2،000 މީހުންނަށް ވުރެ ކުޑަ އާބާދީއެއް އޮންނަ ރަށްރަށުގައި ތިން ކައުންސިލަރުން އަދި 2،000 އަށް ވުރެ ބޮޑު އާބާދީއެއްގައި ފަސް ކައުންސިލަރުންނަށް މަދު ކުރަން ވެސް ހުށަހަޅާފައިވޭ.
ށ. އަތޮޅު ކައުންސިލާ ރައީސް މުއިއްޒު ބައްދަލުކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް
15 ނޮވެމްބަރ 2025 - 22:38
ލާމަރުކަޒީ ނިޒާމުގެ ތެރޭގައި އަތޮޅު ކައުންސިލްތައް ނޯންނަ ގޮތް ހެދުމަށްޓަކައި ގާނޫނުއަސާސީ އަށް ގެންނަންޖެހޭ އިސްލާހުތައް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ މާދަމާގެ ޖަލްސާ އަށް އެ ހުރިހާ އިސްލާހުތަކާ ގުޅޭ ބިލްތަކުތެ ފުރަތަމަ ކިޔުން އިއްވުން ވަނީ އެޖެންޑާ ކޮށްފަ އެވެ.
ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއު ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ، އަތޮޅު ކައުންސިލް ވުޖޫދުކުރަން، ގާނޫނުއަސާސީގެ 230 ވަނަ މާއްދާގެ ށ. އިން ރައީސުލްޖުމްހޫރިއްޔާ ދީފައިވާ ބާރު އުނިކުރަން ހުށަހަޅުއްވައިފަ އެވެ.
އަދި އަތޮޅު ކައުންސިލުން އެކުލެވިގެންވާ ގޮތް ބަޔާންކުރާ މާއްދާ އާއި އަތޮޅު ކައުންސިލުތައް އިންތިހާބު ކުރަން ވޯޓު ނަގަންޖެހޭ ގޮތް ބަޔާން ކުރާ މާއްދާ ވެސް އުނިކުރަން ޝުޖާއު ހުށަހެޅުއްވި އެވެ.
މީގެއިތުރުން، ރަށު ކައުންސިލްތަކުގެ ރައީސުންނާއި ސިޓީ ކައުންސިލްތަކުގެ މޭޔަރުން އެ ދާއިރާއެއްގެ ރައްޔިތުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުން ކަމަށް ވެސް ގާނޫނުއަސާސީގެ 231 ވަނަ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ބަޔާންކޮށްފައި ވެ އެވެ.
އަންނަ އަހަރު ލޯކަލް ކައުންސިލް އިންތިހާބު ބާއްވަންޖެހޭނީ މި އިސްލާހުތަކާ އެއްގޮތަށް ކަމަށް ވެސް ކަނޑައަޅަން ޝުޖާއު ވަނީ ހުށަހަޅުއްވައިފަ އެވެ.
އެ ފަށަލަ ދުއްވާލީމާ އިތުރަށް ރައްޔިތުން ބާރުވެރި ވަނީ. ކޮންމެ ރަށެއްގެ ރަށު ކައުންސިލް ދެން މަސައްކަތް ކުރާނީ ކަމާ ބެހޭ ވުޒާރާތަކާއި ކުންފުނިތަކާ ޑައިރެކްޓްލީ. އަތޮޅު ކައުންސިލެއް ބޭނުމެއް ނުވާނެ،"--- ރައީސް
ގާނޫނުއަސާސީ އިސްލާހުކުރުމުގެ އިތުރުން، ލާމަރުކަޒީ ގާނޫނާއި ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނު އިސްލާހުކުރަން ވެސް ސަރުކާރުގެ ފަރާތުން ވަނީ މަޖިލީހަށް ވައްދައިފަ އެވެ.
ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހް ހުށަހެޅުއްވި އިސްލާހުގައި ވަނީ، 2،000 މީހުންނަށް ވުރެ ކުޑަ އާބާދީއެއް އޮންނަ ރަށްރަށުގައި ތިން ކައުންސިލަރުން އަދި 2،000 އަށް ވުރެ ބޮޑު އާބާދީއެއްގައި ފަސް ކައުންސިލަރުންނަށް މަދު ކުރަން ހުށަހަޅުއްވައިފަ އެވެ.
ތިން ކައުންސިލަރުން ތިބޭ ރަށު ކައުންސިލްތަކުގެ އެއް ގޮނޑި އަންހެނުންނަށް ހާއްސަ ކުރަންޖެހޭއިރު، ފަސް މެމްބަރުންގެ ކައުންސިލެއްގެ ދެ ގޮނޑި އަންހެންނުނަށް ހާއްސަކުރަން އެ އިސްލާހުގައި ވަނީ ލާޒިމުކޮށްފަ އެވެ.
މީގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ތެރެއިން، ފުލް ޓައިމް މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރާނީ، އެ ރަށެއް ނުވަތަ ސިޓީއެއްގެ ރައްޔިތުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުން އިންތިހާބު ކުރާ ރައީސް އެކަނި ކަމަށް އެ އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.
އަތޮޅު ކައުންސިލްތަކަކީ ލާމަރުކަޒީ ނިޒާމުގައި ބޭކާރު ފަށަލައެއްގެ ގޮތުގައި ސިފަ ކުރައްވައި، އަތޮޅު ކައުންސިލުތައް އުވާލަން ގާނޫނުއަސާސީ އިސްލާހުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ އޮގަސްޓު މަހު ވިދާޅުވެފަ އެވެ.
ރައީސް ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން ވޯޓުލާން ދާއިރު އަތޮޅު ކައުންސިލެއް ހޮވާކަށް ވޯޓެއް ލާކަށް ނުޖެހޭނެ ކަމަށެވެ.
"އެ ފަށަލަ ދުއްވާލީމާ އިތުރަށް ރައްޔިތުން ބާރުވެރި ވަނީ. ކޮންމެ ރަށެއްގެ ރަށު ކައުންސިލް ދެން މަސައްކަތް ކުރާނީ ކަމާ ބެހޭ ވުޒާރާތަކާއި ކުންފުނިތަކާ ޑައިރެކްޓްލީ. އަތޮޅު ކައުންސިލެއް ބޭނުމެއް ނުވާނެ،" ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޙަސަން ފާރިހް
17 November 2025
އަންހެނުން ކޮމިޓީއޭ ކިޔައިގެން މުސާރަދީފައި ބަޔަކު ބަހައްޓާކަށް ނުޖެހެއެވެ. ސަރުކާރުގެ ދާއިމީ މުވައްޒަފަކަށް ދޭ ވަރުގެ މުސާރައެއްދީ ހަފުތާއަކު 1 ދުވަހު ސޮއިކޮށްލާ ގޭގައި އިނުމުން މަހު މަހު މުސާރަ އެކައުންޓަށް ޖަމާވެއެެވެ. އެކަމަކު ސަރުކާރުގައި ކޮލިފިކޭޝަން ރަނގަޅު 30 އަހަރަށްވުރެ ދިގު މުއްދަތަސް ޚިދުމަތްކުރާ މުވައްޒަފުންނަށް ބޮޑުވީ ކޯއްޗެއްތޯއެވެ. 44 އަހަރު ޚިދުމަތުގައި ދެމިހުރި މުވައްޒަފުންނަށް ޖުމްލަ 1200ރ ބޮޑު ނުވެއެވެ.
ހައްސާނު ދީދީ
17 November 2025
އުވާލަން މާ ލަސްވެސް ވެއްޖެ، ތަރައްގީގެ ކަންކަން ވަނީ އެ އަތޮޅެއްގެ އަތޮޅު ކައުންސިލް މެޖޯރިޓީ އޮންނަށް ޕާޓީއަކަށް ނިސްބަތްވާ ރަށްތަކަށް، އަތޮޅު ކައުންސިލަކީ އެ އަތޮޅަކަށް އޮންނަ ބޮޑު ބުރައެއް
އޮނަރަބްލް އަފީފު ދީދީ
16 November 2025
މާލޭސަރުކާރު ސިޔާސަތު ކަޑައަޅާ ތަންފީޒު ކުރާންތިބި އެރަށުގެ ބޮޑުން ކައުންސިލްގެ ޙަރަދު ބޮޑު ވާހަކައާއި "ކައުންސިލްތަކަކީ އުވާލަންޖެހޭ ތަންތަންކަމަށް" ވާހަކަދައްކާ އަޑުފަތުރާ ރައްޔިތުނަށް މިގޮތް ވިސްނާދޭން ބޭނުންވަނީ ކައުންސިލްތަކުގެ ސަބަބުން ރާއްޖެގެ ހުރިހާ ރަށަކަށްވެސް ވަޒީފާގެ ފުރުސަތުތަކެއް ތަނަވަސްވެ އާމްދަނީލިބޭތީ، އެކަން ހުއްޓުވަން ވެގެން. ޙަރަދު ކުޑަކުރާނަމަ ފުރަތަމަ ކުރަންޖެހޭކަމަކީ މާލޭމީހުންގެ ގެދޮރުގައިހުރި އޮފީސްތައް ބަދަލު ކުރުން.
އަފްރާސިޔާބު
16 November 2025
ބަލަ ދީދީ. ރާއްޖެތެރޭގައި ތިބޭ މީހުންނަށް ވަޒީފާދިނީމާ އެމީހުން މަސައްކަތެއް ނުކޮށް އަބަދު ބޭރުގައިއުޅެނީ. ރައްޔިތުންގެ ޓެކްސް ފައިސާ ބޭކާރު ކުރަން އައްޔަން ކޮށްފައިތިބޭތީ ރައްޔިތުންގެ އަޑޭ ކިޔާކިޔާތިބެނީ. ވަޒީފާއެއް ލިބުނީމާ ސަރުކާރަށް ޖެއްސުން ކުރަން ތިބޭ ބައެއްހެން ހީވަނީ. އުވާލަންވީ މުޅިން. ސަރުކާރުން ބޭނުންވާ ކަންކަން ހަމަޖައްސަން އެޑްމިން އޮފިސަރަކު ހުރުމުން ފުދޭނެ.
ވަކީލު
16 November 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު އަށް އިސްލާހު ގެނެޔަސް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ކަމާގުޅޭ ބައިތައް އިސްލާހު ނުކުރާނަމަ ތީގެން އަންނާނީ ކޮން ފައިދާއެއް
ޢެޑްމުންޑޯ
16 November 2025
މަޖްލިސްގެ 80 90 މިންބަރުން ތިބެން އޯކޭތޯ ، މިނިސްޓްރީއެއްގައި 10 ސްޓޭޓް މިނިސްޓަރ އިންނާއި 10 ނާއިބުން އަދި 15 ވަރަކަށް ޕޮލިޓިކަލް ޑައިރެކްޓަރުން ތިބެން އޯކޭތޯ ؟؟؟ ބައެއްކޮމެންޓްތަކުން ހައިރާންވޭ ، އިންސާފަށް ލޯބިކުރުންވެސް މިޕާރޓީ ތަކާ ހެދި ގެއްލިދަނީ ،
ސިޔާސީމުފައްކިރު
16 November 2025
އެޓޯލްސް މިނިސްޓްރީ އާއި އަތޮޅު އޮފީސް ހުޅުވައި އަތޮޅުވެރިންނާއި ކަތީބުން އައްޔަންކުރާނެ ވާހަކަ 14 ނޮވެމްބަރގައި ބޭއްވި ޕީއެންސީ އެއްވުމުގައި ނުބުނީ ކީއްވެބާ؟ ރައްޔަތުން ދެންވެސް ވިސްނާ! ލޯކަލް ކައުންސިލް ނިންމާފަ ދެން ހިފާނީ ރިޔާސީ ދައުރު ދަންމާލަން. އެއީ 2 ވަނަ ދައުރަކަށް ނުހޮވޭނެކަން މިހާރު ޔަގީންވާތީ. ރިޔާސީ ދައުރު ދަންމާލަން ފެންނަ ނުފެންނަ ވޯޓަކަށް ދާނެކަމީ ކުޑަވެސް ޝައްކެއް އޮތްކަމެއްނޫން. ބަލަންތިބޭތި. މިހާރު ނޫހުން މިކޮމެންޓް ޖަހާދޭތި.
ެައަފްރާސިޔާބު
16 November 2025
އެނިޒާމަކީ ރާއްޖޭގެ ހަމަޖެހުން ގެނެސްދޭ ނިޒާމެއް. ރަށްރަށްވެސް ސަރުކާރުން ބޭނުންވާ ގޮތަށް ތަރައްގީ ކުރެވެމުންދިޔަ. މީހުންގެ އަބުރު ކަތިލައި ނުހަދާނެ.
ހަސަންރަހާ
16 November 2025
5، 3 ވެސް މާ ގިނަ. 2، 1 ރަނގަޅުވާނެ. އަންހެން ގޮޑި ކައުންސިލް ގަ ހުންނާކަށް ނުޖެހޭ...
ހަގީގީމާނަ
16 November 2025
ދެން ބޭކާރު ޙަރަދު ކޮށްފަ ކީއްކުރަން އަޅާ ކައުންސިލް އިދާރާ ތަކެއް
އަފްރާސިޔާބު
16 November 2025
އެއީ އިމާރާތެއް އެޅުމުގެ ބޭނުމުގައި. ފައިސާ ވެސް ޚަރަދުވާނެތާ!
ޢަލްޓިކޯ
16 November 2025
ތިގޮތަށް ތިކަން ކުރާނަމަ އައްޑު އަތޮޅު ސިޓީގެ ދަރަޖަ އުވާލާ ރަށްތަށް ވަކިކުރަން ޖެހޭނެ.
އުވާލަންވީ އެތި
16 November 2025
އުވާލަންވީ އެއްޗަކީ ހެސްކިޔާފައި ބޮޑު މުސާރަދީފައި އެތައްބަޔަކު ލާފައި އެތިބަ މިނިވަން މުއައްސަސާތަކޭ މިކިޔާ ހުރިހާތަނެއް! އޭރުން ވަޒީފާގެ ދަހިވެތިކަމުގައި ބްލެކްމެއިލްވެފައި ތިބި މަންމަނުންތަކަކަށް ކުރާ ބޮޑުހޭދައާ ކަންބޮޑުވުމުން ސަރުކާރު މިންޖުވާނެ! އެމީހުން ނެތަސް ގައުމަށާ ރައްޔިތުންނަކަށް ތަފާތެއް ނުދައްކާނެ. ބޮލަށް މާފަސޭހަވެސް ވާނެ.