20 ނޮވެމްބަރ 2025 - 11:50
ބޮޑުތަކުރުފާނު މަގު، ސްވިމިން ޓްރެކް ކައިރީގައި ހަދާފައިވާ ތެޔޮ ޕަމްޕު ސްޓޭޝަން ސަރަހައްދުގައި ގިނައިން އެކްސިޑެންޓު ހިނގާތީ އެ ތަނުން ދަތުރުކުރާއިރު ސަމާލުވާން ފުލުހުން މިއަދު އެދިއްޖެ އެވެ.
ޓްރެފިކް ފުލުހުން، ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ އެ ސަރަހައްދުގައި ގިނައިން އެކްސިޑެންޓު ހިނގާކަން ފާހަގަކުރެވޭ ކަމަށެވެ. އެހެންވެ، އެ މަގުން ދުއްވާ މީހުންނާއި މަގު ހުރަސް ކުރާއިރު އިތުރަށް ސަމާލުވާން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެގޮތުން، އެ ސަރަހައްދުން ދަތުރުކުރާއިރު ދުވެލި މަޑުކޮށް، ފުރިހަމައަށް ސަމާލުކަން ދިނުމާއި ޓްރެފިކް ގަވާއިދުތަކަށް ބޯލެނބުން އަދި ރައްކާތެރި މިންވަރަކަށް ދުރުމިން ބަހައްޓަން ވަނީ އެދިފަ އެވެ.
"ތިބާގެ ސަމާލުކަމުގެ ސަބަބުން ތިބާގެ ފުރާނަ ސަލާމަތް ކުރެވިދާނެ. މަގުތައް އެންމެންނަށް ރައްކާތެރި ކުރަން އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ،" ފުލުހުން ބުންޏެވެ.
ގިނައިން އެކްސިޑެންޓު ހިނގާ ސަރަހައްދެއްކަން އެނގޭނެ ބޯޑެއް އެ ސަރަހައްދުގައި ފުލުހުން ވަނީ ބަހައްޓައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގުދުގުދާބެއްޔާ
21 November 2025
ރަށުން ފުންމާލިގޮތައް މާލެއަރާ ހައިވޭ ފެނުމުން ބޮލަށް ފިތާލާފައި އެއްލާ ތާވަޅެއްހެން ދުއްވާ މީހުން ގިނައީ! މަގު ފެނިފަ ހޭބުއްދިފިލާ ދުނިޔެ ރަންވަނީ!
ނަމޫނާ
21 November 2025
ތިޔަ ޕަންޕު ސްޓޭޝަން ނެގުމާ އަހަރެން ދެކޮޅު. އެއީ ދުނިޔޭގައިވެސް މިފަދަ ޢިމާރާތެއް ކުރެވުނު ފުރަތަމަ ފަހަރު ކަމަށް ވެދާނެ. ދިވެހީންގެ ވިސްނުމުގެ ފެންވަރު ދައްކުވާދޭ ރަމްޒެއް. އެހެނިހެން ޤައުމުތަކަށްވެސް ނަމޫނާ ނެގިދާނެ ޢިމާރާތެއް.
ދޮހޮއްތު
21 November 2025
އެކްސިޑެންޓު ގިނަވަނީ ތިޔަ އިމާރާތުގެ ސަބަބުން އެ އިމާރާތް ނެގުމައް ތިޔަ އިންޒާރު ޖެހިނަމަ ރަނގަޅުވީސް
ކޮރަލް
20 November 2025
ޔާމިން ތިޔަ ޕަންޕް ސްޓޭޝަން ނަގަން މަސައްކަތް ކުރި އެވެ. ފުރުސަތެއް ނުދިނީ އެވެ.
ރާއްޖެ
20 November 2025
މިއަށް ވުރެ މުހިއްމު ބިނާއެއް މި މާލޭގައި ހުރި ހެން ހީނުވޭ. ނަގައިފި ނަމަ މާލެ ބެހިގެން ޕެސިފިކް ކަނޑަށް ވެސް ގޮސްދާނެ.
ދިއްދާ
20 November 2025
ތިއޮތީ ވައުދު ފުދިފަ. ދެން އޮންނަ ޖަލްސާއެއްގައި ކުރީސަރުކާރަށް ކުރުދޮށިން ދޭންޖެހޭނެ. ........ ހަފްތާގެ އަރަތް: އޭތި ބެހެއްޓި ފަރާތް (މިނިސްޓަރު ކަމުގައި)، އެތަނުން ނުނަގާތީ މުޒާހަރާކުރި ފަރާތް (މޭޔަރު ކަމުގައި). ވެރިކަން ލިބުމުން 3 މަހުން ނަގަންބުނި ފަރާތް. މިހާރު އެއީ ކަމަކަށް ނެހެދި ފަރާތް. ކޮންފަރާތެއް؟
ތެފައާސާ.
20 November 2025
3 ވަނަ ވެރިކަން މި ހިނގަނީ، ބޮޑު މަގަކަށް އަރާގޮތަށް ތިޔަ ތަނެއް ތިޔަހެން ހުންނަތާ؟ ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނެތޯ؟؟
އަސްލަމް ޝާކިރު
20 November 2025
ތިޔަތާންގައި މަގުމެދަށް ނުކުމެފައި ތިޔަހަރަ ޕަމްޕު ސްޓޭޝަން ނުނެގެނީ ކީއްވެތަ؟ މަގު ހެދީރަކުވެސް އެކަމެއް ނުކުރެވުނު. މަގު މެދަށް އިމާރާތެއް ނުކުމެ ފަހުރުން އެއީ އާދައިގެ ކަމެއްތަ؟ މިއޮށްފަދަ ޒަމާނުގައި އޭތި ނެގޭނެ ގޮތެއް އޮންނާނެ.
ޟފހ5
20 November 2025
މި ޕަމްޕު ސްޓޭޝަން މޫވް ކުރަން ވެގެން،، މި ސަރުކާރުން ވެރިކަމަށް އައިސް އެމްޓީސީސީއަށް ދިން ޕްރޮޖެކްޓެއް މިއީ 3 މަހުން ނިންމަން.... އަދިވެސް 3 މަސް ނުވަނީތޯ؟؟؟ ގިނަ ކޮމެންޓުތަކުގައި ވެސް ފާހަގަ އެބަ ކުރޭ މި ޕަމްޕު ސްޓޭޝަން އެތާ ހުރެގެން ނުވާނެ ވާހަކަ.
ޑޮކްޓާރ. ބަނާނާ
20 November 2025
ތިޔަ ޕަންޕް ސްޓޭޝަން ސަނާ ކިޔާލަ ކިޔާލާ މަގު މެދުގައި ޕާކްކޮށްފައި އޮންނަތާ ޒަމާން ތަކެއް ވެއްޖެ! ތިޔަ ސްޓޭޝަން ގެ ރޯޑް ވާތިނަސް . އަހަރީފީ. އަދި އިންޝޫރަންސް ހައްދަވާފައިވޭތޯ ޗެކްކުރައްވާ " ޓޯވް " ކުރައްވާ! ވ. ވެދުން!