ރައީސް ޑރ. މުހައްމަދު މުއިއްޒާއި ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް ސަލާމް ކުރައްވަނީ. -- ފޮޓޯ | މިހާރު
17 ނޮވެމްބަރ 2025 - 16:30
ވިސްނުންތެރިކަމާ އެކު ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އަޅުއްވަމުން ގެންދަވާތީ އޭގެ ސަބަބުން ހެޔޮވެރިކަމުގެ ނިޝާންތައް މުޅި ދައުލަތުންނާއި މުޖުތަމައުން ފެނިވަޑައިގަންނަވާ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް މިއަދު ދެ އަހަރު ފުރުމުގެ މުނާސަބަތުގައި ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ނައިބު ރައީސް ވިދާޅުވީ ރާއްޖޭގެ ވެރިކަން ކުރެއްވި އެއްވެސް ރައީސަކަށް އަތްލާން ކެރިވަޑައިނުގެންނެވި އެތައް ކަމެއް ހައްލުކުރައްވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާފައިވާ ކަމަށެވެ.
މި ވެރިކަމުގެ ކުރިން، މުޖުތަމައުގައި ނޭދެވޭ ކަންކަން އުފެދި ނަފްސުގެ ރައްކާތެރިކަން ނެތް ހިސާބަށް ގައުމުގެ ކަންކަން ދިޔައީ ކުރީގެ ރައީސުން ފަސޭހަ ގޮތްތައް އިހްތިޔާރު ކުރެއްވުމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވީ ކުރީގެ ރައީސުން ފަސޭހަ ގޮތްތައް އިހްތިޔާރުކުރެއްވުމުގެ ސަބަބުން މުޖުތަމައުގައި ނޭދެވޭ ކަންކަން އުފެދި ނަފްސުގެ ރައްކާތެރިކަން ނެތް ހިސާބަށް ގައުމުގެ ކަންކަން ދިޔަ ކަމަށެވެ. އެކަމަކު ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ވޭޕް މަނާކުރުމާއި ޑްރަގާ ދެކޮޅަށް ވެސް މަސައްކަތްތައް ފައްޓަވާފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
"ރައީސް ވަޑައިގެންނެވުމަށް ފަހު ވޭޕް މަނާކުރުމާއި މިސާލަކަށް ޑްރަގާ ގުޅޭ އޮޕަރޭޝަންތައް، އެކަން ހުއްޓުވުމަށްޓަކާ މުޖުތަމައުގެ ތެރޭގައި އޮތް ބިރުވެރިކަން ނައްތާލުމަށްޓަކާ އަދި މީގެ ތެރޭގައި އުޅޭ ފަރާތްތައް މުޖުތަމައުގެ ތެރެއަށް ގެނެވޭނެ ގޮތަކަށް އެ މީހުންނަށް ރިހެބިލިޓޭޝަންގެ ފުރުސަތު ހޯދައިދީފައި އެކަން ފެއްޓެވީ،" ނައިބު ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރައީސް މުއިއްޒު ކަންކަން ކުރައްވަމުން ގެންދަވަނީ ނިޒާމެއްގެ ތެރެއިން ކަމަށާއި އެއީ ހަމަ ހުންނަވާފައި ކުރައްވާ ކަމަށްް ކަމަކަށް ނުވާތީ އެ މަސައްކަތްތަކަށް ވެސް ވަގުތު ބޭނުންވާނެ ކަމަށެވެ. ރައީސް މަސައްކަތް ކުރައްވަނީ މުއައްސަސާތައް ހަރުދަނާކުރައްވައި އެ ތަންތަނަށް ދޭން ޖެހޭ ގާނޫނީ ބާރު ވެސް ދެއްވައިގެން ކަމަށް ވިދާޅުވި އެވެ.
"ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އެ އަޅުއްވަނީ ވަރަށް ވިސްނުންތެރިކަމާ އެކީގައި ނިޒާމެއްގެ ތެރެއިން. ރައްޔިތުންނަށް އެންމެ ނިކަމެތި މީހާއަށް ވެސް އޭގެ މަންފާ ލިބޭނެ ގޮތަށް. އެ އިހުސާސް ދިވެހި ނިކަމެތި ރައްޔިތު މީހާއަށް ވުމަކީ އެއީ އިހްލާސްތެރި ވެރިއަކު ކިޔަމަންތެރި ވެރިއަކު ހުރި ކަމުގެ މިސާލެއް،" ނައިބް ރައީސް ވިދާޅުވި އެވެ.
"އެއީ ހެޔޮވެރިކަން. ހެޔޮވެރިކަމުގެ ނިޝާންތައް މިއަދު ދިވެހި ދައުލަތުން، މުޅި މުޖުތަމައުން ފެންނަމުން މި ދަނީ،" އެމަނިކުފާނު ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވީ ގޮންޖެހުންތަކާ އެކު ވެސް ބާރު ސްޕީޑުގައި ރައީސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. ރައީސާ އެކު މަސައްކަތް ކުރައްވަނީ ވަރަށް ބަދަހިކޮށް، އެކުވެރިކަމާ އެކުގައި ކަމަށާއި ހުރިހާ މަސައްކަތްތަކެއްގައި ވެސް ރައީސްގެ ލަފަޔާއި އިރުޝާދު ލިބިވަޑައިގަންނަވާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދުއްމާރި
17 November 2025
މި ނޫނީ ދިވެހި ރައްޔިތުންނަށް ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް މަނާކުރާ ވެރިކަމެއް ނާންނަ ކަން އެންމެނަށް ވެސް އިނގޭ، ސިނގިރޭޓާއި ދުންފަތާއި، މަސްތުވާ ތަކެތިން މުޖުތަމައު ސަލާމަތް ކުރުމަށް ކުރައްވާ މަސައްކަތްޕުޅަށް ތަޢުރީފް.. ސުކުރިއްޔާ ސަރުކާރު
މޯލްޑިވްސް 2.0-
17 November 2025
ސިނގިރޭޓް މަނާކުރަން އެއްވެސް ކަމެއް ނުކުރޭ
ރިއެކްޓު ރައީސް
17 November 2025
އުމުރުން 41 އެއްއަހަރު ވީ، ޖުމްހޫރީ ވެރިކަން ތައް ފެނިއްޖެ މި ނޫނިއްޔާ ގައުމަށް ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތް ކުރާ ވެރިކަމެއް ނުދެކެން، އެހެން ވެރިން ކުރި ކަމަކީ ސިޔާސީގޮތުން ވަގުތީ ހައްލެއް ހޯދުމަށް މަސައްކަތް ކުރީ..
ވަކީލްް
17 November 2025
ތިޔަކަންކަން ތިޔަމަގުން ވާކަން އިހުސާސް މަނިކުފާނަށް ވިކަމުގައިވިއަސް ނިކަމެތި ރައްޔިތުންނަށް އިހުސާސް ކީއްކުރަން ވަސްވެސް ނުދުވާ. ޕާޓީ ކުދިންކޮޅުވެސް ތިޔަވާހަކަ ގަބޫލެއް ނުކުރާނެ. އެކަމު ލިބޭ ފައިސާކޮޅަށް ތިޔަވާހަކަ ތިޔަމަގުން ދައްކާނެ އަދި ފާޑުފާޑުގެ ސްޓޭޓަސް ލިޔާނެ.
އަފްރާސިޔާބު
18 November 2025
އެހެންމީހުން ނިޝާނަށް ބެލީ ވެރިކަން ނުލިބެނީސް ތޯއްޗެއް.
ސީޒަން ޖެކުހަން
17 November 2025
ނައިބު ރައީސަށް ފެނުނަސް އަޅުގަނޑުމެންނަކަަށް ނުފެނޭ. ކޮންމެސް އެއްބަޔަކު ލޯ ނުވަތަ ބޯ ސަކަރާތް. އެހެންނޫނީ އެއްތަނެއްތާ ފެންނަންޖެހޭނީ.
ސަންޑޭ
17 November 2025
މިޤައުމަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ޙާލަތުން ސަލާމަތް ވުމަށް ނާއިބު ރައީސްގެ މަޤާމު އުވާލަން ޖެހޭ. ނާއިބު ރައީސްއަކީ ހަމަ ބޭކާރު މީހެއް.
އަފްރާސިޔާބު
18 November 2025
ބަލަ އެއީ ކޮންމެހެން ބަހައްޓަންޖެހޭ މީހެއް؟ އަހަރެމެންނަށް ނުފެންނަ ކިތަންމެ ކަމެއް ތިމަންނަ އަށް ފެންނަ ކަމުގެވާހަކަ ކިޔައެއްނުން. އެވާހަކަ ނާއިބު މަނިކުފާނު އެ ވިދާޅުވީ. އެދެމީހުންނަށް (ނިޝާން ހުރިމީހާއާ ނިޝާން ފެނުނުމީހާއާދެމީހުންނަށް) އެކަނި ފެންނާނީ.
ރާވެރިބެ
17 November 2025
ހެޔޮ ވެރިކަމެކޭ ބުންޏަސް އިގްތިސާދީ މިސްރަަބާ ރޭވުން ދަނީ ރަގަޅަކަށް ނޫން. ޑްރަގާ ދެކޮޅަށް ފެށި މަސައްކަތް ރަގަޅު. ވޭޕް މަނާ ކުރުން ރަގަޅު. މްޖިލިސްގެ ކޮންޓްރޯލް ސަރުކާރުން ނެގުން ގޯސް. ނޫސްވެރިން ކޮންޓްރޯލް ކުރުން ވެސް ގޯސް. ދައުލަތުގެ ދަރަނި ދަނީ މައްޗަށް. އެންމެ ގޯހީ އިގްތިސާދު ކުރިއެރުވުން. އެހެންވީމަ މަށަށް ދެވޭނީ ޑީ ރިޕޯޓެއް.
ތުއްތު ކަލޯ
17 November 2025
ހެޔޮވެރި ކަމުގެ ތެރޭގައި ފޯއްމުލައް ފެނަށް ނު ޖެހުމާއި އައްޑޫ ކަރަންޓު އަތްފޯރާފަށައް އައުމާއި ޑޮލަރެއް ލޮލު ކޮޅެއް ނުފެންނަ ކަމީ ފެނުނު ހެޔޮ ވެރިކަން!
މޯލްޑިވްސް 2.0-
17 November 2025
ތުއްތު ކަލޯ. ތިބުނި ކަންކަން އާންމު ރައްޔިތުންނަށް ނުވިޔަސް ނުވަތަ ނުލިބުނަސް އެމީހުންނަށް ލިބެއޭ. އެހެންވީމައި އަހަރެމެންނަށް ފެންނަ ފެނުމާއި، އެމީހުންނަށް ފެންނަ ފެނުން ވަރަށް ތަފާތުވާނެ.
ދޫނިރާއްޖެ 2.0
17 November 2025
ދެ އަހަރު ހުސްވެގެން ދިޔައިރުވެސް އަދިވެސް ނިޝާންތަ ފެންނަނީ... ދެންއަސްލު މަންޒަރުފެންނާނީ ކޮންއިރަކުންތޯ؟؟ ވެރިކަމުން ބާލާ ދުވަހުތޯ؟؟؟ ބުނަން ވާހަކައެއް އަނގައިންވެސް ހިފެހެއްޓޭނީ ވަކިވަރަކަށް...
ޢަލީ ކުރުސީ
17 November 2025
އާދެ ނިޝާންތައް ފެންނަވަރުން ލޮލަށް ނިދިނައިސްގެން މިއުޅެނީ!
މޯލްޑިވްސް 2.0-
17 November 2025
ކުރިން ފެނުނީ ގްރީން އަދި ފެހި ސިގްނަލް. އެކަމާހެދި މަގުތަކުގައި ހިނގާބިނގާވެ އުޅެން އުނދަގޫވި
ވެދުން..
17 November 2025
ހެޔޮ ވެރިކަމަކީ ރައްޔިތުން އެކި ކެޓަގަރީ ތަކަށް ލުން!