މުސާރަ ކުޑަވި ކަމަށް ބުނެ ނުރުހުން ފާޅުކުރުމުގެ ގޮތުން ޖުޑިޝަރީގައި މަސައްކަތްކުރާ މުވައްޒަފުން މިއަދު އޮފީހަށް ނުކުތީ ކަޅު ހެދުމުގައި.
24 ނޮވެމްބަރ 2025 - 09:24
ދައުލަތުގެ ޕޭ ފްރޭމްވޯކަށް ސަރުކާރުން މިދިޔަ މަހު ގެނައި ބަދަލާ އެކު، މި މަހުން ފެށިގެން މުސާރަ ކުޑަވެފައިވާ ކަމަށް ބުނެ، އެކަމުގެ ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން ޝަރުއީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ކަޅު ހެދުމުގައި މިއަދު އޮފީހަށް ގޮސް، ހިމޭން އިހުތިޖާޖެއް ކޮށްފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ހައިކޯޓާއި ޑްރަގު ކޯޓާއި ސިވިލް ކޯޓު އަދި ފެމިލީ ކޯޓާއި ޖުވެނައިލް ކޯޓުގެ އިތުރުން ބައެއް ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވެސް މިއަދު އޮފީހަށް ނުކުތީ ކަޅު ހެދުމުގަ އެވެ.
މުސާރަ ކުޑަވި ކަމަށް ބުނެ ނުރުހުން ފާޅުކުރުމުގެ ގޮތުން ޑްރަގު ކޯޓާއި ކްރިމިނަލް ކޯޓުގައި މަސައްކަތްކުރާ މުވައްޒަފުން މިއަދު އޮފީހަށް ނުކުތީ ކަޅު ހެދުމުގައި.
މި ހިމޭން އިހުތިޖާޖުގައި ބައިވެރިވި ބައެއް ރަށްތަކުގެ ތެރޭގައި ށ. މިލަންދޫ މެޖިސްޓްރޭޓު ކޯޓާއި ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓާއި ބ. ކިހާދޫ މެޖިސްޓްރޭޓް ކޯޓާއި ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފުން ވެސް ހިމެނެ އެވެ.
އެނގިފައިވާ ގޮތުގައި ޖުޑިޝަރީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ދަނީ ރައީސް އޮފީހަށް މިއަދު ޕެޓިޝަނެއް ވެސް ހުށަހަޅަން ތައްޔާރުވަމުންނެވެ.
މުސާރަ ކުޑަވި ކަމަށް ބުނެ ނުރުހުން ފާޅުކުރުމުގެ ގޮތުން ކުޑަހުވަދޫ ކޯޓުގައި މަސައްކަތްކުރާ މުވައްޒަފުން މިއަދު އޮފީހަށް ނުކުތީ ކަޅު ހެދުމުގައި.
ދައުލަތުގެ ޕޭ ފްރޭމްވޯކަށް 2022 ގައި އަމަލުކުރަން ފެށި ފަހުން، ދައުލަތުގެ ވަޒީފާގައި މަސައްކަތްކުރާ އެންމެ ގިނަ ބަޔަކަށް މުސާރައިގެ ކުރިއެރުން މި މަހުން ފެށިގެން ލިބޭނެ ކަމަަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.
މުސާރައިގެ މައްސަލާގައި ފެމިލީ ކޯޓުގައި މަސައްކަތްކުރާ މުވައްޒަފުން އޮފީހަށް ނުކުތީ ކަޅު ހެދުމުގައި.
ޖުޑިޝަރީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ކުޑަވެފައިވާ ކަަމަށް ބުނެ، ބައެއް ކޯޓުތަކުގެ މުވައްޒަފުން ހިމޭނެ އިހުތިޖާޖަކަށް މިއަދު ނުކުތް ނަމަވެސް ނޭޝަނަލް ޕޭ ކޮމިޝަނުން މިދިޔަ ބުރާސްފަތި ދުވަހު "މިހާރު" އަށް ބުނީ، އެ ދާއިރާގެ މުވައްޒަފުންގެ މުސާރަ ކުޑަނުވާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. އެ ގޮތުން ބައެއް އެލަވަންސްތައް ވެސް ހަމަޖައްސާފައިވާ ކަމަށް އެ ކޮމިޝަންގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
އޭގެ ތެރެއިން އެއް އެލަވަންސަކީ އޭނާ ވިދާޅުވި ގޮތުގައި "ޖުޑިޝަރީ ކޮންޓިނިއުޓީ އެލަވަންސް" އެވެ.
"އެ ދުވަހަކަށް ތާވަލް ކޮށްފައި ހުންނަ މައްސަލަތައް ނިމެން ޖެހޭނެ. އެ އަށް ފަހު ހުންނަ އިދާރީ ކަންކަން ވެސް ނިންމާފައި ނޫންތޯ ފަނޑިޔާރާއި ދެން ތިބޭ މުވައްޒަފުންނަށް ގެއަށް ދެވޭނީ. އެ ގޮތަށް ތިބެންޖެހޭ ހާއްސަ ފަރާތްތަކަށް އިތުރު އިނާޔަތްތައް ކަނޑައަޅާފައި ހުންނާނެ،" ޕޭ ކޮމިޝަންގެ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރައިގެ ކުރިއެރުމަށް އަންނާނެ ބަދަލުތައް ވަރަށް ތަފުސީލްކޮށް ވަނީ ބަލައިފަ އެވެ. އެކަމަކު، ހާއްސަ ހާލަތްތަކާ ގުޅުވައިގެން ދޭ އެލަވަންސްތައް ނުލައި ހިސާބު ހެދުމުން ނުބައި މަންޒަރެއް ފެންނަނީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ޝަރުއީ ދާއިރާގައި މަސައްކަތްކުރާ ލީގަލް މުވައްޒަފުންގެ މުސާރަ ކުޑަކަމަށް ބުނެ ދައްކާ ވާހަކަތަކާ ގުޅިގެން ސުވާލު ކުރުމުން ޕޭ ކޮމިޝަންގެ އޮފިޝަލް ވިދާޅުވީ، އެއީ އަބަދުވެސް މުސާރައިގެ ގޮތުން "ޕްރިވިލެޖެއް" ލިބިފައިވާ ބައެއް ކަމަށެވެ. އެއާ އެކު، މި މަހުން ފެށިގެން މުސާރަ ބޮޑު ކުރިއިރު، ކޯޓުތަކުގެ އިދާރީ މުވައްޒަފުންނަށް މުސާރައިގެ ބޮޑު ކުރިއެރުމެއް ގެނެސްފައިވާތީ ތަފާތު ފެނިދާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
"ބައެއް އިދާރީ މުވައްޒަފުން މިހާތަނަށް މަސައްކަތް ކުރަމުން އައީ ވަރަށް ދަށް މުސާރައެއްގައި. އަންޑާޕޭގައި އެ މުވަޒަފުން މަސައްކަތް ކުރީ. އެކަމަކު، މި ފަހަރު ވަރަށް ރަނގަޅު ކުރިއެރުމެއް މުސާރައިގެ ގޮތުގައި އެ މުވައްޒަފުންނަށް ގެނެސްފައި ވާނީ. އެ ވަރުގެ ބޮޑު ކުރިއެރުމެއް ލީގަލް ބޭފުޅުންގެ މުސާރަ އަށް މި ފަހަރު ނުގެނޭ. އެ ތަފާތު ފެނިދާނެ. އެކަމަކު، ލީގަލް ބޭފުޅުންނަށް ވެސް މުސާރައިގެ ކުރިއެރުން ދީފައި ވާނީ،" ޕޭ ކޮމިޝަންގެ އޮފިޝަލް ވިދާޅުވި އެވެ.
ސަރުކާރުން ބުނެފައިވާ ގޮތުން އަސާސީ މުސާރަ ވެސް 7،400 އަށް ވުރެ އެއްވެސް މުވައްޒަފަކަށް މި މަހުން ފެށިގެން ދަށް ނުވާނެ އެވެ. މިހާތަނަށް އަސާސީ މުސާރައިގެ ގޮތުގައި ބައެއް މުވައްޒަފުންނަށް 3،100ރ. ވެސް ލިބިފައިވާ ކަމަށް ޕޭ ކޮމިޝަނުން ބުނެފައި ވެ އެވެ.
އެކަމަކު އާ ފްރޭމްވޯކާ އެކު، މުސާރައިގެ ކުރިއެރުން ލިބިފައިވާ ކަމަށް ސަރުކާރުން ބުންޏަސް ބައެއް ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުން ބުނަނީ އެމީހުންގެ މުސާރަ ކުޑަވިި ކަމަށެވެ. އެ މައްސަލާގައި ޕޭ ކޮމިޝަނުން ބުނެފައި ވަނީ އެއީ ލިމިޓެއް ނެތި ނަގަމުން އައި އިތުރު ގަޑީގެ ފައިސާ ދޭ ގޮތަށް ގެނައި ބަދަލާ އެކު އައި ތަފާތެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދެއަނބި ކަޓޯ
26 November 2025
މިތާ ފެމިލީ ކޯޓޭ ކިޔާފައި ކޮށްފައި ހުރި ގިނަ ކޮމެންޓް ތަކަކީ ހަމަ ތެދު ރުޅި އަޔަސް ބޮޑުމަންޒަރު އެއީ
ސުހާނާ
25 November 2025
މުސާރައާމެދު ހިތްހަމަނުޖެހޭނަމަ ބޮޑު މުސާރަ ލިބޭ ތަނެއް ހޯދައިގެން ދިޔައިމާ އެވީއެއްނު. އަހަރެން 47 އަހަރު ދައުލަތުގެ ވަޒީފާގައި އުޅުނިން. މުސާރަ ކުޑަވެގެން ދުވަހަކުވެސް ޝަކުވާއެއް ނުކުރަން. އަހަރެން ސަރުކާރުގެ ވަޒީފާއަށް ވަނީ 1973 ވަނަ އަހަރު. އޭރުވެސްް އިތުރުގަޑީގައި އޮފީސްތަކުގައި މަސައްކަތްކުރަންޖެހޭ. އެކަމަކު އޯޓީ ފައިސާއެއް ނުދޭ. އޯޓީ ފައިސާ ދޭން ފެށީ 1990 ގެ އަހަރުތަކުގައި. އޭރުވެސް ދެނީ ގިނަވެގެން އަސާސީ މުސާރައިގެ ތިންބައިކުޅަ އެއްބައި.
އަފްރާސިޔާބު
24 November 2025
ބަލަ ޖުޑީޝަރީ މިނިވަން ތަނަކަށް ހެދީމާވެސް ސަރުކާރުންތަ މުސާރަ ދޭން މިޖެހެނީ. ކޮބައިތަ ސަރުކާރުން ދިން ބްލޮކް ގްރާންޓް. ގުރާންޓުން ތިމީހުންނަށް ބޭނުންވާކަންތަން ނުކުރެވޭ ކަމުގައިވާނަމަ އެއީ އިތުރުކޮށްދޭށޭ ދަންނަވަންވީނުން. އާމްދަނީ ހޯދަން ދެން ޕްރޮޕޯސަލެއް ހުށަހަޅާބަލަ ޔޫ.އެން އަށް. އަދިވެސް ހުންނާނެ ތަންތަން.
ވަދީފާ ސައްފޯނު
24 November 2025
މި ޕެޓިސަނަކީ ސިވިލް ކޯޓު ލީގަލުން އަޑީގަ ތިބެގެން ހާވާ ހަޑިޔެއް.މި ކަން ނޫދް ވެރިން ތަގުގީގު ކޮެްބަލަ. ޢޭރުން އިނގޭނެ. ކޮފީ ގާ އަނގަ ތަޅަން ތިބެފަ 10:09 ގަ އައުޓް ވީމަ އެމީހުންނަށް ނިމުނީ
ކުއީން ބީ ޝަބާނާ ބަޖެޓް
24 November 2025
މުސާރަ އަށް އެދެވޭ ހައްލެއް ނުލިބޭ. ގެއަށް ގެންދަން ލިބޭ އެތިކޮޅު ވަނީ ކުޑަ. އަދި އިމިގްރޭޝަން އެލަވަންސް ވަރަށް ވާނުވާ. ޕޭ ކޮމިސަނ މީހުން އާދެބަލަ ޖުޑިސަރީ މުވައްޒަފުންނާ ބައްދަލު ކޮެއފަ މުސާރަ ބޮޑުވު ގޮތް ކިޔާދޭން
---- ޖާނޭ
24 November 2025
ހުރިހާ ކުދީން ވަރަށް ތިއްތި!! ވަރަށް ބަސް އަހާ ތިބީ ވެސް ގުޅިގެން ކަޅު ހެދުމުގައި
މުސާރަ މުސާރަ
24 November 2025
މިރަށު ގާޒީވެސް ކޮފީއައް ގިއްސިއްޔާ 3 ގަޑިއިރެއްހާއިރު ވަންދެން އެބައިނދޭ ވައި އަނގަތަޅަން އެވަރުންވެސް މުސާރަ ކުޑަވެގެން މިތެޅެނީ 25000 ރ ގެޔައް ގެންދަން ލިބޭ މަހިތައް އަރާ ކޯންޗެއް ކުޑަވެގެން ބާވޭ ނިއުޅެނީ
ޢއއ އ2
24 November 2025
ތިޔަ ކަޅުހެދުން ލުމުގެ އުސޫލަކީ އަޅުގަނޑުމެންގެ ލޮބުވެތި މުދައްރިސުން ދަސްކޮށްދެއްވި ފިލާވަޅެއް....
ތުއްބަައު
24 November 2025
ހެނދުނު އޮފީހަށް އައިސަ ސައިބޯން. 1 ގަޑި އިރު. ދަރިން ސްކޫލަށް ގެންދަން ދެކޮށް 1 ގަޑިއިރު. 2 ކޮފީ 2 ގަޑިއިރު. މެންދުރުކާން 1 ގަޑިއިރު،. ބާކީ އިނީ 3 ގަޑިއިރު އެދުއްވާލާނީ ވައި އަނގަތަޅަން
ޕްރޮޑަކްޓިވިޓީ
24 November 2025
ކޮން ޖެއްސުމެއްކުރާކަށް.. ދެގުނަ ދިހަ ގުނަ ލިބޭ ސިޔާސީ މީހާ ގޭގަ.. މަސައްކަތެއް އެކަކުވެސް މިތާކު ކުރާނެކަމެއްނެތް.. އަދި ވެސް ހަމަ ގިނައީ މަސައްކަތްކުރާވަރު
ޝާނީ އޯޓީ
24 November 2025
މަގޯތީގަވެސް އުޅޭނެ ތިހެން އުޅޭ މީހެއް.
ޖުޑީޝަރީ
24 November 2025
ޕޭ ކޮމިޝަންގެ ދިފާއުގައި ތި މަސައްކަތްކުރައްވަނީ. ފަންނުވެރިކަން ފަނޑުކޮށް، އިދާރީ ހިންގުމަށް އިސްކަންދީ ބޮޑު މުސާރަދޭ ބައެއްތީ. ލީގަލް ޕްރޮފެޝަނަލްސްއިން ޖުޑިޝަރީގައި ފަނޑުކޮށްލައި ލީ ޑަސްބިނަށް.