17 ނޮވެމްބަރ 2025 - 20:35
މި ސަރުކާރުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި، ރާއްޖެ އަށް ކުރިމަތިވެފައި އޮތް މާލީ ދަތިކަމުން އަރައިގަތުމަށް ހުއްޓުމެއް ނެތި ކުރި ހަރުދަނާ އަދި ޒިންމާދާރު މަސައްކަތުގެ ނަތީޖާ ފެންނަމުން އަންނަ ކަމަށާއި ކުރިމަގުގައި އަމާޒަކީ ވިލުންތެރި އިގުތިސާދެއް ބިނާކުރުމުގައި ދެމިތިބުން ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
މި ސަރުކާރަށް މިއަދު ދެ އަހަރު ފުރުމާ ގުޅިގެން، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޒަމީރު ވިދާޅުވީ، މާލީ ދަތިކަމުގެ ތެރެއިން ވެސް ސާބިތުކަމާ އެކު ސަރުކާރުން އަޅަމުން އަންނަ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން އިގުތިސާދީ ކުރިއެރުންތައް ވެސް ލިބެމުންދާ ކަމަށެވެ.
މިގޮތުން، ފިނޭންސް މިނިސްޓްރީން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން އަންނަނީ، ދައުލަތް ހިންގުމުގެ ހަރަދުތައް ކުޑަކޮށް، ގައުމަށް ފިސްކަލް ހަމަޖެހުން ގެނެސް، ސަރުކާރުގެ ތަރައްގީގެ އެޖެންޑާ ހަގީގަތަކަށް ހެދުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ވިދިވިދިގެން 40 ހަފުތާގައި، ބަޖެޓު އަރަނީގައި ދަމަހައްޓަމުން، ދައުލަތުގެ މުސާރަތައް އެއްހަމަކުރުމާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ދުވެލި އަވަސް ކުރުމަކީ އެ މަސައްކަތުން ނެރެވުނު ކާމިޔާބީއެއްގެ ގޮތުގައި ފިނޭންސް މިނިސްޓަރު ސިފަކުރެއްވި އެވެ.
"މުސްތަގުބަލަށް އަޅުގަނޑުމެން ގެންގުޅޭ އަމާޒު ވަރަށް ސާފު. ވިލުންތެރި އިގުތިސާދެއް ބިނާކުރުން،" އޭނާ ވިދާޅުވި އެވެ.
އަދި މި މަސައްކަތުގައި ސާބިތުކަމާއެކު ދެމިތިބޭނެކަމުގެ ޔަގީންކަން ވެސް ޒަމީރު ދެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސޭމްސޭމް
18 November 2025
ބިލިޔަނުން ލޯނުނަގއިގެން ބިންހިއްކާފަ ހިލޭ ބަހާލީމަ ތިޔަ ބުނިކަންތައް ވާނީ!
އެނގިގެ
17 November 2025
ދެން އަންނަ ސަރުކާރަކަށް އެއްވެސް ދަރަންޔެއް ވާރުތަ ނުކުރާނެކަމަށް ވައުދެއް ކޮށްލަން ކެރޭނެތޯ. އެއީ ކޮންމެ ސަރުކާރަކުންވެސް އައިސް ކުރީ ސަރުކާރުގެ ދަރަނި ވާރުތަ ވިއްޔޭ ކިޔާ ހުއްޓާނުލާތީ.