ސަބްމެރިން ކޭބަލް ސްޓޭޝަނެއް ގޫގުލްއިން ރާއްޖޭގައި ގާއިމްކުރަން ވަނީ ނިންމާފައި -
17 ނޮވެމްބަރ 2025 - 21:39
އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ސްޓޭޝަނެއް ރާއްޖޭގައި ގާއިމް ކުރަން ގޫގުލް އިން ނިންމައިފި އެވެ.
ގޫގުލް އިން ނިންމާފައިވަނީ އައްޑޫ ސިޓީ ހިތަދޫގައި އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޒޭޝަންއަކާއި ނެޓްވޯކް ފެސިލިޓީއެއް ގާއިމުކުރާށެވެ.
މި ނިންމުމާ ގުޅިގެން އެކަމަށް މަރުހަބާ ކިޔައި އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެމެރިކާގެ ނިއުޔޯކަށް ކުރެއްވި، ދަތުރުފުޅުގައި އެމަނިކުފާނާއި ގޫގުލްގެ އެގްޒެކެޓިވްސްއާ ދެމެދު ބޭއްވުނު މަޝްވަރާތަކަށް ފަހު ކުރިއަށް ގެންދަން ނިންމި މަޝްރޫއުއެއް ކަމަށެވެ.
މި ތާރީހީ މަޝްރޫއަކީ، ދުނިޔޭގައި ކުރިއަރަމުން އަންނަ ޓެކްނޮލޮޖީ އާއި އިނޮވޭޝަންގެ ދާއިރާގައި ރާއްޖޭގެ ދައުރު އިތުރަށް ފުޅާކުރަން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި ހިތަދޫގައި ގާއިމްކުރާ ފެސިލިޓީ ވެގެންދާނީ ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލްތައް ލޭންޑްކުރުމުގެ ގާބިލުކަން ލިބިފައިވާ ފެސިލިޓީއަކަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން ދިވެހިރާއްޖެ ވެގެންދާނީ އޭޝިއާ، އޯޝޭނިއާ، އެފްރިކާ މެދުއިރުމަތި އަދި ޔޫރަޕު "ގުޅުވައިދޭ އިތުބާރު ހުރި، ޑިރިޒަލް ގޭޓްވޭއެއްގެ ގޮތުގައި ކަމަށް ވެސް ބަޔާނުގައިވެ އެވެ.
"މިއީ އިންޑިއާ ކަނޑުގައި ގާއިމުވެގެންދާ ޑިރިޒަލް ކަނެކްޓިވިޓީ، ކޮރިޑޯގައި ރާއްޖެ މައި ހަބެއްގެ ގޮތުގައި ގާއިމްވުމަށް، ލިބިގެންދާ -ފުރުސަތެއް. މާލޭގެ އިތުރުން ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ ކަނެކްޓިވިޓީ ޕޮއިންޓާއި އައްޑޫ ސިޓީ ހިތަދޫގައި ގާއިމްކުރެވޭ މި އިންޓަނޭޝަނަލް ކަނެކްޓިވިޓީ ޕޮއިންޓްތަކާ އެކު، ރާއްޖޭގެ އިގްތިސޯދީ ތަރައްގީއަށް މަގުފަހިވެ، ސަރަހައްދީ މުވާސަލާތީ މަރުކަޒެއްގެ ގޮތުގައި ދިވެހިރާއްޖެ ވެގެންދާނެ،" ބަޔާނުގައި ބުންޏެވެ.
މިނިސްޓްރީން ބުނީ ގޫގުލްގެ މި އިންވެސްޓްމަންޓުގެ ސަބަބުން ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓްކުރަން ޝައުގުވެރިވާ މިންވަރު އިތުރަށް ހާމަވެގެންދާނެ ކަމަށާއި އަދި ކްލައުޑް ސާވިސަސް، ފިންޓެކް، ޑިޖިޓަލް ކޮންޓެންޓް އަދި، ޓެކްނޮލޮޖީ ސްޓާޓް-އަޕްސް ފަދަ ދާއިރާތައް އިތުރަށް ތަރައްގީ ކުރުމުގެ ފުރުސަތު އޮތް މިންވަރު ދައްކުވައިދޭ ކަމަށެވެ.
މި މަޝްރޫއަކީ އިގުތިސޯދު ސިންދަފާތުކޮށް، ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭން ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރާނެ މަޝްރޫއެއް ކަމަށް ވެސް މިނިސްޓްރީން ދެކެ އެވެ.
މިނިސްޓްރީން ބުނީ މި އިންގިލާބީ މަޝްރޫއު އެންމެ ފުރިހަމަ ގޮތުގައި ކާމިޔާބުކަމާ އެކު ތަންފީޒުކުރަން ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގަދަ
18 November 2025
ހިތަދޫ ކުދީން ވަރަށް ހެޕީވާނެ ރަށުން ގޫގަލު ލިބޭތީވެ
މޮޑަން
18 November 2025
ގޫގުލާމެނަށް ޗާރޓުން އައްޑޫ ފާހަނގަކުރަންވެސް ނޭނގެނީބާ. އެހެންވީމަތާ ހުވަދޫ ހުރަސްކުރާހެން ޗާޓު ކުރަހާފަ ތިހިރީ.
ހާސަރު
18 November 2025
ސަރުކާރުން އެޅި ސަބްމެރިން ކޭބަލް ހުޅުމާލެއަަށް މިދިޔަ ސަރުކާރުން އެރުވި ، މިސަރުކާރު އައި ފަހުން އެކަން އޮއޮތީ އެއްކޮށް ހުއްޓިފަ! އެކަން ހުއްޓާލި ސަބަބު މިއެގުނީތާ!؟ ބޮޑު ކަޓެއް ލިބުނީކަން ޔަގީން.
ރާވެރިބެ
18 November 2025
އިކޮނޮމިކް މިނިސްޓްރީ ބުނާގޮތުން ހީވާކަހަލަ ގޫގްލްގެ ސަބްމެރިން ކޭބަލް ސްޓޭޟަނެއް އައްޑޫގަ ހެދީމަ އެފެށެނީ ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީފަދަ މުޅިން އާ ސިނާއަތެއްކަމަށް. އިންޑިއާގެ ބެންގަލޫރަށް ވުރެ ކުރިއަރާނެ އިންފޮމޭޟަން ޓެކްނޮލޮޖީގެ މައި ހަބެއް ރާއްޖޭގަ އުފެދެނީ ކަމަށް. ފިނިފެންމަލުގެ އާ ޚިޔާލީ ސިނާއަތެއް
ގުލިސްތާނު
18 November 2025
ސިންދިފާތާ ސުމޭކާ ފިންޓެކާކިޔައިންގެން ރައްޔިތުންނަށް އޮޅުވާލަނީ. މީ ކާކު ހަދައްގެންއުޅޭ ބަސްތަކެއް؟
ހާނޖީ
18 November 2025
މިނިސްޓަރަށް ހީވާކަހަލަ ދެންތިބޭނީ ހުސް ކަނޑުކޮހުންނޭ. މިއީ ރާއްޖޭ އިގުތިސޯދަށް ސިންދަފާތެއް އައިސް އިނގިލާބެއް އަންނާނެ ކަމެއް ނޫން. މީދެން ބޮޑުވަރު.
ކަމްބްލަރ
18 November 2025
ކްރިސްމަސް އައިލޭންޑާ ގުޅުވާލީމަ ލިބޭ އިންޓަނެޓު ހަރާމް ނުވާނެތަ؟ ދީނީ ސޭހުންގެ ބަހެއް ނުހޯދާ މިފަދަ ލާދީނީ ކަންކަން ކުރާކަށް ނުވާނެ ނޫންތޯ؟ މިއޮއްފަދަ ދީންވެރި ސަރުކާރެއްގަ؟
ޕަކާސް
18 November 2025
ހާދަ މޮޅޭ ހިތުން. ހޭންވީތޯ
ރަނގަޅަށް ހެޑިން ޖަހާބަލަ
18 November 2025
އިންޓަނޭޝަނަލް ސަބްރިން ކޭބަލް ހަދައިގެން ރާއްޖެއިން ނެގެން އޮތް ފަިއދާ ގޫގުލް އަށް ހިބަ ކޮށްދީފި.
ޖީއެމްއާރު އައުޓް
18 November 2025
ގޫގުލް ގެ ކިބައިން ރާއްޖެ ސަލާމަތް ކުރަން ޝޭހު އިމްރާން ނިކުންނަވާނެ ދުވަހެއްގެ އިންތިޒާރުގައި
ވަލީނާ
18 November 2025
އައްޑޫގަ ޓެސްލާ ޗާޖިން ސްޓޭޝަނެއް ވެސް އިލޮން މަސްކާ ވާހަކަ ދައްކައިގެން ހަދަން ސަރުކާރަށް ގޮވާލަން އަދި ކޮންމެވެސް ކުއްޖަކު މިޚިޔާލު އިކޮނޮމިކް މިނިސްޓަރާއި ރައީސަށް ދެއްވުން އެދެން.