ވަގުފް އިމާރާތުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޝަހީމް ވާހަކަ ދައްކަވަނީ: އެ މަޝްރޫއު އާރްސީސީއާ ހަވާލުކުރީ ދޮޅު އަހަރު ދުވަސް ތެރޭގައި ނިންމަންޖެހޭ ގޮތަށް 39 މިލިއަން ރުފިޔާއަށް --- ފޮޓޯ/ރައީސް އޮފީސް
20 ނޮވެމްބަރ 2025 - 15:19
އިސްލާމިކް މިނިސްޓްރީން މާލޭގައި ހަދާ ވަގުފް އިމާރާތް "ދާރުލްއަަރުގަމް"ގެ ބިންގާ މިއަދު އަޅައިފި އެވެ.
އެ އިމާރާތުގެ ބިންގާ އެޅުމަށް މިއަދު މެންދުރު ފަހު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ރަސްމިއްޔާތުގައި އެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އެ އިމާރާތުގެ މަސައްކަތް ހަވާލު ކޮށްފައިވާ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާދަމް ރަހީމެވެ.
ވަގުފް އިމާރާތުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތަށް ރައީސް މުއިއްޒު ވަޑައިގަންނަވަނީ --- ފޮޓޯ/ރައީސް އޮފީސް
އާރުސީސީއާ މިދިޔަ މަހު ހަވާލުކުރި "ދާރުލްއަަރުގަމް"ގެ އިމާރާތް އަޅަނީ އައިލެންޑާސް ޕްރީ ސްކޫލާ ޖެހިގެން ބުރުޒުމަގަށް ވާ ގޮތަށް އޮންނަ ހުސް ބިމުގަ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި 12 ފުލޯއަށް އިމާރާތްކުރާ އެ ވަގުފް އިމާރާތަކީ ޒަމާނީ ވަސީލަތްތަކާ އެކު ހަދާ ތަނެއް ކަމަށެވެ. އެގޮތުން އެ އިމާރާތުގެ ބޭސްމެންޓާއި ގްރައުންޑުގައި ވެހިކަޕް ޕާކު ކުރެވޭނެ ޖާގަ ހުންނާނެ ކަމަށާއި އަދި ފުރަތަމަ ފްލޯގައި ރިސެޕްޝަނެއް ހުންނާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި އެ އިމާރާތުގެ ދެވަނަ ފްލޯގައި ކޮންފަރެންސް ހޯލަކާއި އެއް ވަނަ ފްލޯއިން ފެށިގެން 12 ވަނަ ފްލޯއަށް ޒަމާނީ އޮފީސް ބައިތަކާއި މީޓިން ރޫމުތަކުގެ އިތުރުން ނަމާދުކުރާ ކޮޓަރި ހުންނައިރު، އެ އިމާރާތުގެ ރޫފްޓޮޕަކީ އޯޕަން ޓެރަސްއެއް ގޮތުގައި ހަދާ ބައެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެ އިމާރާތުގައި ލިފްޓު ހަރުކުރާނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން ބޭނުން ކުރެވޭ ގޮތަށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި ދޮޅު އަހަރު ދުވަސް ތެރޭގައި ނިންމަންޖެހޭ އެ މަޝްރޫއު ހަވާލުކުރީ 39.4 މިލިއަން ރުފިޔާއަށެވެ.
އެ މަޝްރޫއުއަށް ފަންޑުކުރަނީ ބީއެމްއެލްގެ އިސްލާމިކް ފައިނޭންސިންގެ ދަށުންނެވެ.
މާލޭގައި ހަދާ ވަގުފް އިމާރާތުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި މިނިސްޓްރީ އާއި އާރުސީސީގެ އިސްވެރިން --- ފޮޓޯ/ރައީސް އޮފީސް
މިނިސްޓްރީން ބުނީ އެ އިމާރާތުން އަހަރަކު 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އާމްދަނީގެ 20 ޕަސެންޓް ރާއްޖޭގެ ޒަކާތު ހައުސްއަށް ޖަމާކުރުމަށް ހަމަޖެހިފައިވާއިރު، ބާކީ 80 ޕަސެންޓް ޖަމާކުރާނީ ވަގުފް ފަންޑަށް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
އެ މަޝްރޫއަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް ރާއްޖޭގައި ވަގުފް ފަންޑް އިތުރަށް ފުޅާކޮށް، އިސްލާމީ ދާއިރާއަށް މާލީ މަންފާ ލިބޭނެ ވަސީލަތްތައް އިތުރު ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ތެރެއިން މަޝްރޫއު އެކެވެ.
މާލޭގެ އިތުރުން ހުޅުމާލޭގައި ވެސް ވަގުފް އިމާރާތަކާއި މާލޭގައި ކީރިތި ގުރުއާނަށް ހާއްސަ ވަގުފް އިމާރާތެއް އެޅުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި ހުޅުމާލޭގައި ހަދާ ވަގުފް އިމާރާތުގެ މަސައްކަތް ވެސް އާރުސީސީއާ މި މަހު ވަނީ ހަވާލުކޮށްފަ އެވެ.
މީގެ އިތުރުން މާލެ ސަރަހައްދުގެ އިތުރުން އައްޑޫ ސިޓީ އާއި ޏ. ފުވައްމުލަކާއި ގދ. ތިނަދޫގެ އިތުރުން ހދ. ކުޅުދުއްފުށި އަދި ގއ. ވިލިނގިލީގައި ވެސް ވަގުފްގެ މަޝްރޫއުތައް ހިންގުމަށް ސަރުކާރުން ކުރިން އޮތީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަޒޫ
21 November 2025
ވިނަރެސް 1 އަދި ވިނަރެސް 5 ކައިރީ ހަދަމުން ގެންދާ މިސްކިތްތައް ނިމޭނީ ކިހާތާކުތޯ..؟ މިނިސްޓަރ މި ދެ މިސްކިތުގެ އަޕްޑޭޓްއެއް ބަލައިދެއްވުން އެދެެން
ވަލީދާ
21 November 2025
ވަގުފް އަކީ ކޯއްޗެއްކަން އަހަންނަކަށް ނޭގޭ. ދިވެހި ބަހުން ލިޔަން ނޫސްވެރިންނަށް ވެސް ނޭގޭ ދޯ؟ ދެން ކޮން ބޭރު ބަހަކުން ދާރުލްއަރުގަމް އެއް މިކިޔަނީ އިމާރާތުގެ ނަމަށް؟ އެކަމަކު ގައުމިއްޔަތާއި ބަސް ކުރިއަރުވަން އަދުގެ ސަރުކާރުން ވުޒާރާއެއް ވެސް ހަދާފަ އެބަހުރި. ޝަހީމް އަށް ވެސް ހީވާކަހަލަ ބޭރު ބަހަކުން އިމާރާތަކަށް ނަންދެވުނީމަ އެދެން ވަރަށް މޮޅު ކަމެއް ކޮއްލެވުނީއޭ.
ސޭކުސްބެ
21 November 2025
ވަގުފ އިމާރާުތުގެ ކަންތައް ހަމަ ދާނީ ވގ ކޮށް ތާ ދޯ ސަހީމޫ!
އިބްރާހިމް
20 November 2025
ޒަކާތު ފަންޑުން ޚަރަދުކޮށްގެން މާލޭގައި ހައެއްކަ ޕާކިންގ ބިލްޑިނގް އަޅާބަލަ ބޮޑު އިޖްތިމާއީ މައްސަލައަކަށް ބޮޑު ޙައްލެއްލިބޭނެ ގަރާޖުސިޓީ ވިއްކުންވެސް ހުއްޓޭނެ ... މަގުތަކަށް އެތައް ލުޔެއް ލިބިގެންދާނެ
ކޮކީ
20 November 2025
ކޮންމެ މިނިސްޓްރީއަކަށް ވެސް ބިމެއްދީފަ ޢިމާރާތެއް ހަދާފަ ކުއްޔަށް ދީބަލަ. ފައިސާ ލިބޭނެ. ތިކުރާކަމެއް ނުވިސްނޭ.
ސަސފފ
20 November 2025
އިސްލާމްދީން ދަސްކުރީމަ ވިސްނޭނެ.
މަންޖޭ
20 November 2025
ޝަހީމުބެ މީ ވަރަށް ގަދަ ބޭފުޅޭއް. ވިސްނުންތޫނު މޮޅޮ ކިޔެވޭނެ އެންމެ މޮޅަށް ކިޔަވައިގެ ހުރި މޮޅުމީހެއް. ދީން ވަރަށް މޮޅައް ދަނޭ. ބަލާޣާއްތެރި ވާހަކަ ދެއްކުންތެރި އެއް. އެބޭފުޅާ މިހުރީ އެބޭފުޅާއަށް އެންމެ ހައްގު މިނިސްޓްރީގައި އަން ލައިކު އަދާރ ޕީޕަލް ހޫ ޑޯންޓް ނޯ ވަޓް ދޭ އާރ ޑުއިން.
އދސަ
20 November 2025
އަހަރަކަށް 10 މިލިޔަން ލިބޭނެ ދީނީ ކަންކަމަށް ޚަރަދު ކުރަން.
ނަގިއްޔާ
20 November 2025
އޯކޭ، ފުރަތަމަ ދެފުލޯގައި ޕާކިންޒޯނެއް، ދެން ރިސެޕްޝަނެއް، ކޮންޕަރެންސް ހޯލެއް، އޮފީސްބައިތައް، މީޓިން ރޫމެއް. ދެން ތިބުނީ އިމާރާތުން އަހަރަކު 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނޭ؟. ނޭގޭތީ އަހަލީ. އިއްޔެވެސް ހުޅުވައިފި މޮޅުނަމެއްކިއާފަ "އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރު"، އެކަމު އެއީ ބޭސިކަލީ ދަމަނަވެށި 2.0. މޮޅުނަން ދޭތަން މިފެންނަނީ. ހުސްފާރެއްރާނާފަވެސް ކިއަންވީ "ނެޝްނަލް ޕިލާއޮފް ސްޓްެރެޓީޖިކް ސެކިއުރިޓީ ބެރިއާރ"
ޗދދޗ
20 November 2025
މޮޅު ނަމެއް ކިޔާފަ ހުޅުމާލޭގެ ބިން ވެސް ބަޔަކު ބެހި. އަނެއް ބަޔަކު އައިސް ތަންތަން މިއަޅަނީ.
ތުން ތުނާ
20 November 2025
ގަދަ! ވިޔަފާރި މެކުހަށް