ފުވައްމުލަކުގެ ގެއަކަށް ދޫކުރި ފެނެއް.
15 ނޮވެމްބަރ 2025 - 20:45
ފުވައްމުލަކުގައި ދޫކުރާ ސަޕްލައި ފެން ރައްކާތެރިކަމަށް ބުންޏަސް، ބައެއް ގޭގެއަށް ލިބެނީ "ކިލާ" ފެން ކަމަށް އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނެފި އެވެ.
އާބާދީގައި 13،800 މީހުން ދިރިއުޅޭ ފުވައްމުލަކުގެ ފެން ތަޣައްޔަރުވި މައްސަލަ ހައްލުކުރުމަށް ފަހު އިއްޔެ ފެން ދޫކުރަން ވަނީ ފަށައިފަ އެވެ. އަދި އެ ފެން ބޭނުންކުރުން ރައްކާތެރިކަމަށް އެމްއެފްޑީއޭއިން ވެސް ވަނީ ބުނެފަ އެވެ.
ނަމަވެސް، ފުވައްމުލަކުން "މިހާރު"އާ ވާހަކަ ދެއްކި މީހަކު ބުނީ ރަށުގެ އެކި ހިސާބުތަކަށް ލިބޭ ފެނުގައި ބޮޑު ތަފާތެއް އެބަހުރި ކަމަށެވެ. އޭގެ ތެރެއިން، ބައެއް އަވަށްތަކުން ފެން ކިލާ ވެގެން ގޮސް، ހުދު ކުލައިގެ ފެން އަންނަ ކަމަށް އޭނާ ބުންޏެވެ.
"އަނެއް ބައި ހިސާބުތަކުން އެއަށްވުރެ ކުޑަކޮށް ރަނގަޅަސް ބޯން ކަމުދާ ވަރެއް ނޫން،" ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ފެނުގެ މައްސަލަ އެއްކޮށް ހައްލުވެ، ސާފު ފެން ލިބޭ ގެތައް ވެސް އެބަހުއްޓެވެ.
އެމްއެފްޑީއޭއިން ބުނީ ފެނުގެ ޓެސްޓު ހެދީ އެކި ސަރަހައްދުތަކުން ފެން ނަގައިގެން ކަމަށެވެ. އަދި އެ ތަހުލީލުތަކުން އެއީ ސިއްހަތާ ބެހޭ ޖަމިއްޔާގެ ބޯ ފެނުގެ މިންގަނޑަށް ފެތޭ ފެނެއް ކަމަށް އެ އޮތޯރިޓީން ބުންޏެވެ. ފުވައްމަލުގައި ފެނަކަ އިން ދޫކުރާ ސަޕްލައި ފެން ތަޣައްޔަރުވެ ބޭނުން ނުކުރެވޭ ހާލަތަށް ދިއުމުން މިދިޔަ ހޯމަ ދުވަހުން ފެށިގެން މުޅި ރަށުން ވަނީ ފެން ކަނޑާލައިފަ އެވެ.
އެ ރަށުން ކުރިން ވާހަކަ ދެއްކި މީހަކު ބުނެފައިވާ ގޮތުގައި ފެނުގެ މައްސަލަ ދިމާވެގެން އުޅޭތާ ދުވަސްތަކެއް ވެއްޖެ ކަމަށާއި އެ ފެނުގެ ރަހަ އާއި ކުލަ ވެސް ހުންނަނީ ބަދަލުވެފަ އެވެ. އެކަމަކު މީހުން ދިޔައީ އެ ފެން ބޭނުންކުރަމުން ކަމަށް އޭނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޕުލައިންވުޑި
16 November 2025
އެފުޑީއޭއިން އެހެރަ ބުނަނީނު ތިޔަ ރަނގަޅޭ. މިންގަނޑޭ. ކުރުނބާފެން ތޯއްޗެއްނު. ކަންކަން ބޮއްސުންލާފަ ހުރި މިންވަރު މިހުންނަނީ.
ޱރ ސިޓީ
16 November 2025
ފ މުލަކު ރައްޔިތުން ދައްކަނީ ކެއްތެރިކަން ( އަނެއްކޮޅޭ މިކޮޅޭ ) ކިއާނެ ކަމެއްނެއް. ރީތި އަޚްލާޤު މިހާހިސާބުން ސިޓީ ކައުން ސިލުންކުރަންވީކަމަކީ ރަށުގަތިބި މިބާވަތުގެ ކަންކަމުގެ ތަޖުރިބާހުރި ހުރިހާ އެންމެން ގެނެސް ޓާސްކުފޯސްއެއް އެކުލަވާލަންވީ އަދި އެބޭފުޅުންގެ އިރުޝާދުގެ ދަށުން ކައުންސިލް ހަރަކާތްތެރިވާންވީ. ނަމަނަމަ ފެނަކަ ބައިވެރި ނުކުރާތި އެވެރިންނައް ވަގުތު ދެވިއްޖެ މިހާރު. ކުރީދުވަހެއްގަ މޭޔަރު ހުރީ ކުޱާކޮށް ފޫކަހާފަ ފެންބަހަން ނުދީގެން.
ޱރ ސިޓީ
16 November 2025
ކުރިންވެސް ބުނިން ރަށު ރައްޔިތުންނައް ފެންދޫކުރުމުގެ ބަދަލު ރައްކާތެރި ފެން ޓޭންކުތަކަށް އަޅަންވީ އެފެން ފޯރުކޮށްދޭންވީ ރައްޔިތުންނައް ތިޔަ ފެނުގެ ނެޓްވޯކު ޒޯންތަކަށް ބަހާލަންޖެހޭނީ ކޮންޓްރޯކުރެވޭވަރައް. ސައުންސިލުން ޙަރަދުކޮށްގެން ލަސްނުކުޮށް ސިލޯނުން ގެންދޭ އެކުސްޕާޓަކު ކައުންސިލުން މުސާރަ ދޭގޮތައް އެމީހާގެ ބެލުމުގެ ދަށުން ތިޔަކަންތައް ވިނަރެސްކޮށް ކުރިއައްގެންދަންވީ. މާލޭސަރުކާރާ ނުބެއްސާ އެވެރިންގެ ނެއްވިސްނުމެއް ކަމެއް ރަނގަޅުކުރުމުގެ.
ޱރ ސިޓީ
16 November 2025
ކިރިޔާވެސް ކުލުނެއް ހުރިބައެއް ނަމަ އާބާދީގެ މިހާގިނަބަޔަކު ފެނައްޖެހިފައޮތްވަ ބޮޱުފަޅިދައްކަން އެބޭކާރު ޚަރަދެއްނުކުރާނެ އޭގެބަދަލުގަ އެރައްތިތުންގެ ކަންތައް ކޮށްދެވޭތޯބަލާނީ. ހުރިހާކަމެއް މިކުރަނީ އަމާބުނީތީ ފަރައްދާ އުސޫލުން. ނުވިތާކަށް ރައްޔިތުން ވޯޓްދީގެން ހޮވާފަ ތިބި އިއްޒައްތެރިން ވީތަނެއް އެނގޭބާ؟
މަބުނީ
16 November 2025
އެކިގޭގެއަށް އެކިކުލައިގެ ފެންފޮނުވަން ފެނަކަ ހާދަމޮޅޭ. ތިވާގޮތެއް ނޭނގުނު. ކޮންމެއަކަސް ވަރަށްހިތާމަހުރިކަމެއްތިޔައީ.
ތެފައާސާ.
16 November 2025
ބައްލަވާ އެއީ ކިލާ ފެނެއް ނޫން. އެއީ ހަމަ ސީދާ ކުރުބާ ފެން. ކޮލިޓީ މަތިވެގެންގޮސް އަނެއްކޮޅަށް ޖަހާފައި!!!
ކޮއިމަލަ
16 November 2025
ދެން ރައީސް އާއި ނައިބު ރައީސް ވަކިވަކިން 2 ފްލައިޓް ޗާޓަރ ކޮށްގެން ދޭ ފެން ދޫކުރުން އިފްތިތާހު ކުރަން
ނޫންތަ
16 November 2025
ރައީސުން ދާނީ ގޮތުގަ ކިތައްމެ ހަޖަމު ނުވިޔަސް
ޖސބނ
15 November 2025
މޫސުމީކަމެއްބާ؟
ރަދީފްއޮފިޝަލް / އެޗް2އޯ
15 November 2025
އަހަރުމެންގެ އަވަށްޓެރި ފުވައްމުލަކު ރައްޔަތުންނަށް ދިމާވެފައިވާ ގިލަންވެރިކަމުގަ ބައިވެރިވަން.އަސްލު ފެނުގެ ނެޓްވޯކަށް ދިމާވެގެން އުޅެނީ ކުޑަ މައްސަލައެއް ނޫން.ނަމަވެސް އުއްމީދަކީ އެމްޑަބްލިޔުއެސްސީގެ އެކްސްޕަޓީސް ހޯދައިގެން ވެސް ފުވައްމުލަކު ރައްޔަތުންނަށް ވީހާ ވެސް އަވަހަށް ސާފުފެން ލިބޭނެގޮތް މެދުވެރިވުން.ފެނަކަ އެއީ މިކަހަލަ ކަމެއްގަ އިންސްޓެންޓް ސޮލިއުޝަނެއް ހޯދޭނެ ޓެކްނިކަލް ލެވެލް މަތި ބައެއް ނޫން.ވ.ވ.ވެދުން
ރަދީފްއޮފިޝަލް / ޑެނިޝް ކޮންޓްރެކްޓަރ
15 November 2025
ދެން މި ސަރުކާރުން އިތުރު 700 މިލިއަން ރުފިޔާ ޙަރަދުކުރުމަށްފަހު ފުވައްމުލަކުގައި އާ ނެޓްވޯކެއް އަޅާ.މާލޭގެ ފެނުގެ ނެޓްވޯކް އެޅީ ޑެންމާކުގެ ޕްރޮފެޝަނަލް ޓީމަކުން. 1995 ވަނަ އަހަރު އަހަރުމެން ސްކޫލަށް ދިޔައިރު އެމީހުން މަސައްކަތްކުރިތަން ދެކުނިން.ފެނުގެ ނެޓްވޯކްގެ މަަސައްކަތްކުރި މީހުން ބަލަން 1998 ވަނަ އަހަރު ފީފާވޯލްޑްކަޕްގަ ޑެންމާކު ކުޅުނު ހުރިހާ މެޗެއް ސްޕޮންސަރކުރީ ވެސް ޑެންމާކުގެ ކޮންޓްރެކްޓަރ.ވ.ވެދުން