ބޮލީވުޑްގެ ސެލެބްރިޓީ ކަޕުލް އަޖޭ ދޭވްގަން އާއި ކާޖޮލް.
15 ނޮވެމްބަރ 2025 - 06:29
ބޮލީވުޑްގެ ސެލެބްރިޓީ ކަޕުލް އަޖޭ ދޭވްގަން އާއި ކާޖޮލް އެ ދެމަފިރިންގެ ލޯބީގެ ހަޔާތާ ގުޅޭ ގޮތުން ތަފާތު ވާހަކަތަކެއް ދައްކައިފި އެވެ.
ކާޖޮލްގެ އަމިއްލަ ޓޯކް ޝޯ "ޓޫ މަޗް ވިތު ޓުވިންކަލް އެންޑް ކާޖޮލް"ގެ މިދިޔަ ބުދަ ދުވަހު ގެނެސްދިން އެޕިސޯޑުގައި ކުޅުނު ގޭމެއްގައި ކުރި ސުވާލަކަށް ދިން ޖަވާބުގައި ކާޖޮލް ބުނީ ކައިވެންޏަކީ "އެކްސްޕަޔަރީ ޑޭޓެއް" ނުވަތަ ވަކި މުއްދަތެއް އޮންނަން ޖެހޭ ގުޅުމެއް ކަމަށެވެ.
ކާޖޮލްއާ އެކު، އެ ޝޯ ހޮސްޓުކުރާ ބޮލީވުޑްގެ ތަރި ޓުވިންކަލް ކަންނާއި އެ އެޕިސޯޑުގެ މެހުމާނުން ކަމަށްވާ ވިކީ ކައުޝަލް އާއި ކްރިތީ ސެނޮން އެކަމަކު އެކަމަށް އެއްބަހެއް ނުވި އެވެ. އެ ހިޔާލާ އެމީހުން ދެކޮޅެވެ.
"އަހަރެން ގަބޫލުކުރަނީ އެގޮތަށް. ކޮން ގެރެންޓީއެއް އޮތީ ތި އިނދެވެނީ އެންމެ ރަނގަޅު މީހާއާ ކަމެއް؟ އަލުން ކައިވެންޏެއް ކުރުމުގެ އޮޕަޝަން އޮންނަން ޖެހޭ، އަދި ކައިވެންޏަށް ވަކި މުއްދަތެއް ކަނޑައަޅާފައި އޮތިއްޔާ މާ ގިނަ ދުވަހު އެ ހިތާމައިގައި އުޅެން ނުޖެހޭނެ،" ކާޖޮލް ބުންޏެވެ.
ކާޖޮލް އެގޮތަށް ވާހަކަދެއްކުމާ އެކު، ނޫސްތަކުގައި އެ ޚަބަރު ޖެހިތާ މާ ގިނައިރުތަކެއް ނުވެ، ހަމަ އެ ދުވަހު އަޖޭ އޭނާގެ އާ ފިލްމު "ދޭ ދޭ ޕިޔާރު ދޭ 2"ގެ ޕްރޮމޯޝަނަށް "ބުކް މައި ޝޯ"ގެ ޔޫޓިއުބް ޗެނަލަށް ދިން އިންޓަވިއުއެއްގައި ބުނީ ލޯބީގެ އެއްވެސް މާނައެއް މިހާރު ނޯންނަ ކަމަށެވެ.
"އަހަންނަށް ފެންނަ ގޮތުގައި، މީހުން މިހާރު ލޯތްބާ މެދުގައި ދެކެނީ މާ އާދައިގެ ކަމެއް ގޮތުގައި. 'ލޯބި' އެ ބަސް ވެސް ބޭނުންކުރަނީ އެއްވެސް އަގެއް އަދި މާނައެއް ނެތް އެއްޗެއްގެ ގޮތުގައި،" އަޖޭ ބުންޏެވެ.
"އަހަރެމެންގެ ޖެނެރޭޝަންގައި 'އައި ލަވް ޔޫ'އޭ ބުނުމަކީ ވެސް ވަރަށް ބޮޑު ކަމެއް. އެކަމަކު، މިހާރު މީހުންނަށް އެ ލަފުޒުގެ ފުން އިހުސާސް ނޭނގޭ."
އަޖޭ އާއި ކާޖޮލް މި ކަހަލަ ވާހަކަތަކެއް ދެއްކި އިރު، އެ ދެމަފިރިން ވަރިވާން އުޅޭ ކަމަށް ބުނާ އަޑުތަކެއް 2023 ވަނަ އަހަރު ވަރަށް ގަދަވި އެވެ. މި އަހަރުގެ މެދު ތެރޭގައި ވެސް ބައެއް މީޑިއާތަކުން އެ ކަހަލަ ވާހަކަތަކެއް ރިޕޯޓްކުރި ނަމަވެސް، އަޖޭ އާއި ކާޖޮލް ވެސް އެކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
އަޖޭ އާއި ކާޖޮލް ކައިވެނިކުރީ ފެބްރުއަރީ 24، 1999 ގަ އެވެ. އެ ކައިވެންޏަށް ދެ ކުދިން ތިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޝިލްޕާ
16 November 2025
ކާޖޮލް އަކީ 90 ގެ ތަރިން ގެ ތެރެއިން އެއްމެ ޒުވާން ކޮށް 50 އަހަރުން މަތި ވިޔަސް ހުރި މަދު ތަރިންގެ ތެރެއިން އެކަކު! އައިޝް މެން ސުޝްމެން ، އުރުމީލާ މެން މަނީޝާމެން ގެ ސިފަ ވަނީ ގެއްލިފަ! ކާޖޮލް އަދިވެސް ހީވަނީ 30 އަހަރުހެން ! އެހެންވީމަ އިންނާނެ މީހުން އަދިވެސް ވާނެ!
ސަނަމް
15 November 2025
އަޖޭ ޕްލީޒް ކާޖޮލް މިކަމުން މިންޖުކޮށްދީ. އޭނަ ބޭނުންވަނީ ނިއު ލައިފެއް. އަޖޭ އެހެން ވައިފެއް ހޯދާ. ތަބޫ އެހުރީ ހުހަށް ތިދެމީހުން ވަރަށް ޓިއުން ދިމާވެއެއްނުން.
ނަގިއްޔާ
15 November 2025
ކާޖޮލްއާއި އިންނަން ބޭނުންވާ ކުދިންނަށް ފުރުސަތެއް ހުޅުވެން އުޅޭހެން އެބަހީވޭ؟ އަޖޭ އެކަންދަނެ ކާޖޮލް ދޭން ބޭނުންވާ މެސެޖު އެގި އެއްފަރާތަކަށް ޖެހި ކިއުއަށް މަގުހުޅުވައިދޭންވީ. އެކަމަނާ އެހުރީ ވަރަށް ފުރަސްޓްރޭޓްވެފައި.
އަލޮމް މިއާ
15 November 2025
ކުދިން ބުނަނީ އަމާ ބަފާގެ ލަގަބު އަތުލާނެކަމަށް
އިސްލާމީވަރި
15 November 2025
އިސްލާމީ މުއްދަތު މާ ރަނގަޅު. އަންހެން މީހާ ބޭނުމިއްޔާ ފިރިމީހާގެ ކިބައިން ނުވަތަ ކޯޓު މެދުވެރިކޮށް ވަރިއަށް އެދެވޭނެ. ފިރިމީހާ ވަރިނުކޮށްދީފިއްޔާ ޖަޖަށް ވަރިކޮށްދެވޭނެ. އެހެންވީމާ، ކައިވެނިކުރާއިރު އެއްވެސް މުއްދަތެއް ބޭނުމެއް ނުވޭ. އެދުވަހެއްގަ ޖެހޭ މައްސަލަ އެދުވަހަކު ވާހަކަ ދައްކައިގެން ހައްލުކުރާނަމަ ކައިވެނި ދެމިގެންދާނެ.
މުޙައްމަދު123
17 November 2025
އަންހެނާ ބޭނުން ވާއިރަކަށް ކޯޓަކުން ވަރިއެއް ނުކޮށްދެވޭނެ. އެކަށީގެންވާ ޝަރުޢީ ސަބަބެއް އޮންނަންވާނެ.
ލުއްޕު
15 November 2025
ކާޖަޑު!
ބަވސވ
15 November 2025
މުއްދަތު ބޭނުންވާނެ އެކަމުން ނުކުންނަން ބެނުންވާމީހުން.
ޟަމީރު
15 November 2025
އެއްކުއްޖެއް ނޫން. 2 ކުދިން. ރަނގަޅު މައުލޫމާތު ހިމަނާ
ބަރު ބާދު
15 November 2025
ވަކި މުއްދަތެއް އޮތުން މުހިންމު ކަމަށް ފެނޭ! ޢެއީ ދެމަފިރިންގެ ދޭތެރޭގައި ޖެހޭ ކަންކަމާއި މައްސަލަ ހައްލުނުވެ ކޮޅެއްގައި ނުޖެހި ދިގުލައިގެން ދިއުމާއި، މިގޮތަށް ތިބެން ޖެހުމުގެ ސަބަބުން 2 މީހުން ކުރެ މީހަކަށް ކައިވެނި މަތީގައި ތިބެ ލިބެންޖެހޭ އުފާ ނުލިބުން، މުއްދަތު އާ ކުރާ އިރު ނިމުމަކަށް އަންނާނެ ކަމަށް ފެނޭ
ބާތިލް ކައިވެނި
16 November 2025
ކައިވެނި ފިލާވަޅު އަލުން ކިޔަވާ.