ފުލުހުން ހިންގާ ހާއްސަ އޮޕަރޭޝަންގައި އަތުލައިގަތް ފައިސާ.---ފޮޓޯ: ޕޮލިސް
25 ނޮވެމްބަރ 2025 - 16:58
މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނާ ދެކޮޅަށް މި ފަހުން ހިންގި ބޮޑު އޮޕަރޭޝަނުން 180،000 އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ފުލުހުން އަންނަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނާ ދެކޮޅަށް "އޮޕަރޭޝަން އަލިމަގު" ނަމުގައި ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ. އޭގެ ތެރެއިން، މި މަހުގެ 13 ވަނަ ދުވަހު އެއްފަހަރާ 39 ރަށެއްގައި އޮޕަރޭޝަން ފަށައި 29.68 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތެވެ.
އެ އޮޕަރޭޝަންގެ މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސް ކޮންފަރެންސަށް ފަހު ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ނާއިފް މިއަދު ވިދާޅުވީ، އޮޕަރޭޝަން ހިންގި ތަންތަނުން 188،959ރ. ފެނިފައިވާ ކަމަށެވެ. އެކަމަކު، ހައްޔަރުކުރި މީހުންގެ ފައިނޭންޝަލް އިންވެސްޓިގޭޝަން ކުރިއަށް ގެންދާތީ އެ މައްސަލަތަކުގައި ހިމެނޭ މީހުންނާ ގުޅޭ ފައިސާގެ އަދަދެއް ސާފެއް ނުވެ އެވެ.
އެއްފަހަރާ މުޅި ރާއްޖޭގައި ހިންގި ޑްރަގް އޮޕަރޭޝަންގައި 119 މީހުން ހައްޔަރުކުރި އެވެ. އޭގެ ތެރެއިން 61 މީހަކު ޑްރަގަށް ޕޮޒިޓިވްވި އެވެ. ހެއްކަށް ބަލައި 38 މީހެއްގެ ބަންދުގެ މުއްދަތު އިތުރުކުރި އެވެ. ނަމަވެސް، އޭގެ ތެރެއިން މިހާރު ބަންދުގައި ތިބީ ބައެއް މީހުންނެވެ.
އަލިމަގު އޮޕަރޭޝަންގެ ތެރެއިން މައުލޫމާތުގެ އަލީގައި ފުލުހުން ވަނީ ގއ. އަދި ގދ. އަތޮޅުގައި ވެސް އޮޕަރޭޝަނެއް ހިންގައިފަ އެވެ. ޖުމުލަ 12 ކިލޯގެ މަސްތުވާތަކެތި ފެނުނު އެ އޮޕަރޭޝަނުގައި، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތަށް ދެ މީހަކު ހައްޔަރުކޮށްފައި ވެ އެވެ. އަދި އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތަށް މާލެ އިން ވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވި ގޮތުގައި އެ އޮޕަރޭޝަނަކީ ޑްރަގްގެ ވިޔަފާރި ހުއްޓުވަން އަޅާ ވަރުގަދަ ފިޔަވަޅުތަކުގެ ފެށުމެކެވެ. އަދި އެ މަސައްކަތް ހުއްޓާލާނީ ޑްރަގްގެ ވިޔަފާރީގައި އުޅޭ މީހުން އެކަން ހުއްޓާލި އިރަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަމާނާތް
27 November 2025
ބޭބެ ބުނާނެ އިތުރު ވާހަކައެއްނެތް. ތި ފައިސާކޮޅު ރަނގަޅަށް ބަލަހައްޓަދޭތި.
ސިލްމާ
27 November 2025
ހާދަ މަދޭ! ތިޔަ ހުރިހާ ކަމަކުން 2 ލައްކަ ހަމަނުވޭ؟ ހީވަނީ ތިޔައިން %95 ކަޓަށް ނަގާފަ ބާކީވީ ވަރުހެން.
މޮހިތު
26 November 2025
ކޮބާތޯ ބާކީ ލާރި؟ 180،000ރ މިއީ ބޮޑު ޖޯކެއް!
އަލީމްގެ
26 November 2025
180000ރ އަކީ މުށުތެރެއައް ލަިގެނ ގެންގުޅެވޭހާ ކުޑަ އެތިކޮޅެއަގެ އަގު، އޮޕަރޭޝަންގެ ބޮޑުމިން މިއިންވެސް އެބަ އިނގޭ
ކޮރަލް
25 November 2025
ޑްރަގް އެތެރެ ކޮށް ވިއްކާ މީހުންގެ ބޭންކް އެކައުންޓް ތައް ފްރީޒް ނުކުރެވެނީ ކީއްވެގެންތޯ އެވެ. ؟ އެމައުލޫމާތު ބޭންކް ތަކާއި އިންޓެލިޖަންސް އަށް އެނގޭނެ އެވެ.
އަހަންމަދުމަނިކު
25 November 2025
ކޮންތާކުބާ މިފދައިސާ ބެހެއްޓީ. އިތުބާރު އޮތީ ކޮންތަނެއްގައި ބެހެޓިގެންކަމެއް މިހާރު ޔަގީންވާނެ ގޮތެއްނެތް.
އާދަނު33
25 November 2025
މިއޮއްހުރިހާ ދުވަހު ފުލުހުން ތިޔަކަހަލަ އޮޕަރޭޝަންތަށް ނުހިންގާތިބީ އެމީހުނަށް އެފުރުސަތުދީގެންތޯ؟!
1235
25 November 2025
ކޯޗަކަށް މިވީ، ފޮނަ އަރުވާފަ
ކޭނަރ
25 November 2025
ވަޓްއިސްދިސް، ކޮމްޕެއަރޑް ޓު މިލިއަންސް އިންވެސްޓެޑް އެންޑް ރޯލްޑް އިން ދަ ޑްރަގް ބިޒްނަސް. އާފްޓަރ ކްރިއޭޓިންގ ސޯމަޗް ނޮއިސް. ކަމަކު ނުދޭ.