން." އައިހަމްގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
އައިހަމް ބުނީ ބުނީ އޭނާ އަށް ހެދުނު ގޯހާ އެކު "އަގުހުރި ފިލާވަޅެއް ދަސްވެއްޖެ" ކަމަށެވެ. އަދި އެފްއޭއެމާއި ގައުމީ ޓީމުގެ ކުޅުންތެރިންނާއި ކޯޗުންގެ އިތުބާރު ހޯދުމަށް އޭނާ އަލުން ބުރަކޮށް މަސައްކަތް ކުރާނެ ކަމަށް މާޒިޔާގެ މިޑްފީލްޑަރު ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަމޫ
14 November 2025
ރަށު މުބާރާތް ނިންމާލާފަ އައިސް ކޮން މާފަށް އެދޭކަށް. އިޚްލާސްތެރި ކަމެއް ހުރިނަމަަ ހަމަ އެދުވަހު މާފަށް އެދުނީސް.. ރަށަށް ވުރެން ޤައުމު ބޮޑުވާނެ. އަދި ރަށަށް ގޮއްސަ ވެސް ރަށް ދިފާއު ކުރީ، ރަށުމީހުން ލައްވާ. މިކުރެވުނީ ރަގަޅު ކަމެއް ކަމަށް ބުނެދޭން..
މައާފު ކޮށްފިން
14 November 2025
އެކަމަކު ދެރައީ ކިރިޔާ މަޝްހޫރު ވެލާ އިރަށް ތިމާގެ ފެންވަރު އޮޅި ހިތުހުރި ގޮތަކަށް އުޅެގަންނަ ކަން
ާތައިސަމް
14 November 2025
ގައުމީލޯތްބަށްވުރެ ރަށުލޯބި ބޮޑުވެއްޖިއްޔާ އެއީ މައްސަލައެއް.
އިހްސާސް
14 November 2025
މީނަނޫނަސް އެތަނަށް ކުޅެވޭނެ ބައިވަރު ކުދިން އެބަތިބި. ކޯޗުގެ ނިންމުން ބަރާބަރު. އަދިއެހާ ފަސޭހައިން މީނައަށް ދެން ފުރުސަތު ދެވިގެން ނުވާނެ.
ދުރުމި1
14 November 2025
އެންމެ ފުރަތަމަ ވެސް މާފަށް އެދެން ޖެހޭނެ ކަމެއް . ރަށު ލޯތްބޭ ކިޔާފައި ތިކަން ސިޔާސީ ކޮށް ކުޅުންތެރިޔާގެ ދިފާއުކޮށް ޒުވާން ކުޅުން ތެރިން ސްޕޮއިލް ކުރަން އުޅުނީމަ މައްސަލަ އަކީ
އިސްމާއިލް ހަސަން
14 November 2025
ވަރަށްވެސް ހިތްވަރުގަދަ. ކުރިއެރުމަށް އެދި ދުއާކުރަން.
ސަސި
14 November 2025
މީތި ސަޅިއެއްނު، އެކަމު ބޮޑެތި ސިންގާ ސިޔާސީ މީހުން އެބަބުނޭ އެކަން އެކުރީ ހަމަ ރަގަޅަށޭ.