ސިޓީ ކައުންސިލުން ބުނި ގޮތުގައި، ގޫގުލް އަށް ދޫކުރާ 15،000 އަކަފޫޓުގެ ބިމަކީ ގާތްގަނޑަކަށް މަހެއްގެ މައްޗަށް 1.1 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ބިމެއް.
އައްޑޫގެ ހިއްކި ސަރަހައްދު: ހިއްކި ބިމުން ގޫގުލް ޕްރޮޖެކްޓަށް ހިތަދޫން 15،000 އަކަފޫޓުގެ ބިމެއް ވަނީ ހަމަޖައްސައިފައި.-- ފޮޓޯ: ރިޒްނާ ޒަރީރު
20 ނޮވެމްބަރ 2025 - 11:51
ގޫގުލް އިން ރާއްޖޭގައި އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ސްޓޭޝަނެއް ގާއިމްކުރުމުގެ މަސައްކަތަށް އައްޑޫ ހިތަދޫން 15،000 އަކަފޫޓުގެ ބިމެއް ހަމަޖައްސައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ރަސްމީ ޖަލްސާގައި އެ ކައުންސިލްގެ ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ މުގައްރިރު ހިތަދޫ ކޮރަވަލު ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝިނާޒު ވިދާޅުވީ އެއީ ހިތަދޫގެ ހިއްކި ބިމުން ހައުސިން މިނިސްޓްރީ އަށް ރަޖިސްޓްރީ ކޮށްދީފައިވާ ބިމެއް ކަަމަށެވެ. އެ ބިމުގެ ރަޖިސްޓްރީ އިކޮނޮމިކް މިނިސްޓްރީ އަށް ބަދަލުކޮށް ދޭން ކައުންސިލްގައި މިހާރު އެދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިނިސްޓްރީން އެ ބިން ބޭނުންކުރަނީ ކޮން ބޭނުމަކަށް ކަން ރަސްމީކޮށް ކައުންސިލަށް މިހާތަނަށް ސާފުކޮށްދީފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، ސަރުކާރުން އެ ބިން ބޭނުންކުރަން މިހާރު ނިންމާފައި ވަނީ ގޫގުލްގެ އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ސްޓޭޝަން ގާއިމްކުރުމުގެ މަސައްކަތަށް ކަން އެނގިފައިވާ ކަމަށް ޝިނާޒު ވިދާޅުވި އެވެ.
ޝިނާޒު ވަނީ އައްޑޫގެ ރައްޔިތުންނަށް ފައިދާ ނުވާ ގޮތަށް އެ ބިން ދޫކޮށްލަން ބޭނުން ނުވާތީ، ގޫގުލް ޕްރޮޖެކްޓަށް ދޭ އެ ބިމުން ލިބޭ އާމްދަނީ ސަރުކާރުން ކައުންސިލަށް ދޭ ގޮތަށް ކޮމިޓީގެ އެހެން މެމްބަރުންނާ އެކު މަޝްވަރާކޮށް، ކޮމިޓީގެ އިއްތިފާގުން އެގޮތަށް ފާސް ވެސް ކޮށްފަ އެވެ.
އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ޖަލްސާގައި ހިތަދޫ ރަސްގެދަރި ދާއިރާގެ ކައުންސިލަރު ހުސައިން ޒަރީރު ވިދާޅުވި ގޮތުގައި، ގޫގުލް އަށް ދޫކުރާ 15،000 އަކަފޫޓުގެ ބިމަކީ ގާތްގަނޑަކަށް މަހެއްގެ މައްޗަށް 1.1 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ބިމެކެވެ. އެހާ ބޮޑު އާމްދަނީއެއް ލިބޭނެ ބިމެއް އައްޑޫގެ ތަރައްގީއަށް ފައިދާ ނުވާނެ ގޮތަށް ދޫކޮށްލަން ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ކަންބޮޑުވުންތަކާ އެކު، ކައުންސިލްގެ އެހެން މެމްބަރުންގެ މަޝްވަރާއަށް ފަހު އިއްޔެގެ ޖަލްސާގައި ފާސްކުރީ ގޫގުލްއަށް ދޫކުރާ އެ ބޮޑު ބިމުން ލިބޭ އާމްދަނީ ކައުންސިލަށް ލިބޭ ގޮތަށް ބިން ދޫކުރަން ފެންނަ ކަމަށެވެ.
އައްޑޫ ހިތަދޫގައި އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޒޭޝަންއަކާއި ނެޓްވޯކް ފެސިލިޓީއެއް ގާއިމުކުރަން ނިންމައި ގޫގުލް އިން އެކަން އިއުލާންކުރީ މިދިޔަ ހޯމަ ދުވަހު އެވެ.
ގޫގުލްގެ ނިންމުމާ ގުޅިގެން އެކަމަށް މަރުހަބާ ކިޔައި އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެމެރިކާގެ ނިއުޔޯކަށް މި އަހަރު ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނާއި ގޫގުލްގެ އެގްޒެކެޓިވްސްއާ ދެމެދު ބޭއްވުނު މަޝްވަރާތަކަށް ފަހު ކުރިއަށް ގެންދަން ނިންމި މަޝްރޫއުއެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތެރީ
22 November 2025
ކޮބާހޭ ގޫގުލް ޕޭ
އަފްރާސިޔާބު
20 November 2025
ދެކޮޅު ހަދަންވާނެ. ތިޔައީ ޔަހޫދީންނަށް ފަންޑުކުރާ ތަނެއް. މިހާރު ރައްޔިތުން ފެލާލައިގެންވެސް ދައުލަތަށް ސިއްރިޔާތުގައި އެއްޗެއްދޭ ބަޔަކަށް މިރާއްޖޭގެ ބިންދެނީ ކޮންކަމެއް ގޫގަލުން ރާއްޖެއަށް ކޮށްދީގެންތޯ އަހާލަ ބަލަ. ފުރަތަމަ ދޭ ޚިދުމަތްވެސް އިންތިހާއަށް އަގުނަގާ. ނުދެއްޗޭ. ތިޔަޔަށްވުރެ ހަބައި ރަނގަޅުވާނެ ޗައިނާ ކުންފުންޏަކަށް ދިންނަމަ. ވާވޭ މިހާރުވެސް ގޫގަލު ވައްޓާލައިފި..
ބޭކާރު
20 November 2025
ޗައިނާ އަށްތިޔާ ސަނާކިޔަނީ އެއީމާރަގަޅުބަޔަކީތަ؟ ކުޑަކޮށް މައުލޫމާތު ހޯދާލާ. އޭރުންއެގޭނެ އެމީހުންނަކީ ވަކިސަހަލު ބައެއްނޫންކަން. ހިޔަޅުކަން އިންތިހާއަށް ހުންނާނެ. ރޫހާނީ ލީޑަރު ނުރުއްސަވައިފިއްޔާ ދުނިޔޭން ފޮހެލާނެ. ގައުމުތަށް އިގްތިސާދީގޮތުން އަޅުވެތިކުރާނެ.
ދެދސދސަދ
20 November 2025
ބައިނަލް އަޤުވާމީ ކަންކަމުގައި އެއްބާރުލުން ދޭން ޖެހޭ... ރާއްޖެއިން ވެސް ގޫގަލްގައި ކަމެއްގައި އެދެން ޖެހިދާނެ.
އޮނަރަބްލް އަފީފު ދީދީ
20 November 2025
ދައުލަތްދަރަނިކޮށް އެތައްބިލިޔަން ޑޮލަރުގެ ލޯނުނަގައިގެން އެޗްޑީސީ ތަރައްޤީކުރި ކ.އަތޮޅުގެ އަގު ބޮޑު ބިންތައް "ކަށިމައްޗަށް ޕޮއިންޓް ދީގެން" ކ.މާލޭގެ ޤަބީލާތަކަށް ބަލާލަން މާލޭސަރުކާރުން ރުހޭއިރު އައްޑޫސިޓީގެ ބިމުން އައްޑޫސިޓީގެ ހުރިހާ ރައްޔިތުނަށް މަންފާ ކުރާގޮތަށް، މިބިމުން ލިބޭ ކުލި އައްޑޫސިޓީ ކައުންސިލަށް ލިބޭނެ ގޮތް ހަމަޖައްސަން މާލޭސަރުކާރުން ދެކޮޅު ހަދަނީ މިފައިސާގެ ސަބަބުން އައްޑޫގައި ހުރި އިޖްތިމާޢީ މައްސަލަތަކަށް ހައްލު ލިބުދާނެތީތޯ؟
ވައި އަނގަ
21 November 2025
އޮނަރޭ ތިޔަބުނާ ކަންތައްތަކަކީ ތިޔަހާ މުހިންމުކަމަކަށް ވަންޏާހެން ކީއްވެތަ ފޭކް ނަމެއްގެ ފަހަތުގައި ފިލާހުރެހެގެން ދުވާލުދާ ހަތަރުދަމު އެހެންކަމެއް ނުކޮށް ކޮމެންޓްލިޔުމަށް ތިޔަ ދުއްވާލަނީ؟ ތިޔަ ކޮމެންޓްތަކުން އެއްވެސް ނަތީޖާއެއް ނުކުމެއްޖެތަ؟ ކުރިންވެސް ކޮންމެވެސްކަމެއް ބަދަލުނުވެއްޖެއްޔާ ކޯޓަށް ދާނަމޭ ބުނި. ޢެކަމެއްވެސް ވީތަނެއް ނުފެނޭ؟ ފެންނަނީ ކެނޑިނޭޅި ހުސް ފިތުނައިގެ ވައިއަނގަ! ގަޓުހުރިއްޔާ ކޮމެންޓްނުކޮށް ތިޔަކަންކަމާއި ނިކުމެ އުޅެލަބަލަ!
އަސްލު ވާގޮތް
20 November 2025
މިމީހުންގެ އަސްލު މަގްޝަދަކީ މިކަން ހުއްޓު ވުން އިތުރު އެއްވެސް ބޭނުމެއް ނެތް ކޮންމެ ވެސް ބަހަނާއެއް ދައްކައިގެން މިއީ ހަގީގަތަކީ އެބައިގަޑައް ހަޖަމެއް ނުވާނެ.
އޮނަރަބްލް އަފީފު ދީދީ
20 November 2025
އައްޑޫސިޓީގައި އިޤްތިސޯދީ މަސައްކަތެއް ކުރެވިދާނެ ހުރިހާ ބިންތަކާއި، އެއަރޕޯޓް ފަދަ ހުރިހާ ވަސީލަތްތަކާއި ރަނގަޅު އާމްދަނީއެއް މިހާރުވެސްލިބޭ ޔޫޓިލިޓީޒް ޙިދުމަތްދިނުން ފަދަ ހުރިހާކަމެއްގެ ފުރިހަމަ ބާރުއޮތީ އެތައްސަތޭކަ މޭލު ދުރުގައިއޮތް ރަށެއްގެ މީހުންގެ ބާރުވެރި ކަމުގެ ދަށުގައި. މިއީތޯ ދިވެހި ދައުލަތުގެ ޤާނޫނުއަސާސީގައި ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގާންވާނީ ލާމަރުކަޒުކޮށް ކަމަށް ބުނެފައިއޮތް މާއްދާގެ މަޣްފޫމް އަކީ؟! މިކަން ބަދަލު ކުރާންޖެހޭ.
ޕއސ ހޮޕްހޮޕް
20 November 2025
ތިކަން ބަދަލު ކުރިޔަކަނުދޭނަން. ކަލޭމެން ރާއްޖެތެރޭ މީހުންނަކީ އަހަރުމެންގެ އަޅުން. ތާއަބަދށް ތިބެންޖެހޭނީވެސް އަހަރުމެންގެ އަޅުންގޮތުގައި. ރައިސް މުއިއްޒު ދޫނުދެއްވާނެ. އައްޑޫ ސިޓީ ކައުންސިލައް ސަރަކާރައްވުރެ ގަދަ ނުވެވޭނެ! ރައިސް މުއިއްޒު ޒިންދާބާދު!!!
ވައި އަނގަ
21 November 2025
އޮނަރޭ ތިޔަބުނާ ކަންތައްތަކަކީ ތިޔަހާ މުހިންމުކަމަކަށް ވަންޏާހެން ކީއްވެތަ ފޭކް ނަމެއްގެ ފަހަތުގައި ފިލާހުރެހެގެން ދުވާލުދާ ހަތަރުދަމު އެހެންކަމެއް ނުކޮށް ކޮމެންޓްލިޔުމަށް ތިޔަ ދުއްވާލަނީ؟ ތިޔަ ކޮމެންޓްތަކުން އެއްވެސް ނަތީޖާއެއް ނުކުމެއްޖެތަ؟ ކުރިންވެސް ކޮންމެވެސްކަމެއް ބަދަލުނުވެއްޖެއްޔާ ކޯޓަށް ދާނަމޭ ބުނި. ޢެކަމެއްވެސް ވީތަނެއް ނުފެނޭ؟ ފެންނަނީ ކެނޑިނޭޅި ހުސް ފިތުނައިގެ ވައިއަނގަ! ގަޓުހުރިއްޔާ ކޮމެންޓްނުކޮށް ތިޔަކަންކަމާއި ނިކުމެ އުޅެލަބަލަ!
އަރިއަތޮޅުން
20 November 2025
ޢަައްޑޫއިން އައްަދުގެ ބިމުން ސަރުކާރަށް ކިހާވަރެއް އަހަރަކު ވައްދަނީ؟ މިހާރު އަދިބކިރިޔާ އެއްޗެއް ލިބޭ ވާހަކަ އަޑުއިވުމާއެކު ތިޔަ ހިފައިގަތީ... މާލެއަތޮޅާ އަރިއަތޮޅު ރިސޯޓތަކުން ސަރުކާރަށް ނަގާ ބައިން ކޮންމެވެސް ވަރެއް އަތޮޅަށް ހަމަޖައްސަދޭން މަޝްވަރާކުރަންވެސް ކައުންސިލްތަކާ މެމްބަރުން ސީދާ ދެކޮޅުހަދަމުންދަނީ
ޑޮކްޓާރ. ބަނާނާ
20 November 2025
އައްޑޫ ކައުންސެލް ބޭފުޅުންނަށް ތެޔޮވަޅެއް ފެނިފަ ތިޔާ އޮތީ.. ކައުންސިލުން އަވަހަށް "ސްޓަޑީ ޓްއަރ" އަކަށް ބެންކޮކަށް ދާން ތައްޔާރުވޭ!!! ވ. ސަލާމް!
ގެއްލު
20 November 2025
މިކަން ވެސް އެމްޑީޕީން ކުރިނަމަ ނުތެޅޭނެ މިހިނެއް މިގުރޫޕް ބަޔަކައް ހެޔޮއެދޭ ބައެއް ނޫން ވަކި ބަޔަކައް ވެއްޖެޔޭ ގެއްލުމެއް ދެވޭތޯ ބަލާނީ
ޔާޔާ
20 November 2025
އަދި ބިން ވެސް ރަނގަޅައް ހަމަ ނުޖެހެނީސް އެތެޅިގަތީ ލާރި ކޮޅު ލިބޭތޯ
އަފްރާސިޔާބު
20 November 2025
ގޫގަލުން ރާއްޖެއަށް ކޮންކަމެއްތޯ ކޮށްދިނީ އެމީހުންނަށް ހިލޭ ބިންދޭން. މީ އެމީހުންގެ މައިން ބަފައިންގެ ތަރިކަތަ؟ ރާއްޖެއަށް ދޭ ޚިދުމަތުންވެސް އެމީހުން އެންމެ ޑޮލަރެއްވެސް ކުޑަނުކުރޭ. އަނެއްކާ އިސްރާއީލުގެ ކަންކަން ކުރިއަރުވާތަނެއް ތިތަނަކީވެސް. އެކަމަކު ފަލަސްތީނު މީހުންނަށް ހެޔޮއެދޭ މިރާއްޖެ ނަމުން.