ޚަބަރު / ފުލުހުން

ފެނުނީ ޖީލެއް ހަލާކުކޮށް ޑީލަރުން އުދުހޭ ނުރައްކާ މަންޒަރު!

"މަސްތުވާތަކެތީގެ ވިޔަފާރީގެ ގެރެންޓާއެއްގެ ގޮތުގައި ގައުމުތަކަށް ދިވެހިން ފޮނުވާ. މި ސަރަހައްދަށް ގެނައުމަށް 200 ޓަނުގެ ހެރޮއިން ވަނީ މިހާރު ވެސް ތައްޔާރުކޮށްފައި،"

ރާއްޖޭގެ މަސްތުވާތަކެތީ ހާލަތު އޮތް މިންވަރު ފުލުހުން ކިޔައިދެނީ: މި ވަބާގައި ނުޖެހޭ ރަށެއް ރާއްޖެއަކު ނެތް. -- ފޮޓޯ: ނިޝާން އަލީ / މިހާރު

ރޮއެރޮއެފައި އޭނާ އާދޭސްކުރީ ފުރާނަ ސަލާމަތްކޮށްދިނުމަށެވެ. އާއިލާގެ އެހީއަށް އެދެމުން ބުނީ އެނބުރި ގައުމަށް ދެވޭނެ ކަމަށް އޮތީ 50/50 ޗާންސެއް ކަމަށެވެ. ރަހީނު ކޮށްގެން ތިބި މީހުން އޭނާ މަރައިލާނެ ކަމަށާއި އެކަމަކު އެތަނުގައި އޮވެ މަރުވެގެންދާން ބޭނުން ނުވާ ކަމަށް ބުނެ ގިސްލަ އެވެ!

މިއީ މަސްތުވާތަކެތީގެ ވިޔަފާރީގެ ތެރޭގައި ރާއްޖެ ގެންނަން އުޅުނު ގިނަ އަދަދެއްގެ ޑްރަގްސް ޝިޕްމަންޓެއްގެ ޔަގީން ކަމެއްގެ ގޮތުގައި، އެ ފޮނުވި މީހުންނާ ހަވާލުކުރި ދިވެއްސަކަށް ބޭރު ގައުމެއްގައި ޖެހުނު ހާލެވެ. ގެރެންޓާއެއްގެ ގޮތުގައި ބޭރަަށް ފޮނުވި އެ މީހާގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅުނީ ގިނަ އަދަދެއްގެ ޑްރަގްސް އެތެރެކުރި އީރާނުގެ ބޯޓެއް ދިވެހި ފުލުހުންގެ އަތްދަށުވުމުންނެވެ.

އޭނާ މިނިވަންވާން ދެން އޮންނާނެ ގޮތަކީ އެ މީހުން ޑިމާންޑްކުރާ ނުވަތަ ޑްރަގުގެ އަގަށްވާ ފައިސާ ދިނުމެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގެ ހާލަތު އޮތް މިންވަރު ފުލުހުން ކިޔައިދެނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖޭގައި ވަކި ހިއްޕާލި މަސްތުވާތަކެތީގެ ހާލަތު އޮތީ އެ ދަރަޖާގައި ކަން މީގެ ކުރިން ތަފްސީލްކޮށް ނުދޭ ވަރަށް ފުލުހުން މިއަދު ވަނީ މީޑީއާއާ ހިއްސާކޮށްފަ އެވެ.

ތަފާސް ހިސާބުން ހާލަތު:

- މާލޭގައި ހިންގާ ޑްރަގް ކެފޭތަކުން 1،118 މީހުން މަސްތުވާތަކެތި ބޭނުންކުރޭ.

- މީގެ ތެރޭގައި ވަންނާނެ ތަނެއް ނެތް 67 މީހުން ހިމެނޭ.

- ކެފޭތަކުން ހިދުމަތް ހޯދާ 65 އަންހެނުންނާއި 50 އަހަރުން މަތީގެ 56 މީހުން އެބަތިބި.

- މަސްތުވާތަކެތީގެ މައްސަލަތަކުގައި 2015-2021 އަށް 146 ބިދޭސީން ހިމެނޭ.

- ބަނގުރަލުގެ ވިޔަފާރީގައި 525 ބިދޭސީން ހިމެނޭ.

- 2019 ގައި 518 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް.

- 2020 ގައި 384 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް.

- 2021 ގައި 487 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް.

މަސްތުވާތަކެތީގެ ހާލަތު އޮތް ގޮތުގެ ޕްރެޒެންޓޭޝަން ޗީފް ސުޕްރިންޓެންޑެންޓް ޝާކިރު މީޑިއާތަކަށް ހިއްސާކޮށްދެއްވަނީ. -- ފޮޓޯ: ނިޝާން އަލީ/ މިިހާރު

އިސްކަންދަރު ކޮށީގައި ބޭއްވި "މީޑިއާ އިވެންޓް" ގައި ފުލުހުން ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ގޮތާއި ވިޔަފާރި ހިންގާ ގޮތާއި އޭގައި ހިމެނޭ ބައެއް ބޮޑުންނާއި ޓްރެންޑް ބަދަލުވަމުން އައިސް ނުރައްކާ އޮތް ވަރާއި ފައިސާ އަށް ހަދާ ގޮތުގެ މައުލޫމާތު އާއްމުކޮށްފަ އެވެ.

މާލޭގައި މަސްތުވާތަކެތީގެ ވިޔަފާރީގެ އައްޑާތަކާއި ހިދުމަތް ހޯދާ ލިސްޓު ވެސް ނޫސްވެރިންނަށް ދެއްކި އެވެ. އޭގެތެރޭގައި ހިމެނޭ 50 އަހަރުން މަތީގެ މީހުންނާއި އަންހެނުންނާއި ކުޑަކުދިންގެ ނިސްބަތުގެ ތަފްސީލް ވެސް ހިމެނެ އެވެ.

މި ހާލަތު ކިޔައި ދެއްވި ޑްރަގް އެންފޯސް ޑިޕާޓްމަންޓުގެ ހެޑް, ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝާކިރު ވިދާޅުވީ ފުރާނަ ހަވާލުކުރުމަކީ މަސްތުވާތަކެތީގެ ވިޔަފާރީގައި މިހާރު ރާއްޖޭގައި ވެސް ފުޅާވަމުން އަންނަ ޓްރެންޑެއް ކަމަށެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުން އަތުލައިގަތް ފައިސާތަކެއް.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ހިންގާ ނެޓްވޯކްތަކުގައި ބައިވެރިވެ ގެރެންޓާއަކަށް ދާން ބޭނުންވެފައި ތިބި ކިތަންމެ ދިވެހިންނެއް އެބަތިއްބެވެ. މިގޮތަށް އެކި ގައުމުތަކަށް ދިއުމަކީ އަދަބެއް ނޫނަސް ވިޔަފާރީގައި މައްސަލައެއް ދިމާވެއްޖެ ނަމަ އެކަމުގައި ވޭނާއި އަނިޔާ ތަހައްމަލްކުރަން ޖެހެ އެވެ.

"ފުރާނައެއް މި ކޮމްޕްރޮމައިޒް ކުރަނީ. އެ ބުނާ ވަރަކަށް ލާރި ދީގެން ސަލާމަތް ވާނީ," ރަހީނުކުރި ދިވެހި މީހާ އަށް އިޝާރާތްކުރައްވައި ޝާކިރު ވިދާޅުވި އެވެ.

ބައިގަރުނުވީ މަސްތުވާތަކެތީގެ ހާލަތުން ކުޑަ މިންވަރެއް

އަމިއްލަ ފުރާނަ ދީގެން ވެސް ނެޓްވޯކުގައި އުޅުމަކީ މި ވިޔަފާރި ވަރުގަދަކޮށް، ފުޅާކޮށްފައިވާ ވަރުގެ މިސާލެކެވެ. އެ ޓްރެންޑް އާއްމުވާ އިރު ފުލުހުން މިއަދު ވަނީ ރާއްޖޭގެ ބައިގަރުނުވީ މަސްތުވާތަކެތީގެ ހާލަތު ތިން ގަޑިއިރުން ހިއްސާކޮށްފަ އެވެ. އައްޑާތަކުގައި މަސްތުވާތަކެތި ވިއްކުމާއި ބޭނުންކުރާ ގޮތް ސްޓޯލެއްގައި ސިފަކޮށްދިނެވެ. އެއާއެކު ރާއްޖެ އެތެރެކޮށް މާލެ އާއި އެކި ރަށްތަކަށް އެ ގެންދިއުމާއި ވިޔަފާރި އޮންނަ ގޮތް ވެސް ހިއްސާކުރި އެވެ.

ޝާކިރު ޕްރެޒެންޓޭޝަން ހުށަހަޅުއްވަމުން ވިދާޅުވި ގޮތުގައި މަސްތުވާތަކެތީގެ ޓްރެންޑް 2016 އިން ފެށިގެން އަންނަނީ ބަދަލުވަމުންނެވެ. ރާއްޖެ އަށް އާއްމުކޮށް އެތެރެކުރަނީ ކެނަބިސް އާއި ހެރޮއިން އެވެ.

ވޭތުވެދިޔަ ހަ އަހަރުގެ ތެރޭގައި ޓްރެފިކިން ޓްރެންޑް ބަދަލުވެ ބައެއް ބާވަތްތައް އެތެރެކުރާ ވަރު 300 ޕަސެންޓަށް ވަނީ މަތިވެފަ އެވެ. މަސްތުވާތަކެތީގެ ވަކިހިއްޕާނުލާ ރަށެއް ރާއްޖެއަކު ނެތެވެ.

މާލޭގައި މަސްތުވާތަކެތި ބޭނުންކުރަން ހަދާފައިވާ އައްޑާތަކުގެ ހާލަތު ހުންނަ ގޮތް. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި ފަހުން ފާހަގަކުރެވިފައި އޮތީ މާލެއެކޭ އެއްގޮތަށް އުތުރާއި ދެކުނުގައި ވެސް އިތުރުވަމުންދާ ކަމެވެ.

މަސްތުވާތަކެތީގެ ވިޔަފާރީގެ ތެރޭގައި، ކުޑަކުދިން ބައިވެރިކުރުން ވަރަށް ބޮޑަށް ވަނީ އިތުރުކޮށްފަ އެވެ. އަންހެނުން މި ވިޔަފާރީގެ ތެރޭގައި ބައިވެރިވުން ބޮޑުކޮށް ބައެއް މީހުން އާއިލީ ވިޔަފާރިއެއްގެ ގޮތުގައި ދެކިގެން އުޅޭ ކަމުގެ ކަންބޮޑުވުން ޝާކިރު ފާޅުކުރެއްވި އެވެ.

"މަޖުބޫރީ ހާލަތެއްގައި ކަމުގައި ވިޔަސް ނޫނީ އޭގެއިން ލިބޭ ނަފާގެ ބޭނުމުގައި ކަމަށް ވިޔަސް ނުވަތަ ނޭނގި ނަމަވެސް އަންހެނުން މީގެ ތެރޭގައި ބައިވެރިކުރާ މިންވަރު އިތުރުވެ ކަންބޮޑުވުން އެބައޮތް," އޭނާ ވިދާޅުވި އެވެ.

ޝާކިރު ސިފަކުރެއްވި ގޮތުގައި އަންހެން ޖީލެއް މީގެ ތެރޭގައި އުފެދިގެން ދިއުމުގެ ނުރައްކާ އިންތިހާއަށް ބޮޑެވެ. މަސްތުވާތަކެތީގައި އުޅޭ ބިދޭސީންގެ އަދަދު މަތިވަމުންދާއިރު، އެ މީހުންގެ ނެޓްވޯކުގެ މީހުން ނޫޅޭ ރަށެއް ވެސް މަދެވެ. ތަރުކާރީ އާއި މޭވާ އެތެރެކުރުމުގެ ނަމުގައި މަސްތުވާތަކެތީގެ ވިޔަފާރި ހިންގަ އެވެ. މާލޭގައި ތިބޭ ބޮޑުންގެ ވިޔަފާރި ހިންގަން ރަށްރަށަށް މީހުން ފޮނުވާފައި އެބަތިއްބެވެ.

200 ޓަނުގެ ހެރޮއިން ޝިޕްމަންޓެއް ރެޑީގައި!

ފުލުހުންނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ޝާކިރު ވިދާޅުވި ގޮތުގައި، ރާއްޖެ ހިމެނޭ ގޮތުން އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތަކުގައި ދައުރުކުރަން މިހާރު ވެސް 200 ޓަނުގެ ހެރޮއިން ޝިޕްމަންޓެއް ވަނީ ތައްޔާރުކޮށްފަ އެވެ.

"އިންޑިއާ, ލަންކާ, ރާއްޖެ ހިމެނޭ މި ރީޖަންގައި ބޭނުންކުރުމަށްޓަކައި އެ ތައްޔާރުކޮށްފައި ވަނީ މާކެޓަށް ނެރުމަށްޓަކައި. މި ވަރަށް ތައްޔާރު ކުރެވިގެންދާއިރު ގޮންޖެހުން ވެސް ބޮޑުވާނެ،" ޝާކިރު ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ ވިޔަފާރީގައި ކޮކެއިން އެތެރެކުރާ ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ބޭނުންކުރަނީ ރާއްޖެ އެވެ. ނޯތު އެމެރިކާގެ ގައުމުތައް, ހާއްސަކޮށް ބްރެޒިލްގެ ޓޫރިސްޓުން މެދުވެރިވެ ރާއްޖެއަށް އެތެރެކުރާ މިންވަރު ގިނަ އެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގެ ހާލަތު ކިޔައިދޭން ފުލުހުން ބޭނުންކުރި ފޮޓޯތަކެއް.

ރާއްޖޭގައި ޓްރާންސިޓް ވުމަށް ފަހު، އެ މީހުންގެ މިސްރާބު ދެން ހުންނަނީ ތައިލެންޑާއި ސިންގަޕޫރު ފަދަ ގައުމުތަކަށެވެ.

މަސްތުވާތަކެތި އެތެރެކުރުމުގައި އާއްމުކޮށް ބޭނުންކުރަނީ ރާއްޖޭގެ ހުޅަނގު ފަރާތެވެ. ސަބަބެއް ކަމަށް ފުލުހުން ގަބޫލުކުރަނީ އެ ސަރަހައްދުގައި މަސްވެރިންގެ ހަރަކާތްތެރިވުމާއި ސަލާމަތީ ހިދުމަތްތަކުގެ ނޭވަލް އެކްސަސައިޒްތައް ހިންގުން ވެސް މަދުވުމެވެ.

މަސްތުވާތަކެތި އެތެރެކުރުން އާއްމުވާ ސަރަހައްދުތައް:

މަކުނުދޫ ހުޅަނގު

އއ. އދ އަދި ބ. އާ ދެމެދު

ގއ. ގދ އަތޮޅު ހުޅަނގު

އައްޑޫ ދެކުނު ޗެނަލް

ބޮޑެތި ވިޔަފާރިތަކަށް އަތްގަދަކޮށްފި!

ރާއްޖޭގައި ވެސް މިހާރު އޮތް ޓްރެންޑަކީ މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑުން އަޑީގައި ތިބެ އެ ވިޔަފާރީގައި މިލިއަނުން ނަގާ ފައިދާ މުދަލަށް ބަދަލުކުރުމެވެ. ފުލުހުން އާއްމުކުރި މައުލޫމާތުތަކުގައި ވާ ގޮތުން ބައެއް މީހުން ވަނީ އަގު ބޮޑު އެޕާޓްމަންޓްތައް ގަނެފަ އެވެ. ކާރާއި ޔޮޓުތައް ގަނެ ގެސްޓް ހައުސްތަކާއި ރެސްޓޯރެންޓް ހިންގުން ފަދަ ވިޔަފާރީގެ ތެރޭގައި ވެސް އެ މީހުންގެ ނުފޫޒު ގަދަކޮށްފި އެވެ. މިކުރާ ކަމަކީ މަނީ ލޯންޑާ ކުރުމެވެ.

މި ވިޔަފާރީގެ ފައިދާ އިން ޓެރަރިޒަމްގެ އަމަލުތަކަށް ވެސް ހޭދަކުރާ ކަމަށް ފުލުހުން ބުންޏެވެ.

ހާލަތު ބަދަލުކުރަން ކުރަނީ ކޮން ކަމެއް؟

ބައިގަރުނުވީ ހާލަތު ބަދަލުކުރަން ކުރާ މަސައްކަތާ މެދު އަބަދުވެސް ސުވާލު އުފައްދަ އެވެ.

ފުލުހުން ބުނި ގޮތުގައި މަސްތުވާތަކެތީގެ ވިޔަފާރި އާއި ބޭނުންކުރުން ހުއްޓުވަން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ. އެއްގަމާއި ކަނޑުގެ ސަރަހައްދުތައް ވެސް ބަލައި ފާސްކުރާ ކަމަށާއި ހާއްސަ ޓާގެޓްތަކެއް ވެސް ކަނޑައަޅައިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މި ކުށުގައި ގިނަ ބަޔަކު ހައްޔަރު ކުރެ އެވެ. ގިނަ އަދަދެއްގެ މަސްތުވަތަކެތި އަތުލައި ވެސް ގަނެ އެވެ.

މަސްތުވާތަކެއްޗާ ބެހޭ މައުލޫމާތު ނޫސްވެރިންނަށް ކިޔައިދެނީ. -- ފޮޓޯ: ނިޝާން އަލީ / މިހާރު

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ ބައިގަރުނުވީ މަސްތުވާތަކެތި ބޭނުންކުރުމާއި ވިޔަފާރި ހުއްޓުވައި އޭގައި ހިމެނޭ މީހުންގެ ފަރުވާގެ ނިޒާމު ރަނގަޅުކުރަން ހާއްސަ އިސްކަމެއް ދީގެން ވޭތުވެދިޔަ ތިން އަހަރު ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

"ހާއްސަކޮށް ގާނޫނީ ނިޒާމުގެ ތެރެއިން ޑްރަގް ކައުންސިލް އާއި ސަރުކާރުގެ ކަމާގުޅޭ ވުޒާރާތަކާއި އިދާރާތަކާ އެކު ގިނަ މަސައްކަތްތައް ކުރެވިފައި ވަނީ. މިހާރުން މިހާރަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ވެސް ކަންކަން ވަނީ ތަރުތީބު ކުރެވިފައި،" އޭނާ ވިދާޅުވި އެވެ.

ފުލުހުން ބުނީ މަސައްކަތް ކުރިއަސް މިކަން ހުއްޓުވަން ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. ގާނޫނަށް ގެންނަން ޖެހޭ ބަދަލުތަކެއް ވެސް ހުރި ކަމަށް ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ ހާލަތާ ގުޅޭ ގޮތުން ފުލުހުން ބޭއްވި އިވެންޓުގައި ޕޮލިސް ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރު މުހައްމަދު ރިޔާޒްގެ އިތުރުން ޝާކިރު ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މަސްތުވާތަކެތީގެ ފަރުވާ އަށް ހުކުމްކޮށްފައި ތިބި އެތައް ބަޔަކު ތިބީ މަގުމަތީގަ އެވެ. އެކަށީގެންވާ ގޮތެއްގައި ފަރުވާގެ ޕްރޮގްރާމް ކުރިއަކަށް ނުގެންދެ އެވެ.

މަސްތުވާތަކެތީގައި ހިމެނޭ މީހުން ދޫވަނީ ޕޮލިސް ކޮމިޝަނަރު ހަމީދު މިއަދު ވެސް ވިދާޅުވި ގޮތުގައި ހަމައެކަނި ފުލުހުންގެ ތަހުގީގީ ގޯސްތަކާ ހެދިއެއް ނޫނެވެ. އެކަމުގައި ދައުވާ އުފުލުމާއި ކޯޓުތަކުގައި ވެސް ގާނޫނީ ބާގަނޑުތަކެއް ހުރި ކަމަށް ވިދާޅުވި އެވެ.

އެހެންވިޔަސް ފުލުހުން އެންމެ ހާއްސަ އިސްކަމެއް ދީގެން މިހާރު ކުރަމުން އަންނަ އެއް ކަމަކީ މަސްތުވާތަކެތީގެ މައްސަލަތަކަށް ހައްލު ހޯދުން ކަމަށް ވިދާޅުވި އެވެ. އެކަމުގައި އިދާރާތަކާ އެކު މަސައްކަތްކޮށް ހައްލެއް ނެރެވޭނެ ކަމަށް ވިދާޅުވި އެވެ.

72 ކޮމެންޓް, 38 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 63%
icon angry icon angry 26%
icon wow icon wow 3%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބުރޯކޯޑް

23 February 2022

ގައުމުގެ ޕީޖީއަކަށް ހުރީ އަދީބު ބޮރޯގެ ހިޔާނާތު ފައިސާއިން ވަކީލުކަމުގެ ބިލަށް ފައިސާނަގާ މުއްސަދިވި މީހެއް. ދެން ހެދީ ޑީލެއް. ފައިސާގަނޑު ދަވާލަން ކުރި މަސައްކަތާ މީހޫން ކިޔާދިނީމާ އޭނާ ދޫކުރަން. ޢެކަމު އަދިވެސް އެންމެ ލޯލާރިޔެއް ވެސް ނުހޯދޭ. މިޥާހަކަ ނުދެއްކަނީ ޖީލެއް ހަލާކުނުވެވެ މީހުން އުދުހޭތަން ނުފެންނާތީތަށް؟

The name is already taken The name is available. Register?

ގުނބޯހެއްދުން

23 February 2022

ބާގަޑުއޮތީ ގާނޫނުގައި. ބައިގަރުނުވަނދެން ސިޔާސީވެރިން ގުބޯހެއްދުމުގައި. މަޖިލީހުން ގާނޫނުތަށް ހަދަނީ ސިޔާސީވެރިންގެ ފައިދާއަށް ބައިގަޑު ބަހައްޓާފަ. ރައްޔިތުމީހާ އަނގަޔާ އަތާ ދިމާނުވޭ. ޢަބިދަރިން އެެއްލާލާ ލާރިޔެއް ލިބޭތޯ ގަނޑަތެޅެނީ. ނުހައްގުން ފައިސާ ހޯދައިގެން ދިރިއުޅެން ސިސްޓަމް އޮތީ ރޭވިފައި. ސިޔާސީމީހާ ވެރިކަމެއް ނިމޭއިރު އުދުހެނީ. މިވާހަކަ ނުދައްކަން ގޭސްގަޑު އަބުރަނީ

The name is already taken The name is available. Register?

އެލް.ޓީ

23 February 2022

ވާހަކަ ދައްކާނެކަމެއްނެތް. ނުބައިކަންކަން ހުއްޓުވަން މަސައްކަތްކުރަން ލާފަތިބޭ މީހުން އެކަންކަން ކުރުމުގައި ބައިއަޅައިގެން ތިބެނީ. ފުޅާދާއިރާއެއްގައި ހެއްދެވިހާ ނުބައިކަމެއް ކުރަމުންދަނީ. ޕޮލިޓެކްނިކް ކުރިމަތީމަގާ ،ޕޮލިޓެކްނިކްގެ ފަހަތު ބަނޑޭރިކޮށިތަކުގެ ކުރިމަތީގަ އޮންނަ މަގަކީ ފާޅުކަމާއެކު މަސްތުވާތަކެތި ބޭނުންކޮށް ވިއްކައި ހަދާ ސަރަހައްދެއް. ބަނޑޭރި ކޮށީގަޔާ ޓީޗަރުންގެ ފުލެޓުގަ އުލޭ ޒުވާން ކުދިން އެކަންކުރަނީ. ނިކަން ހުއްޓުވާބަލަ އެމީހުން.

The name is already taken The name is available. Register?

ސިނާ

23 February 2022

މިގައުމުގަ ހުރިހާ އުފަޅަކާ އަރާމެއް އޮތީ ޑުރަގް ވިޔަފާރި ކުރާމީހުން ނާއި ،ވިސާނެތި އުޅޭ ބިދޭސީން ނައް - މަސްތުވާތަކެތީގެ މައްސަލަތަކުގައި 2015-2021 އަށް 146 ބިދޭސީން ހިމެނޭ - ބަނގުރަލުގެ ވިޔަފާރީގައި 525 ބިދޭސީން ހިމެނޭ.

The name is already taken The name is available. Register?

އިބްރ

22 February 2022

މަސްތުވާތަކެތި ރާއްޖޭގައި ހުއްދަކުރުމާއި ގާތަށް ދާންއުޅޭހެން ހީވަނީ. މިހާރު މަންޒަރު ފެންނަގޮތުން މަސްތުވާތަކެތީގެ މުޢާމަލާތް ކުރުމަކީ ސިމްޕަލް ކަމަކަށްވެ ޢާއްމުވެއްޖެއެވެ. ހުއްޓުވަން ތިއްބެވި ބޭފުޅުންވެސް އެ ވިދާޅުވަނީ ހުއްޓުވެން އޮތްކަމެއްނޫނޭ.

The name is already taken The name is available. Register?

ވަހުތާން

22 February 2022

ފުރި ބާރުވަންދެކަ ސިފައިންނާއި ފުލުހުންނާއި ކަމާބެހޭ އިދާރާގެ މުއައްޒަފުން މަގުމަތީގަ އުޅޭ މާލޭގަ އެންމެންގެ ކުރިމަތީގަ ގަނެވިއްކާ ވިޔާފަރި ކޮށް ބޭނުންކުރަމުންދަނީ! ގެންނަ މީހުންނާއި ވިޔާފާރި ކުރާ މީހުން މުއްސަނދިވާއިރު އާއްމު ރައްޔިތުންގެ ދަރިން ދަލުގަ ޖެހެނީ! ކޮބާ ރައްޔިތުންގެ އަތުން ނަގައި ބޮޑުމުސާރަ ދޭ މީހުންގެ ޒިއްމާ؟ ކޮބާ ޝ އިމްރާނު؟؟؟؟

The name is already taken The name is available. Register?

ތެރެނޮއިސް

22 February 2022

އެންމެ ޖީލެއްތަ ކިތައްޖީލު ހަލާކުވީ ސަރުކާރަށް އަންނަ އެންމެންވެސް ބަލަނީ އެމީހުންގެ މުއްސަނދިކަން އިތުރުކުރުމަށް ޑްރަގު ހުއްޓުވާކަށް ހާލުގައި އުޅޭމީހުންނަށް ގޮތެއް ހޯދައިދޭކަށް މާނަހުރިމަސައްކަތެއް ނުކުރޭ

The name is already taken The name is available. Register?

ލަވް

22 February 2022

ޕޮލިސް، ކަސްޓަމްސް ފަދަ ސަރުކާރުގެ މުއައްސަސާތަކާއި ގުޅިގެން އެތެރެ ކުރަނީ.

The name is already taken The name is available. Register?

ކުރު ސީ

22 February 2022

މަގޭ އުފެދޭ ސުވާލަކީ ކީއްވެހޭ ކޮއްމެ ފަހަރަކު ތިޔަފަދަ ޕްރެސް އިވެންޓް ބާއްވާފައި ގޮންޖެހުން އެބަހުއްޓޭ ޤާނޫނު ބަދަލުކުރަންޖެހެއޭ ތިޔަ ވިދާޅުވާނީ. ކޮންމެ ޤައުމެއްގައިވެސް ޤާނޫނު ހަދާ މަޖިލީހުގައި މިތިއްބަވަނީ ފައިސާވެރިން، ނުފޫޒުގަދަ މީހުން، ވީއިރު ތިޔަފަދަ ބިޔަ މޫތަކެއް މުޅިރާއްޖޭގައި ވަކި ހިއްޕާލާފައިވާއިރު ރާއްޖޭ އިސްތިސްނާވާނެ ކަމަށް ބެލުމަކީ ކުރު ސީގެ މި ޑިމޮކްރެޓިކް ވިސްނުމަށް ތަންދޭކަމެއް ނޫން. ޓަނުން ހޯދާ، ކިލޯއިން ނައްތާލުމުގެ ސަޤާފަތް

The name is already taken The name is available. Register?

ހާމިދު ޝާހިދު

22 February 2022

މިއީ އަރަތެއް. މަސްތުވާ ތަކެތި ބޯން މިމަރުދަންދީފައި މިއުޅެނީ 1000 ހެއްހާ މީހުން، އެބުނާ "ކެފޭ" ތަކަށް ގޮސް. އެމީހުންއަތުގައި ކައިގެން ބައިގެން އުޅޭވަރުގެ ފައިސާއެއް ވަޒީފާއެއް އެކައްޗެއްވެސް ނޯވޭ. ދެން އެމީހުން ކިހިނެތް މަސްތުވާތަކެތި އެހާ އަގުބޮޑުކޮށް ގަނެގެން ބޭނުންކުރާނީ. ނޫނީ އެމީހުންނަށް ނުއަގުގައި ނުވަތަ ހިލޭ ދިންނަމަވެސް އެއެތެރެކުރާބަަޔަކަށް ފައިދާއެއްނެތް. މިއީ، އިންޑީއާ ސިފައިން ބައިތިއްބުމަށް ޖަހާ މަޅި ނޫންބާ! އައިޑޮންޓްއަންޑަސްޓޭންޑް

The name is already taken The name is available. Register?

ހައިމަން

23 February 2022

އެގިލައްވާތޯ ޒުވާންކުދިން މަސައްކަތެއްނުކުރިޔަސް އެމީހުންގެ މައިންބަފައިން އެކުދިންނަށް ކާންދީ ބޯންދީ އަރާމުގައި ގޭމްކުޅެން ތިބޭނެ ކޮޓަރިތައް ހަދައދީފަ ހުންނަނީ. ނުވީތާކަށް އަންލިމިޓެޑް އިންޓަރނެޓާ އަގުބޮޑު ފޯންވެސް ދީފައި އޮންނަނީ. ވީއިރު އެބުނާ ޒާތުގެ ކެފޭތަކަށް ދާން ސަތޭކަރުފިޔާ ކޮންމެ ދުވަހަކު ދިނުމަކީ މައިންބަފައިން ކޮްމެހެން ކުރަންޖެހޭ ކަމެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454