ރައީސް މުއިއްޒު ވިލިމާލޭގެ ރައްޔިތުންނާ އެ ރަށުގައި ރޭ ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
24 ނޮވެމްބަރ 2025 - 21:11
ރައީސް ޑރ. މުހައްމަދު މުއިއްޒު މައްޗަންގޮޅީ ރައްޔިތުންނާ މާދަމާ ރޭ ބައްދަލުކުރައްވަން ތާވަލް ކުރައްވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މިއަދު ވިދާޅުވީ، އެ ބައްދަލުވުން އޮންނާނީ މާދަމާ ރޭގެ 8:30 ގައި އަމީނިއްޔާ ސްކޫލްގައި ކަމަށެވެ. އެހެންވެ، އެ އަވަށުގެ ހުރިހާ އެންމެންނަށް ދައުވަތު ދެއްވާ ކަމަށް ހީނާ ވިދާޅުވި އެވެ.
ހުޅުމާލެ ހިމެނޭ ގޮތަށް ވަކިވަކިން މާލޭގެ ހުރިހާ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މި ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރަން މިދިޔަ ހަފުތާގެ ހޯމަ ދުވަހުގެ ރޭ ބޭއްވި ހާއްސަ ބައްދަލުވުމުގަ އެވެ.
ފުރަތަމަ ބައްދަލުވުން ވިލިމާލޭގެ ރައްޔިތުންނާ އެކު، ރައީސް ރޭގައި ވަނީ އެ އަވަށަށް ވަޑައިގެން ބާއްވައިފަ އެވެ. ޓީވީތަކުން ލައިވްކޮށްގެން ބޭއްވި އެ ބައްދަލުވުމުގައި އެ މަނިކުފާނު ވަނީ ވިލިމާލޭގެ މީހުންގެ ކަންބޮޑުވުންތައް ވަކިވަކިން އައްސަވައި، އެ ކަންކަން ހައްލު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ މާލޭގެ ހުރިހާ އަވަށްތަކުގެ މީހުންނާ ބައްދަލު ކުރައްވަނީ ރައްޔިތުންނާ ގާތުން މަސައްކަތްޕުޅު ކުރައްވަން ބޭނުންފުޅުވާތީ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވެފައި ވަނީ ވަގުތު ލިބިވަޑައިގަންނަވާ ވަރަކުން ހަފުތާއަކު ދެ ދުވަހު ވެސް ބައްދަލު ކުރެއްވޭތޯ ބައްލަވާނެ ކަމަށެވެ.
ރައީސް ނިންމަވާފައި ވަނީ މާލޭގައި އުޅޭ ވިޔަފާރިވެރިންނާ އެކު ވެސް ބައްދަލުވުންތަކެއް ވަރަށް އަވަހަށް ފައްޓަވާށެވެ. އޭގެ ތެރޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިން ހިމެނޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވަނީ އެ މަނިކުފާނުގެ ވެރިކަމުގެ ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންފަ އެވެ. ބައެއް ރަށްރަށަށް ދެ ފަހަރު ވެސް ވަޑައިގަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޚެލޯ
25 November 2025
މައްޗަންގޮޅިއަށް އެއަރޕޯޓެއް ލިބިދާނެތޯ އަހާލަން ބޭނުން
ދޮން ފުތާ
25 November 2025
ރާއްޖެތެރެ އަށް ކުރާ ދަތުރު ތަކުގައި ފޯއްމުލަކާއި ހިތަދޫ އަވަށްތަކުގައި އަވަށު ބައްދަލު ކުރުމެއް ނޯވޭ ރާއްޖެތެރޭވީމާ؟
އަބްޑޫޅް +
25 November 2025
މައް ބީރަށްޓެހީން ވީމަ ދޯވ؟
ވޮޗްމޭން
24 November 2025
މައްޗަންގޯޅީ މަގުމަތީގައި ޓައިލްސް ޖަހަން ފެނޭތޯ؟ ނިކަން ވޯޓަކަށް އަހާލަންވީނޫން. އިހްތިފާގުން ގާތްކަނޑަކަށް ފާސްވެދާނެ.
ކޮކީ
24 November 2025
ހަމަ ދެން ކޮމެންޓެއް ކޮށްލާ ހިތް ވީ ދޯ؟ ލޮލް