އެމްޑީޕީގެ ގައުމީ މަޖިލިހުގެ ބައްދަލުވުމެއް ކުރިއަށް ގެންދަނީ.---ފައިލް ފޮޓޯ: މިހާރު
25 ނޮވެމްބަރ 2025 - 08:50
އެމްޑީޕީގެ ޗެއާާޕާސަންގެ މަގާމުން ފައްޔާޒު އިސްމާއިލް މިދިޔަ އާދިއްތަ ދުވަހު އިސްތިއުފާ ދެއްވުމުން އެ މަގާމުގެ ޒިންމާ ވަގުތީ ގޮތުން ހަވާލު ކުރާނެ ބޭފުޅަކު ކަނޑައެޅުން އެ ޕާޓީގެ ގައުމީ މަޖިލިހުން ނިންމާ ގޮތަކަށް ދޫކޮށްލަން ގައުމީ ހިންގާ ކޮމިޓީން އިއްޔެ ނިންމައިފި އެވެ.
މޭ 14، 2022 ގައި ޗެއާޕާސަންގެ މަގާމަށް އިންތިހާބުކުރި ފައްޔާާޒު އެ މަގާމުން އިސްތިއުފާ ދެއްވީ އެމްޑީޕީގެ ލީޑަޝިޕްގެ އެތެރޭގެ ކޯޅުންތަކުގެ ތެރޭގައި އުފެދުނު ނުތަސްވަސްކަމާ ހެދި އެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެބޭފުޅުންގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަަކާ ހެދި އުފެދިފައިވާ އެ އަރައިރުން ފައްޔާޒުގެ އިސްތިއުފާ އަށް ފަހު ވެސް ދަނީ ކުރިއަށެވެ.
ޗެއާޕާސަންގެ މަގާމު ހުސްވުމާ ގުޅިގެން އެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރެވެންދެން މަގާމުގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން ހަވާލު ކުރާނެ ބޭފުޅަކު ކަނޑައެޅުމުގައި އަމަލު ކުރާނެ ގޮތެއް ނިންމަން ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމެއް އިއްޔެ ބާއްވައި ނިންމީ އެ ބޭފުޅަކު ކަނޑައެޅުން ގައުމީ މަޖިލިހަށް ދޫކޮށްލާ ގޮތަށެވެ. އަދި ޗެއާޕާސަންގެ އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައަޅަން ގައުމީ މަޖިލިހުގެ ބައްދަލުވުމެއް ވަރަށް އަވަހަށް ބާއްވައި ދިނުމަށް ހުށަހަޅަން ވެސް ގައުމީ ހިންގާ ކޮމިޓީން އިއްޔެ ނިންމި ކަމަށް އެމްޑީޕީން ނިންމި އެވެ.
"ދެންނެވުނު ކަންކަމުގައި، ކުރިއަށް ދާނީ ހުޅުވާލެވިފައިވާ މާހައުލެއްގައި ފުޅާދާއިރާއެއްގައި މަޝްވަރާ ކުރުމަށް ފަހު، ގައުމީ މަޖިލިހުން ނިންމާ ގޮތެއްގެ މަތިން ކަމުގައި ދަންނަވަމެވެ،" އެމްޑީޕީން ރޭ ނެރުނު ބަޔާނެއްގައި ވެ އެވެ.
އެމްޑީޕީގެ ހިންގުން ކުރިއަށް ގެންދަން ޖެހޭނެ ގޮތަކާއި އަދި މިހާރުން މިހާރަށް ހަމަޖައްސަންޖެހޭ ކަންތައްތަކާ މެދު މަޝްވަރާ ކުރަން އެ ޕާޓީގެ ލީޑަޝިޕްގެ ބައްދަލުވުމެއް އިއްޔެ ބޭއްވި އެވެ.
ފައްޔާޒުގެ އިސްތިއުފާގެ ކުރިން އިއްޔެ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިހުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެ މަގާމުގައި ހޭދަކުރެއްވި މުއްދަތުގައި އެންމެ ބޮޑަށް ބެއްލެވީ ޕާޓީގެ އެއްބައިވަންތަކަން ގާއިމްކޮށް "އެއްވެގެން" މަސައްކަތް ކުރެވޭތޯ ކަމަށާއި މާޒީގައި ހިތަށްވީ ތަދުގެ ބަދަލު ހޯދަން އުޅެގެން އެމްޑީޕީ އަށް ކުރިއެރުން ލިބޭ ތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ވެސް އެމްޑީޕީގެ އެތެރޭގެ ކޯޅުމުގެ ވާހަކަތަކަށް އަލިއަޅުވާލައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑައިޖިން
25 November 2025
ޢަލީ އާޒިމް މޭޔަރުކަމަށް، ޝިއްޕެ ޗެއަރޕާސަން ކަމަށް، ޙަސަން ލަތީފް ދެން އިން މަޤާމަށް، މަޑުމަޑުން ޑިމޮކްރެޓްސްއިން އެމް.ޑީ.ޕީގެ ކޮންޓްރޯލް ނަގަން ރާވާފައިވާގޮތް މި ހާމަވަނީ! މިކަމުގައި ފައްޔާޒު ދަނީ އަންނިއަށް އެހީވަމުން!
އަފްރާސިޔާބު
25 November 2025
ޕާޓީއެއްގެ ޗެއަރޕާސަން ވެރިކަމަށް ފޫގެޅުމަކީ ވަރަށް އެހެންކަހަލަ ކަމެއް. ޗެއަރޕާސަން އަކީ ޕާޓީގެ ގަވާއިދުތަކާ އެއްގޮތަށް ޕާޓީ ހިންގުުމުގެ ޒިންމާ އުފުލާ ފަރާތް. އެފަދަމީހަކު ތިގޮތަށް ވެރިކަމަށް ދަހިވެތިވީމާ ދެން ނުނުކުމެ ނުދާނެ މައްސަލައެއް ތިޔަ ކުރިމަތިވީ. އަވަހަށް ޕީއެންސީއަށް ކަނޑާލާ. އެއިރުން މިއަންނަ ރިޔާސީ އިންތިޚާބުގައި ވެރިކަން ލިބިދާނެ.
ޔައުނީ
25 November 2025
ދެން އެހެން ކިޔާފަ ބިގޭ (އިބޫގެ ޅިޔަނު) ޢަކާ ނޫން ހަވާލު ކުރާނީ ޗޮއް
ޟުއައިބު
25 November 2025
ދެން ފެއްނަނީ ތިޕާޓީންވެސް ހުސްގޮޑި އެއްގެންގުޅެން.
ދެން ފެންނަނީ ތި ޕާޓީ އުވާލަން
25 November 2025
ދެން ފެންނަނީ ތި ޕާޓީ އުވާލަން. ތީ ވަރަށް ފިތުނަ ބޮޑު ޕާޓީއެއް. ޤައުމު ހަލާކުކުރީ ތިޔަ ޕާޓީއިން
ޑރ ވާންޗޯ
25 November 2025
ޗެއަރޕާސަނަކަށް ކަމުދާ ފެންވަރުގެ މީހަކުނެތިއްޔާ ޗެއަރ އެެއްލާލަބަލަ ނޫނީ ވިއްކާލަބަލަ.