އަލީ އާޒިމްގެ ކެމްޕެއިން ފެށުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އޭނާ ބައިވެރިވެވަޑައިގަންނަވަނީ – ފޮޓޯ/ސޯޝަލް މީޑިއާ
20 ނޮވެމްބަރ 2025 - 23:19
އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރުމަށް އަލީ އާޒިމްގެ ކެމްޕެއިން މިރޭ ފަށައިފި އެވެ.
"ގަދަކޮށް" ގެ ނަމުގައި އާޒިމްގެ ކެމްޕެއިން ފެށުމަށް އާޓިފިޝަލް ބީޗުގައި ބޭއްވި ހަރަކާތުގައި އެ ޕާޓީގެ ގައުމީ މަޖިލީހަށް ނިސްބަތްވާ ގިނަ މެމްބަރުންނާއި އާއްމުން ބައިވެރިވި އެވެ.
އެ ޖަލްސާގައި އާޒިމް ވިދާޅުވީ މޭޔަރު ކަމަށް ވާދަކުރައްވަނީ ސަރުކާރު ޒިންމާދާރު ކުރަން ކަމަށެވެ. އަދި އެމްޑީޕީގެ ތާއީދާއި އެއްބާރުލުމާއެކު ފަސޭހަ ކަމާއެކު އެ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
އެ ޕާޓީއަކީ ވަކި އަސާސްތަކެއްގެ މައްޗަށް އެކުލެވިފައިވާ ޕާޓީއެއް ކަމަށާއި އަދި ރައްޔިތުންނަށް ހައްގު މިންވަރު ހޯދައިދިނުމަށް މަސައްކަތް ކުރި ޕާޓީއަކީ އެމްޑީޕީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މެދު ހެންވޭރު ދާއިރާގެ މެމްބަރުކަން ވެސް ތިން ދައުރު ފުރުއްވި އާޒިމް ވިދާޅުވީ އާއްމުން އެމްޑީޕީއަށް ވަންނަން ބޭނުންވަނީ ވަކި އުސޫލުތަކާއި ހަމަތަކަށް ޕާޓީން އަމަލު ކުރާތީ ކަމަށެވެ. ނަމަވެސް، ވަކި ހިސާބަކުން އެ އުސޫލުތަކާއި ހަމަތައް ޕާޓީން ނެތެން ފެށި ކަމަށް އޭނާ ވިދާޅުވި އެވެ.
ޕާޓީއަށް ތާއީދުކުރާ މީހުން ޕާޓީން ދުރަށް ދިޔައީ ވެސް، އޭނާ ވިދާޅުވި ގޮތުގައި އެ އުސޫލުތަކާ ދުރަށް ދާން ފެށުމުން ކަމަށެވެ.
މިރޭގެ ޖަލްސާގައި އާޒިމް ވާހަކަ ދައްކަވަނީ – ފޮޓޯ/ސޯޝަލް މީޑިއާ
"މި ވާހަކަ އަޑުއަހާކަށް ވެސް ފަސޭހައެއް ނުވާނެ. މި ވާހަކަ ބުނާކަށް ވެސް ފަސޭހައެއް ނުވާނެ. އެހެން ނަމަވެސް މި ޕާޓީގެ ކުރިމަގަށްޓަކައި ކޮންމެވެސް މީހަކު މި ވާހަކަ ބުނުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ކޮންމެވެސް މީހަކު ކުރަންޖެހޭ ކަމެއް،" އާޒިމް ވިދާޅުވި އެވެ.
އެމްޑީޕީގައި އުފެދުނު ހިޔާލު ތަފާތުވުންތަކާ ހެދި އާޒިމް ވެސް ވަނީ އެ ޕާޓީން ވަކިވެ، ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންފަ އެވެ. އަލުން އެ ޕާޓީއާ ގުޅިވަޑައިގެންނެވީ މި އަހަރުގެ ކުރީކޮޅެވެ.
އޭނާ ވަނީ މިހާރުގެ މޭޔަރު އަދި ދެވަނަ ދައުރަކަށް އެ މަގާމަށް ކުރިމަތިލައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ އާދަމް އާޒިމަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
އަލީ އާޒިމް ވިދާޅުވީ މާލެ މީހުންނަށް ހައްގު މިންވަރަކީ ކާނު ސާފު ކުރުމާއި ގަހެއް އިންދުމާއި މަހާނަގާތައް ނަގައި އެއްލާލުން ކަމަށް ބުނާތީ އެކަމާ ދެކޮޅަށް ނިކުންނަން ޖެހޭ ކަމަށެވެ. އަދި އެއީ މާލެ މީހުންނަށް ހައްގު މިންވަރެއް ނޫން ކަމަށާއި އެ މީހުންނަށް ހައްގު މިންވަރު އެނގިވަޑައިގަންނަވާ ކަމަށް އާޒިމް ވިދާޅުވި އެވެ.
"ތާހިރު ދިރިއުޅުމެއް އުޅެވޭނެ ގޮތް ހަދައިދޭން ޖެހޭ. ރީތިކޮށް ގޭގައި ތިބެގެން އަޅުގަނޑުމެންނަށް، އަޅުގަނޑުމެންނަށް ރީތިކޮށް ދަރިންނާއެކު އުޅެވޭނެ ރީތި މާހައުލެއް ގާއިމްކޮށްދޭން ޖެހޭ. އަޅުގަނޑުމެންގެ ދަރިންނަށް ހަމަ ޔަގީނުން ވެސް ރީތިކޮށް ތިބެގެން ކުޅެލާ މަޖާކޮށްލާ އުފާވެރި އާއިލާއެއް ހިތްހަމަޖެހޭ އާއިލާއެއް ބިނާކުރެވޭނެ ގޮތް ހަދައިދިނުމަކީ އެއީ މާލެ ސިޓީ ކައުންސިލްގެ ޒިންމާތަކުގެ ތެރޭގައި ވާ ކަމެއް،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މާލޭ މޭޔަރު
22 November 2025
ކުޅިސަމާ ފެށުނީ.
ޝެލަރީ
21 November 2025
ގަދަކޮށް ޗޮކުން
ސދަސދަސ
21 November 2025
މާލޭގައި ހުރި ހުސްބިންތަކުން ގޯތި ދެނިކޮށް އުފާވާނެ އެލިބުނު މީހުން.
ލާމަސީލު
21 November 2025
މަޖިލިސް ސުޕަރމެޖޯރިޓީގެ ޕީޖީލީޑަރަކަށް ހުރެ އަރާއިބާރު އޮތްއިރު ނުކޮށްދެވުނު ކަމެއް މިހާރަކު ނުވާނެ. އަހަރުން ގުނބޯހައްދަން ދެން ނޫޅޭ. ތީތި ވޯކެއް ނުކުރާނެ.
000000
21 November 2025
2005 ގައި އެމް.ޑީ.ޕީގެ ފިކުރު ކަމަށް ހީކޮށްދީފައިވަނީ ސިވިލައިޒްޑް އެކައުންޓަބަލް ފަސާދަ ނެތް ހަމަހަމަ ކަން ޤާއިމް ކޮށްދޭނެ ހެޔޮ ވެރިކަމެއް ގައުމުގައި ގާއިމް ކޮށްދޭނެ ފިކުރެއް ކަމަށް! އެކަމަކު އިންތިހާބުވުމުން ނަޝީދު ގަސްދު ކުރީ އެހެން މަގެއްގައި ހިނގަން!! ޑީއާރޕީ ފިކުރުގެ މީހުން "ގަނެގެން" މަޖިލީހަށް ގެނެސް ބޭކާރު ހަރަދުތައް ކޮށް ރަށްތައް ގާތް މީހުންނަށް ބަހާލާ ސޭކު ގޮތަކަށް ވެރިކަން ކުރުން. އަދި ވެސް އެމް.ޑީ.ޕީގެ ގޮތްތަށް ހުރީ ހަމައެހެން!!!
އަލި
21 November 2025
ހަމައެއްބައެއް.. އެއްވާހަކައެއް.. ތީ ގައުމާއި ރައްޔިތުންނަށް ހެވެއް އެދުނު ބައެއްނޫން. ޑިމޮކުރަސީ ގެންނާށޭ ކިޔައިގެން ގައުމު ފަނާކުރާ ބައެއް.
ތޮއްޅޭ
21 November 2025
މިއޮއްހާ ދުވަހު ކެނެރީގެ ނަޝީދުގެ ޕިޔޯނަކައް އުޅެފަ ކުއްލިއަކައް އެމްޑީޕީއައް ފުއްމާލާފަ، ތިމަންނަ މޭޔަކައްވާން ވޯޓުދޭށޭ ބުނާއިރު، އާޒިމު ހީކުރަނީ އެމްޑީޕީގަ އުޅެނީ ސޭކުން ކަމައްތޭ.... އާނދޮގޭ....
ސައިންބޫ
21 November 2025
އެމްޑީޕީ ޔަށް ނެތް ސަލާމަތެއް ދެކޮޅުންވެސް ޕާޓީ ވަންތަ މިހަކު ނެތް، 2 އާޒިމްވެސް ހަމަ ކަޓު! ދެމީހިންނަކީވެސް ތިމާގެ ގަމީހުގެ ރޫ އަންހެނުން ލައްވާ ފިލުވަލައިގެން ޖަލްސާޔަށް ގޮސް އުޅޭ ދެއްކުންތެރި ދެމީހުން އަމަލިޔަށް އެއްކަމެއްވެސް އަތުން ކުރަން އެގޭ ބަޔެއްނޫން!
ރަސްމަތީން
21 November 2025
ކާކު އެއްލާލި ހައްޕުނޑުގަނޑެއް މީ
އަސްލު.......
21 November 2025
އެމްޑީޕީ އަށް މިހާރު ދިމާވެފައިމިވާ ހިތްދަތިކަން ގެނައުމަށް ރޭވިގެން މަސައްކަތް ކުރެއްވި ގްރޫޕުގެ އިސްބޭފުޅެއް، އެމްޑީޕީ ބޭފުޅެއްކަމަށް އަޅުގަނޑު ގަބޫލުނުކުރާ ބޭފުޅެއް...